02 ޖުލައި

July 02, 2017 7
އިމްރާނާ މެދު އަމަލު ކުރަނީ އަނިޔާވެރިކޮށް: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޯދަ މަހަށް ގޭބަންދަށް ބަދަލު ކުރުމަށް ފަހު، މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް މާފުށީ ޖަލަށް ގެންގޮސް އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

01 ޖުލައި

July 01, 2017 23
އަދީބު ބޭސްފަރުވާ އަށް ފޮނުވަން ޖެހޭ: އާޒިމް

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ ކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.

23 ޖޫން

June 23, 2017 4
ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކ. މާފުށީ ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

19 ޖޫން

June 19, 2017 11
ޖަލުގައި ހުންނެވި އަދީބާ އެޗްއާރުސީއެމުން ބައްދަލުކޮށްފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބައްދަލުކޮށްފި އެވެ.

June 19, 2017 26
ނަޝީދުގެ ފަރާތްޕުޅުން އަދީބާ ބައްދަލުކުރައްވަން އެދިއްޖެ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.

15 ޖޫން

June 15, 2017 14
އަދީބުގެ އާއިލާއިން ޕީޕީއެމްއާ ބައްދަލުކުރަން އެދިއްޖެ

އެކި ކުށްތަކާ ގުޅިގެން ކޮށްފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދި އަދީބުގެ މަންމަ ޕީޖީ ގްރޫޕަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

11 ޖޫން

June 11, 2017 52
މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރެއް

ހަތަރު މަހުގެ ހުކުމް ތަންފީޒުކުރައްވަން ޖުލައި 18، 2016 ގައި މާފުށީ ޖަލުގެ ގޮޅި އަށް، ވަދެވަޑައިގަތުމާ އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް އަވަހާރަފުޅުލެއްޕެވުނީ އެވެ. އެތަން، އަރާމުވެގެންނެއް ނޫނެވެ؛ އޭނާ ވިދާޅުވި ގޮތުގައި، ސިކުނޑީގައި އެނބުރެމުން ދިޔަ އެތައް އުދާސްތަކާ އެކު ހަށިގަނޑު ވަރުބަލިވެފައި ހުރިލެއް...

08 ޖޫން

June 08, 2017 17
މަހުލޫފު މިނިވަން ވީމަ މާދަމާރޭ އުފާ ފާޅުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، ނިމުމުގެ އުފަލުގައި މާދަމާ ރޭ ހާއްސަ ޖަލްސާއެއް...

June 08, 2017 29
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭ: މައުމޫން

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު...

07 ޖޫން

June 07, 2017 9
އަދީބަށް ފަރުވާ ނުދޭން އަންގާފައެއް ނެތް: ކަރެކްޝަންސް

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަނުޖައްސަން އެއްވެސް ފަރާތަކުން މިހާތަނަށް އަންގާފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

06 ޖޫން

June 06, 2017 16
އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނާޅަން ގޮވާލައިފި

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ބޭސްފަރުވާ އަށް ހުރަސް ނޭޅުމަށް އޭނާގެ ވަކީލުން މިއަދު ގޮވާލައިފި އެވެ.

05 ޖޫން

June 05, 2017 3
ޑްރަގާއި ފޯންތަކެއް ޖަލަށް ވައްދަނިކޮށް ހައްޔަރު ކޮށްފި

ކ. މާފުށީ ޖަލަށް މަސްތުވާ އެއްޗެހިތަކަކާއި ގިނަ އަދަދެއްގެ ފޯނުތަކެއް ވައްދަން އުޅެނިކޮށް އެ ތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

31 މެއި

May 31, 2017 6
އަދީބާ މެދު އިހުމާލުވާ ކަމަށް ބުނެ އެޗްއާރުސީއެމަށް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅައިފި އެވެ.

29 މެއި

May 29, 2017 21
އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރޭ ގޮތެއް ނުވޭ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމާ މެދު އަދިވެސް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އަދީބުގެ ވަކީލު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2017 5
ކުޑަ ހުކުމެއްގައި ހުއްޓާ ކުރި ކުށަކުން އުމުރަށް ޖަލަށް

ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ފަޅާ އަރައި، އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

29 މާޗް

March 29, 2017 15
ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ މާފުށީ ޖަލަށް ގެންގޮފިސްފި އެވެ.

March 29, 2017 27
މަހްލޫފަށް ޖަލުން ދޭ އިނާޔާތްތައް ކަނޑާލައިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވާ ކަމަށް ބުނެ، އޭނާ އަށް މާފުށީ ޖަލުން ދޭ އިނާޔަތްތައް އެއް މަސް ދުވަހުގެ...

26 މާޗް

March 26, 2017 15
މަހްލޫފަށް ނުހައްގުން ދޭ އަނިޔާ ހުއްޓާލަން ގޮވާލައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ނުހައްގުން ދެމުން އަންނަ އަދަބާއި އަނިޔާތައް ހުއްޓާލައި، އޭނާ މިނިވަންކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

24 މާޗް

March 24, 2017 14
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

13 މާޗް

March 13, 2017 12
އަދީބު ހޮހޮޅައިގައި އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ...

March 13, 2017 3
ގައިދީން ހަޅުތާލުކުރީ ރައްކާތެރި ފިޔަވަޅުތަކެއް އެޅުމުން

މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ހިއުމަން...

10 މާޗް

March 10, 2017 23
ގައިދީންނަށް އިހުމާލުވާ ތުހުމަތު: ހަގީގަތަކީ ކޮބާ؟

ޖަލުގައި ބައިތިއްބާ ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ބޮޑެތި "ޖަރީމާތަކެއް" ހިންގާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެކެވެ. ބައެއް މީހުންނަށް އެ މީހުންނަށް އިއްވާފައިވާ ޖަލު ހުކުމަށް ވުރެ ވެސް ބޮޑެތި އަދަބުތައް ޖަލުގައި ދޭ ކަމަށް ބުނެވެ އެވެ. އަނިޔާ ކުރުމާއި އިންސާނީ ކަރާމާތް ގެއްލޭ ކަންކަން...

09 މާޗް

March 09, 2017 9
އަދީބު ދޫނިދޫއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

03 މާޗް

March 03, 2017 48
މަހްލޫފްގެ ހާއްސަ މެސެޖެއް ދަރިފުޅު އެލީ އަށް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާކަން އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ) އަކަށް ނޭނގެ އެވެ. މާލޭގައި ކުރި ބައެއް މުޒާހަރާތަކުގައި މަހްލޫފް ހައްޔަރުކޮށް "ގޮޅި" އަށް ލި ވާހަކަ އިވުމުން އެލީ އަށް ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް...