23 އޮކްޓޯބަރ

October 23, 2018 40
ހަސަން ސައީދާ މެދު ކަން ކުރަނީ އިހާނެތިކޮށް: އާއިލާ

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ ހަސަން ސައީދާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިހާނެތިކޮށް އަމަލުކުރަމުންދާ ކަމަށް ބުނެ އޭނާގެ އާއިލާ އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2018 42
ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2018 10
ބޭސްފަރުވާ އަށް ނާޒިމް ރާއްޖެއިން ބޭރަށް ފުރައިފި

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާ އަށް މިރޭ ރާއްޖެ އިން ބޭރަށް...

October 04, 2018 12
ނާޒިމް ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ،...

30 ސެޕްޓެމްބަރ

September 30, 2018 97
މައުމޫން، ކަފާލާތުގެ ދަށުން މިނިވަންކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދެންމެ މިނިވަންކޮށްފި އެވެ.

September 30, 2018 13
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް

ރައީސް އަބްދުﷲ ޔާމީންގެ އަޅުންގެ ގޮތުގައި މަސައްކަތް ނުކޮށް، ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ އަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު...

27 ސެޕްޓެމްބަރ

September 27, 2018 17
ކަރެކްޝަނަލް ސާވިސްގެ ވެރިޔާގެ މައްސަލަ ޕޮލިހަށް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެލްޝަނަލް ސާވިސް (އެމްސީއެސް) ގެ ދަށުގައިވާ މެޑިކަލް ބޯޑުން ދީފައިވާ ލަފައާ އެއްގޮތަށް އެ އިދާރާގެ ވެރިޔާ އަހުމަދު ޝިހާން އަމަލު ނުކުރައްވައި، އެކަމަށް ހުރަސްއަޅުއްވާ ކަމަށް ބުނެ އޭނާގެ މައްސަލަ...

26 ސެޕްޓެމްބަރ

September 26, 2018 27
މިނިވަންކުރި މީހެއްގެ އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެ

ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން ޖަލުން މިނިވަންކުރި އިރު، އެކަށީގެންވާ ފަރުވާ ނުދެވިގެން ދެ ފައިގެ އިނގިލިތައް ގިރިފައި އޮތުމުން، އެ މީހާގެ ދެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2018 56
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް،...

September 25, 2018 101
"ބައްޕަ ދުނިޔޭގައި ހުރި ނަމަ މިނިވަން ވާނެ ދޯ؟"

ސިޔާސީ ކުށްވެރިން މިނިވަންކުރުމުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ރޭ ކުރިއަށް ދިޔަ އިރު އުފާފާޅުކުރަން އެއްވި މީހުންގެ ތެރޭގައި ހުރި ދެމަޔަކަށް ބައެއް މީހުންގެ ސަމާލުކަން...

20 ސެޕްޓެމްބަރ

September 20, 2018 10
ޣައިރު ހާޒިރުގައި ހުކުމްކުރި ގިނަ ބަޔަކަށް ލުއި ދީފި

ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ ބައެއްގެ އަދަބު ރައީސް އަބްދުﷲ ޔާމީން ލުއިކޮށް ދެއްވައިފި އެވެ.

17 ސެޕްޓެމްބަރ

September 17, 2018 6
މާފުށީ ޖަލު އޮތީ ކުއްލި ހާލަތެއްގައި: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ މާފުށީ ޖަލު މިއަދު ހެނދުނުން ފެށިގެން އޮތީ ކުއްލި ހާލަތެއްގައި ކަމަށް އެތަނުން ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 12
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަން ނުކޮށް، ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ "އަނިޔާގެ އިންތިހާ" ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 12
ކަރެކްޝަންސް ބައެއް ވެރިން އެކި ތަންތަނަށް ބަދަލުކޮށްފި

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް، ކަރެކްޝަނަލް ސާވިސްގެ ބައެއް ވެރިން އެކި ތަންތަނަށް ބަދަލު ކޮށްފި އެވެ.

