31 މާޗް

March 31, 2020 3
ޖޭއެސްސީގެ މަސައްކަތްތައް ގޭގައި ކުރިއަށް ގެންދަނީ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.

18 މާޗް

March 18, 2020 8
ހުޅުމާލޭ ކޯޓު އުވާލުމުގެ ކަންކަން ޖޭއެސްސީން ފަށައިފި

ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ގުޅޭ ކަންކަން ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

16 މާޗް

March 16, 2020 1
އެކަހެރިކުރުމުން މުސާރަ، ޗުއްޓީ ނުކަނޑާނެ: ޖޭއެސްސީ

ކޮރޯނާވައިރަސްގެ ސަބަބުން ކަރަންޓީންކުރާ ނުވަތަ އެކަހެރިކުރާ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޗުއްޓީ އާއި މުސާރަ އާއި އިނާޔަތްތަކުން އެ މުއްދަތަށް އުނި ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

10 މާޗް

March 10, 2020 7
ފަނޑިޔާރުން ނެގުން، ޚަރަދު ކުޑަކުރަން މަޑުޖައްސާލައިފި

ކޮވިޑް-19 ފެތުރި އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ، ދަށު ކޯޓުތަކަށް ފަނޑިޔާރުން ނެގުން މަޑުޖައްސާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 4
ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ވަކިކުރަން ހުށަހަޅަނީ

ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

23 ފެބުރުއަރީ

February 23, 2020 30
މައްސަލަ ބަލަނިކޮށް ރިޓަޔާކުރިޔަސް އިނާޔަތް ނުލިބޭނެ

ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލަ އަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުދޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

18 ފެބުރުއަރީ

February 18, 2020 25
ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި: ރައީސް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިޚުލާސްތެރި ނިޔަތެއްގައި ކަމަށާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް އެ ދާއިރާ އަށް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2020 7
ފަނޑިޔާރުން އައްޔަން ކުރަނީ ހާމަކަން ބޮޑު ގޮތެއްގައި

ފަނޑިޔާރުން އައްޔަން ކުރަމުން ދަނީ ހާމަކަން ބޮޑު ގޮތެއްގައި އަދި އުސޫލުތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީި) އިން މިއަދު ބުނެފި އެވެ.

16 ފެބުރުއަރީ

February 16, 2020 43
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

11 ފެބުރުއަރީ

February 11, 2020 7
ފަނޑިިޔާރުންނަށް ތަމްރީނު ދޭން އިންޑިއާ އިން އެހީވަނީ

ފަނޑިޔާރުންނަށް ތަމްރީން ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުމެއްގައިި އިންޑިއާގެ ޖުޑީޝަލް އެކަޑަމީ އާ އެކު ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

03 ފެބުރުއަރީ

February 03, 2020 8
ފަނޑިޔާރުންނަށް ވެސް ހަ މަހުގެ ޗުއްޓީ ދޭ ގޮތް ހަދަނީ

ވިހެއުމާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ހަ މަހުގެ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

02 ފެބުރުއަރީ

February 02, 2020 1
ޝަރީއަތް ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަނީ

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

February 02, 2020 1
ޖޭއެސްސީގެ އޮފީސް އެހެން ތަނަކަށް ބަދަލުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިދާރާ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2020 13
ރެކޯޑު ހަދަން އަވަހަށް މައްސަލަ ބަލާ ކަމުގެ ޝަކުވާ

ހިނގަމުންދާ މައްސަލަތައް އަވަސްކުރުމުގެ ނަމުގައި ނުވަތަ އެންމެ ގިނަ މައްސަލަތައް ނިންމުމުގެ ޝަރަފު ހޯދުމަށް، އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަ ބަލާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޖުޑީޝަލް ސާވިލް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

28 ޖެނުއަރީ

January 28, 2020 14
އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބަލަން ފަށައިފި އެވެ.

26 ޖެނުއަރީ

January 26, 2020 5
އެޑްމިނިސްޓްރޭޓަރުން އައްޔަންކުރާ އުސޫލު އެކުލަވާލައިފި

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

23 ޖެނުއަރީ

January 23, 2020 1
ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް އިތުރު ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

January 23, 2020 26
ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރާކަށްނުފެނޭ: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެ މަގާމަށް އައްޔަންކުރުން...

January 23, 2020 4
ފަނޑިޔާރު ހަސަންގެ މައްސަލަ އަވަސްކޮށްދޭން އެދެފި

ސަސްޕެންޝަންގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަސްކޮށްދޭން ހައި ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދެފި އެވެ.

22 ޖެނުއަރީ

January 22, 2020 3
ޖިންސީ މައްސަލަތައް އަވަސްކުރަން މަޝްވަރާ ފަށައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އަވަހަށް ކޯޓުތަކުން ނިންމޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ގިނަ ކޯޓުތަކެއްގެ ފަނޑިޔާރުންނާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

21 ޖެނުއަރީ

January 21, 2020 4
ކަނޑުހުޅުދޫ ގާޒީގެ މައްސަލައިގައި 9މީހަކާ ސުވާލުކޮށްފި

ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ، އެ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް ނުވަ މީހަކާ ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

January 21, 2020 13
އަލަށް އައްޔަންކުރި 7 ފަނޑިޔާރުން ހުވާކޮށްފި

ކްރިމިނަލް ކޯޓާއި ސިވި ލްކޯޓް އަދި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

January 21, 2020 28
"ފަނޑިޔާރުގެއަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެނޭ"

ފަނޑިޔާރުގެއަށް މިދިޔަ އަހަރު ގެނައި ބަދަލުތަކުގެ ހެޔޮ އަސަރުތައް މިހާރު ކޮންމެވެސް ވަރަކަށް ފެންނަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ...

20 ޖެނުއަރީ

January 20, 2020 2
ޖިންސީގޯނާގެ މައްސަލަތައް އަވަސްކުރަން ކޯޓުތަކުން ތާއީދު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އަވަހަށް ކޯޓުތަކުން ނިންމޭނެ ނިޒާމެއް ގާއިމް ކުރުމަށް ކޯޓުތަކުން އެއްބާރުލުން ލިބޭ ކަމަށާއި އެ ނިޒާމު ވަރަށް އަވަހަށް ގާއިމް ކުރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2020 16
މެޖިސްޓްރޭޓްގެ މައްސަލަ އޮތީ ފަހު މަރުހަލާގައި:ޖޭއެސްސީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ މައްސަލަތަކުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ޖުޑީޝަލް...

January 19, 2020 13
ޖިންސީ ގޯނާގެ މައްސަލަތައް ކޯޓުތަކުން އަވަސްކުރަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުން އެކި މީސްމީހުންނަށް ދައުވާކުރާ މައްސަލަތައް ކޯޓުތަކުން އަވަސް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)...