29 އޮކްޓޯބަރ

October 29, 2018 2
ސަރުކާރަށް ގެނައި ބަދަލު ސިރިސޭނާ ސާފުކޮށްދެއްވައިފި

ކޮލަމްބޯ (އޮކްޓޯބަރު 29) - އާ ސަރުކާރެއް އުފެއްދެން އޮތް ހަމައެކަނި ގޮތަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުގެ މަގާމު ދިނުން ކަމަށާއި ސަރުކާރަށް އެ ބަދަލު ގެންނަން...

October 29, 2018 6
ޕާލަމެންޓުގެ ޖަލްސާތައް ފަށަން އެމެރިކާ އިން ގޮވާލައިފި

ވޮޝިންޓަން (އޮކްޓޯބަރު 29) - ޕާލަމެންޓުގެ ޖަލްސާތައް ވަގުތުން ފެށޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސެމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް އެމެރިކާ ސަރުކާރުން...

28 އޮކްޓޯބަރ

October 28, 2018 5
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި

ކޮލަމްބޯ (އޮކްޓޯބަރު 28) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ވަފާތެރި ސަޕޯޓަރުންތަކެއް ޕެޓްރޯލިއަމް މިނިސްޓަރު އަރްޖުނާ ރަނަތުންގާ ރަހީނު ކުރަން އުޅުމުން މިނިސްޓަރުގެ ބޮޑީ ގާޑުން ބަޑިޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2018 6
ރައީސް ސިރިސޭނާ ލަންކާ ޕާލަމެންޓް ސަސްޕެންްޑްކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ސަސްޕެންޑް ކުރުމުން ގައުމުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

October 27, 2018 3
ސިރިސޭނާ އަވަހާރަކޮށްލަން އުޅުނު މީހާ ހޮސްޕިޓަލަށް

ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިއާ މީހާ މެންޓަލް ހޮސްޕިޓަލަކަށް ފޮނުވައިފި...

October 27, 2018 5
ބޮޑު ވަޒީރުގެ ގެކޮޅުން ނުކުންނެވުމަށް ރަނިލް ދެކޮޅު

ކޮލަމްބޯ (އޮކްޓޯބަރު 27) - ބޮޑު ވަޒީރުކަމުގެ މަގާމުން ރޭ ދުރުކުރި ނަމަވެސް ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުންނެވުމަށް ރަނިލް ވިކްރަމަސިންހަ ދެކޮޅު ހައްދަވައިފި އެވެ.

26 އޮކްޓޯބަރ

October 26, 2018 1
ސިރިސޭނާ މައްސަލާގައި ފުލުހުންގެ އިސް މީހަކު ހައްޔަރު

ކޮލަމްބޯ (އޮކްޓޯބަރު 26) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން ރޭވި މައްސަލާގައި ފުލުހުންގެ ސީނިއާ އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

October 26, 2018 3
މަގާމުން ދުރުކުރުމުން ރަނިލް ކޯޓަށް ވަޑައިގަންނަވަނީ

ކޮލަމްބޯ (އޮކްޓޯބަރު 26) - ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ނޫން ކަމަށާއި އެ މައްސަލާގައި ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ރަނިލް ވިކްރަމަސިންހަ...

October 26, 2018 14
"ރާޖަޕަކްސާއަށް ބޮޑު ވަޒީރުކަން ދިނުން ގާނޫނާ ޚިލާފު"

ކޮލަމްބޯ (އޮކްޓޯބަރު 26) - ސްރީ ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަކީ ގާނޫނު އަސާސީއާ...

22 އޮކްޓޯބަރ

October 22, 2018 1
ލަންކާގެ ރައީސްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 22) - އަވަހާރަކޮށްލަން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އެޑްވައިޒަކު ވިދާޅުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2018 6
ސިރިސޭނާ އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނި ވާހަކަ ދޮގުކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 18) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން އިންޑިއާގެ ސީކްރެޓް ސާވިސް އިން ރާވަމުން ދާ ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށް އިންޑިއާގެ ނޫހެއްގައި ލިޔުނު ރިޕޯޓް އެމަނިކުފާން ދޮގު ކުރައްވައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018 9
ލަންކާ ރައީސްގެ ޚާއްސަ މަންދޫބެއް ރާއްޖޭގައި

ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސެނާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ރާއްޖެ ވަޑައިގެން އިދިކޮޅު ބައެއް ލީޑަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 7
ކޮލަމްބޯ އަށް ވައިގެ ހަމަލާ ދޭން އެލްޓީޓީއިން އުޅުނު

ނިއު ޔޯކް (ސެޕްޓެމްބަރު 30) - ޗެންނާއީން މަތިންދާ ބޯޓެއްގައި ގޮސް ކޮލަމްބޯ އަށް ހަމަލާ ދޭން 2009 ވަނަ އަހަރު އެލްޓީޓީއީގެ ހަނގުރާމަވެރިން ރޭވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2018 6
ލަންކާގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަން ދޫކޮށްލާ

