30 ނޮވެމްބަރ

November 30, 2017 19
ބެހިގެން ގޮސް "އަންޒަމާން" ގައި އެއް އަހަރު!

ރިޔަލުގައި މާލެއިން ހަނިމާދުއަށް ފެށި އެ ދަތުރަށް އަހަރު ދުވަސް ހޭދަވާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރާނެ އެވެ. ވައި މަޑު، މޫސުން ރީތި ދުވަހެއްގެ ފަތިހު ދަތުރު ފެށީ ނިޔާމައިގަ އެވެ. ދޯނީގައި ތިބި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަ ދެ ކުދިން ކަމަށްވާ އަހްމަދު އިދުރީސް (ބޮޑޭ) އާއި މޫސާ ސައީދު ވެސް އުފާކުރީ ރޯދަޔަށް ރަށަށް ދެވޭތީ...

13 ޖޫން

June 13, 2017 17
ބޮޑެތި މަޑި އާއި މިޔަރުތަކާއެކު ހިތްގައިމު މަންޒަރެއް!

ގަޑި އަށް ފަރުވާތެރި ވުމަކީ އިންސާނުންގެ ތެރޭގައި ވެސް އެންމެ މުހިންމު ކަންތަކެވެ. އެކަމަކު ވެސް ކަނޑު އަޑީގައި ދިރިއުޅޭ މި ސޫފާސޫފިތައް ގަޑި އަށް ކަމޭ ހިތާ ވަރަށް، އިންސާނުންނަށް ވެސް ގަޑި އަށް ފަރުވާތެރި ވެވޭނެ ބާވައޭ، މި މަންޒަރު ފެނުމުން ހިތަށް އަރަ އެވެ.

09 ޖޫން

June 09, 2017 34
އެންމެ ބޮޑު ރިސޯޓާ ގުޅިފައިވާ އަންހެންވެރިން

ފަތިހު ހަތަރެއް ޖަހާއިރު ހޭލައި، ކަނޑެއް ހުރަސްކޮށްގެން އެހެން ރަށެއް ކުނިކަހަން ދާތާ 20 އަހަރު ވީ އެވެ. މިއީ ހަލީމާ މުހަންމަދުގެ ހަމަ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ. އޭނާ ބުނާ ކަހަލަ އެވެ: "ހަށިގަނޑު ގުދުކޮށްލެވެންޏާ އުމުރަށް ވެސް މިކަން ކުރަންވީ އެވެ."

28 މެއި

May 28, 2017 38
އުތީމުގެ ބިމު އަޑީގައި ތާރީޚު ވަޅުލެވިފައި

ހއ. އުތީމަކީ ތާރީޚީ ގޮތުން ހާއްސަ ރަށެކެވެ. މި ރަށުގެ ތާރީހާ ގުޅޭ އެތައްކަމެއް ފެންނަ އެބަހުއްޓެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ތިން ބަތަލުންނަށް ނިސްބަތްވާ "އުތީމު ގަނޑުވަރު" އަކީ އެންމެ ބޮޑު ތަރިކަ އެވެ. މި ނޫނަސް އެތައް ތަނެއް ހުރި އިރު ރަށުގެ ބިމު އަޑީގައި ވެސް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލާފައިވާ އެކި...

27 މެއި

May 27, 2017 3
ޑީޑީގެ ބަދިގޭގައި ރަހަ ތަފާތު ވާހަކައެއް!

ކެއްކުމާއި ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އޭނާ ދުވަހަކު ވެސް ދުށް ހުވަފެނެއް، އަދި ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކައްކާ އަށް ވެދާނެ ކަން އެއީ އޭނާގެ ޅަ، އަދި ޒުވާން ސިކުނޑީގައި ވެސް ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. އެކަމަކު މުހަންމަދު ވަހީދު (އެންމެން ކިޔާ ގޮތުން ނަމަ ޑީޑީ) އަކީ ރާއްޖޭގައި...

15 މެއި

May 15, 2017 3
ސަން އައިލެންޑް ދެކެ ލޯބިވާ ޑޮކްޓަރު

މީގެ 29 އަހަރު ކުރިން އޭނާ ރާއްޖެ އައީ މާބޮޑު މައުލޫމާތެއް އެނގިގެނެއް ނޫނެވެ. އޭރު ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު ވެސް އެހާ ގިނައެއް ނޫނެވެ. ހާއްސަކޮށް މަތީ ފެންވަރުގެ...

