15 ޖެނުއަރީ

January 15, 2018 13
ލަންކާގެ ރިޔާސީ ދައުރަކީ ފަސް އަހަރު: ސުޕްރީމް ކޯޓް

ކޮލަމްބޯ (ޖެނުއަރީ 15) - ސްރީ ލަންކާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

14 ޖެނުއަރީ

January 14, 2018 3
ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރު: ސިރިސޭނާ

ކޮލަމްބޯ (ޖެނުއަރީ 14) - ވެރިކަމުގައި ތާއަބަދަށް ހުންނެވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ކޮންމެ ވަގުތަކު ވެސް ވެރިކަން ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

13 ޖެނުއަރީ

January 13, 2018 1
ސިރިސޭނާގެ ހުށަހެޅުމުގެ އަޑުއެހުންތައް ނިންމާލައިފި

ކޮލަމްބޯ (ޖެނުއަރީ 13) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް މަގާމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފި އެވެ.

11 ޖެނުއަރީ

January 11, 2018 1
ހަގީގީ ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ: ސިރިސޭނާ

ކޮލަމްބޯ (ޖެނުއަރީ 11) - ހަގީގީ ވަގުންނަކީ ކޮބައިކަން ސްރީ ލަންކާގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

January 11, 2018 1
ސިރިސޭނާ ހުށަހެޅި މައްސަލަ ބަލަން ފަސް މެންބަރުންގެ ބެންޗެއް

ކޮލަމްބޯ (ޖެނުއަރީ 11) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ...

10 ޖެނުއަރީ

January 10, 2018 11
ވެރިކަމުގައި އިތުރު އަހަރަކު ހުރުމުގެ ލަފައަކަށް އެދެފި

ކޮލަމްބޯ (ޖެނުއަރީ 10) - ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުމުން އިތުރު އެއް އަހަރު، 2021 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވިދާނެތޯ ބެލުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެދިވަޑައިގެންފި އެވެ.

02 ޑިސެމްބަރ

December 02, 2017
ސިރިސޭނާގެ ކޮއްކޮ މަރާލި މީހާ 18 އަހަރަށް ޖަލަށް

ކޮލަމްބޯ (ޑިސެމބަރު 2) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ކޮއްކޮ ޕްރިޔަންތާ ސިރިސޭނާ އަވަހާރަކޮށްލި ގާތިލަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

23 އޮކްޓޯބަރ

October 23, 2017 12
"ލަންކާއާ އެކު އޮތް ގުޅުން އާ ސަފީރުން ބަދަހިކުރާނެ"

ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރުންގެ ތެރެއިން މިއަދު ފަތްކޮޅު އެރުވި ސަފީރުންނާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

October 23, 2017 41
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސެނާއަށް އަރުވައިފި

ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު އަރުވައިފި އެވެ.

24 އޯގަސްޓް

August 24, 2017 5
ލަންކާގެ ޖަސްޓިސް މިނިސްޓަރު ވެސް މަގާމުން ދުރުކޮށްފި

ކޮލަމްބޯ (އޮގަސްޓް 24) - ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާ އަށް ވިއްކާލުމަށް ފާޅުގައި ފާޑު ވިދާޅުވި ސްރީ ލަންކާގެ ޖަސްޓިސް މިނިސްޓަރު ވިޖެޔެދަސާ ރާޖަޕަކްސާ މަގާމުން ދުރުކޮށްފި އެވެ.

10 އޯގަސްޓް

August 10, 2017 1
ރަވީ މަގާމުން ދުރުކުރަން ސިރިސޭނާ އަށް ދަންނަވައިފި

ކޮލަމްބޯ (އޮގަސްޓް 10) - ސްރީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަނަޔަކަ މަގާމުން ދުރުކުރުމަށް ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ބައެއް މިނިސްޓަރުން ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ދަންނަވައިފި އެވެ.

05 ޖޫން

June 05, 2017 15
ރާއްޖޭން ލަންކާ އަށް ދިނީ ތިން ލައްކަ ރުފިޔާ

ސްރީ ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން ދިނީ 25،000 ޑޮލަރު (385،000 ރުފިޔާ) ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފި އެވެ.

