10 ޖޫން

June 10, 2018 13
ބެޑްމިންޓަނުން ދެ ރިހި މެޑަލް ހާސިލްކޮށްފި!

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ރިހި މެޑަލް ހޯދައިފި އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގައި ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

09 ޖޫން

June 09, 2018 9
ދެ އިވެންޓަކުން ރާއްޖެ ފައިނަލަށް، ބޮޑު ކާމިޔާބެއް!

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ. އެއީ އަންހެން ޑަބަލްސް އާއި މިކްސް...

June 09, 2018 2
ތިން އިވެންޓަކުން ރާއްޖެ ކުއާޓާ އަށް

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުން ތިން އިވެންޓަކުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

08 ޖޫން

June 08, 2018 3
މޮރިޝަސް މުބާރާތުގައި ރާއްޖެ އަށް ރަނގަޅު ފެށުމެއް

އިއްޔެ ފެށި މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިން ކުޅުނު މެޗުތަކުން މޮޅުވެ ފެށުން ރަނގަޅު ކޮށްފި އެވެ.

02 ޖޫން

June 02, 2018 19
ޒަޔާން ނުލާ ގައުމީ ޓީމު މޮރިޝަސް މުބާރާތަށް

މިދިޔަ އަހަރުގެ މޮރިޝަސް ބެޑްމިންޓަން ސީރީސް އިން ލޯ މެޑަލް ހޯދައި ތާރީހުގެ ތެރެއިން ޖާގަ ހޯދި ގައުމީ ބެޑްމިންޓަން ސިންގަލް ޗެމްޕިއަން ޒަޔާން ޒަކީ ނުހިމަނައި، ގައުމީ ޓީމުން މި އަހަރުގެ މޮރިޝަސް މުބާރާތަށް ދިއުމަށް ފުރައިފި އެވެ.

04 މެއި

May 04, 2018 1
ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ބެޑްމިންޓަނަށް ކުރިއެރުން

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދާދި ފަހުން އާންމުކުރި ރޭންކިންގައި ރާއްޖޭގެ ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

08 ޑިސެމްބަރ

December 08, 2017 2
އޯޕަން އިވެންޓަކުން ރާއްޖެ އަށް ފުރަތަމަ ރިހި މެޑަލް!

އިންޑިއާގެ ގުވަހާޓީގައި މިއަދު ނިމުނު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓައި ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު...

December 08, 2017 1
ނަބީހާ އާއި ނަބާހާ ފައިނަލަށް، ތާރީހީ ކާމިޔާބެއް

އިންޑިއާގެ ގުވަހާޓީގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުގެ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ...

14 އޮކްޓޯބަރ

October 14, 2017 3
ނިބާލާއި އަރްސަލާން ދުނިޔޭގެ ބެޑްމިންޓަން މުބާރާތަށް

މި މަހު 16 އިން 22 އަށް އިންޑޮނޭޝިއާގައި އޮންނަ ބެޑްމިންޓަން ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ބެޑްމިންޓަން ޓީމުގެ ދެ އުއްމީދީ ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާން އެ ގައުމަށް ފުރައިފި އެވެ.

01 ޖުލައި

July 01, 2017 1
ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް އޮކްޓޯބަރުގައި

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތް މެދުކެނޑުމަކަށް ފަހު މި އަހަރުގެ އޮކްޓޫބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

18 ޖޫން

June 18, 2017 4
ސެމީން ބަލިވިޔަސް ބެޑްމިންޓަން ފިޔަވަޅެއް ކުރިއަށް

މޮރިޝަސްގައި ކުރިއަށްދިޔަ ބެޑްމިންޓަން ސީރީސްގެ ސެމީ ފައިނަލުގެ ދެ އިވެންޓަކުން ރާއްޖޭގެ ތިން ޕެއާ ވާދަކޮށް ބަލިވި ނަމަވެސް ގައުމީ ބެޑްމިންޓަން ޓީމު މި މުބާރާތުން އެއް ފިޔަވަޅު ކުރިއަށް ޖެހިލައިފި އެވެ.

17 ޖޫން

June 17, 2017 3
ދެ އިވެންޓަކުން ގައުމީ ބެޑްމިންޓަން ޓީމު ސެމީ އަށް

މޮރިޝަސްގައި ކުރިއަށްދާ ބެޑްމިންޓަން ސީރީސްގެ ދެ އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) މުބާރާތެއްގެ ސެމީ ފައިނަލުން ފުރަތަމަ...

June 17, 2017 3
ތިން އިވެންޓަކުން ގައުމީ ބެޑްމިންޓަން ޓީމު ކުއާޓާ އަށް

މޮރިޝަސްގައި ކުރިއަށްދާ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ތިން އިވެންޓެއްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

16 ޖޫން

June 16, 2017 4
އަޖުފާނާއި ނިބާލް އަށް އުއްމީދީ ފެށުމެއް

މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު ކޮލިފައިން މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

23 އެޕްރީލް

April 23, 2017
ބެޑްމިންޓަން އޭޝިއާ މުބާރާތުގައި މައިސާ ވާދަކުރަނީ

އަންނަ ބުދަ ދުވަހު ޗައިނާގައި ފަށާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ އުއްމީދު ބެޑްމިންޓަން ކުޅުންތެރިއާ މައިސާ ފަތުހުﷲ އަށް ލިބިއްޖެ އެވެ.