September 15, 2018 4
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް މިއަދު ނިމިފައިވާތީ އޭނާ ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އެއްވެސް...

September 15, 2018 1
މޭޑޭ މުޒާހަރާއިން ހައްޔަރުކުރި ޒުވާނަކު މިނިވަންކޮށްފި

މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ޖަލަށްލި ޒުވާނަކު ޝަރުތުތަކާއެކު މިނިވަންކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 5
މައުމޫން މާލެ ގެނައީ ޓެސްޓެއް ހަދަން: ކަރެކްޝަންސް

ޖަލަށް ލާފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެންދިޔައީ ޓެސްޓެއް ހަދަން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

September 13, 2018 31
މައުމޫން، އައިޖީއެމްއެޗަށް ގެނެސްފި

ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެނެސްފި އެވެ.

28 އޯގަސްޓް

August 28, 2018 61
ގާސިމާއި ނަޝީދަށް ވޯޓު ލެވޭނީ ޖަލަށް: އިލެކްޝަންސް

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓުލައްވަން ޖެހޭނީ ޖަލު ފޮއްޓަށް ކަމަށް އިލެކްޝަންސް އިން މިއަދު ބުނެފި އެވެ.

26 އޯގަސްޓް

August 26, 2018 65
މައުމޫންގެ ލޮލުގެ ފަރުވާއަށް ޑރ. ޖުނައިދުގެ ތައުރީފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުށީ ޖަލުގައި ލޮލުގެ ފަރުވާ ދިނުމަށް، ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް ލޮލުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ޖުނައިދު ވަރަަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

25 އޯގަސްޓް

August 25, 2018 12
"މައުމޫންގެ ސިއްހީ ކަންކަމަށް އިހުމާލެއް ނުވަން"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ކަންކަން ބެލެހެއްޓުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މި ރޭ ބުނެފި އެވެ.

August 25, 2018 19
ހުކުމް ތަންފީޒުކޮށް ނިމި، ހާމިދު މިނިވަންވެއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ޖަލަށްލި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، މިއަދު...

24 އޯގަސްޓް

August 24, 2018 7
މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް

ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އިއްޔެ ދޫނިދޫ ޖަލަށް ގެންދިއުމަށް ފަހު، މިއަދު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

23 އޯގަސްޓް

August 23, 2018 18
މައުމޫން، މާފުށީ ޖަލުން ދޫނިދު އަށް ބަދަލުކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ފުލުހުންގެ ބެލުމުގެ ދަށަށް، ދޫނިދު އަށް މިއަދު ބަދަލުކޮށްފި އެވެ.

19 އޯގަސްޓް

August 19, 2018 4
މޭޑޭގެ ގައިދީގެ ހާލު ސީރިއަސްއެއް ނޫން: ކަރެކްޝަންސް

މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން، ފުލުހަކަށް ހަމަލާދިން މައްސަލަ ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އިބްރާހިމް ރަޝީދަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އައި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ.

18 އޯގަސްޓް

August 18, 2018 5
މޭޑޭގެ ގައިދީއަކު ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެނީ

އިދިކޮޅު ފަރާތްތަކުން މޭޑޭ ފާހަގަކުރަން 2015 ވަނަ އަހަރު ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ހައްޔަރުކުރި މީހަކު ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

12 އޯގަސްޓް

August 12, 2018 8
މަސްދުވަސްވިއިރު ވެސް މައުމޫން ރީ ރަޖިސްޓްރީއެއް ނުވޭ!

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ އިންތިޚާބުގައި ވޯޓު ލެއްވުމަށް މީގެ މަހެއްހާ ދުވަސް ކުރިން ރީ ރަޖިސްޓްރޭޝަންގެ ފޯމު ފުރުއްވާފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެމަނިކުފާނު ރަޖިސްޓްރީވެފައި ނުވާ ކަމުގެ ޝަކުވާ އާއިލާ އިން ކަރެކްޝަނަލް ސާވިސް އަށް ހުށަހަޅައިފި އެވެ.