18 ޖޫން

June 18, 2017 30
ބޭރުގެ ކޮންޓެންޓްތަކަށް އިމްތިޔާޒެއް ނުލިބޭ: ބްރޯޑްކޮމް

ބޭރުގެ މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި ރިޕޯޓްތަކުގެ ވާހަކަތައް ދެއްކުމާއި ގެނެސް ދިނުމަކީ އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އިމްތިޔާޒް ލިބިގެންވާ ކަމެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

15 ޖޫން

June 15, 2017 36
ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކޮމް: ނާޝިދު

ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ކުރިން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެތަނުގެ ޒިންމާ އަދާކުރަންޖެހޭނެ ކަމަށް ވިދާޅުވެ މީޑިއާ ނެޓުގެ އެގްޒެކްޓިވް...

June 15, 2017 68
މީޑިއާނެޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓު، ރީބްރޯޑްކާސްޓް...

04 މެއި

May 04, 2017 30
އެއް މިލިޔަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މިއަދު ދައްކައިފި އެވެ.

03 މެއި

May 03, 2017 19
މީޑިއާގެ ބެލެނިވެރިން ނޫސްވެރިކަން ރަށްމެދުކޮށްފި

މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ މެއި 3 ވަނަ ދުވަހެވެ. މިއީ ނޫސްވެރިކަމުގެ ދުވަހެއް ނުވަތަ ނޫސްވެރިންގެ ދުވަހެއް ވެސް ނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

26 އެޕްރީލް

April 26, 2017 8
ދިއެފްއެމް އަހަރެމެންނަށް އަލްވަދާއު ކިޔައިފި

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ރަސްމީކޮށް ލިބިގެން ރާއްޖޭގައި ޚިދުމަތް ދޭން ފެށި އަމިއްލަ ފުރަތަމަ ރޭޑިއޯ ސްޓޭޝަން، ދިއެފްއެމްގެ ރަޖިސްޓްރީ، އެތަނުން އެދިގެން ބާތިލްކޮށް، ދިވެހިންނަށް އަލްވަދާއު ކިޔައިފި އެވެ.

18 އެޕްރީލް

April 18, 2017 32
އުމަރުގެ އަބުރާ ބެހުނު މައްސަލަ ބްރޯޑްކޯމް އިން ބަލަނީ

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

15 އެޕްރީލް

April 15, 2017 28
އަބުރުގެ މައްސަލާގައި އިތުރުބަޔަކު ޒިންމާވާންޖެހޭ: އާލާ

ރާއްޖެ ޓީވީން މީހެއްގެ އަބުރާ ބެހުނު ކަމަށް ބުނެ، އެ ސްޓޭޝަންގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކަން ހިނގި ގޮތް އޮޅުންފިލުވުމަށް އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށާއި މިއީ ހަމަ އެކަނި އާލާ ޒިންމާވާންޖެހޭ...

14 އެޕްރީލް

April 14, 2017 30
ޖޫރިމަނާކުރި ނޫސްވެރިޔާ އަށް ދައުވާކުރަން ފޮނުވައިފި

ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން ޖޫރިމަނާކުރި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

13 އެޕްރީލް

April 13, 2017 26
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.

ދައުލަތުގެ އެކި މުއައްސަސާތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރާތީ، ހުޅުވާފައިވާ "އަބުރު ފަންޑް" އަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލްޣަފޫރު މޫސާ 100،000ރ. ހަދިޔާކުރައްވައިފި އެވެ.

12 އެޕްރީލް

April 12, 2017 3
ނޫސްވެރިކަމުގެ ކަންބޮޑުވުންތައް ބްރޯޑްކޮމަށް

ނޫސްވެރިކަން ކުރުމުގައި ދިމާވާ ކަންބޮޑުވުންތައް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ހަތަރު ރައީސަކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

11 އެޕްރީލް

April 11, 2017 4
މީޑިއާގެ ދިފާއުގައި އެމްއެމްސީގެ ކުރީގެ ހަތަރު ރައީސުން

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ހަތަރު ރައީސަކު އިގުރާރެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

10 އެޕްރީލް

April 10, 2017 11
ބްރޯޑޮކޮމް އިން މީޑިއާތަކާ މެދު ތަފާތުކުރޭ: ޓީއެމް

ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއަޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

09 އެޕްރީލް

April 09, 2017 60
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދިވެހި ތާރީޚުގައި ވެސް މީޑިއާއަކަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އަދަބެވެ. އެހެން މައްސަލައަކާ ގުޅިގެން އައި 250،000ރ. ގެ ޖޫރިމަނާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް...

07 އެޕްރީލް

April 07, 2017 19
ނިޒާރުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީ އަށް

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ތެރެއިން އެއް މަހުގެ މުސާރައިން 50،000ރ. ރާއްޖެ ޓީވީގެ "އަބުރު ފަންޑް" އަށް ހަދިޔާ ކުރުމަށް ނިންމަވައިފި އެވެ.

06 އެޕްރީލް

April 06, 2017 10
ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ...

April 06, 2017 74
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީ އަށް ކުރިން އައި 250،000ރ. ޖޫރިމަނާ މިއަދު ދައްކާފައި ވަނިކޮށް، އެހެން މައްސަލައެއްގައި އެއް މިލިއަން ރުފިޔާ އިން އެތަން ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން...

05 އެޕްރީލް

April 05, 2017 27
ޓީވީއެމާއި ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި

ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި...

21 މާޗް

March 21, 2017 18
އެމްބީސީއަށް ބާރު ދިނީ ބިރު ދައްކާކަށް ނޫން: އަމީތު

މީޑިއާތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާ ހަވާލުކުރީ ބިރު ދައްކަން ނޫން ކަމަށް ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު...

March 21, 2017 39
ޓެރަރިޒަމަށް ހިތްވަރު އެބަދޭ، ފިޔަވަޅު އަޅާނަން

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ފޮނުވަމުންދާ ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިއަދު ދީފި އެވެ.

13 މާޗް

March 13, 2017 20
ހަމަހަމަ ފުރުސަތު ޕީއެސްއެމުން ނުދޭތީ އޭސީސީ އަށް

އަންނަ މަހުގެ 15 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، ކެމްޕެއިން ކުރުމުގެ ފުރުސަތު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނުދޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެމްޑީޕީން މައްސަލަ ހުށަހަޅައިފި އެވެ.

10 މާޗް

March 10, 2017 47
ރާއްޖެ ޓީވީން "އަބުރު ފަންޑު" ހުޅުވައިފި

ރާއްޖެ ޓީވީ އާއި އެތަނުގެ ނޫސްވެރިން ޖޫރިމަނާ ކުރަމުންދާތީީ "އަބުރު ފަންޑު"ގެ ނަމުގައި އެ ސްޓޭޝަނުން މިއަދު ފަންޑެއް ހުޅުވައިފި އެވެ.

07 މާޗް

March 07, 2017 18
ރާއްޖެ ޓީވީ އާއި ނޫސްވެރިއަކަށް ބޮޑު ޖޫރިމަނާއެއް

ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއް ލިޔެގެން، މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.