02 ޖޫން

June 02, 2017 20
ދިވެހިން ދިން އެހީއަށް ލަންކާއިން ޝުކުރު އަދާކޮށްފި

ސްރީ ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ދިން އެހީ އަށް އެ ގައުމުން ޝުކުރު އަދާކޮށްފި އެވެ.

22 މެއި

May 22, 2017 1
ލަންކާގެ ކެބިނެޓަށް ސިރިސޭނާ ބޮޑު ބަދަލެއް ގެންނަވައިފި

ކޮލަމްބޯ (މެއި 22) - ސްރީ ލަންކާގެ ކެބިނެޓަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ބޮޑު ބަދަލެއް މިއަދު ގެންނަވައިފި އެވެ.

06 މާޗް

March 06, 2017 3
ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމަނަން ސިރިސޭނާ ދެކޮޅު

ކޮލަމްބޯ (މާޗް 6) - ލަންކާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމަށް އދ. އިން ތަކުރާރުކޮށް ގޮވާލި ނަމަވެސް އެ މައްސަލަތައް ބަލާ ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމެނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަނެއްކާވެސް ދެކޮޅު ހައްދަވައިފި އެވެ.

11 ފެބުރުއަރީ

February 11, 2017 29
ނަޝީދު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

05 ފެބުރުއަރީ

February 05, 2017 2
ގައުމުގެ އެއްބައިވަންތަކަމަށް ހުއްޓުމެއް ނެތް: ސިރިސޭނާ

ކޮލަމްބޯ (ފެބްރުއަރީ 5) - ދިގު ހަނގުރާމައަކަށް ފަހު ގައުމުގެ ތަފާތު ނަސްލުތަކުގެ މީހުން އެއްބައި ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2017 3
ސަރުކާރުން ވަގަށް ނަގާ މުދާ ހޯދާނަން: ރާޖަޕަކްސާ

ކޮލަމްބޯ (ޖެނުއަރީ 28) - ލަންކާގެ މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަތުން ވަގަށް ނަގަމުންދާ މުދާ އޭނާގެ ވެރިކަމުގައި އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2017
މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބަލަނީ

ކޮލަމްބޯ (ޖެނުއަރީ 23) - ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ބޮންޑު ވިއްކުމުގައި ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލަ ބެލުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަންގަވައިފި އެވެ.

20 އޮކްޓޯބަރ

October 20, 2016
ސަރުކާރުގެ ތެރޭގައި ހަމަޖެހުން އެބައޮތް: ސިރިސޭނާ

ކޮލަމްބޯ (އޮކްޓޯބަރު 20) - ސްރީ ލަންކާ ސަރުކާރުގެ ތެރޭގައި ހަމަޖެހުން އެބައޮތް ކަމަށާއި 2020 ވަނަ އަހަރާ ހަމައަށް ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް މައިތުރިޕާލާ ސިރިސޭނާ ދެއްވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2016
ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ވެރިޔާ ވަކިވެއްޖެ

ކޮލަމްބޯ (އޮކްޓޯބަރު 17) - ސްރީ ލަންކާގައި ސިޔާސީ މައްސަލަތައް ބޮޑުވެފައިވާ ދުވަސްވަރެއްގައި އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ދިލްރުކްޝީ ވިކްރަމަސިންހާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

16 އޮކްޓޯބަރ

October 16, 2016
ސިރިސޭނާ އާއި ރަނިލް ކުއްލި ބައްދަލުވުމެއް ބާއްވައިފި

ކޮލަމްބޯ (އޮކްޓޯބަރު 16) - ސްރީ ލަންކާ ސަރުކާރުގެ ތެރޭގައި މައްސަލަތައް އުފެދިފައިވާކަން މީޑިއާ އަށް ތިލަވެފައި ވަނިކޮށް ސީނިއާ ވަޒީރުންނާ އެކު ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ބައްދަލުވުމެއް ބާއްވައިފި އެވެ.