28 އެޕްރީލް

April 28, 2018 17
މަރިޔަމް ސައީދު: ޅެންވެރިކަމުގެ ދައުރެއްގެ ނިމުން

ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ އައްނަބީލާ މަރިޔަމް ސައީދު އަވަހާރަވުމަކީ، އެކަމަނާގެ އަސަރުންފުރިފައިވާ މަޝްހޫރު ޅެން "އަސްރު ދިޔައީ ގެއްލިގެން" ގައި ބަޔާންކުރައްވާފައި ފަދައިން، ޒަމާނެއް ގެއްލިގެން ދިއުމެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ އެންމެ ވަސްމީރު ދައުރުގެ ނިމުން އައީ އެވެ. އެކަމަނާ އަކީ ޅެންވެރިކަން އާލާކުރައްވަން...

26 އެޕްރީލް

April 26, 2018 19
ނާސިރުގެ ކުރީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ މަރިޔަމް ސައީދު މިއަދު އަވަހާރަވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2017 69
"އަސްރު ދިޔައީ ގެއްލިގެން": ހިތުގެ ހިމަނާރާ ކުޅެލި!

އެއީ އިންތިހާ ދަރަޖައިގެ ލޯތްބެއްގެ ވާހަކަ އެވެ. އެ ލޯތްބާ މެދު އުފެދިފައިވާ މަތިވެރި ޝުއޫރުތަކެވެ. އެ ލޯބި ގެއްލުމުން ލިބުނު މާޔޫސްކަމެވެ. އެކަމަކު ވެސް ތަގުދީރުގެ ނިޔާއަށް ގޮންޖަހައި، ދުނިޔެ މަތިން ފޫހިނުވާނެކަމުގެ ޔަގީންކަމެވެ. އެއީ މަރު ދުވަހާ ހަމަޔަށް ވެސް ނުގުޑާނެ ފަދަ އަޒުމެއްގެ ވެސް ވާހަކަތަކެވެ.