05 ޑިސެމްބަރ

December 05, 2019 16
މާރުކޭޓު ތިން ބުރިއަށް: ކައުންސިލަރުން ވާނުވާގައި!

ދަތުރުވެރިންގެ މާރުކޭޓު މަރަމާތު ކުރުމަށް ބަންދު ކުރިތާ ތިން މަސް ވެފައިވާއިރު މާރުކޭޓުގެ މަސައްކަތްތައް މިވަނީ މަޑުޖެހިފަ އެވެ. މިކަމާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި މާރުކޭޓުގައި ކުރިން ވިޔަފާރި ކުރި މީހުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ސިޓީ ކައުންސިލް އަދިވެސް އޮތީ އެތެރޭގެ ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ކައުންސިލްގެ...

27 ނޮވެމްބަރ

November 27, 2019 30
ނަޝީދު، މާރުކޭޓު މައްސަލައިގެ ތެރެއަށް ވަދެވަޑައިގެންފި

ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅި ދޫކުރާނެ ގޮތާއި ހަދާނެ ގޮޅީގެ އަދަދާ މެދު މާލޭ ސިޓީ ކައުންސިލްގެ ތެރޭގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފައި ވަނިކޮށް، އެ މައްސަލަ ހައްލުކުރައްވަން، ކުރީގެ ރައީސް އަދި ރަައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަަސައްކަތް ފައްޓަވައިފި އެވެ.

21 ނޮވެމްބަރ

November 21, 2019 37
އައިޖީއެމްއެޗް ސަރަހައްދުގައި ދުންފަތް މަނާކުރާނެ

މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ ފުރަތަމަ މަނާކުރާނީ އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

19 ނޮވެމްބަރ

November 19, 2019 33
ކޮމިޓީގައި ސިޓީ ކައުންސިލްގެ މެމްބަރުން ހޫނު ޒުވާބަކަށް

ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ މެދު އުފެދިގެން އުޅޭ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް މިއަދު ހާޒިރުކުރުމުން އެ ކައުންސިލަރުންގެ މެދުގައި ހޫނު ޒުވާބެއް ކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2019 36
އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

10 ނޮވެމްބަރ

November 10, 2019 12
ނިންމުމާ ޚިލާފަށް ގޮޅި ދޫކުރަން އުޅޭ ކަމުގެ ތުހުމަތު!

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ދަތުރުވެރިންގެ މާރުކޭޓަށް ބަދަލު ގެނައުމުގެ މަސައްކަތް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

30 އޮކްޓޯބަރ

October 30, 2019 30
އުޅެނީ އަގުވައްޓާލަން، ކޮރަޕްޝަނެއް ނުހިންގަން: ޝިފާ

ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ޕާކް ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ކުރައްވާ ތުހުމަތުތައް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ދޮގުކުރައްވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2019 46
"ކޮރަޕްޝަން ފޮރުވަން ލިޔެކިޔުމަށް ބަދަލު އެބަގެނޭ"

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2019 31
އެއްބަސްވުމެއް ނެތި 2 މިލިއަން ރުފިޔާގެ މަސައްކަތެއް

ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން މިހާރު ހަދަމުން އަންނަ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަަމަށް ސިޓީ ކައުންސިލްގެ މެމްބަރަކު ތުހުމަތު ކުރައްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2019 29
ކާރުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ

ހަމައެކަނި ކާރު ޕާކު ކުރުމަށް ހުޅުމާލޭގައި ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީ ކުރުމަށް، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

21 އޯގަސްޓް

August 21, 2019 6
މާލެ ސިޓީ ކައުންސިލުން ނައިބު ރައީސާ ބައްދަލުކޮށްފި

މާލެ ތަރައްގީކުރުމުގައި ދިމާވާ މައްސަލަތައް ނައިބު ރައީސް ފައިސަލް ނަސީމާ، މާލެ ސިޓީ ކައުންސިލުން މިއަދު ހިއްސާކޮށްފި އެވެ.

