07 ޖުލައި

July 07, 2020 5
ސަލްޓަންޕާކު ބޮމުގެ ހާދިސާއަށް ފަހު ފިލި މީހަކު ޖަލަށް

ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް އެހެން ކުށެއް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފި އެވެ.

26 ޖޫން

June 26, 2020 13
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެއް ސާމާނު ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

18 ޖޫން

June 18, 2020 27
ޖީހާނަށް ގޯތި ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯއްޗެއް ދިން މައްސަލަ އާއި އެރަށުން ގޯތި ދިނުމުގައި އަމަލުކުރި ގޮތް ބަލަން ފަށައިފި ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

16 ޖޫން

June 16, 2020 60
ގަމުން ގޯތި ދޫކުރީ އުސޫލާ ހިލާފަށް ޕޮއިންޓް ދީގެން

ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯއްޗެއް ދިނީ އެ ރަށު ކައުންސިލުން ހާމަކުރި އުސޫލާ ހިލާފަށް ޕޮއިންޓް ދީގެން ކަމަށް ބުނާތީ އެކަން ދިފާއުކޮށް ކައުންސިލުން ނެރުނު ބަޔާނުން އިތުރު ސުވާލުތައް އުފެދިއްޖެ އެވެ.

15 ޖޫން

June 15, 2020 51
ޖީހާނަށް ގޯތި ދިނީ އުސޫލުގެ ތެރެއިން: ކައުންސިލް

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބިވަޑައިގަތީ އުސޫލުގެ ތެރެއިން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

13 ޖޫން

June 13, 2020 92
މައްސަލަ ބޮޑުވުމުން ޖީހާންގެ ގޯތި ދޫކޮށްލައިފި

ރާއްޖޭގެ އެންމެ ބޮޑު ރަށް ، ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯތި ލިބިވަޑައިގެން ގޮތާ މެދު އެތައް ބަޔަކު ސުވާލު އުފެއްދުމުން އެ ގޯތި ދޫކޮށްލައްވަން އެންމެ...

June 13, 2020 8
ގަމުގެ ޑޮކްޓަރު އަވަހާރަވަންދެން ވެސް ބަލިމީހުންނާ އެކު

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ޑރ. ރާޖޭޝް އަޗަރްޔާ އަށް އަނގައިގެ ކެންސަރު ޖެހިފައިވާކަން މިދިޔަ ސެޕްޓެމްބަރު މަހު އެނގިވަޑައިގެންނެވި ނަމަވެސް ބަލި މީހުން...

26 މެއި

May 26, 2020 10
މަސްތުވެގެން ހުރެ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

މަސްތުގެ ހާލަތުގައި ހުރެ ގަދަކަމުން މީހަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

22 މާޗް

March 22, 2020 30
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޭ ފަތިހު ރޯކޮށް އަންދާލައިފި އެވެ.

19 ފެބުރުއަރީ

February 19, 2020 15
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ގެއަށް ބަދަލުކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާ ފަސް މަސް ފަހުން ހޭއަރައި، ހާލު ތަންކޮޅެއް ރަނގަޅުވުމުން، އިންޑިއާގެ ހޮސްޕިޓަލުން، ގެއަށް ބަދަލުކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2020 23
ހަމަދު ސްކޫލްގެ ފަންކާއެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާ

ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ ކްލާހެއްގައި ކުދިންތަކެއް ތިއްބައި އެ ކްލާހުގެ ފަންކާ ވެއްޓި ދެ ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2020 11
ކުޑަ ކުއްޖަކާ އެކު ރާބޯން ތިބި ބަޔަކު ހައްޔަރު

ލ. ގަމުގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއެކު ރާބޯން ތިބި ތިން ފިރިހެނަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2019 1
5 ރަށެއްގެ މަގުގެ މަސައްކަތަށް އީއައިއޭ ހަދަނީ

ފަސް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން ކުވެއިތުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

17 ޑިސެމްބަރ

December 17, 2019 13
ގެއަކަށް ވަދެ ބެހެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ލ. ގަމުގައި ގެ އަކަށް ވަދެ، އެ ގޭގައި ދިރިއުޅޭ ދެ އަންހެނަކާ ގަދަކަމުން ބެހެން އުޅުނު ކަމުގެ ތުހުމަތަށް ދެ ފިރިހެނަކު ރޭ ހައްޔަރު ކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2019 2
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޭމްޕެއް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ލ. އަތޮޅުގައި ބާއްވައިފި އެވެ.

October 16, 2019 2
ފެންގަނޑަށް ވެއްޓުނު ކުއްޖާ އިންޑިއާ އަށް ގެންގޮސްފި

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓި، ސީރިއަސް ހާލަތެއްގައި އޮތް ކުއްޖާ އަށް އިތުރު ފަރުވާ ދޭން އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.

10 އޮކްޓޯބަރ

October 10, 2019 3
ފެންގަނޑަށް ވެއްޓުނު ކުއްޖާ މަހެއް ވީއިރު ވެސް ހޭނާރާ

ފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވި ކުޑަ ކުއްޖާ އަދިވެސް ހޭ ނާރާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019
ފެންގަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ހެއެއް ނާރާ

ލ. ގަމުގެ ގެއެއްގައި ހުރި މަސްފެންގަނޑަކަށް ވެއްޓިފައި އޮތް ތުއްތު ކުއްޖާ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ.

17 ސެޕްޓެމްބަރ

September 17, 2019 3
ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު އަދިވެސް ސީރިއަސް

ލ. ގަމުގައި ހުރި ގެއެއްގެ މަސްފެންގަނޑަކަށް ވެއްޓި ހާލު ދެރަވި ކުޑަ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2019 3
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އައިސީޔޫގައި

ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް އިއްޔެ ވެއްޓި ހާލު ސީރިއަސްވި ދެ އަހަރުގެ ފިރިހެން ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗް އައިސީޔޫގައި ބާއްވައިގެން ރޭ ފަރުވާދޭން ފަށައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2019 6
ފެންގަނޑަކަށް ވެއްޓި ކުއްޖަކު ސީރިއަސް ހާލަތުގައި

ލ. ގަމުގެ ގެއެއްގެ ތެރޭގައި ހުރި މަސް ފެން ގަނޑަކަށް ވެއްޓި ދެ އަހަރުގެ ފިރިހެން ކުއްޖެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެ ކުއްޖާ އަށް މިއަދު ފަރުވާދޭން ފަށައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019 37
ޝީރީންގެ ދަރިއަކު އެކްސިޑެންޓްވެ ސީރިއަސް ހާލަތުގައި

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވައި މީގެ ނުވަ އަހަރު ކުރިން ފެނުނު މަރިޔަމް ޝީރީންގެ ދަރިއަކު އެކްސިޑެންޓުވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.