19 އެޕްރީލް

April 19, 2018 2
އީރާނުން ބޭނުން ކޮންމެ ހަތިޔާރެއް އުފައްދާނަން: ރޫހާނީ

ތެހެރާން (އޭޕްރީލް 19) - އީރާނުގެ ދިފާއީ ކަންކަމަށް ބޭނުން ކޮންމެ ހަތިޔާރެއް އުފައްދާނެ ކަމަށާއި ނަމަވެސް އަވަށްޓެރި ގައުމަކަށް އަރައިގަތުމުގެ ނިޔަތެއް ނެތް ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

18 އެޕްރީލް

April 18, 2018
އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ މެސެޖެއް އިންޑިއާ އަށް

އިންޑިއާގެ އެކްޓަރުންތަކަކާ އެކު ފިލްމެއް އުފައްދަން ތައްޔާރަށް ހުރި އީރާންގެ ކުޅަދާނަ އަދި މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީ އިންޑިއާގައި ފިލްމް ހަދާ މީހުންނަށް ދޭން އޮތީ ނަސޭހަތުގެ މެސެޖެކެވެ.

16 އެޕްރީލް

April 16, 2018 1
އެމެރިކާ، އިނގިރޭސި ވިލާތް އަދި ފްރާންސްގެ ވެރިންނަކީ މުޖްރިމުން

ތެހެރާން (އެޕްރީލް 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އަަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަކީ "މުޖްރިމުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

15 އެޕްރީލް

April 15, 2018 4
އަަރަބި ސަމިޓުގައި އީރާން، ސީރިއާ މައްސަލަ

ރިޔާޒް (އޭޕްރީލް 15) - ސައުދީ އަރަބިއާގައި މިއަދު ފެށި އަރަބި ސަމިޓުގެ މައިގަނޑު މައުޟޫއަކަށް ސީރިއާ އާއި އީރާންގެ މައްސަލަ ވެއްޖެ އެވެ.

April 15, 2018 4
އީރާނުގެ ޑްރޯނެއް އިޒްރޭލަށް ފޮނުވީ ހަމަލާ ދޭން

ތެލް އަވީވް (އެޕްރީލް 15) - އީރާނުން މިދިޔަ ފެބްރުއަރީ މަހު ޑްރޯނެއް ފޮނުވާލީ ހަމަލާ ދޭން ކަމަށް އިޒްރޭލުން ބުނެފި އެވެ.

27 މާޗް

March 27, 2018 10
އިރާނަށް ރައްދު ދޭން ޖެހިދާނެކަމުގެ އިންޒާރު ދީފި

ރިޔާޒް (މާޗް 27) - ޔަމަނުގެ ހޫތީން ދޭ މިސައިލް ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނެ އެ ގައުމުގެ ކިބައިން ބަދަލު ހިފަން ޖެހިދާނެކަމުގެ އިންޒާރު ސައުދީ ކޯލިޝަނުން ދީފި އެވެ.

24 މާޗް

March 24, 2018 1
ޔުނިވާސިޓީތަކުން ހެކްކުރި އީރާނުގެ ނުވަ މީހަކަށް ދައުވާ ކުރަނީ

ވޮޝިންޓަން (މާޗް 24) - ދުނިޔޭގެ 22 ގައުމެއްގެ 320 ޔުނިވާސިޓީގެ ކޮމްޕިއުޓާ ސިސްޓަމްތައް ހެކްކުރި އީރާނުގެ ނުވަ މީހަކަށް ދައުވާ ކުރާނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

22 މާޗް

March 22, 2018 2
"މެދުއިރުމަތީގައި އެމެރިކާގެ ރޭވުން ފެއިލްކޮށްލެވިއްޖެ"

ތެހެރާން (މާޗް 22) - މެދުއިރުމަތީގައި އެމެރިކާގެ ހުރިހާ ރޭވުމެއް ފެއިލްކޮށްލާފައިވާ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2018 2
އީރާނުގެ ކުރީގެ ނައިބް ރައީސް ޖަލަށް

ތެހެރާން (މާޗް 15) - ކޮރަޕްޝަނުގެ ކުށުގައި އީރާނުގެ ކުރީގެ ނައިބް ރައީސް ހާމިދު ބަޣާއީ ޖަލަށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

09 މާޗް

March 09, 2018 5
އީރާނުން ކަންތައް ކުރަންވީ ގޮތް ނޭންގޭނެ: ޚާމަނާއީ

ތެހެރާން (މާޗް 9) - އީރާނުން މެދުއިރުމަތީގައި ކަންތައް ކުރަން ޖެހޭ ގޮތުގެ ހުއްދަ ހުޅަނގުން ނުވަތަ އެމެރިކާ އިން ނުހޯދާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

08 މާޗް

March 08, 2018
އާއްމު ތަނެއްގައި ބުރުގާ ބޭލި އީރާނުގެ އަންހެން މީހާ ޖަލަށް

ތެހެރާން (މާޗް 8) - އީރާނުގައި ބުރުގާ އަޅަން އޮންނަ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅު ކުުރުމުގެ ގޮތުން އާއްމު ތަނެއްގައި ބުރުގާ ބޭލި އަންހެން މީހާ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.

