22 އޮކްޓޯބަރ

October 22, 2019 5
އަލީ ހުސައިންގެ ގަރާރު ރުއްގަހުގެ ހިމާޔަތަށް

ރިސޯޓުތައް ފެހިކުރުމުގެ ބޭނުމުގައި، އެހެން ރަށްރަށުން ރުއްގަސް ނެގުން ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

17 ޖޫން

June 17, 2019 69
ޖޭއެސްސީގެ ނިންމުމަށް މަޖިލިހުން ގޮތެއްނުނިންމޭނެ: އަލީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކަކީ ސައްހަ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުން ކަނޑަނޭޅޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2019 16
ކެންދޫގެ ވޯޓު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް: އީސީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވޯޓު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

09 އެޕްރީލް

April 09, 2019 29
ކެންދޫ ވޯޓު ފޮއްޓެއްގެ މައްސަލަ ތަހުގީގުކުރަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބ. ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓަކަށް ވޯޓު ލީ ގޮތާ ބެހޭ ގޮތުން މައްސަލައެއް ހުށަހެޅުމުން އެކަން ތަހުގީގުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

06 ޑިސެމްބަރ

December 06, 2018 27
އާ ބިލާ އެކު ގާނޫނީ ދާއިރާއަށް ގާނޫނީ ބެލެނިވެރިކަން

ގާނޫނީ ވަކީލުންގެ ޚިދުމަތަކީ ރާއްޖޭގައި ފަންނީ ދާއިރާތަކުގެ އެންމެ ދިގު ތާރީޚެއް އޮތް އަދިި މިހާރު އެންމެ ފުޅާވެފައިވާ އެއް ދާއިރާ އެވެ. މީގެ ބައި ގަރުނު ކުރިން ފެށިގެން ރާއްޖޭގައި ވަކީލުންގެ ޚިދުމަތް އޮތީ ގާނޫނީ ގޮތުން ހުއްދަކޮށްފަ އެވެ. އަދި ޒަމާނަށް އައި ބޮޑު ބަދަލާ އެކު ވަކީލުންގެ ދައުރު ފުޅާވެ، ރާއްޖޭގައި ވަކީލުންގެ އަދަދު...

22 އޮކްޓޯބަރ

October 22, 2018 12
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިނަށް ފަސް މަސް ވަންދެން އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2018 20
އަލީ ހުސައިން ޑީޖޭއޭއަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުވާން އަންގައިފި އެވެ.

16 ޖުލައި

July 16, 2018 25
ފައިސަލް ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުން ފާޑުކިޔުން

ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކޮށް ފިޔަވަޅު އަޅާ އިދާރާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

14 ޖުލައި

July 14, 2018 46
އަލީ ހުސެއިން، ހިތްވަރާ އެކު އިދިކޮޅު ކެމްޕޭންގައި

ރިޔާސީ އިންތިހާބުގައި ވާދަކުރަން ރާއްޖޭގައި މިހާތަނަށް ބޭއްވި ކޮންމެ ޕްރައިމަރީއަކަށް ފަހު ވެސް ފެނުނީ ބަލިވާ ބަޔަކު ހިތްހަމަނުޖެހުންތަކާ އެކު ފެޔަށް ޖެހުނު ތަނެވެ.

12 ޖުލައި

July 12, 2018 76
ޔާމީން ބަލިކުރެވޭނެ ރަނިން މޭޓަކީ އަޅުގަނޑު: އަލީ

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް، އިދިކޮޅު ހަރަކާތަށް ލިބޭނެ އެންމެ ރަނގަޅު ރަނިން މޭޓަކީ އޭނާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު، އަދި ގާނޫނީ ވަކީލް އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖޫން

June 21, 2018 10
އުއްތަމަ ފަނޑިޔާރާ ކުޅުން، ފަސޭހަ ކަމެއް!

ގާނޫނީ ހުކޫމާތު ފުރިހަމަ އަށް ހިނގާ ގައުމެއް ނަމަ، ފަނޑިޔާރުންނަށް ވެސް އެ ބޭފުޅުންގެ މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި އެކަން ވެސް މިހާރު މި ވަނީ ތަފާތުވެފަ އެވެ؛ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ފުރިހަމަ ބާރުވެރިކަމާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައި އޮތް ނަމަވެސް، ރާއްޖޭގައި...

18 ޖޫން

June 18, 2018 12
ޖޭޕީން ހުޅުވާލީ ކުރިއަށް ދާނެ އާ މަގެއް: އަލީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ގައުމީ ކޮމިޓީން ނިންމި ނިންމުމަކީ ހުޅުވާލި އާ މަގެއް ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

11 ޖޫން

June 11, 2018 3
އަލީ ހުސައިންގެ ސަސްޕެންޝަން އުވާލައިފި

އަލީ ހުސައިނަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް، ކޮށްފައިވާ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

June 11, 2018 12
ދިފާއީ ހެކި ނެތި ކުރާ ޝަރީއަތުގެ ބޭނުމެއް ނެތް: އަލީ

ދިފާއީ ހެއްކާ ނުލައި ޝަރީއަތްތައް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ދިފާއީ ހެކި ހުށަހަޅައިގެން ކުށުން ބަރީއަވުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް...

04 ޖޫން

June 04, 2018 67
އިބޫ ރަނގަޅު، އެއީ އިތުބާރުކުރެވޭ ބޭފުޅެއް: އިދިކޮޅު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ބައެއް ލީޑަރުންނަށް ވާދަނުކުރެއްވޭ ނަމަ، ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ ރަނގަޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

28 މެއި

May 28, 2018 28
ވަގުތު އޮއްވައި އެއް ކެންޑިޑޭޓު ދައްކަން ޖެހޭ: އަލީ

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ވަގުތު އޮއްވައި އިދިކޮޅު ހުރިހާ ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓު ދައްކަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2018 3
ވަކީލަކު އައްޔަން ކުރަން އަލީ ހުސެއިނަށް ފަހު ފުރުސަތު

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ދައުލަތުން ކުރާ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް ދެ ދުވަސް ދޭން ނިންމައި، އެއީ އޭނާ އަށް ދޭނެ އެންމެ ފަހު ފުރުސަތު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2018 4
އަލީ ހުސައިނަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާކުރާ މެމްބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ އަލީ ހުސައިންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

30 އެޕްރީލް

April 30, 2018 15
ހުކުމް ބޮލާލައިޖަހައި އިންތިހާބު ނުބޭއްވޭނެ: އަލީ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް އޮއްވައި، އެ އަމުރު ބޮލާލައިިޖަހައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2018 6
ހަމަޖެހުން އޮތީ އިންސާފުވެރި ހުކުމްތަކުން:އަލީ ހުސައިން

ގައުމަށް ހަމަޖެހުން އޮތީ ޝަރުއީ ނިޒާމް މިނިވަންވެ، ކޯޓުތަކުން އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ހުކުމްތައް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2018 4
އުއްތަމަ ފަނޑިޔާރުގެ މުސާރަ ކަނޑާލުމަކީ ދޭ އަނިޔާއެއް

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމަކީ އެ ބޭފުޅުންނަށް ދޭ އަނިޔާއެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.