24 ޖުލައި

July 24, 2017 24
އާލާގެ ޖޫރިމަނާ ދިޔާނާ ދައްކައިދީފި

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ލިޔުނު ހަބަރެއްގައި މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭނާ އަށް ކުރި 50،000 ރުފިޔާގެ ޖޫރިމަނާ، ކުރީގެ ބަންޑާރަ ނައިބު...

July 24, 2017 3
ނޫސްވެރިންނަށް ހުރަސްއެޅުން ގަބޫލެއް ނުކުރަން: ކައުންސިލް

ނޫސްވެރިންނާއި ނޫސްވެރިކަމަށް ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށާއި އެ ފަދަ ކަންކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ބުނެފި އެވެ.

23 ޖުލައި

July 23, 2017 14
ބްރޯޑްކޮމްއިން ދަނީ މީޑިއާތައް އިނދަޖައްސަމުން:އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީންގެ މަސްލަހަތުތައް ގާނޫނުތަކާ ޚިލާފަށް ހިމާޔަތްކޮށްދީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މީޑިއާތައް އިނދަޖައްސަމުން ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.

10 ޖުލައި

July 10, 2017 56
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިންތިހާ ދަރަޖަ އަށް މަލާމާތާއި ފުރައްސާރަކޮށް ޗެނަލް 13 އިން ރޭ ލަވައެއް ބްރޯޑްކާސްޓްކުރި މައްސަލާގައި އެތައް ބަޔަކު ރުޅިގަދަވެ، ބްރޯޑްކާސްޓިން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

04 ޖުލައި

July 04, 2017 35
ޕީއެސްއެމުން އިދިކޮޅު މެމްބަރަކަށް ފުރުސަތު ދީފި

ގިނަ ދުވަސްތަކަކަށް ފަހު ދައުލަތުގެ މީޑިއާ އިން އިދިކޮޅު ފަރާތަކަށް އެތަނުގެ ޕްރޮގްރާމަކުން މިރޭ ފުރުސަތު ދީފި އެވެ.

July 04, 2017 13
އަވަސްގެ ސީއީއޯ ކަމުން މަނިކު އިސްތިއުފާ ދެއްވައިފި

އަވަސް އޮންލައިންގެ ސީއީއޯގެ މަގާމުން އިބްރާހިމް އުމަރު މަނިކު އިސްތިއުފާ ދެއްވައިފި އެވެ.

02 ޖުލައި

July 02, 2017 19
ސަލްމާން ރަސްގެފާނަށް ތާރީފު ކުރަމުން ކުފުރު ވެއްޖެ

ސައޫދީ އަރަބިއްޔާގެ ކޮލަމިސްޓަކު، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށް ތައުރީފާއި ސަނާ ދަންނަވަމުން ގޮސް ކުފުރުވުމުން، އޭނާ އެ ވަޒީފާ އަދާ ކުރުން ހުއްޓުވުމަށް ރަސްގެފާނު ސަލްމާން އަމުރު ކުރައްވައިފި އެވެ.

11 ޖޫން

June 11, 2017 8
ރިފާއުއާ ސުވާލުކުރީ ހަބަރެއްގެ ސުރުހީއާ ބެހޭ ގޮތުން

ވީމީޑިއާގެ ދަށުން ހިންގާ ވީއޮންލައިންގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ އާދަމް އާޒިމް ހައްޔަރުކުރުމުން ލިއުނު ޚަބަރުގެ ސުރިޚީ އޮތް ގޮތާ ބެހޭ ގޮތުން ކަމަށް އޭނާ މިއަދު ބުނެފި އެވެ.

09 ޖޫން

June 09, 2017 10
ނޫސްވެެރިޔާ ރިފާއު ފުލުހަށް ހާޒިރު ކުރަނީިި

ވީމީޑިއާގެ ދަށުން ހިންގާ ވީއޮންލައިންގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރު ވާން އަންގައިފި އެވެ.

07 ޖޫން

June 07, 2017 1
ނޫސްވެރިކަމުގެ އިނާމަށް މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

29 މެއި

May 29, 2017 2
އޮޅުންބޮޅުން- ނޫސްވެރިންގެ މިނިވަންކަން

ފާއިތުވި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގައި އެއްވެސް ރަސްމިއްޔާތެއް ނުބާއްވަ އެވެ. ނޫސްވެރިކަމުގެ ބެލެނިވެރި ފަރާތުން ވެސް އޮތީ ހިމޭނުންނެވެ. ބަސް ހުއްޓިފަ އެވެ. ރާއްޖޭގެ ނޫސްވެރިންގެ ޙާލަތާ މެދު ސަހަރޯހީވެގެން ކަމަށް ވެސް ވެދާނެ އެވެ. މިނިވަން ނޫސްވެރިކަމަށް، ރައްކާތެރިކަމެއް ނެތް ތަނެއްގައި،...

