03 މެއި

May 03, 2018 3
ނޫސްވެރިން ތިބީ ބިރުވެރިކަމެއްގައި، މިނިވަންކަމެއް ނެތް

ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނެތް ކަމަށާއި ނޫސްވެރިން މަސައްކަތް ކުރަމުން ދަނީ ބިރުވެރި މާހައުލެއްގައި ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ބުނެފި އެވެ.

30 އެޕްރީލް

April 30, 2018 5
ސަންގު ޓީވީން ޖޫރިމަނާ ދެއްކީ ޖާޑިއެއްގެ ފައިިސާއިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ސަންގު ޓީވީ ކުރި ޖޫރިމަނާ، ޖާޑިއެއްގެ ފައިސާ އިން މިއަދު ދައްކައިފި އެވެ.

07 އެޕްރީލް

April 07, 2018 4
މާފަށް އެދޭނީ ކޯޓުން ނިންމުމުން: ސަންގު ޓީވީ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ސްޓޭޝަން ޖޫރިމަނާކޮށް، މާފަށް އެދުމަށް އެންގިޔަސް އެ އަށް އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ސަންގު ޓީވީން މިރޭ ބުނެފި އެވެ.

30 މާޗް

March 30, 2018 2
ރާއްޖެ ޓީވީގެ މައްސަލައެއް ނުބަލަން: ބްރޯޑްކޮމް

ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ޚަބަރު އެ ކޮމިޝަނުން މިރޭ...

29 މާޗް

March 29, 2018 10
ސަންގު ޓީވީ ވެސް 100،000ރ. އިން ޖޫރިމަނާކޮށްފި

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ، ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަންގު ޓީވީ ވެސް...

March 29, 2018 25
ނަޝީދު ދެއްވި އިންޓަވިއުއެއްގެ މައްސަލަ ބަލަނީ

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެކެއްގައި ނެރުނު އަމުރާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގެ...

15 މާޗް

March 15, 2018 2
އަމްޖަދު ބްރޯޑްކޮމްއަށް އައްޔަންކޮށްފި

ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަހީދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެމްބަރު ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

14 މާޗް

March 14, 2018 13
އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން ފާސްކޮށްފި

ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަހީދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

March 14, 2018 2
އެމްބީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ކޮމިޓީިއަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

13 މާޗް

March 13, 2018 17
ގާސިމްގެ އަބުރާ ބެހޭ ކަމަށް ބުނެ ޖޭޕީން ބްރޯޑްކޮމްއަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ޕްރޮގްރާމްތައް ގެނެސްދޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

07 މާޗް

March 07, 2018 4
ބްރޯޑްކޮމްގެ މެމްބަރުކަމަށް ފުރުސަތު ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މިހާރުގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

03 މާޗް

March 03, 2018 14
ވީ މީޑިއާ އިން "ހަނގާ ފަންޑް ފޮށި" ހުޅުވައިފި

ބްރޯޑްކާސްޓިން ކޮމިޝަނުން ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ ޖޫރިމަނާ ފައިސާ ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވީ މީޑިއާ އިން ފަންޑް ފޮށްޓެއް ހުޅުވައިފި އެވެ.

01 މާޗް

March 01, 2018 28
ވީ މީޑިއާ 4 ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

ވީޓީވީ އާއީ ވީއެފްއެމުން، އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ އެ މީޑިއާ ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

22 ފެބުރުއަރީ

February 22, 2018 6
ރާއްޖެ ޓީވީ 2،000ރ. އިން ޖޫރިމަނާކޮށްފި

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފަށް ޕްރޮގްރާމްތައް މެދުކަނޑާލި މައްސަލާގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ 2،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

20 ފެބުރުއަރީ

February 20, 2018 24
ޝޯއާ ގުޅިގެން ޕީއެސްއެމުން މާފަށް އެދެން އަންގައިފި

އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރު ދެއްކި މައްސަލައިގައި މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މިއަދު އަންގައިފި އެވެ.

17 ފެބުރުއަރީ

February 17, 2018 32
"ސަރުކާރު ވައްޓާލަން ބައެއް މީޑިއާތަކުން ހިތްވަރުދޭ"

ގައުމުގެ އަމަންއަމާންކަން ގެއްލޭ ގޮތަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މީޑިއާތަކުން ކޮންޓެންޓް ފޮނުވަމުން ދާ ކަމަށް ބުނެ، ނޫސްވެރިންގެ އަމަލުތައް ވަކި ގޮތަކަށް ބައްޓަން ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އަންގައިފި އެވެ.

11 ފެބުރުއަރީ

February 11, 2018 51
ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް އަލުން ފަށައިފި

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މެދުކަނޑާފައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މިއަދު އަލުން ފަށައިފި އެވެ.

08 ފެބުރުއަރީ

February 08, 2018 47
ނޫސްވެރިކަމަށް މާހައުލު ނެތުމުން ރާއްޖެޓީވީ ހުއްޓާލައިފި

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް ދެމުން ދިޔަ ހިމާޔަތް މެދުކަނޑާލާފައިވާތީ، މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން މި ރެ އިން ފެށިގެން މެދުކަނޑާލައިފި އެވެ.

11 ޑިސެމްބަރ

December 11, 2017 1
ފްރީކުއެންސީ ފީ އަށް 1.5 މިލިއަން ދައްކަން ޖެހިއްޖެ

ބްރޯޑްކާސްޓް ކުރުމުގެ ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެޓޯލް އިންވެސްޓްމަންޓް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2017 7
ދިރާގު ޓީވީއަށް ލައިސަންސް ދިނުމުގައި ކޮރަޕްޝަނެއްނެތް

ދިރާގު ޓީވީއަށް ރީ ބްރޯޑްކާސްޓިން ލައިސަންސް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

10 ނޮވެމްބަރ

November 10, 2017 10
މީޑިއާއަށް އޮތް އެންމެ ބޮޑު ބިރަކީ ބްރޯޑްކޮމް: ޝިފާޒް

ދިވެހި މީޑިއާ އަށް އޮތް އެންމެ ބޮޑު ބިރަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރޭ ވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2017 36
މައުމޫނަށް ފުރައްސާރަކުރުން މައްސަލައަކަށް ނުވި!

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިންތިހާ ދަރަޖަ އަށް މަލާމާތާއި ފުރައްސާރަކޮށް ޗެނަލް 13 އިން ލަވައެއް ދެއްކުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައަކަށް ނުވި އެވެ.