ނިއު ޔޯކް (ސެޕްޓެމްބަރު 27) - ސްރީ ލަންކާއާ މެދު އާ ނަޒަރުން ދެކި ގައުމުގައި ހުރި މައްސަލަތަކާ ބޭރުގެ ފަރާތްތަކުން ނުބެހި އެ މައްސަލަތައް އަމިއްލަ އަށް ހައްލު ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އެދިވަޑައިގެންފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 5
ޑިޕްލޮމެޓުންނަށް ސިރިސޭނާ: ފޯނު ނަގާ، ނޫނީ ވަޒީފާ ދޫކޮށްލާ

ކޮލަމްބޯ (ސެޕްޓެމްބަރު 18) - ސަފީރަކާ އެކު ހަ ޑިޕްލޮމެޓުން ވަޒީފާ އިން ވަކިކުރި މައްސަލަ ދިފާއު ކުރައްވާ ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވާހަކަ ދައްކަވައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 10
ސިރިސޭނާގެ ފޯންކޯލަށް ޖަވާބު ނުދިނުމުން ސަފީރު ގެންނަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 16) - އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ އަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ ހަފުތާގައި ކުރި ފޯން ކޯލަކަށް ޖަވާބު ދީފައި ނުވާތީ ސަފީރު އަނބުރާ ގެންނަން ނިންމައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 4
ސްރީ ލަންކަންއިން ދިން ނަޓް ޖަނަވާރުން ކާން ކަމަކުނުދޭ

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ދާދި ފަހުން ނޭޕާލަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ދަތުރުގައި ސްރީ ލަންކަން އެއާލައިންސް ދިން ކެޝޫ ނަޓަކީ ޖަނަވާރުން ވެސް ކާން އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2018 4
ޝެޑިއުލަށްވުރެ ކުރިން އިންތިޚާބު ނުބާއްވާނަން: ސިރިސޭނާ

ކޮލަމްބޯ (ސެޕްޓެމްބަރު 10) - ޝެޑިއުލަށް ވުރެ އެންމެ ދުވަހެއް ކުރިން ވެސް ރިޔާސީ އިންތިޚާބު ނުބާއްވާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

25 އޯގަސްޓް

August 25, 2018 2
މަރުގެ ހުކުމް ތަންފީޒް ކުރަން ވަރަށް އަވަހަށް ފަށާނަން

ކޮލަމްބޯ (އޮގަސްޓް 24) - ސާޅީސް ދެ އަހަރަށް ފަހު ސްރީ ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2018
ވަޒީރުންގެ މުސާރަ ބޮޑެއް ނުކުރާނަން: ސިރިސޭނާ

ކޮލަމްބޯ (އޮގަސްޓް 6) - ސްރީ ލަންކާގެ ޕާލަމެންޓުގެ މެންބަރުންނާއި ވަޒީރުންގެ މުސާރަ އިން ސެންޓެއްގެ މިންވަރު ވެސް ބޮޑު ނުކުރާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2018 2
"އުއްމީދަކީ ކޮރަޕްޝަން ނެތް ތަނަކަށް ލަންކާ ހެދުން"

ކޮލަމްބޯ (ޖުލައި 29) - އުއްމީދަކީ ކޮރަޕްޝަން އެންމެ ކުޑަ ގައުމުތަކުގެ ލިސްޓަށް ސްރީ ލަންކާ އެރުވުން ކަމަށް އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2018 4
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބަދަލެއްނާދޭ: ސިރިސޭނާ

ކޮލަމްބޯ (ޖުލައި 22) - ޑްރަގު ބޭނުން ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

06 މެއި

May 06, 2018
ސަރުކާރުގެ މުއައްސަސާތަކުން ކޮރަޕްޝަން ފުހެލާނަން: ސިރިސޭނާ

ކޮލަމްބޯ (މެއި 6) - ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކޮރަޕްޝަން ފުހެލާނެ ކަމަށާއި ކޮރަޕްޝަނާއި ރިޝްވަތު ނައްތާލަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

05 މެއި

May 05, 2018 4
ސިރިސޭނާގެ ޗީފް އޮފް ސްޓާފް ހައްޔަރުކުރީ 20 މިލިއަން ރުޕީސްއާ އެކު

ކޮލަމްބޯ (މެއި 5) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޗީފް އޮފް ސްޓާފް އައި.އެޗް.ކޭ. މަހާނަމާ، ފުލުހުންގެ ބެލުމުގެ ދަށް ގެންދިޔައީ ރިޝްވަތުގެ މުއާމަލާތް ހިންގަނިކޮށް ކަމަށާއި އޭރު އޭނާގެ އަތުގައި 20 މިލިއަން ރުޕީސް ހުރި ކަމަށް އޮފިޝަލުން ބުނެފި އެވެ.

24 އެޕްރީލް

April 24, 2018
ލަންކާގެ ކުރިމަގާ ގުޅޭ ބައްދަލުވުމަކަށް ސިރިސޭނާ އާއި ރަނިލް

ކޮލަމްބޯ (އެޕްރީލް 24) - ސްރީ ލަންކާގެ ކެބިނެޓަށް ގެންނަ ބަދަލާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ހަވީރު ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.