05 ޖޫން

June 05, 2017 63
ހުވާކުރެއްވުމަށް ފަހު އަރައިވަޑައިގަތީ ރުކަށް!

ގއ. ވިލިނގިލީ ކައުންސިލަށް މި ފަހަރު ހޮވިވަޑައިގެންނެވި ހަބީބު ހަސަން އޭނާގެ ވާދަވެރިންނަށް ރައްދު ދެއްވީ ތަފާތު ގޮތަކަށެވެ. ހުވާކުރެއްވުމަށް ފަހު ކޯޓު ފަޓުލޫނުގައި އެންމެ ފުރަތަމަ ވެސް އަރައިވަޑައިގެންނެވީ ރުކަށެވެ. ބޭނުމަކީ ރާވެރިންނަށް ވެސް މަތީ މަގާމެއް އަދާކުރެއްވިދާނެ ކަން ސާބިތުކޮށްދެއްވުމެވެ.

June 05, 2017 7
ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އިސްތިއުފާ ދީފި

ބ. ކަމަދޫ ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން، އެ މަގާމުން އަލީ މައުސޫމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

June 05, 2017 10
11 ފަހަރު ވޯޓު ލައިގެން ކައުންސިލްގެ ރައީސް ހޮވައިފި

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން އިއްޔެ ދިހަ ފަހަރު ވޯޓު ލައިގެން ވެސް އެކަން ނުވެ އޮއްވާ ގިނަ މަޝްވަރާތަކަކަށް ފަހު، މިއަދު އަލުން ވޯޓުލައި، ކައުންސިލްގެ ރައީސް ކަމަށް އަލީ...

04 ޖޫން

June 04, 2017 14
ނ. އަތޮޅު ކައުންސިލަށް ވެސް ރައީސަކު ނުހޮވުނު

ދިހަ ފަހަރު ވޯޓު ލައިގެން ނ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ވެސް މެމްބަރަކު އައްޔަންކުރެވޭގޮތް ނުވެއްޖެ އެެވެ. ހަމަ މި މައްސަލަ ބ. ދޮންފަނު ކައުންސިލަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.

June 04, 2017 89
10 ފަހަރަށް ވޯޓު ލައިގެން ވެސް ރައީސަކު ނުހޮވުނު!

ބ. ދޮންފަނު ކައުންސިލަށް ރައީސަކު ހޮވަން ކުރި މަސައްކަތް އެތައް ފަހަރަކު ބޭކާރުވެ، އެންމެ ފަހުން ގޮތް ހުސްވެއްޖެ އެވެ. ތިން މެމްބަރުން ހިމެނޭ ކައުންސިލްގައި ދިހަ ފަހަރަށް ވޯޓު ލީ...

June 04, 2017 36
"ހިތްގައިމު ތަނަކަށް މާލެ ހަދަން މަސައްކަތް ކުރާނަން"

މާލޭގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމާއެކު ވެސް މާލެ އަކީ ހިތްގައިމު ތަނަކަށް ހަދަން މަސައްކަތް ކުރައްވާނެ...

03 ޖޫން

June 03, 2017 52
ފުވައްމުލަކު ކައުންސިލްތަކުގެ މުދާ ހަވާލެއް ނުކުރި!

ފުވައްމުލަކު އަށް އަވަށުގައި ހިންގި ކައުންސިލް އިދާރާތަކުގައި ހުރި މުދަލާއި ލިޔެކިޔުންތައް ހައުސިން މިނިސްޓްރީގެ ޓީމަކުން ގެންދަން އުޅުމުން އެކަމަށް ކައުންސިލަރުން ހުރަސްއަޅައި...

June 03, 2017 15
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި

ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުން މިއަދު ހުވާކުރަން ފަށައިފި އެވެ.

31 މެއި

May 31, 2017 17
އެމްޑީޕީއަށް މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ލިބުނު

އެމްޑީޕީއަށް މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އޭގެ ތެރެއިން ކައުންސިލް އިންތިހާބަށް 2.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

28 މެއި

May 28, 2017 17
މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުން ޣިޔާސުއްދީނުގައި

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވާނީ ޣިޔާސުއްދީންގައި ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

May 28, 2017 30
އާ ކައުންސިލަރުން ހުވާކުރާނެ ތަނެއް އަދިވެސް ނުލިބޭ

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުން ހުވާ ކުރައްވާނެ ތަނެއް އަދިވެސް ހަމަނުޖެހޭ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

20 މެއި

May 20, 2017 1
މަޑިފުށި، ކޮމަންޑޫގެ ދެވަނަ ބުރު ވޯޓުލުން ފަށައިފި

ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުނު ތ. މަޑިފުށްޓާއި ށ. ކޮމަންޑޫ ކައުންސިލް އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

18 މެއި

May 18, 2017 74
ރައީސް ޔާމީނަށް 41 ޕަސެންޓު ވޯޓު ލިބުނު: ޕީޕީއެމް

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީތަކަށް 41 ޕަސެންޓު ވޯޓު ލިބުނު ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

17 މެއި

May 17, 2017 49
އެމްޑީއޭ އަށް ދ. އަތޮޅުގައި ނާކާމިޔާބު

ދ. އަތޮޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު ސަރަހައްދެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް ކައުންސިލް އިންތިހާބުގައި ލިބުނު ދަށް ނަތީޖާއާ އެކު މަންޒަރު ބަދަލުވެއްޖެ އެވެ.

