05 މާޗް

March 05, 2020 3
މަޑުއްވަރީ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ދައުވާ

ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިިންގި އޮޕަރޭޝަންގެ ތެރެއިން ރ. މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

17 ޑިސެމްބަރ

December 17, 2019 31
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ

މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ބައިއަތު ހިފައި ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިން ކުރިއަށް އޮތް ހަތް މަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2019 24
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް

ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާގައި ހުރި ދިވެއްސަކު، އައިއެސްގެ ޕްރޮޕެގަންޑާ ފަތުރާ މީޑިއާއަކަށް ދިން އިންޓަވިއުއަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރެއް ދެއްވައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 48
ހަނގުރާމައިން ގެންނަ މީހުންނަށް ފަރުވާ ދޭ ތަން ހަދަނީ

ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރާ މަރުކަޒެއް ކ. ހިންމަފުށީގައި ހަދަން ފަށައިފި އެވެ.

23 އޮކްޓޯބަރ

October 23, 2019 53
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ އިސް މީހަކު މިރޭ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2019 14
ރާއްޖެ އަތުން ސީރިއާ އަށް އުނދަގޫ މޮޅެއް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އޭޝިއާގެ ގަދަބާރު ސީރިއާ އިން އެކަކު މަދުކޮށް ރާއްޖެ އަތުން އުނދަގުލުން، ހަނި ގޮތަކަށް 2-1 އިން މޮޅުވެއްޖެ އެވެ.

14 ސެޕްޓެމްބަރ

September 14, 2019 9
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެނގި ހުރެ، އެކަން އިންޓަލިޖެންސް އިދާރާތަކާ ހިއްސާ ނުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ މީހުންނަށް ބޮޑު ޖަލު ހުކުމެއް ދެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2019 48
"އަނދިރި ދައުލަތު"ގެ ވާހަކަ ނަޝީދުގެ ދޫފުޅުން

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން "އަނދިރި ދައުލަތެއް" ހިންގާ ކަމަށް ސިފަކުރައްވައި އެމީހުންގެ ބިރުވެރި ވާހަކަތަކެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

04 ޖުލައި

July 04, 2019 50
ސީރިއާގައި ހާލުގައި ޖެހުނު ދިވެހިން ގެންނާނަން: ރައީސް

ސީރިޔާގެ ހަނގުރާމަ އަށް ފަހު، އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

05 ޖޫން

June 05, 2019 23
އައިއެސްއަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މަައްސަލައެއް

ހަނގުރާމަވެރި އައިއެސް ޖަމާއަތަށް ތާއީދުކޮށް، އައްޑޫ ހިތަދޫގައި ގްރެފިޓީ ކުރެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

19 މެއި

May 19, 2019 101
ސެނަނަޔަކަ ދެއްކެވި ވާހަކައިގެ ހަގީގަތް ސާފުވާން ޖެހޭ

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް، ސްރީ ލަންކާގެ މަގުން ދިވެހިން ދާ ކަމަށް ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވެފައިވާއިރު، އެ ވާހަކަތަކުގެ ހަގީގަތް ސާފުވާނެ ބަޔާނެއް ނެރުމަށް ރާއްޖެ އިން މިއަދު އެދިއްޖެ އެވެ.

30 އެޕްރީލް

April 30, 2019 123
އެންމެ މުހިންމީ މުގައްރަރު އިސްލާހުކުރުން: ނަޝީދު

އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގުބަލް ސަލާމަތް ކުރަން މި ވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލްތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް...

April 30, 2019 47
ސީރިއާގައި ތިބި ދިވެހިން ކަމަށް ބުނާ ލިސްޓެއް!

ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް...

20 ފެބުރުއަރީ

February 20, 2019 76
ހުވަފަތްވި ހަ މީހަކު އެނބުރި ރާއްޖެ އަންނަން ބޭނުން

ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަަށް ގޮސް މަރުވެފައިވާ ބައެއް މީހުންގެ އަނބި ދަރިން އެނބުރި ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފި އެވެ.

19 އޯގަސްޓް

August 19, 2018 20
ދިވެހިންތަކެއް ސީރިޔާ ސިފައިންގެ ބެލުމުގެ ދަށަށް

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ބަޔަކު އެ ގައުމުގެ ރައީސް ބައްޝާރު އަލް އަސަދުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

24 ޖުލައި

July 24, 2018 20
މަރާލި ޒުބޭރު ސީރިއާއަށް ދިޔައީ އާއިލާ ވެސް ގޮވައިގެން

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލި އަހުމަދު ޒުބައިރު، އެ ގައުމަށް ދިޔައީ އޭނާގެ ދެ ދަރިންނާއި އަނބިމީހާ ވެސް ގޮވައިގެން ކަމަށް ރާއްޖޭގެ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިރޭ ބުނެފި އެވެ.

July 24, 2018 5
ސީރިއާ އަށް ދާން އުޅުނު މީހަކު މާލޭ ބަންދަށް

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ޖަލު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އަމުރު ކޮށްފި އެވެ.

July 24, 2018 82
ދިވެހިން ބައިވެރިވެގެން ދިވެއްސެއްގެ ބޯ ކަނޑާލައިފި

ޖިހާދު ކުރުމުގެ ނަމުގައި ސީރިޔާ އަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު، އެ ޖަމާއަތާ އިދިކޮޅު...

07 ޖޫން

June 07, 2018 11
ސީރިޔާ ހަނގުރާމައަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފި

ސީރިއާގައި ކުރާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ފުރަން އުޅުނު ދިވެހި ފިރިހެނަކު، އިތުރު ބަޔަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ހައްޔަރުކޮށްފި އެވެ.

17 އެޕްރީލް

April 17, 2018 11
ހަމަލާ ދޭން އުޅުނީ ކޮން ތަނަކަށްކަން ބުނެއެއްނުދެވުނު!

ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލައެއް ދޭން އުޅުނީ ކޮން ތަނަކު ކަމެއް ދައުލަތަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެއެއް ނުދެވުނެވެ.

15 ޖެނުއަރީ

January 15, 2018 21
ހަނގުރާމައަށް ދާ ދިވެހިންގެ އަދަދު އިތުރުވެއްޖެ

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާ ދިވެހިންގެ އަދަދު އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2017 29
ސީރިއާގެ ހަނގުރާމައަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2017 13
މެލޭޝިއާގައި ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި

ހަނގުރާމައަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން އެ ގައުމުން ހައްޔަރުކުރި ދެ ދިވެހިން ރާއްޖެ ގެނެސްފި އެވެ.