30 ޖޫން

June 30, 2020 23
ޖިންސީ ގޯނާ: ޕްރޮފެޝަނަލް ކޮމާންޑުން މައްސަލަ ބަލަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ވެސް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

29 ޖޫން

June 29, 2020 226
ވިކްޓިމްގެ އިންޓަވިއު: "ޖިންސީ ގުނަވަނުގައި އަަތްލި"!

ހުޅުމާލޭގެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީގައި ތަކުރާރުކޮށް ރޭޕްކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ އަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އެ ހާދިސާ...

June 29, 2020 8
ޖިންސީ ގޯނާގެ މައްސަލަ ރަނގަޅަކަށް ނުބެލޭ: ރިޔާޒު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ފުލުހުން ބަލާފައިވާ ކަމަށް...

11 ޖެނުއަރީ

January 11, 2020 2
ބޭވަފާތެރިވުމުން ފިރިމީހާ 20 ޑޮލަރަށް ވިއްކާލައިފި

އަންބަކު ފިރިމީހާ ވިއްކާލި ވާހަކަ އެންމެ އަސަރު ގަދަކޮށް ދައްކުވައި ދީފައި ވަނީ 1997 ގައި ރިލީޒްކުރި ހިންދީ ފިލްމު "ޖުދާއީ" ގަ އެވެ. އެ ފިލްމުގައި ކުރީގެ ބަތަލާ ސްރީދޭވީ އޭނާގެ ދެ ކުދިންގެ ބައްޕަ އަދި އިންތިހާ އަށް އޭނާ ދެކެ ލޯބިވާ ފިރިމީހާ އަނިލް ކަޕޫރް، ތަނަވަސް ދިރިއުޅުމަކާއި ފައިސާގެ ދަހިވެތިކަމުގައި ވިއްކައިލަނީ މުއްސަނދި...

08 އޯގަސްޓް

August 08, 2019 3
ކުޑަދަރިފުޅާ އެކު ޕާލަމެންޓަށް ވަން މެންބަރު ބޭރުކޮށްފި

ނައިރޯބީ (އޮގަސްޓް 8) - ކެންޔާގެ ޕާލަމެންޓަށް ކުޑަދަރިފުޅާ އެކު ވަން އަންހެން މެންބަރު ބޭރުކޮށްލައިފި އެވެ.

02 ޖުލައި

July 02, 2019 9
މަތިންދާ ބޯޓަކުން ވެއްޓުނު މީހާގެ ހަށިގަނޑު ބަގީޗާގައި

ލަންޑަން (ޖުލައި 2) - ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ޖައްސަން ދިޔަ ކެންޔަން އެއާވޭސްގެ މަތިންދާ ބޯޓަކުން ވެއްޓުނު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ލަންޑަނުގެ ބަގީޗާއެއްގެ ތެރޭން ފެނިއްޖެ އެވެ.

18 މެއި

May 18, 2019 5
ކެންޔާގެ ކުރީގެ ރައީސް އަތުލިބިމުގެ ބަދަލުދޭން ޖެހިއްޖެ

ނައިރޯބީ (މެއި 18) - ހުވަފަތް އަންހެނެއްގެ ބިމެއް ނުހައްގުން އަތުލި މައްސަލާގައި، ބަދަލުގެ ގޮތުގައި 1.06 ބިލިއަން ޝިލިންސް (10.5 މިލިއަން ޑޮލަރު) ދިނުމަށް ކެންޔާގެ ކުރީގެ ރައީސް ޑެނިއަލް އަރަޕް މޮއިގެ މައްޗަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

26 މާޗް

March 26, 2019
މުސާރަ ހަދިޔާކުރާ ޓީޗަރަކަށް މިލިއަން ޑޮލަރުގެ އެވޯޑެއް

ފަގީރު އާއިލާތަކުގެ ކުދިންގެ ކިޔެވުމަށް، މަހު މުސާރައިގެ 80 ޕަސެންޓް ކޮންމެ މަހަކު ވެސް ހަދިޔާކުރާ ކެންޔާގެ ޓީޗަރަކަށް އިނާމެއްގެ ގޮތުގައި އެއް މިލިއަަން ޑޮލަރު ލިބިއްޖެ އެވެ.

13 މާޗް

March 13, 2019 1
ކެންޔާ ކުއްޖާ އަށް އޮޒިލްގެ ހާއްސަ ހަދިޔާއެއް!

ލަންޑަން (މާޗް 12) - އާސެނަލްގެ ތަރި މެސުތު އޮޒިލްގެ ނަން އަތުން ލިޔެފައިވާ ޖާޒީއެއް ލައިގެން ކެންޔާގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުއްޖަކަށް އޮޒިިލް ޖާޒީ އާއި ބޫޓު ހަދިޔާކޮށްފި އެވެ.

21 ޖުލައި

July 21, 2018 13
ކެންޔާގެ ރީތީގެ ރާނީ މަރަން ހުކުމް ކޮށްފި

ނައިރޯބީ (ޖުލައި 21) - ލޯބިވެރިޔާ މަރާލި ކަމުގެ ކުށުގައި ކެންޔާގެ ރީތީގެ ރާނީ ރޫތު ކަމަންޑާ މަރަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

13 ޖުލައި

July 13, 2018 2
ރައްޔިތުންގެ ފައިސާ އިން ވޯލްޑް ކަޕް ބަލަން ދިއުމުން ރަތަަށް

ނައިރޯބީ (ޖުލައި 13) - ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ކެންޔާގެ ޕާލަމެންޓުގެ 20 މެންބަރަކު ވޯލްޑް ކަޕް ބަލަން ދިޔަ ޚަބަރު ލިބުމާ އެކު އެ ގައުމުގެ އެތައް ބަޔަކު ރުޅިގަދަވެއްޖެ އެވެ.

