03 ޖުލައި

July 03, 2016
"ސަތޭކަ ޕަސެންޓް ދިން، އެ ހިތްހަމަޖެހުން އެބައޮތް"

ބޯޑޯ، ފްރާންސް (ޖުލައި 3) - އިޓަލީ ކުޅުންތެރިން ޔޫރޯ ނިންމާލުމަށް ފަހު އެނބުރި ދާނީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމުގެ ހިތްހަމަޖެހުމާ އެކު ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ...

July 03, 2016
ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިކޮށް ޖަރުމަނު ސެމީ އަށް

ބޯޑޯ، ފްރާންސް (ޖުލައި 2) - ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން 6-5 އިން މޮޅުވެ، ވާދަވެރި މުބާރާތަކުން އިޓަލީ އަތުން ހޯދި ފުރަތަމަ މޮޅާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން...

02 ޖުލައި

July 02, 2016
ޖަރުމަނަކީ ދުނިޔޭގެ އެންމެ ފުރިހަމަ ޓީމު: ކޮންޓޭ

ބޯޑޯ، ފްރާންސް (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އިދިކޮޅަށް ނުކުންނަ ޖަރުމަނަކީ ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޓީމު ކަމަށާއި އެ ޓީމު އަތުން މޮޅުވެވޭނީ އާދަޔާ ހިލާފަށް ވުރެ ވެސް ބޮޑަށް މަސައްކަތްކޮށްގެން ކަމަށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

28 ޖޫން

June 28, 2016 1
"އިޓަލީ އަކީ ހަމައެކަނި ޑިފެންސްކުރާ ޓީމެއް ނޫން"

ޕެރިސް، ފްރާންސް (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ސްޕެއިން އަތުން 2-0 އިން އިޓަލީ މޮޅުވި މެޗުން ދައްކުވައިދިނީ އިޓަލީ އަކީ ހަމައެކަނި ޑިފެންސްކުރާ ޓީމެއް ނޫންކަން...

June 28, 2016
ސްޕެއިން އަތުން ބަދަލު ހިފައި އިޓަލީ ކުއާޓާ އަށް

ޕެރިސް، ފްރާންސް (ޖޫން 27) - އެންމެ ފަހު ދެ ޔޫރޯގެ ޗެމްޕިއަން ސްޕެއިން 2-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި އިޓަލީން، 2012 ވަނަ އަހަރުގެ ފައިނަލުގައި...

27 ޖޫން

June 27, 2016
ޒިކޯ އާއި މަރަޑޯނާ ފަދައިން އިނިއެސްޓާ ހުއްޓުވަން ޖެހޭ

އިޓަލީން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ނިސްބަތުން އާދައިގެ ސްކޮޑަކާ އެކު އެވެ. ގްރޫޕް ސްޓޭޖުން ކިރިޔާ ސަލާމަތްވިއިރު މަންޒަރު ބަދަލުވީ ދެ ވަނަ ބުރުގައި އޭރުގެ ގަދަ ދެ...

June 27, 2016
ފޭވަރިޓެއް ނެތް، ދެ ޓީމަށް އޮތީ ހަމަހަމަ ފުރުސަތެއް

ޕެރިސް، ފްރާންސް (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ސްޕެއިނާއި އިޓަލީ ބައްދަލުކުރާ މެޗުގެ ފޭވަރިޓެއް ނެތް ކަމަށާއި ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް...

26 ޖޫން

June 26, 2016
ސްޕެއިން މެޗުގައި އިޓަލީގެ ކަންޑްރޭވާ އަށް ނުކުޅެވޭނެ

ޕެރިސް، ފްރާންސް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް މާދަމާރޭ އިޓަލީ ކުޅޭ މެޗުގައި އެ ޓީމުގެ އިތުބާރު މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

23 ޖޫން

June 23, 2016
ސްވިޑަން ކަޓައި ބެލްޖިއަމާއި އަޔަލެންޑް ކޮލިފައިވެއްޖެ

ނީސް، ފްރާންސް (ޖޫން 23) - ސްވިޑަން އަތުން 1-0 އިން މޮޅުވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ބެލްޖިއަމް މިރޭ ޖާގަ ހޯދިއިރު އިޓަލީ އަތުން 1-0 އިން މޮޅުވެ، އަޔަލެންޑް ވެސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

