07 މެއި

May 07, 2020 4
ކުޅުދުއްފުށީގެ ލޮކްޑައުނަށް އަނެއްކާ ވެސް ހަތް ދުވަސް

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހދ. ކުޅުދުއްފުއްޓަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އަނެއްކާ ވެސް ހަތް ދުވަސް އިތުރުކޮށްފި އެވެ.

30 އެޕްރީލް

April 30, 2020 4
ކުޅުދުއްފުށީގައި ލޮކްޑައުން ހަތް ދުވަސް އިތުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހދ. ކުޅުދުއްފުއްޓަށް އިއުލާންކޮށްފައިވާ ލޮކްޑައުން މުއްދަތަށް ހަތް ދުވަސް އިތުރުކުރަން ކުއްފުދުއްފުށީގެ ކޮވިޑް-19 ޓާސްކްފޯހުން މިއަދު ނިންމައިފި އެވެ. އެކަމަކު މިފަހަރު މުއްދަތު އިތުރުކުރީ ލުއިތަކަކާ އެކު އެވެ.

09 ފެބުރުއަރީ

February 09, 2020 23
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް

މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށާއި ބައެއް ދާއިރާތަކުގެ ޓިކެޓް ދޭނެ މީހުން ކަނޑައަޅަން އެ ތަންތަނުގައި ޕްރައިމަރީ ނުބޭއްވީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލުމުން ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ބުނެފި އެވެ.

01 ޖެނުއަރީ

January 01, 2020 37
ސިޓީގެ ދަރަޖައާއެކު ކުޅުދުއްފުއްޓަށް އުފާވެރިކަން

މީގެ ދެ އަހަރު ކުރިން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު އެ ރަށުގެ ރައްޔިތުން ދެން އިންތިޒާރު ކުރީ ސިޓީއެއްގެ ދަރަޖަ ލިބޭނެ އިރަކަށެވެ. އެކަން ނުވެ ލަސްވަމުން ދާވަރަކަށް ރައްޔިތުންގެ ޝަކުވާ ވެސް ދިޔައީ އިތުރުވަމުންނެވެ. އެކަމަކު އެއީ އިއްޔެއާ ހަމައަށެވެ. ރާއްޖޭގެ ހަތަރު ވަނަ ސިޓީގެ...

27 ޖޫން

June 27, 2019 30
ކުޅުދުއްފުށީ "ހޮނިހިރު ބާޒާރު" މަނާކުރުމުން ފާޑުކިޔަނީ

ހދ. ކުޅުދުއްފުށީގައި ޒަމާނުންސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އައި "ހޮނިހިރު ބާޒާރު" ހުއްޓާލަން އެ ރަށު ކައުންސިލުން އެންގުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2018 9
އެއާޕޯޓް އަޅަން 16 ގެއަކަށް ބަދަލުދީ ނިންމައިފި

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހުސްކުރަން ޖެހޭ 18 ގެއެއްގެ ތެރެއިން 16 ގެއަކަށް ދޭން ޖެހޭ ބަދަލުދީ ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

19 އޯގަސްޓް

August 19, 2018 8
އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހުސްކުރަން ޖެހޭ 18 ގެއެއްގެ ތެރެއިން 12 ގެއެއް ހުސްކުރަން އެއްބަސްވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

14 އޯގަސްޓް

August 14, 2018 83
18 ގެއެއްގެ ބަދަލުގެ މައްސަލަ: އެއާޕޯޓަށް ހުރަހެއް!

ތޭރަ ހެކްޓަރުގެ ކުޅި ހިއްކައި ހދ. ކުޅުދުއްފުށީގައި އަޅަން ފެށި އެއާޕޯޓުގެ ރަންވޭ އަޅަން ހުސްކުރަން ޖެހޭ ސަރަހައްދުގައި ހިމެނޭ ގެތައް ނުނެގި ލަސްވަމުންދާތީ އެ މަޝްރޫއު އަވަހަށް ނިމިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

03 ޖޫން

June 03, 2018 19
ކުޅުދުއްފުށީ ކުޅިން ހިއްކި ބިމަށް އިތުރަށް ފަސް އަޅަނީ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް، އެ ރަށުގެ ކުޅިން ހިއްކި ބިން އެކަށީގެންވާ ވަރަށް ހަރުނުވާތީ ކުޅިގައި ހުރި ޗަކަތައް ނަގައި އިތުރަށް ފަސް އަޅަން ޖެހިއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2017 8
އެއާޕޯޓު އަޅަން މޫދުން ހަ ހެކްޓަރު ހިއްކައިފި

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ މޫދުން ހަ ހެކްޓަރު ހިއްކައި، އިތުރު މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2017 68
ކުޅި "ގުރުބާން" ކުރުމުން ފާޑުކިޔުންތައް ކައުންސިލަށް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކަނީ ކުރު ރާސްތާއެއްގެ ތަރައްގީ އަށް ކުޅުދުއްފުށީގެ ކައުންސިލުން ކުޅި "ގުރުބާން" ކުރުމުން ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން އެ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

02 ނޮވެމްބަރ

November 02, 2017 39
ކުޅުދުއްފުށީ އެއާޕޯޓަށް ހިއްކުމުގެ ތައްޔާރީތައް ފަށައިފި

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި، ހިއްކަން ޖެހޭ ސަރަހައްދުގައި އެކަމަށް ބޭނުންވާ ތައްޔާރީތައް ވާން ފަށައިފި އެވެ.

29 އޮކްޓޯބަރ

October 29, 2017 12
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި

ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ފަހު ހުއްޓާލާފައި އޮންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2017 118
ކުޅުއްދުއްފުޓަށް ކުޅިއެއް ބޭނުމެއް ނޫން!

ކުޅުދުއްފުށްޓަށް ކުޅި ބޭނުން ހެއްޔެވެ؟ މި ރަށުގެ ވަރަށް ގިނަ މީހުންނާ މި ސުވާލު ކޮށްލައިފީމެވެ. ގިނަ މީހުންގެ ޖަވާބަކީ ނޫނެކޭ އެވެ. އެ މީހުން ދައްކާ ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. ކުޅިއެއް އޮވެގެން، ހަމައެކަނި އެ ނަމެއް އޮވެގެން ތިބުމުގެ ބަދަލުގައި އެންމެންގެ ވެސް ވިސްނުން ހުރީ މުސްތަގުބަލަށެވެ. ކުރިމަގަށް ރަނގަޅު...

26 އޮކްޓޯބަރ

October 26, 2017 28
ކުޅުދުއްފުށީ ކުޅިން ގަސްކަނޑަން ހުއްދަނުދޭން އަންގައިފި

ވަކި ގޮތެއް އަންގަންދެން، ހދ. ކުޅުދުއްފުށީ ކުޅިން ގަސް ކެނޑުމުގެ ހުއްދަ ނުދޭން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލަށް އަންގައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 51
ރައީސް ހެއްދެވީ އިތުރުފުޅެއް: ކުޅުދުއްފުށީ ކައުންސިލް

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އަޅާ އެއާޕޯޓްގެ މަސައްކަތް ލަސްވެފައިވަނީ އެ ރަށުގެ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅު އެ ކައުންސިލުން ދޮގުކޮށްފި އެވެ.