06 ނޮވެމްބަރ

November 06, 2019
ފޭސްބުކްގެ ލޯގޯ އަށް ބަދަލެއް

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމާއި ވަޓްސްއެޕާ އޮންނަ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ފޭސްބުކްގެ ލޯގޯ އަށް ބަދަލު ގެނެސްފި އެވެ.

02 ނޮވެމްބަރ

November 02, 2019 1
އެފްބީގެ 5 ބިލިއަނުގެ ޖޫރިމަނާ ދައްކަން އެއްބަސްވެއްޖެ

ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ އިން ބޭނުންކުރި މައްސަލާގައި ފަސް ބިލިއަން ޑޮލަރުން ކުރި ޖޫރިމަނާ ދައްކަން ފޭސްބުކުން އެއްބަސްވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2019 2
ބިލިއަން ޑޮލަރަށް ފޭސްބުކުން ކޮންޓްރޯލް-ލެބްސް ގަނެފި

މައިންޑް-ރީޑިން ސްޓާޓަޕެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުނި ކޮންޓްރޯލް (ސީޓީއާރްއެލް) ލެބްސް، ފޭސްބުކް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނިން ގަނެފި އެވެ.

22 އޯގަސްޓް

August 22, 2019 1
ފޭސްބުކުން ނޫސްވެރިން ހޯދަނީ

ފޭސްބުކްގެ މޮބައިލް އެޕަށް ގެންނަން ތައްޔާރުވަމުން އަންނަ "ނިއުސް ޓެބް" އަށް މަސައްކަތްކުރާނެ ނޫސްވެރިންތަކެއް ހޯދަން ނިންމައިފި އެވެ.

04 އޯގަސްޓް

August 04, 2019 3
އިންސްޓަގްރާމާއި ވަޓްސްއެޕްގެ ނަމަށް ބަދަލު ގެންނަނީ

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމާއި ވަޓްސްއެޕްގެ ނަން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

13 ޖުލައި

July 13, 2019 2
ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަނީ

ވޮޝިންޓަން (ޖުލައި 13) - ޓޭޑާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސި ވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކުރި މައްސަލާގައި ރެކޯޑް އަދަދެއް ކަމަށްވާ ފަސް ބިލިއަން ޑޮލަރުން ފޭސްބުކް ޖޫރިމަނާ ކުރަން ރެގިއުލޭޓަރުން ނިންމައިފި އެވެ.

12 މެއި

May 12, 2019
ފޭސްބުކްގެ ވެރިޔާގެ އިސްތިއުފާ އަށް އެދި ޕެޓިޝަނެއް

އެތައް ބައެއްގެ ޒާތީ ހައްގުތަކަށް އަރައި ގަނެ، މީސްމީހުންގެ ޒާތީ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ބުނެ، ފޭސްބުކްގެ ބާނީ މާކް ޒުކަބާގްގެ އިސްތިއުފާ އަށް ގޮވާލައި ޕެޓިޝަނެއް އާންމުކޮށްފި އެވެ.

14 ޖެނުއަރީ

January 14, 2019
"ދަ ސޯޝަލް ނެޓްވާކް" ގެ ދެވަނަ ބަޔަކަށް ޝައުގު ބޮޑު

ފޭސްބުކާއި އޭގެ ބާނީ މާކް ޒުކަބާގްގެ ވާހަކަ ކިޔައިދިން 2010 ގެ ފިލްމު "ދަ ސޯޝަލް ނެޓްވާކް" ގެ ދެވަނަ ބައެއް ހަދަންޖެހޭ ކަމަށް އެ ފިލްމުގެ ސްކްރީން ރައިޓަރު އާރޮން ސޯކިން ބުނެފި އެވެ.

02 މެއި

May 02, 2018
ވަޓްސްއެޕްގެ ސީއީއޯ ޖެން އިސްތިއުފާ ދީފި

މަޝްހޫރު ސޯޝަލް އެޕް ވަޓްސްއެޕްގެ ސީއީއޯ ޖެން ކޫމް އިސްތިއުފާ ދީފީ އެވެ.

26 މާޗް

March 26, 2018 5
ފޭސްބުކުގެ ސީއީއޯގެ މައާފް ފުލްޕޭޖް އިޝްތިހާރަކުން

ލަންޑަން (މާޗް 26) - ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސި ވިލާތުގެ ކޭމްބްރިޖް އެނަލިޓިކާ ކުންފުނިން ސިޔާސީ ގޮތުން ނާޖާއިޒް ފައިދާއެއް ހޯދުމަށް ބޭނުންކުރި މައްސަލާގައި ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ސީއީއޯ މާކް ޒުކަބާގު ދެ ވަނަ ފަހަރަށް މައާފަށް އެދިވަޑައިގެންފި އެވެ.

