15 ޖޫން

June 15, 2019 3
ޓްރަމްޕް، އީރާނުން ދައްކާ ވާހަކައާ ދެކޮޅު

އުމާން ކަނޑު އޮޅިން ދަތުރުކުރި ޖަޕާނާއި ނޯވޭގެ ދެ ތެޔޮ ޓޭންކަރަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން އީރާނުގެ މައްޗަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގު ކުރިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ވާހަކަތައް ގަބޫލެއް ނުކުރެއްވި އެވެ.

14 ޖޫން

June 14, 2019 2
ތެޔޮ ޓޭންކަރުތަކަކަށް ދިން ހަމަލާ އީރާނުގެ ބޮލަށް!

އުމާން ކަނޑު އޮޅިން ދަތުރުކުރި ޖަޕާނާއި ނޯވޭގެ ދެ ތެޔޮ ޓޭންކަރަށް އިއްޔެ ހަމަލާތަކެއް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ޖަޕާންގެ ޓޭންކަރު ކައިރިން ނުގޮވާ ހުރި މައިންތަކެއް އީރާނުގެ ސިފައިން ސާފުކުރުމުގެ މަސައްކަތްކުރާ ތަނުގެ ވީޑިއޯއެއް އެމެރިކާ އިން ވަނީ އާންމުކޮށްފަ އެވެ.

12 ޖޫން

June 12, 2019 2
ޖަޕާނުގެ ބޮޑުވަޒީރު އީރާނަށް ވަޑައިގަންނަވަނީ

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއްސުރެ އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެފައި ވަނިކޮށް، އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އީރާނަށް ދަތުރެއް ފައްޓަވައިފި އެވެ.

22 މެއި

May 22, 2019 1
އެމެރިކާ އިން ދަނީ ނުރައްކާ ގޭމެއް ކުޅެމުން: އީރާން

ތެހެރާން (މެއި 22) - ހަނގުރާމަ މަތީ މަނަވަރުތައް ގަލްފަށް ޖަމާކޮށް އެމެރިކާ އިން ދަނީ "ނުރައްކާތެރި ގޭމެއް" ކުޅެމުން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ވިދާޅުވެއްޖެ އެވެ.

20 މެއި

May 20, 2019 12
އީރާނާ ހަނގުރާމަ ކުރަން ސައުދީން ވެސް ބޭނުމެއް ނުވޭ

ރިޔާޒް (މެއި 20) - އީރާނާ އެއްވެސް ބަޔަކު ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

May 20, 2019 12
ހަމަލާ ދީފި ނަމަ އެއީ އީރާނުގެ ނިމުން: ޓްރަމްޕް

ވޮޝިންޓަން (މެއި 20) - އީރާނުން އެމެރިކާ އަށް ހަމަލާއެއް ދީފި ނަމަ އެއީ އީރާނުގެ ނިމުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

19 މެއި

May 19, 2019 7
އީރާނާ ކުރިމަތިލާން ކެރޭނެ ގައުމެއް ނޯންނާނެ: ޒަރީފް

ތެހެރާން (މެއި 19) - މެދުއިރުމަތީގައި ހަނގުރާމައެއް ނުފެށޭނެ ކަމަށާއި އީރާނާ ކުރިމަތިލާން ކެރޭނެ ގައުމެއް ނޯންނާނެ ކަމަށް ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.

18 މެއި

May 18, 2019 4
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ

ވޮޝިންޓަން (މެއި 18) - އީރާނާ އެކު ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

17 މެއި

May 17, 2019 19
ތެޔޮ ހޮޅި އަށް ހަމަލާދޭން އެންގީ އީރާނުން: ސައުދީ އަރަބިއާ

ރިޔާޒް (މެއި 17) - ސައުދީ އަރަބިއާގެ މައި ދެ ތެޔޮ ހޮޅި އަށް ހޫތީން ޑްރޯން ހަމަލާ ދީފައި ވަނީ އީރާނުން އަންގައިގެން ކަމަށް ސައުދީގެ ޑިފެންސް މިނިސްޓަރުގެ ނައިބް ޕްރިންސް ޚާލިދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

15 މެއި

May 15, 2019 9
އެމެރިކާއާ އެކު އީރާނުން ހަނގުރާމައެއް ނުކުރާނެ: ޚާމަނާއީ

ތެހެރާން (މެއި 15) - މެދުއިރުމަތީގެ މަސްރަހު ކިތަންމެ ވަރަކަށް ހޫނުވަމުން ދިޔަ ނަމަވެސް އެމެރިކާއާ އެކު އީރާނުން ހަނގުރާމައެއް ނުފަށާނެ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2019 24
އީރާނު ބޯޓު ބަލައި ފާސްކޮށް އަދި ނުނިމޭ: ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް އީރާނުގެ ބޯޓު އަދިވެސް ބަލައި ފާސްކޮށް ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