15 މެއި

May 15, 2017 161
ރައީސްގެ ވަރުގަދަ ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ލީޑަރުންނަށް މިރޭ ދެއްވައިފި އެވެ.

May 15, 2017 7
އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރަނީ

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

May 15, 2017 3
އާ ކައުންސިލަރުން ހުވާކުރުން ޖޫން ތިނެއްގައި

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން އަންނަ މަހު 3ގައި ހުވާ ކުރާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

13 މެއި

May 13, 2017 20
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު

މިދިޔަ ހަފުތާގެ ހޮނިހިރުދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އަދި ނަތީޖާ ހޯދަން ޖެހުނީ ވެސް ގަދަ ބާރުން ކަމަށް އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.

12 މެއި

May 12, 2017 24
އަލުން ޗެކް ކުރިޔަސް ނަތީޖާ ބަދަލުވާ ފަދަ ކަމެއް ނެތް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ 24 ފޮށްޓެއްގެ ނަތީޖާގައި އިތުރަށް ކަށަވަރު ކުރަން އެ ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓު އަލުން ގުނަން ފެށިޔަސް...

May 12, 2017 63
އިދިކޮޅު ކޯލިޝަނުން ބޭއްވި ސަޔަށް ހުރަސް އަޅައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން މިއަދު ހަވީރު ބޭއްވި ސަޔަށް ފުލުހުން ހުރަސް އަޅައިފި އެވެ.

11 މެއި

May 11, 2017 35
އަމިއްލަ ކެންޑިޑޭޓުންނަށް މައުމޫންގެ އިލްތިމާސެއް

ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ދައުރު ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް އިންތިހާ އަށް މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2017 97
ޓްވީޓުތައް ކުރަނީ "ގުއި ރޯނުގައި" ޖައްސަން: ނިހާން

އެކި ފާޑުފާޑުގެ ސިޔާސީ ޓްވީޓްތައް ކުރަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ހާވިޔާކޮށްލުމަށް ކަމަށާއި ބޭނުމަކީ ސިޔާސީ ގޮތުން "ގުއި ރޯނުގައި" ޖެއްސުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ...

May 10, 2017 8
"ރައީސް ޔާމީނަށް 70 ޕަސަންޓު މީހުން ބުނީ ނޫނެކޭ"

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 70 ޕަސަންޓު ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު...

09 މެއި

May 09, 2017 76
ހިންނަވަރުގައި އެމްޑީޕީގެ ނާކާމިޔާބަށް އިބޫގެ ޖަވާބު

ސިޔާސީ މައިދާނުގައި ޅ. ހިންނަވަރު މަޝްހޫރުވެފައި އޮންނަނީ "ރަތްލާ ޖެހި އެމްޑީޕީގެ ރަށެއް"ގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިންނަވަރުގެ އެ ތާރީޚް ވަނީ ބަދަލުކޮށްފަ އެވެ.

08 މެއި

May 08, 2017 25
ނަތީޖާ އިއުލާންކުރުން މާދަމާ އަށް ފަސްކޮށްފި

ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކުރަން ނިންމުމަށް ފަހު، މާދަމާ އަށް ފަސްކޮށްފި އެވެ.

May 08, 2017 21
ނަތީޖާ ބަދަލެއް ނުކުރެވޭނެ، ފާރަވެރިވާނަން: ޝިފާޒް

ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިއަސް ދެން ބަދަލު ނުވާނެ ކަމަށާއި ވަގުތީ ޖުމްލަ ނަތީޖާ އިލެކްޝަންސް...

07 މެއި

May 07, 2017 38
އިންތިޚާބު ބާތިލް ކޮށްފާނެ، ކަންބޮޑެއް ނުވޭ: ފައްޔާޒް

ލޯކަލް ކައުންސިލް އިންތިޚާބުން އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވި ދާއިރާތަކުގެ އިންތިޚާބު ބާތިލް ވެސް ކޮށްފާނެ ކަމަށާއި އެކަމަކު ސަރުކާރަށް ތާއީދު ނެތްކަން ހާމަވެއްޖެ ކަމަށް...

May 07, 2017 15
އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ރަނގަޅު: އޮބްޒާވަރުން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށް އެ އިންތިޚާބު އޮބްޒާވްކުރަން ހަރަކާތްތެރިވި ބޭރުގެ ބައެއް އޮބްޒާވަރުން މިރޭ ބުނެފި އެވެ.

06 މެއި

May 06, 2017 3
"ވޯޓުލުން ދިޔައީ އޮމާންކޮށް، މާބޮޑު ޝަކުވާއެއް ނެތް"

މުޅި ރާއްޖޭގައި މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގެ ހުރިހާ ކަމެއް ވެސް ޖުމްލަކޮށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި އިންތިހާބާ ގުޅޭ ގޮތުން ކަން ބޮޑުވާ ވަރުގެ ޝަކުވާއެއް...

May 06, 2017 6
"އިންތިހާބުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން"

މުޅި ރާއްޖޭގައި މިއަދު ބޭއްވި ލާމަރުކަޒީ އިންތިހާބުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަންގެ ތެރޭގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުސް އޮފީހުން ބުނެފި...