12 އޯގަސްޓް

August 12, 2019 51
މަހަކު އެއް ދުވަހު ފައިމަގުގައި ނޫޅެވޭނެތަ؟

މަހަކު އެއް ފަހަރު، ވަކި ގަޑިތަކެއްގައި މާލޭގެ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ހަދަން ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން އިއުލާނުކުރުމާ އެކު އާއްމުންގެ ހިޔާލު ދެ ބައިވި އެވެ. އެއް ބަޔަކު ބުނަނީ މާލޭގައި ހިނގާފައި ނޫޅެވޭނެ ކަމަށެވެ. ދާން ޖެހޭ ތަންތަން ދުރުވެފައި، މާލޭގައި ބައި ގިނަ ވުމުގެ ސަބަބުން...

28 ޖުލައި

July 28, 2019 47
ވެހިކަލް ނުދުއްވާ ދުވަހެއް ކަނޑައަޅަން މަޝްވަރާކުރަނީ

ކޮންމެ މަހެއްގެ ވެސް އެއް ދުވަހު، މާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް ކަނޑައެޅުމަށް މަޝްވަރާ ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

16 މެއި

May 16, 2019 15
"ވޯޓާ ސޭފްޓީ" ބޯޑުތައް ހުޅުމާލޭގައި ބަހައްޓައިފި

މޫދަށް އެރި އުޅޭ އިރު ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރަން ޓޫރިޒަމް މިނިސްޓްރީން ފެށި ޕްރޮގްރާގެ ދަށުން، މޫދަށް އެރެން ރައްކާތެރި ސަރައްދުތައް އަންގައިދޭ ބޯޑުތައް ހަރުކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށް ހުޅުމާލޭގައި ބޯޑުތައް ހަރުކޮށްފި އެވެ.

10 މެއި

May 10, 2019 40
އިސްލާމީ މަރުކަޒަށް ހާއްސަ ޕާކިންއެއް ހަދަނީ

އިސްލާމިކް މަރުކަޒަށް ނަމާދަށް ދާ މީހުން، އެ މިސްކިތުގެ ގޯތި ތެރޭގައ ހުރި މާބުލްތައް މަތީ ވެހިކަލް ޕާކްކުރާތީ އެކަން ހުއްޓުވުމަށް އެ ސަރަހައްދުގައި ވަގުތީ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

08 މެއި

May 08, 2019 29
ހަތަރު ފުރޮޅުލީ އުޅަނދަށް މާފަންނުއާގޭގައި ޕާކިން ޒޯން

މާފަންނުއާގޭގެ ބައެއް ތަޅާލައި، އެ ތަނުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ހާއްސަ ޕާކިން ޒޯނެއް ހަދަން ފަށައިފި އެވެ.

21 އެޕްރީލް

April 21, 2019 6
އިންތިހާބު ޕޯސްޓަރުތައް ނުނަގާނަމަ ފިޔަވަޅު އަޅަނީ

މަޖިލިސް އިންތިހާބަށް މާލޭގެ މަގުތަކުގައި ހިއްޕާފައި ހުރި ޕޯސްޓަރުތަކާއި ހަރުކޮށްފައި ހުރި ބެނާތައް ހަފްތާއެއްގެ ތެރޭގައި ނުނަގައިފި ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

25 މާޗް

March 25, 2019 20
މާލޭގައި އައުޓުޑޯ ޖިމްތަކެއް ހަދަން ފަށައިފި

އަމީނީ މަގުގައި ހުންނަ ސަލާހުއްދީން ބިލްޑިންގާ އިންވެގެން އޮންނަ ހުސް ބިމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އައުޓްޑޯ ޖިމެއް މިއަދު ހުޅުވައިފި އެވެ.

12 މާޗް

March 12, 2019 24
މާލޭގައި ހަތަރު ބުރީގެ މާރުކޭޓެއް އަޅަނީ

ގިނަ ހިދުމަތްތަކެއް ހިމެނޭ ގޮތަށް މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2019 23
ގައުމީ މަރުކަޒު ކުރިން ހިންގި ތަން ޕާކިން ޒޯނަކަށް

ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު ކުރިން ހިންގި ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.