22 މާޗް

March 22, 2018 3
ފޭސްބުކް ހޫނުފެނަށް؛ ޒުކަބާގް ތަހުގީގަށް ހާޒިރުކުރަނީ

ފޭސްބުކް ބޭނުން ކުރި އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެ، އެތައް ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، ގޯސް ހެދިފައިވާ ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.

21 މާޗް

March 21, 2018 1
ފޭސްބުކުގެ ސީއީއޯ އިނގިރޭސި ޕާލަމެންޓަށް ހާޒިރު ކުރަނީ

ލަންޑަން (މާޗް 21) - ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ ޕާސަނަލް ޑޭޓާ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކުން ބޭނުންކުރި ގޮތެއް ސާފު ކުރުމަށް ފޭސްބުކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޒުކަބާގް އިނގިރޭސި ޕާލަމެންޓުގެ ކޮމިޓީއަކަށް ހާޒިރު ކުރަން ބައެއް މެމްބަރުން އެދިއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 1
މާކް ޒުކަބާކަށް ދެވަނަ ދަރިއަކު ލިބިއްޖެ

ފޭސްބުކްގެ ބާނީ މާކް ޒުކަބާގާއި އަންހެނުން ޕްރިސީލާ ޗެން އަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

19 އެޕްރީލް

April 19, 2017 3
އަނިޔާވެރި އަމަލުތައް ދައްކަން ފޭސްބުކް ބޭނުމެއް ނުކުރެވޭނެ

ވޮޝިންޓަން (އެޕްރީލް 19) - އަނިޔާވެރި އަމަލުތައް ހިންގާ އެ އަމަލުތަކުގެ ވީޑިއޯލާން ފޭސްބުކް ދެން ބޭނުން ނުކުރެވޭނެ ކަމަށް ސީއީއޯ މާކް ޒުކަބާގު ވިދާޅުވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2017
ފޭސްބުކުން މާކް ޒުކަބާގް ބޭރުވާން ހިއްސާދާރުން ބޭނުންވޭ

ފޭސްބުކް ބޯޑުގައި މާކް ޒުކަބާގް ބާރުވެރި ރޯލެއް އޮންނަހާ ހިނދަކު ދެމެހެއްޓެނިވި ހަރުދަނާކަމެއް ކުންފުންޏަށް ނާންނާނެ ކަމަށް ބުނެ، ހިއްސާދާރުންގެ ތެރެއިން ބަޔަކު އިލްތިމާސެއް ހުށަހަޅައިފި އެވެ. އެ މީހުން ދެކޭ ގޮތުގައި، ދެ ފުށް ފެންނަ ގޮތަށް ކުންފުނި ހިންގުން ބިނާވާނީ ޒުކަބާގް މިކަމުގައި ނިންމަވާ ގޮތެއްގެ މައްޗަށެވެ.

28 ޖެނުއަރީ

January 28, 2017 6
ރައީސް ކަމަށް ވާދަކުރުމުގެ އެއްވެސް ޕްލޭނެއް ނެތް: ޒުކަބާގު

ކެލިފޯނިއާ (ޖެނުއަރީ 28) - އެމެރިކާގެ ރައީސް ކަމަށް ވާދަކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ފޭސްބުކުގެ ޗީފް އެގްޒެކެޓިވް މާކް ޒުކަބާގު ވިދާޅުވެއްޖެ އެވެ.

08 ޖެނުއަރީ

January 08, 2017 2
ޒުކަބާގުގެ އާ އަހަރުގެ އަމާޒު: ގިނަ ބަޔަކާ ބައްދަލުކުރުން

ނިއު ޔޯކް (ޖެނުއަރީ 8) - ފޭސްބުކުގެ ސީއީއޯ އަދި ފައުންޑާ މާކް ޒުކަބާގުގެ އާ އަހަރުގެ އަމާޒަކީ އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ޒިޔާރަތްކޮށް ވީހާ ވެސް ގިނަ ބަޔަކާ ބައްދަލު ކުރުން ކަމަށް އޭނާ ހާމަކުރައްވައިފި އެވެ.

13 ނޮވެމްބަރ

November 13, 2016 1
އޮޅުމަކުން ފޭސްބުކުން އެތައް ބަޔަކު "މަރާލައިފި"

ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރެއިން އެތައް ހާސް ބައެއްގެ ޕްރޮފައިލްގައި، އެ މީހުން މަރުވެފައިވާ ކަމަށް ލޭބަލްކުރެވިއްޖެ އެވެ. ބަގެއްގެ ސަބަބުން ދިމާވި މި ލަދުވެތި މައްސަލައިން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވެސް ސަލާމަތެއް ނުވި އެވެ. އޭނާގެ ޕްރޮފައިލް ވެސް ހުކުރު ދުވަހު ލޭބަލްކޮށްފައި ވަނީ މަރުވެފައިވާ ކަމަށެވެ.