22 މެއި

May 22, 2017 7
މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުށަނާޅަން: އަލީ

ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރުތަކެއްގެ ލިންކް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެދުމަކަށް އެ ކައުންސިލާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެކަމަކު އެއްވެސް ނިއުސް...

May 22, 2017 14
ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އަބުރަށް ގެއްލުން ލިބޭ ފަދަ ލިޔުންތަކެއް ފާހަގަކުރެވިގެން ކަމަށް ބުނެ އޮންލައިން މީޑިއާތަކުން...

21 މެއި

May 21, 2017 11
ރާއްޖެޓީވީގެ ނޫސްވެރިންތަކެއްގެ މައްސަލަ އެމްއެމްސީއަށް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް...

May 21, 2017 7
ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

18 މެއި

May 18, 2017
ނޫސްވެރިކަމުގެ އިނާމު ދޭ އުސޫލު އެކުލަވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ގެންގުޅޭ އުސޫލުތައް އާންމުކޮށްފި އެވެ.

17 މެއި

May 17, 2017 42
ހައްގުތައް ހޯދައި ދެނީ މި ސަރުކާރުން: ޚަލީލް

ރައްޔިތުންގެ ހައްގުތައް ހޯދައި ދެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ރޭ ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2017 1
އެމްއެމްސީން މިސްބާހު ވަކި ނުކުރުމަށް ނިންމައިފި

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ވީއެޕްޕީގެ ނޫސްވެރިޔާ މިސްބާހު އައްބާސް ވަކި ނުކުރަން މިއަދު ނިންމައިފި އެވެ.

May 10, 2017 2
މިސްބާހާ މެދު އެމްއެމްސީން މިއަދު ގޮތެއް ނިންމަނީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޖަލްސާތަކަށް، އެ ކައުންސިލްގެ މެމްބަރު އަދި ވީއެފްޕީގެ ނޫސްވެރިޔާ މިސްބާހު އައްބާސް ހާޒިރު ނުވާތީ، އޭނާއާ މެދު އަޅާނެ ފިޔަވަޅެއް މިއަދު...

09 މެއި

May 09, 2017 9
ފިރިމީހާ ގެއްލުނު ލަންކާ އަންހެނަކު ޔާމީނުގެ ހައްގުގައި

ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި މަހަކު އެއް ފަހަރު ގޮތަކަށް ސަންދިޔާ އެކްނަލިގޮޑާ، ސްރީލަންކާގެ ކޯޓުތަކަށް ދެ އެވެ. ފިރިމީހާ ހޯދުމަށް، ކޯޓުތަކުން ފެށިގެން ޖެނީވާގައި ހުންނަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ވެސް އޭނާ ހިނގައްޖެ އެވެ. ލަންކާގެ ނޫހެއްގައި މަސައްކަތް ކުރާ ކާޓޫނިސްޓް އަދި ނޫސްވެރިޔާ ޕްރަގީތު އެކްނަލިގޮޑާ މީގެ ހަ...

04 މެއި

May 04, 2017 30
އެއް މިލިޔަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މިއަދު ދައްކައިފި އެވެ.

03 މެއި

May 03, 2017 46
"ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބޭ"

ރާއްޖޭގައި ހިނގާ ހަބަރުތައް ގާނޫނުުއަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ގެނެސްދިނުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ރާއްޖޭގައި ލިބިދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

01 މެއި

May 01, 2017 13
މިނިވަން ނޫސްވެރިކަން ދަށް ގައުމުތަކުގެ ލިސްޓަށް ރާއްޖެ

ނޫސްވެރިކަމުގެ މިނިވަންކަން ނެތް ނުވަތަ އެ މިނިވަންކަން އެންމެ ދަށް ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފި އެވެ.

26 އެޕްރީލް

April 26, 2017 5
ނޫސްވެރިކަމުގެ މިނިވަންކަމުގަ ރާއްޖެ ފަސް ދަރަޖަ ދަށަށް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަސް ދަރަޖަ ދަށަށް ވެއްޓިއްޖެ އެވެ.

20 އެޕްރީލް

April 20, 2017 10
ޒަހީނާ އަށް ހިޔާލުފާޅުކުރުމުގެ އެވޯޑް ލިބިއްޖެ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑެއް، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންޑެޕެންޑެންޓަށާއި އެ ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދަށް ލިބިއްޖެ އެވެ.