04 ޖުލައި

July 04, 2020 10
ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް ނުކުމެއްޖެ

ރޭޕާ ދެކޮޅު ކަމަށާއި އެފަދަ މައްސަލަތަކާ ގުޅިގެން ފިލްމީ ދާއިރާ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން މިއަދު ބުނެފި އެވެ.

10 މާޗް

March 10, 2020 3
އެމްއެފްއޭ ފިލްމު އެވޯޑްސް އަށް ހުޅުވާލައިފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހަތަރު ވަނަ އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

01 މާޗް

March 01, 2020 4
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ

ފިލްމީ ދާއިރާ އަށް ހާއްސަ ޖަމިއްޔާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ބާއްވާ އެވޯޑް ހަފުލާ އަލުން ބާއްވަން ނިންމައި، އެވޯޑް ހަފުލާ އިންތިޒާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. އެ އެވޯޑު މި ބާއްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

07 ޖެނުއަރީ

January 07, 2020 1
"ޕްލޭން ބީ" މި އަހަރު ސިނަމާ އަށް

މީގެ ހަ އަހަރު ކުރިން ބެލުންތެރިންނަށް ގެނެސްދޭން ނިންމައި އެކަމަކު، އެކި ސަބަބުތަކާ ހެދި ރިލީޒް ނުކުރެވި އޮތް މާސްކޭ ސްޓޫޑިއޯސްގެ ފިލްމު "ޕްލޭން ބީ" މި އަހަރު ސިނަމާ އަށް އަށް ގެންނަން ނިންމައިފި އެވެ.

28 ޑިސެމްބަރ

December 28, 2018 8
އެމްއެފްއޭގެ ޗެއާއަކަށް މާސްކޭ، ނައިބަކަށް ނިއުމާ

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންއަކަށް ކެމެރާމަން ޝިވާޒް (މާސްކޭ) އަބްދުﷲ އާއި ނައިބަކަށް ބަތަލާ ނިއުމާ މުހައްމަދު އިންތިހާބުކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2018 6
އެމްއެފްއޭގެ ޗެއާއަކަށް ވާދަކުރަނީ ސީޒަނާއި މާސްކޭ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ ބޯޑަށް މެމްބަރުން ހޮވަން އިންތިހާބަށް ހުޅުވާލައި، ވާދަކުރަން ދިން ސުންގަޑި ހަމަވި އިރު އެކްޓަރު އަލީ ސީޒަނާއި ކެމެރާމަން ޝިވާޒް (މާސްކޭ) އަބްދުﷲ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައިފި އެވެ.

05 ޑިސެމްބަރ

December 05, 2018 5
ފިލްމު އެސޯސިއޭޝަންގެ އިންތިހާބު ބާއްވަނީ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ އިންތިހާބު މި މަހު 27 ގައި ބާއްވަން ނިންމައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 1
އެމްއެފްއޭ ފިލްމް އެވޯޑްސް ނުބޭއްވި އަހަރު ނިމެނީ

މިދިޔަ އަހަރު ބާއްވަން އުޅެފައި، މި އަހަރަށް ފަސްކުރި އެވޯޑް ހަފުލާ މި އަހަރު ވެސް ބޭއްވޭނެކަން ކަށަވަރެއް ނުވޭ.

03 އޯގަސްޓް

August 03, 2017
ނޫރު ފީޗާ ފިލްމެއްގެ ޑައިރެކްޝަނަކަށް އަދި ތައްޔާރެއް ނޫން

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގެ ވަނަތައް ބެހިގެން ދިޔަ ގޮތަށް ބަލާ އިރު، ޕްރޮޑިއުސަރު ހުސައިން ނޫރައްދީން (ނޫރު) އަކީ އެންމެ ބޮޑު އުލަފެއް ލިބުނު އެކަކަށް ވާނެ އެވެ. އޭނާ ވަޒީފާ އަދާކުރާ ސްޓެލްކޯގެ ޑްރާމާ "ކަޅާއި ހުދު" އަށް އެންމެ މޮޅު ޑްރާމާގެ އެވޯޑާ އެކު، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ވަނީ ލިބިފަ އެވެ.