19 ޖޫން

June 19, 2016 5
ފަހު މެޗަށް އިޓަލީ ނުކުންނާނީ ނުވަ ބަދަލަކާ އެކު

ޕެރިސް، ފްރާންސް (ޖޫން 19) - ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަޔަލެންޑާ ދެކޮޅަށް ބުދަ ދުވަހުގެރޭ އިޓަލީ ނުކުންނައިރު އެ ޓީމަށް ގްރޫޕުގެ އެއް ވަނަ ކަށަވަރުވެފައިވާތީ، އެ މެޗުގެ ފުރަތަމަ 11 އަށް އިޓަލީން ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

17 ޖޫން

June 17, 2016 1
އެޑާގެ ލަނޑުން އިޓަލީ ދެ ވަނަ ބުރަށް

ޓުލޫސް، ފްރާންސް (ޖޫން 17) - މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެޑާ ކާމިޔާބުކޮށްދިން ލަނޑުން ސްވިޑަން 1-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ...

June 17, 2016 1
ވިސްނަންވީ އިބްރަހިމޮވިޗާ މެދު އެކަންޏެއް ނޫން: ކޮންޓޭ

ޓުލޫސް، ފްރާންސް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ސްވިޑަންއާ ދެކޮޅަށް ނުކުންނައިރު ވިސްނަންވީ ހަމައެކަނި ސްވިޑަންގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗާ މެދު އެކަނި ނޫން...

13 ޖޫން

June 13, 2016 2
އިޓަލީ-ބެލްޖިއަމް ކުރިމަތިލާއިރު ހާލަތު ބަދަލުވެފައި

ލިޔޯން، ފްރާންސް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗަކީ ދެ ޓީމުގެ ކޯޗުންނަށް ވަރަށް ހާއްސަ މެޗެކެވެ. އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ވަނީ 2000 ވަނަ އަހަރުގެ ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ކުޅެފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިޓަލީ...

08 ޖޫން

June 08, 2016
ޔޫރޯއަށް ފަހު އިޓަލީއާ ހަވާލުވާނީ ވެންޗޫރާ

ރޯމް (ޖޫން 8) - ޔޫރޯ އަށް ފަހު އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވުމުން އޭނާގެ ބަދަލުގައި ޓީމު ހަވާލުކުރާނެ ކޯޗަކަށް ޖިއަމްޕިއެރޯ ވެންޗޫރާ ހަމަޖައްސައިފި އެވެ.

31 މެއި

May 31, 2016 1
ކޮންޓޭއާ މެދު ހިތްބަރުކަމެއް ނެތް: ޕިރްލޯ

ނިއު ޔޯކް (މޭ 31) - ޔޫރޯގައި ވާދަކުރާ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުދިން ނަމަވެސް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ މެދު އެއްވެސް ހިތްބަރުކަމެއް ނެތް ކަމަށް މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

24 މެއި

May 24, 2016 1
އިޓަލީ ޓީމުން ޕިރްލޯ އާއި ބަލޮޓެލީ އަށް ޖާގައެއް ނެތް

ރޯމް (މޭ 24) - ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އާއި މައްސަލަ ބޮޑު ފޯވާޑް މާރިއޯ ބަލޮޓެލީ ނުހިމަނައި، ޔޫރޯ އަށް އިޓަލީ ސްކޮޑް އިއުލާންކޮށްފި އެވެ.

17 މެއި

May 17, 2016
ޔޫރޯގެ ކުރިން ކޮންޓޭ އަށް ބޮޑު ހިތްހަމަޖެހުމެއް

ރޯމް (މޭ 17) - ޔޫރޯގައި އިޓަލީ އަށް ކޯޗުކޮށްދޭން ފެށުމުގެ ކުރިން އަދި އަންނަ ސީޒަނުގައި އިނގިރޭސި ގަދަބާރު ޗެލްސީއާ ހަވާލުވުމުގެ ކުރިން ތަޖުރިބާކާރު ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ؛ މެޗު ފިކްސިންގެ ތުހުމަތުތަކުން ސަލާމަތްވީ އެވެ.