14 ޖޫން

June 14, 2017 11
ފުވައްމުލަކު މުވައްޒަފުންނަށް ނޯޓިސްދީފި

ފުވައްމުލަކުގެ އަވަށު ކައުންސިލްތަކުގައި މަސައްކަތް ކުރި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ފޮނުވައިފި އެވެ.

11 ޖޫން

June 11, 2017 68
ޒުވާން މާބަނޑު އަންހެނަކު ކުއްލިއަކަށް މަރުވެއްޖެ

ށ. މިލަންދޫގައި އުމުރުން 21 އަހަރުގެ މާބަނޑު އަންހެނެއްގެ ޚަބަރެއް ނުވެގެން ކޮޓަރި ބެލިއިރު މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.

09 ޖޫން

June 09, 2017 9
އައްޑޫ-ފުވައްމުލަކަށް ފްލައިމީ ފަށާނީ މިމަހުގެ 15ގައި

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ، އައްޑު އާއި ފުވައްމުލަކަށް ފެށުމަށް މަސައްކަތް ކުރަނީ މި މަހުގެ 15 ގައި ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

June 09, 2017 3
ފުވައްމުލަކުގައި ތުނޑުކުނާ ވިޔަން ދަސްކޮށް ދެނީ

ފުވައްމުލަކުގެ އަންހެނުންނަށް ޚާއްސަކޮށްގެން ތުނޑުކުނާ ވިޔަން ދަސްކޮށް ދޭ ޕްރޮގްރާމެއް ފަށަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ތިމާވެއްޓާ ބެހޭ މިނިސްޓްރީން...

07 ޖޫން

June 07, 2017 20
12 ރަށެއްގެ ބިން ހިއްކަން އެއް ބިލިއަން ޚަރަދުކުރި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 ރަށެއްގައި ބިން ހިއްކައި ނިންމުމަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

06 ޖޫން

June 06, 2017 13
ފުވައްމުލަކު ގިނަ ބައެއްގެ ވަޒީފާއާ މެދު ސުވާލުތަކެއް!

ފުވައްމުލަކުގެ އަވަށު ކައުންސިލް އިދާރާތައް އުވާލައި ސިޓީ ކައުންސިލެއް އުފެއްދުމާ ގުޅިގެން ގާތްގަނޑަކަށް 75 މީހުންގެ ވަޒީފާއާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

June 06, 2017 4
ވަންދޫ މަޝްރޫއު ފެށޭނެ ދުވަހެއް ބުނަން ދަތި: ތޯރިގް

ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ މަސައްކަތް ފެށޭނެ ދުވަހެއް ވިދާޅުވާން ދަތި ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް...

June 06, 2017 11
ބޮޑު ކަރަންޓު ބިލެއް ތައްޔާރުކުރި މުވައްޒަފު ވަކިކޮށްފި

ގެއެއްގެ ކަރަންޓު ބިލްގައި ބޮޑު އަދަދެއް ޖަހައި، ގެއަކަށް ފޮނުވި މައްސަލައިގައި ރ. މަޑުއްވަރީ ފެނަކަ ބްރާންޗުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފަ އެވެ.

04 ޖޫން

June 04, 2017
ނިލަންދޫގެ ދެގެއަކަށް އަދިވެސް މީހުން ބަދަލެއް ނުކުރެވޭ

މިދިޔަ ބުރާސްފަތިދުވަހު ފ. ނިލަންދު އަށް އެރި ނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ގެއަށް އަދިވެސް މީހުންނަށް ބަދަލުނުވެވޭ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.

03 ޖޫން

June 03, 2017 18
އައްޑޫ މޭޔަރަކަަށް މި ފަހަރު ވެސް ސޯބެ

އައްޑޫ ސިޓީ ކައުންސިލްގެ، ފާއިތުވި ދެ ދައުރުގައި ވެސް މޭޔަރުކަން ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) ތިން ވަނަ ފަހަރަށް މޭޔަރުގެ މަގާމަށް ހޮވައިފި އެވެ.

June 03, 2017 15
ފުވައްމުލަކުގެ ފުރަތަމަ މޭޔަރަކީ ފަލާހު

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އަބްދުﷲ ފަލާހް ޝަރީފް މިއަދު އިންތިޚާބުކޮށްފި އެވެ.

June 03, 2017 6
ދަތުރު ނުކުރެވިގެން ބޭރުގެ ޓަގެއް އުލިގަމު ބަނދަރަށް

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން 25 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ޓަގުބޯޓެއް، މޫސުން ގޯސްވެ ކަނޑުގަދަވުމުން ދަތުރު ނުކުރެވިގެން ހއ. އުލިގަމަށް އިއްޔެ ބަނދަރުކޮށްފި އެވެ.

