08 މެއި

May 08, 2019
ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން ވަކިވެއްޖެ

ތެހެރާން (މެއި 8) - ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ ބައެއް ބައިތަކުން އީރާން ވަކިވާން ނިންމައިފި އެވެ.

16 ޖުލައި

July 16, 2018
އީޔޫގެ ކުންފުނިތަކަށް ލުއި ދޭން އެމެރިކާ އިން ދެކޮޅު ހަދައިފި

ވޮޝިންޓަން (ޖުލައި 16) - އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޔޫރަޕުގެ ކުންފުނިތަކަށް ލުޔެއް ދިނުމަށް އީޔޫ އިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އިން ދެކޮޅު ހަދައިފި އެވެ.

24 މެއި

May 24, 2018
ނިއުކްލިއާ އެއްބަސްވުމުގައި ދެމިތިބެން އީރާނުން ޝަރުތުތަކެއް

ތެހެރާން (މެއި 24) - ނިއުކްލިއާ އެއްބަސްވުމުގައި ދެމި ތިބުމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ޝަރުތުތަކެއް ހުށަހަޅުއްވައިފި އެވެ.

06 މެއި

May 06, 2018 1
"އެއްބަސްވުން އުވާލައިފި ނަމަ ހިތާމަ ކުރަން ޖެހޭނެ"

ތެހެރާން (މެއި 6) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ރައީސް ޑޮނަލްޑް ޓްރަމްޕް އުވާލައްވައިފި ނަމަ އެމެރިކާ އިން މީގެ ކުރިން ދުވަހަކު ވެސް ހިތާމަ ނުކުރާ ވަރަށް ހިތާމަ ކުރަން ޖެހޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

03 މެއި

May 03, 2018 1
"ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ބިރު ބޮޑު"

ޔުނައިޓެޑް ނޭޝަންސް (މެއި 3) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ހަނގުރާމައެއްގެ ނުރައްކާ ބޮޑު ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2018 2
"އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ އޮޅުވާލައިގެން"

ތެލް އަވީވް (މެއި 1) - ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދޮގުގެ މަތީގައި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

May 01, 2018 1
ނަތަންޔާހޫގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް: އީރާން

ތެހެރާން (މެއި 1) - އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ދެއްވި ބަޔާނަކީ ކަނޑައެޅިގެން...

May 01, 2018 5
"އީރާނުން ދަނީ ސިއްރުން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހިންގަމުން"

ތެލް އަވީވް (މެއި 1) - އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ޕްރޮގްރާމް ހިންގަމުންދާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ވިދާޅުވެއްޖެ އެވެ.

26 އެޕްރީލް

April 26, 2018 2
"އީރާނުގެ ނިއުކްލިއާ އެއްބަސްވުން ދަމަހައްޓަން ޖެހޭ"

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 26) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ދަމަހައްޓަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

25 އެޕްރީލް

April 25, 2018 1
"ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ނަތީޖާ ހިތިވާނެ"

ތެހެރާން (އެޕްރީލް 25) - ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި އެ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2017 3
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި

ތެހެރާން (އޮކްޓޯބަރު 14) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ސެޓިފައި ނުކުރައްވާ، ކޮންގްރެސް އިން ގޮތެއް ނިންމުމަށް ދޫކޮށްލެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އީރާނުގެ...

October 14, 2017
ނިއުކްލިއާ އެއްބަސްވުމާ މެދު ޓްރަމްޕުގެ ނިންމެވުމާ ދުނިޔެ ދެކޮޅު

ވޮޝިންޓަން (އޮކްޓޯބަރު 14) - އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން "އިރާލައްވާނެކަމުގެ" އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް އެ އެއްބަސްވުމަށް...

23 އޯގަސްޓް

August 23, 2017
ޔުރޭނިއަމް ފައްކާކުރަން އީރާނަށް ބޭނުން ވަނީ ފަސް ދުވަސް

ތެހެރާން (އޮގަސްޓް 23) - ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން އުވާލައިފި ނަމަ، ނިއުކްލިއާ ހަތިޔާރުގައި ބޭނުން ކުރެވޭ ވަރަށް ޔުރޭނިއަމް ފައްކާކުރަން އީރާނަށް ބޭނުން ވަނީ ފަސް ދުވަސް ކަމަށް އެ ގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ އަލީ އަކްބަރު ސޯލިހް ވިދާޅުވެއްޖެ އެވެ.