09 މާޗް

March 09, 2018
ކެންޔާގެ ރައީސް އާއި އިދިކޮޅު ލީޑަރު ސުލްހަވެއްޖެ

ނައިރޯބީ (މާޗް 9) - މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އުފެދުނު މައްސަލަތަކުގައި ދެ ހަތަރުންނަށްވެފައިވާ ކެންޔާގެ ރައީސް އުހުރު ކެންޔާއްޓާ އާއި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ މަޝްވަރާ އަށް އެއްބަސްވެވަޑައިގެންފި އެވެ.

09 ފެބުރުއަރީ

February 09, 2018
ކެންޔާގައި ބަންދުކުރި ޓީވީތައް އަލުން ބްރޯޑްކާސްޓްކުރަނީ

ނައިރޯބީ (ފެބްރުއަރީ 9) - ކެންޔާގެ އިދިކޮޅު ލީޑަރު ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބްރޯޑްކާސްޓްކޮށްގެން ސަސްޕެންޑްކުރި ޓީވީތައް އަލުން ބްރޯޑްކާސްޓް ކުރަން ފަށައިފި އެވެ.

30 ޖެނުއަރީ

January 30, 2018
ކެންޔާގެ އިދިކޮޅު ލީޑަރު ވެސް ރައީސްކަމުގެ ހުވާ ކުރައްވައިފި

ނައިރޯބީ (ޖެނުއަރީ 30) - ކެންޔާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ކޮއިކޮޓް ކުރި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ "ރައްޔިތުންގެ ރައީސްގ" ގޮތުގައި މިއަދު ހުވާ ކުރައްވައިފި އެވެ.

29 ނޮވެމްބަރ

November 29, 2017 1
ކެންޔާގެ އިދިކޮޅު ލީޑަރު ވެސް ރައީސްކަމުގެ ހުވާ ކުރައްވަނީ

ނައިރޯބީ (ނޮވެމްބަރު 29) - ކެންޔާގެ ރައީސްކަމުގެ ހުވާ އުހުރު ކެންޔާއްޓާ އިއްޔެ ކުރައްވާފައި ވަނިކޮށް އެ ގައުމުގެ އިިދކޮޅު ލީޑަރު ރައިލާ އޮޑިންގާ ވެސް ވަނީ އަންނަ މަހު 12 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

31 އޮކްޓޯބަރ

October 31, 2017
ބޮއިކޮޓްކުރި އިންތިޚާބު ކެންޔާގެ ރައީސް ކާމިޔާބުކޮށްފި

ނައިރޯބީ (އޮކްޓޯބަރު 31) - ކެންޔާގައި ބޭއްވި ޚިޔާލުތަފާތުވުން ބޮޑު އަދި އިދިކޮޅު ކެންޑިޑޭޓް ރާއިލާ އޮޑިންގާ ބޮއިކޮޓްކުރެއްވި އިންތިޚާބުން މިހާރުގެ ރައީސް އުހުރު ކެންޔާއްޓާ 98 ޕަސެންޓް ވޯޓު ހޯއްދަވައިފި އެވެ.

26 އޮކްޓޯބަރ

October 26, 2017
އިދިކޮޅުން ބޮއިކޮޓްކުރި ކެންޔާގެ އިންތިޚާބުގައި ވޯޓުލަނީ

ނައިރޯބީ (އޮކްޓޯބަރު 26) - އިދިކޮޅު ޕާޓީން ބޮއިކޮޓްކޮށްފައިވާ ކެންޔާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން މިއަދު ފަށައިފި އެވެ.

25 އޮކްޓޯބަރ

October 25, 2017 3
ކެންޔާގެ ސުޕްރީމް ކޯޓަށް އިންތިޚާބު ހުއްޓުވޭ ގޮތެއް ނުވި

ނައިރޯބީ (އޮކްޓޯބަރު 25) - ކެންޔާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ގާނޫނާޚިލާފަށް ކަމަށް ބުނެ އިންތިޚާބު ހުއްޓުވައި ދިނުމަށް އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން ބެލޭ ގޮތެއް ނުވި އެވެ.

18 އޮކްޓޯބަރ

October 18, 2017 3
ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ މެންބަރަކު ފިއްލަވައިފި

ނައިރޯބީ (އޮކްޓޯބަރު 18) - ކެންޔާގައި އަންނަ ހަފުތާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކޮށް ގެންދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށް ބުނެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވާ ވަޑައިގެންފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 1
ކެންޔާގެ އިލެކްޝަން ކޮމިޝަނުގެ މައްސަލަ ތަހުގީގު ކުރަނީ

ނައިރޯބީ (ސެޕްޓެމްބަރު 24) - ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް ފުލުހުންނަށް އަންގަައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2017 2
އިންތިޚާބު ބާތިލްކުރަން ޖެހުނީ އިލެކްޝަން ކޮމިޝަނުގެ ސަބަބުން

ނައިރޯބީ (ސެޕްޓެމްބަރު 21) - ކެންޔާގެ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހުނީ އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.