01 ޖޫން

June 01, 2017 104
ކުޑަހުވަދޫ އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖައްސައިފި

‎ދ. ކުޑަހުވަދޫގައި ރިއޯލޯ އިންވެސްޓްމަންޓްސްއިން ހެދި އެއާޕޯޓަށް ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު ޖައްސައިފި އެވެ.

30 މެއި

May 30, 2017 3
ނަގޫރޯޅީގެ ގެއްލުމަށް ހުޅުވި ފަންޑަށް 66،600ރ.

ކައުންސިލުން ހުޅުވި ފަންޑަށް މިއަދާ ހަމައަށް 66،600ރ. ލިބިފައިވޭ.

29 މެއި

May 29, 2017 18
ފިތުރު ޒަކާތް ބަލައިގަނެވޭކަށް ނެތް: އައްޑޫ ކައުންސިލް

އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދީފައި ނުވާތީ މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަނެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

28 މެއި

May 28, 2017 6
24 ގަޑިއިރު ފަހުން ތިމަރަފުއްޓަށް ކަރަންޓު ދީފި

ތ. ތިމަރަފުށީގެ އިންޖީނުގޭގެ ޖަނެރޭޓަރަކަށް ގެއްލުން ދީފައިވާތީ، އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުން ރޭ ދަންވަރު އަލުން ކަރަންޓް ދީފި އެވެ.

25 މެއި

May 25, 2017 65
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ވެސް ހަނިކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

May 25, 2017 16
ކިހާދޫގައި ރޯދަ ހަދިޔާއަކަށް ކޮންމެ މީހަކަށް ފަސް ކާށި

ބ. ކިހާދޫގެ ކޮންމެ މީހަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ފަސް ކާށި ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

24 މެއި

May 24, 2017 57
11 އަހަރުގެ ކުއްޖަކު ތަރާވީސް ނަމާދުގެ އިމާމަކަށް!

މީގެ ދެ އަހަރު ކުރިން އިންޑިއާ އަށް އެ އާއިލާގެ ދިރިއުޅުން ބަދަލުކުރީ ޤުރުއާން ކިޔެވުމުގެ ދާއިރާ އިިން ކުރިއަށް ދިއުމުގެ މަގުސަދު މުހައްމަދު މުސްތަފާގެ ހިތުގައި ބޮޑުވެގެންނެވެ. އަދި އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކުރި އިރު އޭނާގެ އުމުރަކީ އެންމެ 11 އަހަރެވެ.

19 މެއި

May 19, 2017 6
ގެއްލުންވި ގެތަކަށް ސަރުކާރުން ދޭ އެހީގެ އިންތިޒާރުގައި

މިދިޔަ ބުދަދުވަހުގެ ރޭ އައްޑޫ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވެ، ފުރާޅު އެއްލައިލި ގެތަކުގެ މަރާމާތު ކުރިއަށ ގެންދާއިރު، ގެއްލުންވި އާއިލާތަކަށް ސަރުކާރުން ދޭން ބުނި އެހީ ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބައެއް އާއިލާތަކުން މިއަދު ބުނެފި އެވެ.

17 މެއި

May 17, 2017 7
ހިތަދު އަށް ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއްވެއްޖެ

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް މިރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

14 މެއި

May 14, 2017 12
ކުރިނބީ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުކުރީ އެމްޑީޕީ

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހދ. ކުރިނބީ ކައުންސިލަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެ ވޯޓު އަލުން ގުނުމުން، އެ މަގާމަށް...

May 14, 2017 7
ހަތަރު ރަށެއްގައި އަންހެން ކައުންސިލަރުންގެ މެޖޯރިޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި ފިރިހެނުންނާ ވާދަކޮށްގެން އަންހެނުން ކުރި ހޯދީ ހަމައެކަނި ހއ. ކެލާ ކައުންސިލަކުން އެކަންޏަކުން ނޫނެވެ. އެ އަތޮޅު ތަކަންދު އާއި ޅ. ކުރެންދޫ އަދި އއ....

10 މެއި

May 10, 2017 121
ހިންނަވަރުގެ ބަދަލު މުޅި ރާއްޖެ އިން ފެންނާނެ: ނާޒިމް

ޅ. ހިންނަވަރުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލު، މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފެނިފައިވާ ކަމަށާއި މި ބަދަލު ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ އިން ވެސް ފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

29 އެޕްރީލް

April 29, 2017 20
އުލިގަމު ސިޓީ ހޮޓާ ހަދަން ގެންދިޔަ ތަކެތި ވިއްކާލަނީ

ހއ. އުލިގަމުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ން ގެންދިޔަ ބައެއް ތަކެތި ނީލަމުގައި ވިއްކާލަން އެ ކުންފުނިން ނިންމައިފި އެވެ.