May 15, 2017 24
އެންމެ ބޮޑު ރިސޯޓު ހިންގަން އާދަޔާޙިލާފު ހިތްވަރެއް

މި ރަށުގައި ރާއްޖޭގައި އެވްރެޖް ރަށެއްގައި ދިރިއުޅޭ އަދަދަށް މީހުން އުޅެ އެވެ. ސައިޒްގެ ގޮތުން ބަލާއިރު ވެސް އެހެން ރަށްރަށަށް ވުރެ ކުޑައެއް ނޫނެވެ. ހުރި ގެތަކުގެ އަދަދު ވެސް މަދެއް...

24 އެޕްރީލް

April 24, 2017 9
އެންމެ ރިސޯޓަކުން ހާސް އުފާ!

ރާއްޖޭގައި ވަރަށް ރީތި، ހިތްގައިމު، އަދި އެހާމެ އަގުބޮޑު ރިސޯޓުތައް އެބަހުއްޓެވެ. އެކަމަކު ސަން އައިލެންޑް ރިސޯޓުން ނޫނީ މިއީ ނުފެނިދާނެ މަންޒަރުތަކެކެވެ. މިއީ ގާތްގަނޑަކަށް ހުރިހާ...

April 24, 2017 63
ދަރިފުޅުގެ އަގުބޮޑު "ސަން އައިލެންޑް" ރިސޯޓް

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ އެންމެ ހިތްގައިމު ފެހި މަގުން ސައިކަލެއްގައި ގާސިމް އިބްރާހިމް ވަޑައިގެންނެވީ ދެ ފަރާތުގައި އިންދާފައި ހުރި ދިގު ރުށްތަކަށް ބައްލަވަމުންނެވެ....

19 ފެބުރުއަރީ

February 19, 2017 2
މޮޅަދޫ ޕްރޮފައިލް

މިއީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސައިޒުގެ ގޮތުން އެންމެ ބޮޑު އެއް ރަށެވެ. އެކަމަކު އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ މަދު ރަށެވެ. މިއީ 118 ހެކްޓަރުގެ ރަށެކެވެ. ރީތި ތުނޑިއެއް އޮވެ އެވެ. މިއީ ވެސް ގޮނޑުދޮށް ހިތްގައިމު ރަށެކެވެ.

February 19, 2017 2
ލޮލަކަށް ނުފެނޭ، ދިރިއުޅުމުގައި ނުހިނގާ މަގެއް ނެތް!

ފުރާވަރަށް އަޅައިގެން އައިއިރު ހއ. ހޯރަފުށީ އަބްދުލް ހަމީދު ހުސައިން (ހަމީދުބެ) އަކީ ރަށު އުޅަނދުފަހަރުގައި މާލެ ގޮސް އުޅުނު ކުއްޖެކެވެ. މާލެ ބަނދަރުގައި ބައްތެލި އޮންނައިރު...

February 19, 2017 10
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން

މި ބޮޑު ރަށުގެ ދެކުނު ކޮޅުގައި އޮންނަ ޒަމާންވީ ގަބުރުސްތާނު ތެރެއިން ގޮސް ވަލުތެރެއަށް ވަންނަ އިރު ފެން ވަޅެއްގެ ނިޝާންތައް ފެނެ އެވެ. ގިނަ ދުވަސް ވުމުން އޭގެ ތެރެއަށް ކުނި އެޅި ފެން...

14 ފެބުރުއަރީ

February 14, 2017
އުލިގަމު ޕްރޮފައިލް

ރާއްޖޭގެ އެންމެ އުތުރުން ދެ ވަނަ އަށް އޮންނަ އުލިގަން މަޝްހޫރުވެފައި ވަނީ ރާއްޖޭން ބޭރުން އަންނަ ޔޮޓް ފަހަރު ބަނދަރުކުރާ ރަށެއްގެ ގޮތުގަ އެވެ. ބިން ބޮޑު މި ރަށަކީ ވެސް އާބާދީ ކުޑަ...

February 14, 2017
ތަކަންދޫ ޕްރޮފައިލް

ރާއްޖޭގެ ތާރީޚާ ގުޅުންތަކެއް ހުރި ހއ. ތަކަންދު އަކީ އެ އަތޮޅުގެ ގިނަ ރަށްރަށް ފަދައިން ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ބޮޑުމިނުގައި 36 ހެކްޓަރު ހުންނަ ރަށުގެ އުތުރު ކޮޅުގައި...

