29 ޖޫން

June 29, 2016 5
މެސީގެ ނިންމުން ބަދަލުކުރަން ރައީސާއި މަރަޑޯނާ އެދިއްޖެ

ބީނޯސް އޭރީޒް، އާޖެންޓީނާ (ޖޫން 29) - އާޖެންޓީނާ ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ލިއޮނަލް މެސީ ނިންމާފައިވާ ނިންމުން ބަދަލުކުރަން އާޖެންޓީނާގެ ރައީސް މައުރީސިއޯ މަސްރީ އާއި ކުރީގެ ފުޓްބޯޅަ ތަރި ޑިއެގޯ މަރަޑޯނާ އެދިއްޖެ އެވެ.

27 ޖޫން

June 27, 2016 27
މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އީސްޓް ރުތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ޓީމުގެ ކެޕްޓަން...

June 27, 2016 1
ތިން އަހަރު، ތިން ފައިނަލް، މެސީ އަށް ނާކާމިޔާބު!

އީސްޓް ރުތުފޯޑް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - ކޮޕަ އެމެރިކާގެ ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ އަހަރު ޗިލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، އާޖެންޓީނާ ގައުމީ ޓީމާ އެކު ބޮޑު...

19 ޖޫން

June 19, 2016
މެސީ ރެކޯޑް ލަނޑާ އެކު އާޖެންޓީނާ ސެމީ އަށް

ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލިއޮނަލް މެސީގެ ރެކޯޑް ލަނޑާ އެކު 4-1 ވެނެޒުއޭލާ އަތުން މޮޅުވެ އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

11 ޖޫން

June 11, 2016 2
މެސީގެ ހެޓްރިކުން އާޖެންޓީނާ ކުއާޓާ އަށް

ޗިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 11) - ދެ ވަނަ ހާފުގައި ކުޅެން އަރައި 18 މިނެޓުގެ ތެރޭ ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު ޕެނަމާ 5-0 އިން ބަލިކޮށް އާޖެންޓީނާ ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

09 ޖޫން

June 09, 2016 2
އެންމެ މުއްސަނދި އެތުލީޓަކީ ރޮނާލްޑޯ، ދެ ވަނަ މެސީ

ލަންޑަން (ޖޫން 9) - އެމެރިކާގެ ވިޔަފާރި މެގަޒިން ފޯބްސް އިން އަހަރަކު އެއް ފަހަރު ހޮވާ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވުނުއިރު، ދެ ވަނަ އަށް ފީފާ އިން ހޮވި މިދިޔަ އަހަރުގެ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީ ހިނގައްޖެ އެވެ.

07 ޖޫން

June 07, 2016
ނޫސްވެރިއެއްގެ މައްޗަށް މެސީ ކޯޓުގައި ކުރި ހޯދައިފި

ބާސެލޯނާ (ޖޫން 7) - ސްޕެއިނުގެ ނޫސްވެރިޔަކާ ދެކޮޅަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކުރި އަބުރުގެ ދައުވާ އޭނާ ކާމިޔާބުކޮށްފި އެވެ.

04 ޖޫން

June 04, 2016 3
މެސީގެ މައްސަަލައިގައި ހުކުމް ކުރުން އަންނަ ހަފުތާގައި

ބާސެލޯނާ (ޖޫން 4) - ޓެކްސް އަށް މަކަރު ހެދި ކަމަށް ބުނެ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް ހޮރާސިއޯ މެސީގެ މައްޗަށް ސްޕެއިންގެ ސަރުކާރުން އުފުލާފައިވާ ދައުވާގެ އަޑު އެހުންތައް ނިންމާލައި އަންނަ ހަފުތާގައި ހުކުމް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.