04 އޯގަސްޓް

August 04, 2020 1
އެންވީޑިއާ އިން އާމް ގަންނަނީ

އެންވީޑިއާ އަކީ އެމެރިކާގެ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ "ގްރެފިކްސް ޗިޕް" ޑިޒައިންކުރުމެވެ. ގޭމިން މެޝިންތަކަށާއި ބާރުގަދަ ކޮމްޕިއުޓަރުތަކަށް އަދި ލެޕްޓޮޕްތަކަށެވެ. މި ނޫނަސް ޓެކްނޮލޮޖީއާ ގުޅުން ހުރި ހާޑްވެއާ އާއި ސޮފްޓްވެއާގެ މަސައްކަތްތައް، އެންވީޑިއާ އިން ކުރެ އެވެ.

11 ފެބުރުއަރީ

February 11, 2020 2
އެޕަލް އިން އިންޓެލް ޗިޕްތައް ދޫކޮށްލަނީ

އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި މިހާރު ބޭނުންކުރަނީ އިންޓެލް ޗިޕްތަކެވެ. ނަމަވެސް، އިންޓެލް ޗިޕްތައް ދޫކޮށް އެޕަލް އިން އޭއެމްޑީ ޗިޕްތަކަށް ބަދަލުވާން އުޅޭ ނިޝާންތަކެއް އެބަ ފެނެ އެވެ.

22 ޑިސެމްބަރ

December 22, 2019
ފޭސްބުކުން އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ

ފޭސްބުކުން އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ އެވެ. ބޭނުމެއް ކަމަށް ބުނަނީ، ވާދަވެރިންނަށް އިތުބާރުކުރެވެން ނެތީ ކަމަށެވެ. ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކުގައި، ފޭސްބުކް އެޕްލިކޭޝަންތަކަށް ބޭނުންވާ "ފީޗާ"ތައް ނެތީ ކަމަށެވެ. ފޭސްބުކަށް ޚާއްސަ ވަކި ވަކި ފީޗާތައް، ވާދަވެރިންގެ އޮޕަރޭޓިން ސިސްޓަމްތަކުގައި ހިމެނުމަކީ، ވާދަވެރިންނަށް...

12 ސެޕްޓެމްބަރ

September 12, 2018 15
އައިފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި

އެޕަލްގެ އުފެއްދުންތައް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ހާއްސަ އިވެންޓްގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބެނީ އައިފޯނަށެވެ. އެހެންވެ، މި ހަފުލާ ފެށުމުގެ ކުރިން ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވިފައި ވަނީ އައިފޯނަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުންނެވެ.

25 ޖޫން

June 25, 2018
މެކްބުކް ކީބޯޑްތަކުގައި މައްސަލަތަކެއް

މެކްބުކް އަދި މެކްބުކް ޕްރޯގެ ކީބޯޑްތައް އެހާ ބޮޑަށް ތުނިކުރުން ރަނގަޅު ނޫން ކަމަށް ބުނެ ދެކެވުނު ވާހަކަތައް އެޕަލް އިން ގަބޫލުކޮށްފި އެވެ. އެޕަލް އިން ބުނި ގޮތުގައި، މެކްބުކް އަދި މެކްބުކް ޕްރޯގެ ބައެއް މޮޑެލްތަކުގެ ކީބޯޑުތައް، މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތެއް ނުކުރެ އެވެ.

11 ޖޫން

June 11, 2018
އެޕަލް އެޕްތައް ގަތުމުގެ ކުރިން އަޖުމަބަލަނީ

އެއްޗެއް ގަތުމުގެ ކުރިން އަޖުމަބެލުމަށް ނުވަތަ ރަހަބެލުމަށް ފުރުސަތުދިނުމަކީ ވިޔަފާރިވެރިން ކުރާ ކަމެކެވެ. އެ ގޮތުގައި ގިނަ ފަހަރު އެ އެއްޗެއް ވިކޭ ގޮތްވެ އެވެ.

06 ޖޫން

June 06, 2018 1
އައިއޯއެސް އެޕްތައް މެކްއޯއެސް އަށް ޕޯޓްކުރަނީ

އައިފޯން އަދި އައިޕެޑްގައި ބޭނުންކުރަން އުފައްދާ އެޕްތައް، މެކް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. މެކްއޯއެސް އަށް މި ފީޗާ ގެނެސް މުޅިން...

June 06, 2018 1
އެޕަލް ޑިވެލޮޕާސް ކޮންފަރެންސްގެ އުސްއަލިތައް

އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް އިއްޔެ ރެއަކީ ބޮޑު ރެއެކެވެ. ކެލިފޯނިއާގެ ސެން ހޯސޭ ކޮންވެންޝަން ސެންޓަރުގައި 6،000 މީހުންގެ ކުރިމަތީގައި، އައިފޯނާއި، މެކްބުކާއި...

06 މެއި

May 06, 2018 1
މެކްއޯއެސް އަދި އައިއޯއެސް އެކެއް ނުވާނެ: އެޕަލް

މެކްއޯއެސް އަދި އައިއޯއެސް އެކަތިގަނޑަކަށް ހަދައި އެއީ އެއް އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ބޭނުންނުކުރާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. ދެ އޮޕަރޭޓިން ސިސްޓަމް އެކުލަވައި، އެޕަލްގެ ކޮމްޕިއުޓަރުގައި އަދި އައިފޯނުގައި ބޭނުންކުރެވޭ ގޮތް ހެދުމަކީ ބައެއްގެ ފިކުރީ މުއްސަނދިކަމެއް ނަމަވެސް، އެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް...

28 ޖެނުއަރީ

January 28, 2018 1
މެކްއޯއެސް މުޅިން 64-ބިޓް އަށް ބަދަލުކުރަނީ

އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް 2017 ގައި މި ވާހަކަތައް ވަނީ ދައްކާފަ އެވެ. މެކިންޓޮޝް ކޮމްޕިއުޓަރުތަކުގެ އޮޕަރޭޓިން ސިސްޓަމް، "މޮކްއޯއެސް"، މުޅިން 64-ބިޓަށް ބަދަލުކުރާ ވާހަކަ އެވެ. ކުރަން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ޑިވެލޮޕަރުންނާ މަޝްވަރާކޮށް ވަނީ މައުލޫމާތު ވެސް ދީފަ އެވެ.

15 މާޗް

March 15, 2017 4
މިފަހަރު އައިފޯނުގެ ނަމަށް ބަދަލެއް އަތުވެދާނެ

އައިފޯން 8 އާ ބެހޭ ގޮތުން ދެކެވޭ ވާހަކައެއް އަޑުއަހާލަމާ ހިނގާށެވެ. އެ ވާހަކަތައް ފަހުން ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަ ނަމަވެސް މައްސަލައެއް ނެތެވެ. އައިފޯނު 8 މާކެޓަށް ނެރުމުން އޭގެ ހަގީގަތް އެނގި، މުޅިން ސާފުވާނެ އެވެ.