10 މެއި

May 10, 2018 9
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކާފަބޭފުޅުންނަށް، އެ މަނިކުފާނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

03 މެއި

May 03, 2018 5
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މާފުށީ ޖަލުން ދޫނިދޫ ޖަލަށް މިއަދު ބަދަލުކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

01 މެއި

May 01, 2018 9
ފާރިސްގެ އަތުގެ އެމްއާރުއައިއެއް ހަދަނީ

ދޫނިދޫ ޖަލުގައި ފުލުހުން ބަންދުކޮށްފައި ހުއްޓާ އަތަށް ލިބުނު ކަމަށް ބުނާ ގެއްލުމަށް ފަރުވާ ހޯދަން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އެމްއާރުއައިއެއް ހަދަން އިއްޔެ އާއި މިއަދު ވެސް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

26 އެޕްރީލް

April 26, 2018 33
"ޖަލުގައި އެކަނި ބަހައްޓާ ނަމަ، ސިކުނޑި މޮޔަވާނެ"

މާފުށީ ޖަލުގައި ހުންނަވާއިރު، އެއްވެސް މީހަކާ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނޯންނަ ކަމަށާއި އެގޮތަށް އެކަނި އެމަނިކުފާނު ބާއްވާ ނަމަ "ސިކުނޑި މޮޔަވާނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

25 އެޕްރީލް

April 25, 2018 9
މުހުތާޒަށް ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ: އާއިލާ

ކުރީގެ ޕްރޮސެކިއުޓާ ނެރަލް މުހުތާޒް މުހުސިންގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

23 އެޕްރީލް

April 23, 2018 5
ގައިދީންނަށް ކޮންމެ ދުވަހަކު ވަކީލުންނާ ބައްދަލުކުރެވޭނެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް އެ މީހުންގެ ގާނޫނީ ވަކީލުންނާ ކޮންމެ ދުވަހަކު ވެސް ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެ އިދާރާ އިން ނިންމައިފި އެވެ.

16 އެޕްރީލް

April 16, 2018 7
ރިޔާޒަކީ ކުށްވެރިއެއް ނޫން، އަނިޔާ ނުދީ: ޖޭޕީ

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ކުށްވެރިއެއް ނޫން ކަމަށާއި އޭނާ އަށް ލާއިންސާނީ އަނިޔާ ނުދިނުމަށް ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.

12 އެޕްރީލް

April 12, 2018 52
މައުމޫނެއް ނޫން، ކޮންމެ ރައްޔިތަކީ ވެސް ކުށްވެރިއެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް އެބޭފުޅުން ހާޒިރުކުރުމުން އެތައް ބަޔަކު އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ވަކިން ހާއްސަކޮށް ކްރިމިނަލް...

10 އެޕްރީލް

April 10, 2018 2
އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަރެކްޝަނާ ބައްދަލުކުރަނީ

ސުޕްރީމް ކޯޓުން ފެބްރުއަރީ 1ގައި ނެރުނު އަމުރަށްފަހު ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ މެދު އަމަލުކުރާ ގޮތާ ބެހޭ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަރެކްޝަނަލް ސާވިސްއާ...

April 10, 2018 29
ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅެއް ނޫން: އާއިލާ

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅު ނޫން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

07 އެޕްރީލް

April 07, 2018 4
ގައިދީންނާ ބައްދަލުކުރަން ވަނީ ދަތިކޮށްފައި: ވަކީލުން

ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން އަންނަ ގޮތާ މެދު ބައެއް ވަކީލުން މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

31 މާޗް

March 31, 2018 12
އަދީބާ ބައްދަލުކުރަން އާއިލާ އަށް ފުރުސަތު ދީފި

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އާއިލާއާ ބައްދަލުކުރަން ފުރުސަތު ދިނުން މެދުކަނޑާލިތާ ދެމަސް ފަހުން އެ ފުރުސަތު މިއަދު ދީފި އެވެ.

25 މާޗް

March 25, 2018 4
ސިޔާދު، މާފުށީ ޖަލަށް ބަދަލުކުރި ފަހުން ބައްދަލެއްނުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ދޫނިދޫން މާފުށީ ޖަލަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރި ފަހުން އޭނާއާ ބައްދަލުކުރުމުގެ ހުއްދައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނުދިން ކަމަށް ބުނެ އާއިލާ އިން މިރޭ ކަންބޮޑުވުންފާޅުކޮށްފި އެވެ.

March 25, 2018 22
ބަންދުކުރި ބޭފުޅުން މާފުށީ ޖަލަށް ލުން ގާނޫނާ ޚިލާފު

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މާފުށީ ޖަލަށް ލީ ގާނޫނުތަކާ ޚިލާފަށް...

March 25, 2018 9
މައުމޫނާއި ދެ ފަނޑިޔާރުން މާފުށީ ޖަލަށް ބަދަލުކޮށްފި

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުންނާއި ސިޔާސީ ގިނަ ބޭފުޅުންތަކެއް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

22 މާޗް

March 22, 2018 8
ސިޔާސީ ބޭފުޅުންނަށް ޒަރޫރީ ބޭނުންތަކަށް ތަކެތި ނުލިބޭ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ސިޔާސީ ބޭފުޅުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރި ބޭފުޅުން މިއަދު މާފުށީ ޖަލަށް ބަދަލު ކުރިއިރު، ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ ތަކެތި ފޯރުކޮށް ނުދޭ ކަމަށް ބުނެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

08 މާޗް

March 08, 2018 4
ޖަލަށް ފޯނު ވައްދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފިރިމީހާއާ ބައްދަލުކުރަން ދިޔަ އަންހެނަކު، އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވައިގެން މަނާ އެއްޗެހިތަކެއް ޖަލަށް ވައްދަން އުޅެނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.

01 މާޗް

March 01, 2018 8
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ އޮޕަރޭޝަން ރާއްޖެ އިން ބޭރުން ކުރެވޭނެ އިންތިޒާމުތައް ހަމަނުޖައްސައި ލަސް ކުރަމުންދާތީވެ، އެމަނިކުފާނުގެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

20 ފެބުރުއަރީ

February 20, 2018 3
އަދީބުގެ ގޮޅި އަނެއްކާވެސް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޯނުކުރައްވާ ކަމުގެ ތުހުމަތުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދޫނިދޫގައި އޮންނެވި ގޮޅި މިއަދު ފާސްކޮށްފި ކަމަށް އޭނާގެ ވަކީލް...

February 20, 2018 5
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫން، މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2018 18
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2018 36
މައުމޫނާއި ދެ ފަނޑިޔާރުންނާ މުއިއްޒު ބައްދަލުކޮށްފި

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ، ރައީސްގެ މަނއދޫބެްްގެ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.

11 ފެބުރުއަރީ

February 11, 2018 9
މައުމޫނަށް ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފި

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް، އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް...

February 11, 2018 13
ހުކުރު ދުވަހަށް ފަހު މައުމޫނަށް ވީގޮތެއް ނޭނގެ:ވަކީލް

ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް، ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކުރި ފަހުން އެމަނިކުފާނަށް "ވީގޮތެއް ނޭނގޭ" ކަމަށް ވިދާޅުވެ ވަކީލުން މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި...

03 ފެބުރުއަރީ

February 03, 2018 37
މާފުށީ ޖަލު ބަލަހައްޓާ އޮފިސަރު އިސްތިއުފާ ދެއްވައިފި

ކ. މާފުށީ ޖަލު ބެލެހެއްޓުމާ ހަވާލުވެ ހުރި އޮފިސަރު، ޑިރެކްޓަ އޮފް ޕްރިޒަންސް ސަލްމާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.