16 ޖެނުއަރީ

January 16, 2020 19
ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން

މި ސަރުކާރުގެ ވިސްނުމަކީ ހދ. ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2019 10
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި މިދިޔަ މަހު ހުޅުވި ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރި ހިތުގެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވެ، ފުރައިގެން ދިއުމުން، ހިތުގެ ގިނަ ޓެސްޓުތައް ހެދުން ހުއްޓިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2019 36
މިއީ އިންގިލާބީ ބަދަލުތަކުގެ ފަސް އަހަރު: އަމީން

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ވާނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދުވަހަކު ވެސް އައިސްފައި ނުވާ ވަރުގެ އިންގިލާބީ ބަދަލުތައް އަންނަ ދުވަސްތަކަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2019 41
ކުޅުދުއްފުށީގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާ ފަށައިފި

އުތުރުގެ ތިން އަތޮޅެއްގެ ރައްޔިތުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ޚިދުމަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ. މިއީ، ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ދެ ޚިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

28 ސެޕްޓެމްބަރ

September 28, 2019 23
އަހަރެއް ފަހުން އޮޕަރޭޝަންކޮށް ބެލިއިރު އިލޮށިކޮޅެއް!

ފަންތޮށި ބުޑެއް "ހޫރާލި" ގަޑީގައި ހުސެއިން ފާރިޝް 25، ގެ އަތަށް އެއްޗެއް ވަދެ، އޭނާ އަނބުރައިގަތެވެ. އަތްތިލަ އަށް ހެރުނީ ކޮން އެއްޗެއް ކަމެއް އޭރަކު ނޭނގުނެވެ. އެއީ ކޮން އެއްޗެއް ކަމެއް ބޭރު ފުށުން ފެންނާކަށް ވެސް ނެތެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ ތަޖުރިބާ ކުރަން ޖެހުނު ވޭނެކެވެ. އެކަމަކު، އެ ވޭނަށް ފަރުވާ ހޯދީ...

27 މެއި

May 27, 2019
މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުން ހޯދަނީ

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2019 5
ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުޅުދުއްފުށީގައި ކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ކަކުލު ހުޅު ބަދަލުކުރުމުގެ ތިން އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

06 ޖެނުއަރީ

January 06, 2019 16
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން ބާތިލެއް ނުކުރޭ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)އާ އެކު ވެފައިވާ އެއްބަސްވުން މިދިޔަ ސަރުކާރުން ބާތިލްކޮށްފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

28 ޑިސެމްބަރ

December 28, 2018 28
ކުޅުދުއްފުށި ހޮސްޕިޓަލްގެ ޓެލެފޯން ވިއުގަ ވަރުގަދަކުރަނީ

ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އެޕޮއިންޓްމަންޓް ސިސްޓަމްގެ ޚިދުމަތް ފެށުމަށްޓަކައި އެތަނުގެ ޕީއޭބީއެކްސް ނުވަތަ ޓެލެފޯން ވިއުގަ ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓްރީން އިއްޔެ ދިރާގާ ހަވާލުކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2018 6
ވަތަށް ފައިބައިގެން ހާލު ދެރަވި މީހާ އައިސީޔޫގައި

މަސް ދޯންޏެއްގެ ވަތަށް ފައިބައިގެން އުޅެނިކޮށް ހާލު ދެރަވި ދެ މީހުންގެ ތެރެއިން އެކަކު ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

23 އޯގަސްޓް

August 23, 2018 8
"ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެގްރިމަންޓް ނިންމަން ޖެހޭ"

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނިމްސްގެ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ނިންމަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

14 އޯގަސްޓް

August 14, 2018 16
ކުޅުދުއްފުއްޓަށް އިބޫގެ ބޮޑެތި ވައުދުތަކެއް

އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް ހދ. ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކޮށް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ގިނަ ކަންތައްތަކެއް އެ ރަށަށް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވައުދުވެވަޑައިގެންފި އެވެ.

12 ޖުލައި

July 12, 2018 6
ކުޅުދުއްފުށީގަ އެކްސިޑެންޓުވެ، މީހަކު އައިސީޔޫގައި

ހދ. ކުޅުދުއްފުށީގައި ދެ ސައިކަލެއް ޖެހިގެން މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

30 ޖޫން

June 30, 2018 17
ކުޅުދުއްފުށީ ހޮސްޕިޓަލަށް 50މިލިއަން ރުފިޔާ ހޭދަކުރަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިފި އެވެ.

19 ޖޫން

June 19, 2018 5
ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަނީ

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

20 އެޕްރީލް

April 20, 2018 4
ތޮޅީގެ ތުންގަނޑު މެއަށް ހެރުނު ޒުވާނާގެ ހާލު ރަނގަޅު

ހދ. ކޭލަކުނު ކައިރީގައި ރޭ ލަނޑާ ނަގަން އުޅެނިކޮށް، ތޮޅިއެއްގެ ތުންގަނޑު މެއަށް ހެރުނު ޒުވާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ހދ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

19 އެޕްރީލް

April 19, 2018 4
ޒުވާނެއްގެ މެޔަށް ތޮޅިއެއް ހެރި ޒަޚަމްވެއްޖެ

ހދ. ކޭލަކުނު ކައިރީގައި ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހުރި ދިވެހި ޒުވާނެއްގެ މެޔަށް މިރޭ ފަރު ތޮޅިއެއް ހެރިގެން ޒަހަމްވެއްޖެ އެވެ.

03 އެޕްރީލް

April 03, 2018 11
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި އެވެ.

22 ޖެނުއަރީ

January 22, 2018 14
ކުޅުދުއްފުށީހޮސްޕިޓަލް އެއްބަސްވުން އުވާލުމުގެ އިޝާރާތެއް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން ނިމޭ ހިސާބުން، އެތަން ތަރައްގީކުރަން ސަރުކާރުން ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ، އެ އެއްބަސްވުން އުވާލަން އުޅޭ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ...

18 ޖެނުއަރީ

January 18, 2018 19
މިއަދުގެ ސުރުޚީ އަކީ ދެ މީދާ!

ހޮސްޕިޓަލެއްގައި ހުރި، އައިވީ ސްޓޭންޑެއްގެ މަތީގައި މީދާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ އެ ފޮޓޯ ސިފަކޮށްދޭން ބުނެފައި ވަނީ އެއީ، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހާލަތު ކަމަށެވެ.