06 އެޕްރީލް

April 06, 2017 1
މަހުލޫފް އެޑްމިޓްކުރީ އިންޖެކްޝަން ޖަހަން

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އައިޖީއެމްއެޗްގައި މިއަދު މެންދުރު ފަހު އެޑްމިޓް ކުރީ އޭނާ އަށް މަހަކު އެއްފަހަރު ޖަހަންޖެހޭ އިންޖެކްޝަނެއް ޖަހަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

04 އެޕްރީލް

April 04, 2017 21
ޖަލު ހުކުމެއްގައި ހުރި ހާމިދު ކައިވެންޏެއް ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރާ ހާމިދު އިސްމާއިލް ކައިވެންޏެއް ކޮށްފި އެވެ.

29 މާޗް

March 29, 2017 27
މަހްލޫފަށް ޖަލުން ދޭ އިނާޔާތްތައް ކަނޑާލައިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވާ ކަމަށް ބުނެ، އޭނާ އަށް މާފުށީ ޖަލުން ދޭ އިނާޔަތްތައް އެއް މަސް ދުވަހުގެ މުއްދަތަށް ކަނޑާލައިފި އެވެ.

26 މާޗް

March 26, 2017 15
މަހްލޫފަށް ނުހައްގުން ދޭ އަނިޔާ ހުއްޓާލަން ގޮވާލައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ނުހައްގުން ދެމުން އަންނަ އަދަބާއި އަނިޔާތައް ހުއްޓާލައި، އޭނާ މިނިވަންކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

24 މާޗް

March 24, 2017 14
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

22 މާޗް

March 22, 2017 6
މަހްލޫފް އިންޑިއާއަށް ފުރަން ހުއްދައެއް ނުދިން: އާއިލާ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، ބޭސްފަރުވާ އަށް ތިން ވަނަ ފަހަރަށް އިންޑިއާ އަށް ފުރާވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދާފައިވާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

16 މާޗް

March 16, 2017 1
ގައިދީންގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި

ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރޭ ވައިރަލް ހުމާއެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންގެ އާއިލީ ބައްދަލުވުންތައް ވެސް މެދުކަނޑާލައިފި އެވެ.

13 މާޗް

March 13, 2017 12
އަދީބު ހޮހޮޅައިގައި އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ދޮގުކޮށްފި އެވެ.

10 މާޗް

March 10, 2017 15
އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކު ރައްވަމުން ގެންދަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ހަފުތާގައި ދޫނިދު އަށް ބަދަލުކުރީ ޖަލުން ފިއްލަވަން އުޅުއްވުމުން ނޫން ކަމަށާއި...

March 10, 2017 23
ގައިދީންނަށް އިހުމާލުވާ ތުހުމަތު: ހަގީގަތަކީ ކޮބާ؟

ޖަލުގައި ބައިތިއްބާ ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ބޮޑެތި "ޖަރީމާތަކެއް" ހިންގާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެކެވެ. ބައެއް މީހުންނަށް އެ...

09 މާޗް

March 09, 2017 9
އަދީބު ދޫނިދޫއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2017 7
ކުރީގެ ޕީޖީ މުހްތާޒު އޭޑީކޭގައި އެޑްމިޓްކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) މުހްތާޒު މުހްސިން އޭޑީކޭގައި އިއްޔެ އެޑްމިޓްކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2017 8
ބޭސްފަރުވާއަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގެންފި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، ބޭސްފަރުވާއަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

23 ފެބުރުއަރީ

February 23, 2017 27
އަދީބު ހުންނަވަނީ ހޮހޮޅައެއްގައެއް ނޫން: ކަރެކްޝަންސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވި ވާހަކަ ކަރެކްޝަނަލް ސާވިސްއިން މިއަދު ދޮގުކޮށްފި އެވެ.

20 ފެބުރުއަރީ

February 20, 2017 5
މަހްލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރަނީ

ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ބޭސްފަރުވާ އަށް މާދަމާ އިންޑިއާ އަށް ފުރަން ނިންމާފައިވާ ކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2017 66
އަދީބު އޮންނެވީ ކޮންކްރީޓް ހޮހޮޅައެއްގައި: މަހްލޫފް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލާފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އިއްޔެ ވިދާޅުވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2017 6
އާއިލާ އިން ޖަލަށް ތަކެތި ގެންދިއުން މަނާކޮށްފި

ޖަލުގައި ތިބޭ މީހުންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާއިން ދާއިރު، ގައިދީންނަށް އެއްޗެހި ގެންދިއުން ކަރެކްޝަނަލް ސާވިސަސް އިން މަނާކޮށްފި އެވެ.

16 ޖެނުއަރީ

January 16, 2017 8
ކަރެކްޝަނަލްގެ މުވައްޒަފުންގެ ޗުއްޓީއަށް 50 ދުވަސް

ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި 50 ދުވަސް ދިނުމަށް ނިންމައި ވަޒީފާއާބެހޭ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.

21 ޑިސެމްބަރ

December 21, 2016 8
ފަރުވާ އަށް ފަހު މަހްލޫފް އެނބުރި ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާ އަށް ފަހު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

07 ޑިސެމްބަރ

December 07, 2016 3
މި އަހަރު 80 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލައިފި

ޕެރޯލްގެ ދަށުން މި އަހަރުގެ މިހާތަނަށް 80 އަށް ވުރެ ގިނަ ކުށްވެރިން ދޫކޮށްލާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

04 ޑިސެމްބަރ

December 04, 2016 16
މަހްލޫފް ބޭސްފަރުވާ އަށް ބޭރަށް ދާން ހުއްދަ ދީފި

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ބޭސްފަރުވާއަށް އިންޑިއާ އަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.