15 އޯގަސްޓް

August 15, 2017 2
ދެން ދަތިކޮށްފި ނަމަ ނިއުކްލިއާ އެއްބަސްވުމުން ވަކިވާނަން: އީރާން

ތެހެރާން (އޮގަސްޓް 15) - އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ގޮތުން އިތުރު އެއްވެސް ފިޔަވަޅެއް ދެން އަޅައިފި ނަމަ 2015 ވަނަ އަހަރު ގާއިމް ކުރި ނިއުކްލިއާ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.

23 ޖުލައި

July 23, 2017 2
އީރާނުން އާ މިސައިލް ޕްރޮގްރާމެއް އިއުލާންކޮށްފި

ތެހެރާން (ޖުލައި 23) - އީރާނުން އާ މިސައިލް ޕްރޮގްރާމެއް އިއުލާންކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

18 ޖުލައި

July 18, 2017 2
އީރާނުގެ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދަން ނިންމައިފި

ވޮޝިންޓަން (ޖުލައި 18) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމަށް އެމެރިކާގެ ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވި ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޚިޔާލު ދޫކޮށްލައްވައިފި އެވެ.

20 އެޕްރީލް

April 20, 2017 10
އީރާނުގެ ނިއުކްލިއާ އެއްބަސްވުން މުރާޖައާކުރަން އަންގައިފި

ވޮޝިންޓަން (އެޕްރީލް 20) - އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަށް އީރާނުން ފުރިހަމަ އަށް ކިޔަމަންވަމުން ދިޔަ ނަމަވެސް އެ އެއްބަސްވުން އަލުން މުޒާޖައާ ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

22 ޖެނުއަރީ

January 22, 2017 3
ޓްރަމްޕާ އެކު އީރާނާއި އެމެރިކާ އަނެއްކާ ވެސް ކޯޅުމަކަށް!

އިސްލާމީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ވެސް އެމެރިކާއާ ދެކޮޅަށް، ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔާ ގައުމަކީ އީރާނެވެ. ޝާހްގެ ރަސްކަން ވައްޓާލައި އާޔަތުﷲ ޚުމައިނީގެ އިންގިލާބަށް ފަހު އުފެދުނު އީރާނެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން އެމެރިކާ އެންމެ ބޮޑަށް ރުޅިއަރާ ގައުމަކީ ވެސް އީރާނެވެ.

19 ޖެނުއަރީ

January 19, 2017
އީރާނާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭ: އެމެރިކާ

ނަހަމަ ގޮތުގައި ހަތިޔާރުގެ ވިޔަފާރި ކުރުން ހުއްޓުވުމަށްޓަކައި އީރާނާ ދެކޮޅަށް ހަތިޔާރުގެ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އދ. އިން އަޅަން ޖެހޭ ކަމަށް، އދ.ގައި ހުންނަވާ އެމެރިކާ ސަފީރު ސަމަންތާ ޕަވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

18 ޖެނުއަރީ

January 18, 2017
ނިއުކްލިއާ މުއާހަދާއާ މެދު އިތުރު މަޝްވަރާއެއް ނެތް

އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތައް ހިމެނޭ ގޮތުން، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އެކުލަވާލާފައިވާ އެއްބަސްވުމާ މެދު އަލުން މަޝްވަރާ ކުރުމަކީ މާނައެއް ނެތް ކަމެއް ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2016 2
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި

ތެހެރާން (ޑިސެމްބަރު 7) - ނިއުކްލިއާ އެއްބަސްވުން ވީދާލުމުގެ ފުރުސަތު އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ނުދެއްވާނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފި އެވެ.

30 ނޮވެމްބަރ

November 30, 2016
ނިއުކްލިއާ އެއްބަސްވުން އުވާނުލުމަށް އިންޒާރު ދީފި

ވޮޝިންޓަން (ނޮވެމްބަރު 30) - އީރާނާ އެކު ގާއިމްކޮށްފައިވާ ނިއުކްލިއާ އެއްބަސްވުން އުވާލައިފި ނަމަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން އިންޒާރު ދެއްވައިފި އެވެ.