02 މާޗް

March 02, 2018 3
ފުޓުބޯޅަ މެޗެއް ބަލަން ދިޔަ 35 އަންހެނުން ހައްޔަރު

ތެހެރާން (މާޗް 2) - ފުޓުބޯޅަ މެޗެއް ބަލަން ދާން އުޅުނު 35 އަންހެނުން އީރާނުން ހައްޔަރުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2018
އީރާނާ ދެކޮޅަށް ފާސްކުރަން އުޅުނު ގަރާރު ރަޝިޔާއިން ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 27) - އީރާނާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2018 1
ބޯޓު ވެއްޓުނު އެއާލައިނުގެ އޭޓީއާރު ބޯޓުތައް ގްރައުންޑް

ތެހެރާން (ފެބްރުއަރީ 23) - އީރާނުގެ އަސެމަން އެއާލައިންސް އިން ބޭނުން ކުރާ އޭޓީއާރު މަރުކާގެ ހުރިހާ ބޯޓެއް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ގްރައުންޑް ކޮށްފި އެވެ.

19 ފެބުރުއަރީ

February 19, 2018 13
ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރަކީ އީރާން: ނަތަންޔާހޫ

މިއުނިކް (ފެބްރުއަރީ 19) - ދުނިޔެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ އީރާން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

18 ފެބުރުއަރީ

February 18, 2018
އީރާނުގެ ޕަސިންޖާ ބޯޓެއް ފަރުބަދަމަތީ ހިސާބަކަށް ވެއްޓިއްޖެ

ތެހެރާން (ފެބްރުއަރީ 18) - ފަސްދޮޅަސް ޕަސިންޖަރުންނާ އެކު ދަތުރު ކުރި އީރާނުގެ ޕަސިންޖާ މަތިންދާ ބޯޓެއް އެ ގައުމުގެ މެދުތެރޭގެ ފަރުބަދަމަތީގެ ހިސާބަކަށް މިއަދު ވެއްޓިއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2018 6
އީރާނާއި ސީރިއާ އިން ދަނީ އަލިފާނާ ކުޅެމުން: އިޒްރޭލް

ތެލް އަވީވް (ފެބްރުއަރީ 11) - އީރާނާއި ސީރިއާ އިން ދަނީ "އަލިފާނާ ކުޅެމުން" ކަމަށް ބުނެ އިޒްރޭލުން އިއްޔެ އިންޒާރު ދީފި އެވެ.

02 ފެބުރުއަރީ

February 02, 2018 2
އީރާނުގައި ބުރުގާ ނާޅާ އުޅުނު 29 އަންހެނަކު ހައްޔަރުކޮށްފި

ތެހެރާން (ފެބްރުއަރީ 2) - އީރާނުގައި އޮންނަ ޑްރެސްކޯޑާ ދެކޮޅު ހެދުމުގެ ގޮތުން ބުރުގާ ނާޅާ އުޅުނު 29 އަންހެނަކު ހައްޔަރުކޮށްފި އެވެ.

18 ޖެނުއަރީ

January 18, 2018 8
ސައުދީން ވަނީ މުސްލިމުންނަށް ބޭވަފާތެރިވެފައި: ޚާމަނާއީ

ތެހެރާން (ޖެނުއަރީ 18) - އެމެރިކާ އާއި އިޒްރޭލާ ސައުދީ އަރަބިއާ އިން އެއްބައިވުމަކީ "ޝައްކެއް ނެތް ގޮތުގައި މުސްލިމުންނަށް ބޭވަފާތެރިވުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

11 ޖެނުއަރީ

January 11, 2018
ރޯވި ޓޭންކަރުން ބައެއް ގޮވައިފި

ޝެންހާއީ (ޖެނުއަރީ 11) - އީސްޓް ޗައިނާ ކަނޑުގައި ކާގޯ ބޯޓަކާ ޖެހި އެކްސިޓެންޓްވެ ރޯވި ތެޔޮ ޓޭންކަރުން ބައެއް ގޮވާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

January 11, 2018 2
ގާނޫނަށް ގެނައި ބަދަލުން މަރުގެ އަދަބަށް ލުއި ލިބިއްޖެ

ތެހެރާން (ޖެނުއަރީ 11) - އީރާނުގައި ގާނޫނަށް ގެނައި ބަދަލުން ޑްރަގުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ އެތައް ހާސް ކުށްވެރިންގެ މަރުގެ އަދަބަށް ލުއި ލިބުމުގެ ފުރުސަތު ލިބިއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 3
"އީރާނުގައި ހަމަނުޖެހުން ހިންގި ގައުމުތަކަށް އަދަބު ދޭނަން"

ތެހެރާން (ޖެނުއަރީ 10) - އީރާން ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް ކަމަށް ތުހުމަތުކޮށް، އެ ގައުމުތަކުގެ ކިބައިން ބަދަލު ހިފާނެކަމުގެ އިންޒާރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފި އެވެ.