21 ސެޕްޓެމްބަރ

September 21, 2019
އެމެޒޯންގެ 30،000 ވަޒީފާ އަށް 200،000 މީހުން

އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯން އިން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކުރުމާ އެކު، ކުރިމަތިލި އެތައް ހާސް މީހުންނާ އެކު އެ އެކުންފުނީގެ ވަޒީފާތަކަށް މީހުންގެ ޝައުގުވެރިކަން އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެއްޖެ އެވެ.

25 މެއި

May 25, 2019 76
މީހެއްގެ ފުރާނަ ސަލާމަތްކުރަން ޕޭ ލީވެއް ދެވިދާނެތަ؟

ހަ ބެއިންގެ ތެރެއިން ހަމައެކަނި ހުރި އަންހެން ކުއްޖާގެ ދެ ކިޑްނީ ފެއިލްވެ، ފުރާނައަށް ނުރައްކާވުމުން ކޮއްކޮއަށްޓަކައި އިސްވެ ނުކުތީ އަބްދުލް މުހުސިން އަހުމަދު، 37، އެވެ. ކޮއްކޮގެ ފުރާނަ ސަލާމަތް ކުރުމަށް ކިޑްނީ ހަދިޔާ ކުރި އެވެ. އެ ބޮޑު ގުރުބާނީ ވުމުގައި މުހުސިނަށް ދިމާވި ގޮންޖެހުންތައް ވަރަށް ވެސް ބޮޑެވެ. އެންމެ ބޮޑު ދައްޗަކަށް...

23 މެއި

May 23, 2019 42
މުސާރައާ އެކު ވަޒީފާ އިޔާދަކުރަން ޕީއެންސީން ދަފްތަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރާ މީހުންނަށް މުސާރައާ އެކު އެ ވަޒީފާ، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިޔާދަކޮށްދިނުމަށް ޕީއެންސީން ދަފްތަރެއް އެކުލަވާލަން ނިންމައިފި އެވެ.

13 މެއި

May 13, 2019 60
ސިޔާސީ ފިކުރަށް ބަލައިގެން ކަނޑައެއް ނުލަން:ތަރުޖަމާން

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން ވަޒީފާ އިން ވެސް މީހުން ވަކިކުރަމުން ދާ ކަމަށް ކުރާ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

04 މެއި

May 04, 2019 58
ރޯދަ އިނާޔަތުގެ ޝަކުވާއާ އެކު ވަޒީފާ އިން ކަނޑާލީ

އެއް ތަނުން އޭނާ ކަނޑާލީ ރޯދަމަހުގެ އެއް ދުވަސް ކުރިންނެވެ. އަނެއް ތަނުން، ރޯދަމަހުގެ ވިއްސަކަށް ދުވަސް ކުރިންނެވެ. އުމުރުން ފަސްދޮޅަހަކަށް އަހަރުގެ އަހުމަދު ރަޝީދު ބުނާގޮތުގައި ދެ ފަހަރު ވެސް ސަބަބަކަށް ވީ، ރޯދަމަހުގެ އިނާޔަތް ދޭން އޭނާ އެދުމެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްގެން އެއް މައްސަލަ އޭނާ ވަނީ ކާމިޔާބުކޮށްފަ...

21 އެޕްރީލް

April 21, 2019 29
ވަޒީފާއިން ވަކިކުރި މައްސަލައިގައި ސައީދު ކޯޓަށް ދަނީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން އޭނާ ވަކިކުރީ ގާނޫނީ އިޖުރާއަތުތަކާއި އަދުލު އިންސާފުގެ އަސާސީ ހަމަތަކާ ޚިލާފަށް ކަމަށް ވިދާޅުވެ ކޯޓަށް ވަޑައިގަންނަވަން މުހައްމަދު ސައީދު ނިންމަވައިފި އެވެ.

09 އެޕްރީލް

April 09, 2019 14
ވަކިކުރި އިތުރު ދެ ފުލުހަކަށް ވަޒީފާ ދެނީ

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހިނގި ކަންކަމަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ ފުލުހަކަށް މާލީ ބަދަލާއެކު ވަޒީފާ ދޭން ދައުލަތުން އެއްބަސްވުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އިއްޔެ އެގޮތަށް ހުކުމް ކޮށްފި އެވެ.

04 އެޕްރީލް

April 04, 2019 7
ވަކިކުރި ދެ ފުލުހަކަށް ވަޒީފާދޭން އަމުރުކޮށްފި

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު އާސިމް އަދި އަބްދުﷲ ރިޔާޒަށް މާލީ ބޮޑު ބަދަލާއެކު ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

27 މާޗް

March 27, 2019 10
މާލީ ބަދަލާ އެކު ޝާނީޒަށް ވަޒީފާ ދޭން ހުކުމްކޮށްފި

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް ފަހު ސިފައިންގެއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު ޝާނީޒަށް، މާލީ ބަދަލާ އެކު އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

24 މާޗް

March 24, 2019 33
ބަދަލުގެ ގޮތުގައި ފެނަކަ މުވައްޒަފަކަށް ބޮޑު އަދަދެއް

މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގައި މަސައްކަތް ކުރަނިކޮށް، ސ. ހުޅުމީދޫ ބްރާންޗަށް ބަދަލުކުރި އެ ކުންފުނީގެ ކުރީގެ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި 377،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

09 މާޗް

March 09, 2019 149
މުޅި ކޯހުން އެއްވަނަ، އެކަމަކު ވަޒީފާއެއް ނެތް!