18 ޖުލައި

July 18, 2017 4
އަހަރުގެ އެންމެ ބޮޑު ސްޓާރަކީ އަހަރެން: ސައީދު

މި ވާހަކައެއް މާ ގިނަ ބަޔަކު ގަބޫލުނުކޮށްފާނެ އެވެ. އޭގެ އެއް ސަބަބަކީ، އަހުމަދު ސައީދު، އަހުމަދު ސައީދަށްވުމެވެ. އަނެއް ސަބަބަކީ މި ވާހަކައެއް މި ދައްކަނީ ދިވެހި ސިނަމާގެ އެންމެ ވަރުގަދަ "ވިލަން" ކަމުގައިވުމެވެ.

13 އެޕްރީލް

April 13, 2017 3
އެމްއެފްއޭ ފިލްމް އެވޯޑް ރޯދައިގެ ފަހުން ބާއްވަނީ

ފާއިތުވި ތިން އަހަރު ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލައި، ރޯދައިގެ ފަހުން އެވޯޑް ހަފުލާ ބާއްވަން ނިންމަިއފި އެވެ.

23 ފެބުރުއަރީ

February 23, 2017 8
އެމްއެފްއޭއަށް މަޖިލީހުގެ ތިން މެންބަރުންގެ ކޮމިޓީއެއް

މޯލްޑިވިސް ފިލްމް އެސިސިއޭޝަން (އެމްއެފްއޭ) ގެ ބޯޑާ ގުޅިގެން، ފިލްމީ ދާއިރާ ކުރިއަރުވައި ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ހިމެނޭ ކޮމިޓީއެއް އެމްއެފްއޭ އިން އެކުލަވާލައިފި އެވެ.

22 ޖެނުއަރީ

January 22, 2017 5
އެމްއެފްއޭގެ ވައިސް ޗެއާއަކަށް މުއާ

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ވައިސް ޗެއާޕާސަންއަކަށް ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރަކަށް ހުންނެވި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2016 6
ނަހުލާ އާއި މުއާ، އެމްއެފްއޭގެ މަގާމަށް ވާދަކުރަނީ

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހުސްވެފައިވާ ވައިސް ޗެއާޕާސަންގެ މަގާމަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އާއި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިކް ކޯޑިނޭޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ކުރިމަތިލައިފި އެވެ.

19 ނޮވެމްބަރ

November 19, 2016
ފިލްމު އެސޯސިއޭޝަންގެ ބައި-އިލެކްޝަން އަންނަ މަހު

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އަށް ތިން މެމްބަރަކު އިންތިހާބުކުުރުމަށް ބައި-އިލެކްޝަނަކަށް ފުރުސަތު ހުޅުވާލައި، އަންނަ މަހުގެ 10 ގައި އިންތިހާބު ބާއްވަން ނިންމައިފި އެވެ.

25 އޮކްޓޯބަރ

October 25, 2016 6
ފިލްމު އެސޯސިއޭޝަން ނުހިނގާތީ ޕެޓިޝަނެއް ހުށަހަޅައިފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ނުހިނގާތީ އާއި އެސޯސިއޭޝަންގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ 23 މެމްބަރަކު ސޮއިކޮށް އެމްއެފްއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޖުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ޕެޓިޝަނެއް...

07 އޯގަސްޓް

August 07, 2016 1
އެމްއެފްއޭ އެވޯޑް ހަފުލާ އޮކްޓޯބަރު މަހު

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ހަތަރު ވަނަ އެވޯޑް ހަފުލާ އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފި އެވެ.

04 އޯގަސްޓް

August 04, 2016 33
"ފިލްމު ހެދުން ހުއްޓާލާށޭ ލިޔޭ. އޭރުން ހުއްޓާލާނަން"

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މިހާރު އޮތީ ފިލްމެއް ހެދޭނެ ގޮތަށް ނޫން ކަމަށާއިި މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ފިލްމީ ދާއިރާ މުޅިން ހުއްޓިގެން ދާނެ ކަމަށް ފިލްމު އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.