12 މެއި

May 12, 2019 4
"އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އެއްބައިވާން ޖެހޭ"

ތެހެރާން (މެއި 12) - އެމެރިކާގެ ޕްރެޝަރާ ކުރިމަތިލުމަށް އީރާނުގެ ސިޔާސީ ހުރިހާ ފެކްޝަންތަކެއް އެކަތިގަނޑަކަށްވުމަށް ރައީސް ހަސަން ރޫހާނީ އެދިވަޑައިގެންފި އެވެ.

11 މެއި

May 11, 2019 12
އިތުރު މަނަވަރަކާއި ޕެޓްރިއޮޓް މިސައިލް ގަލްފަށް ފޮނުވަނީ

ވޮޝިންޓަން (މެއި 11) - އީރާނާއި އެމެރިކާގެ މަޝްރަހް ހޫނުވަމުންދާ އިރު ގަލްފަށް އެމެރިކާގެ މަނަވަރަކާއި ޕެޓްރިއޮޓް މިސައިލް ފޮނުވަން އެމެރިކާ އިން ނިންމައިފި އެވެ.

08 މެއި

May 08, 2019
ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން ވަކިވެއްޖެ

ތެހެރާން (މެއި 8) - ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން އީރާން ވަކިވާން ނިންމައިފި އެވެ.

07 މެއި

May 07, 2019 22
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

May 07, 2019 2
އީރާނަށް އިންޒާރު ދޭން އެމެރިކާ އިން މަނަވަރު ފޮނުވަނީ

ވޮޝިންޓަން (މެއި 7) - އީރާނަށް އިންޒާރު ދިނުމުގެ ގޮތުން މަތިންދާ ބޯޓު އުފުލާ މަނަވަރެއް މެދުއިރުމައްޗަށް އެމެރިކާ އިން ފޮނުވަން ނިންމައިފި އެވެ.

May 07, 2019 25
ރާއްޖެއަށް ޑްރަގް ގެނައި އީރާނުގެ ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު އަތުލައިގެންފި...

06 މެއި

May 06, 2019 5
ކޮރަޕްޝަނުގެ ކުށުގައި އީރާނުގެ ރައީސްގެ ކޮއްކޮ ޖަލަށް

ތެހެރާން (މެއި 6) - އީރާނުގެ ރައީސް ހަސަން ރޫހާނީގެ ކޮއްކޮ، ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާން ތެހެރާންގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

01 މެއި

May 01, 2019 6
މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން

ތެހެރާން (މެއި 1) - މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި އީރާނުގެ ޕާލަމެންޓުން ފާސްކުރި ބިލް ރައީސް ހަސަން ރޫހާނީ އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

29 އެޕްރީލް

April 29, 2019 1
މައްސަލަ ގޯސްވާ ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ

ތެހެރާން (އެޕްރީލް 29) - އީރާނާ ދެކޮޅަށް ދެކޮޅުވެރިކަމުގެ ހަރަކާތްތައް މާގިނައިން ހިންގާ ނަމަ އާގު ބޯޓު ފަހަރު ދަތުރު ކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރަންޖެހިދާނެ ކަމުގެ އިންޒާރު...

April 29, 2019
މާޖިދުގެ ފިލްމެއް ޝާހްރުކަށް

އިރާނުގެ މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީގެ ފިލްމެއް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާނަށް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

19 އެޕްރީލް

April 19, 2019 7
މައްސަލަތަކުގެ އަސްލަކީ އެމެރިކާ އާއި އިޒްރޭލް: ރޫހާނީ

ތެހެރާން (އެޕްރީލް 19) - މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަތަކުގެ އަސްލަކީ އިޒްރޭލާއި އެމެރިކާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2019 3
ޓެރަރިޒަމްގެ ލީޑަރަކީ އެމެރިކާ: ރޫހާނީ

ތެހެރާން (އެޕްރީލް 10) - ދުނިޔޭގެ ޓެރަރިޒަމްގެ ލީޑަރަކީ އެމެރިކާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

09 އެޕްރީލް

April 09, 2019 8
އެމެރިކާގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއް: އީރާން

ތެހެރާން (އެޕްރީލް 9) - މެދުއިރުމަތީގައި އޮތް އެމެރިކާ ސިފައިންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އެމެރިކާ އަކީ ވެސް ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް އީރާނުން ބުނެފި އެވެ.