ގާނޫނީ ވަކީލް ކަމުގެ ދާއިރާއިން ޑިގްރީ ހާސިލް ކުރީ މުޅި ކޯހުން އެއް ވަނަ ހޯދައިގެންނެވެ. އެ ހިސާބުން އޭނާ އަމަލީ މައިދާނަށް ކުރިމަތިލީ ރަނގަޅު ވަޒީފާއަކާއި ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދާ އެކު އެވެ. ނަމަވެސް ކަންދިމާވި ގޮތް ވަރަށް ތަފާތެވެ. ވަޒީފާއެއް ހޯދަން އުޅޭތާ އަހަރެއްހާ ދުވަސް ވީއިރު އަދިވެސް ވަޒީފާއެއް ނުލިބެ...

09 ފެބުރުއަރީ

February 09, 2019 4
ފިންލެންޑުގައި ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސް ބޭކާރު

ހެލްސިންކީ (ފެބްރުއަރީ 9) - ފިންލެންޑުގައި ވަޒީފާ ނެތް ބައެއް މީހުންނަށް ދެ އަހަރު ވަންދެން އަސާސީ މުސާރައިގެ ގޮތުގައި އެލަވަންސެއް ދިން ނަމަވެސް އެ މީހުން ވަޒީފާ ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

20 ޖެނުއަރީ

January 20, 2019 9
ސިފައިންގެއިން ވަކިކުރި މީހުންގެ މައްސަލަ ކޯޓަށް

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު ސިފައިންގެއިން ވަކިކުރި ތިން މީހުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

03 ޖެނުއަރީ

January 03, 2019 6
ވަޒީފާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކުރީގެ ސަރުކާރުން ސިޔާސީ ގޮތުން ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން އެކަމުގެ ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

January 03, 2019 6
ނުހައްގުން ވަޒީފާ އިން ވަކިކޮށްގެން 451 މައްސަލައެއް

ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންގެ މައްސަލަތައް ބެލުމަށް ހުޅުވާލި ފުރުސަތުގައި 451 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން...

27 ޑިސެމްބަރ

December 27, 2018 57
ވަކިކުރީ ރަނގަޅަކަށް ނޫން! މާލީ ބުރަ ދައުލަތަށް!

ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ވަޒީފާއިން މީހުން ވަކިކުރުމުން މިލިއަނުން މާލީ ބަދަލު ދޭން ދައުލަތަށް މަޖުބޫރުވާ ތަން މި ދަނީ ފެންނަމުންނެވެ. ސިޔާސީ މަގްސަދު އަޑީގައި ބާއްވައިގެން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ގެއްލުން، މިހާރު އުފުލަން މި ޖެހެނީ، އާންމު ރައްޔިތުންނެވެ؛ ބަދަލު ދެނީ ރައްޔިތުންގެ ފައިސާ އިންނެވެ.

03 ޑިސެމްބަރ

December 03, 2018 19
ވަޒީފާ ގެއްލުވާލި މީހުން ޝަކުވާ ހުށަހަޅަން 30 ދުވަސް

ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާ އިން ވަކިކޮށްފައިވާ ނުވަތަ ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުން ޝަކުވާ ހުށަހަޅަން ރައީސް އޮފީހުން ފޯމެއް ތައާރަފުކޮށް 30 ދުވަހުގެ މުއްދަތެއް މިއަދު ދީފި އެވެ.

25 އޮކްޓޯބަރ

October 25, 2018 14
އެމްޕީއެލްއިން ބޮޑުކުރި އެލަވަންސް ނުދީގެން ޝަކުވާ!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދޭ އެލަވަންސް މި މަހުގެ އެކަކުން ފެށިގެން ބޮޑުކުރި ކަން އެންގުމަށް ފަހު، މިދިޔަ މަހުގެ މުސާރަ މިއަދު ދިންއިރު އެ އެލަވަންސް ދީފައި ނުވާ މައްސަލަ މިއަދު ފެންމަތިވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2018
ވަޒީފާގެ މައްސަލަތައް އަލުން ހުށަހެޅޭނީ އެއް ފަހަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަނބުރާ ގެންދާ މައްސަލަތަކާއި ބާތިލްކުރާ މައްސަލަތައް އަލުން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށް އެ ޓްރައިބިއުނަލުން...

September 10, 2018 137
ދިއްކޮށްލި ސިއްރު ނޯޓުގައި ވެސް ވަޒީފާގެ ބިރު!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ރަށްރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު އެކި މީހުން އެކި ގޮތްގޮތަށް...

27 އޯގަސްޓް

August 27, 2018 52
ޒުވާނުންނަށްވުރެ ވަޒީފާ އިތުރު ކުރާނަން: ރައީސް ޔާމީން

ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ވެއްޖެ ނަމަ ރާއްޖޭގެ ޒުވާނުންގެ އަދަދަށް ވުރެ ވަޒީފާގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2018 21
ހދ. ގައި އިތުރު ރިސޯޓްތައް ހަދާނަން: އިބޫ

މި ވަގުތު އެންމެ ރިސޯޓެއް ހިންގަމުން އަންނަ ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ހަދައި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ވައިކަރަދޫގައި، ވިދާޅުވެއްޖެ އެވެ.