13 ފެބުރުއަރީ

February 13, 2017
އުތީމު ޕްރޮފައިލް

ހއ. އުތީމަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ޖިހާދުގެ ތިން ބަތަލުން ނިސްބަތްވާ ރަށެވެ. މި ރަށުގެ އެންމެ ޚާއްސަ ތަނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވުމުގައި އިސްކޮށް ހުންނެވި ބޮޑުތަކުރުފާނުގެ ގެކޮޅު ކަމަށްވާ "އުތީމު ގަނޑުވަރު" އެވެ. މިއީ 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތަނެކެވެ.

12 ފެބުރުއަރީ

February 12, 2017
ހޯރަފުށި ޕްރޮފައިލް

މިއީ ހއ. އަތޮޅުގެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އަތޮޅުގެ ނިސްބަތުން ހިދުމަތްތައް ގިނަ ބޮޑު ރަށެކެވެ. ހއ. އަތޮޅުގެ ގިނަ ރަށްތައް ފަދައިން މިއީ ވެސް ރީތި ރަށެކެވެ. ރަށާ އެއް ފަޅެއްގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް ހުރެ އެވެ.

February 12, 2017 50
ހޯރަފުއްޓާއި ތަކަންދޫން ގުދުރަތީ ދެ ބަދަލެއްގެ މަންޒަރު

މިދިއަ އަހަރުގެ މޭ މަހާ ހަމައަށް ވެސް ހއ. ތަކަންދޫ އުތުރު ކޮޅު ކުޅި އޮތީ، ރަށު ރައްޔިތުންނަށް އޭގެ ކުރިން ވެސް ފެންނަ ހިތްގައިމު ސިފަތަކާ އެކު އެވެ. މޫދާއި ކުޅިއާ ދެމެދު، ކުރެދި...

February 12, 2017 20
ތިން ރައީސުން ތިއްބެވި އުތީމުގެ "ރިޔާސީ ގަނޑުވަރު"

ފޮޓޯ އިން ފެންނަ މި ގެއަކީ، އެހާ ޚާއްސަ ތަނެއްހެން ހީވޭ ހެއްޔެވެ؟ މި ރަށުގެ އުތުރު ފަރާތު އަތިރިމައްޗަށް ވާ ގޮތަށް ހުރި ގެއެކެވެ. މިއީ އުތީމުގެ "ރިޔާސީ ގަނޑުވަރެ"ވެ. ރާއްޖޭގެ ތިން...

05 ފެބުރުއަރީ

February 05, 2017 38
ނިޔާޒާ: މޮޅަދޫން ދައްކައިދޭ ހިތްވަރު

އެ ހިތްވަރު، ހއ. މޮޅަދޫ، ނަލަހިޔާ، ފާތުމަތު ނިޔާޒާ 42، ނެރުނީ ކިހިނެއް ކަމެއް ނޭނގެ އެވެ؛ އުޅެން ޖެހުނު ހިތްދަތި ދިރިއުޅުން އެ ވަނީ އުފާވެރި ކަމަށް ބަދަލުކޮށްފަ އެވެ. ކުރަން ނޭނގޭ ހުރިހާ ކަމެއް ދަސްކުރީ އެވެ. މިހާރު އެއީ، މަދުން ނޫނީ ނުފެންނާނެ ވަރުގެ ކުޅަދާނަ އަންހެނެކެވެ.

February 05, 2017 49
ރައްޔިތުންގެ ކުންފުނީގެ ނާކާމިޔާބު އުލިގަމު ވަލުތެރޭން!

ބޭނުންނުކޮށް ގިނަ ދުވަސް ވުމުން ހަލާކުވަމުން ދާ ކެރޭނެވެ. ރީތިކޮށް ކަފާ، މަށާފައި ހުރި އެތައް ބައިވަރު ލަކުޑިތަކެވެ. ދަބަަރަށް ވެ، ފުނޑެމުންދާ ދަގަނޑުތަކެވެ. ޑީސެލިނޭޓް ޕްލާންޓަށް...

February 05, 2017 37
ލިބުނު 12 ދަރިން ވެސް މަރު!

ދެމަފިރިންގެ މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ. އެ މީހުންގެ ޒުވާން އިރު ހަޔާތުގައި ހިނގާފައިވާ، ކަރުނުން ލޯ ތެމުނު، ޝަކުވާ އިން ހިތް ފުރުނު، އެކަމަކު ކެތްތެރިކަމުން...