11 އޮކްޓޯބަރ

October 11, 2017 5
ކޯމާއިން ތެދުވެ ފިރިމީހާ ބޭޒާރު ކޮށްލައިފި

ކައިވެނިކުރިތާ ދެ ދުވަސް ވެސް ނުވަނީސް އަނބިމީހާއަށް އަނިޔާކުރުމުން މަރުވީ ކަމަށް ހިތާ ފިލި މީހަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފި އެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ މި ހާދިސާއަށް ތިން މަސް ދުވަސް ފަހުންނެވެ.

05 އޮކްޓޯބަރ

October 05, 2017 36
އަނބިމީހާ ލައްވައި ކުރި ޚަރަދު ފިރިމީހާ ދޭން ޖެހިއްޖެ

ކައިވެނި ކޮށްގެން އުޅުނުއިރު އަނބިމީހާ ލައްވައި ފިރިމީހާ ގެޔަށް ކުރުވި ޚަރަދުތައް އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

04 އޮކްޓޯބަރ

October 04, 2017 15
ޖުލައި މަހު ކައިވެންޏާއި ވަރީގެ އަދަދު އިތުރުވެއްޖެ

މިދިޔަ ޖުލައި މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރީގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

03 އޮކްޓޯބަރ

October 03, 2017 8
ލޯބި، ވަރި، ކައިވެނި: މިއީ ގުޅުންތަކުގެ ފަހަރު

ޒުވާން އުމުރުގައި، އެކި ޖަޒުބާތްތަކުގައި ޖެހިގެން ވަރަށް ގިނަ ކައިވެނި ކުރެވި، ތާކުންތާކު ނުޖެހޭ ވަރިތައް ވަރަށް ގިނަ އެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކައިވެންޏާ ދާދި އެއްވަރަކަށް ރާއްޖޭގައި ވަރި ވެސް ގިނަ އެވެ. އޭގެ ސަބަބުން ދެން ދިމާވާ އިޖުތިމާއީ މައްސަލަތަކާއި ނަފުސާނީ މައްސަލަތައް ވެސް ކުޑައެއް ނޫނެވެ. ރާއްޖެ...

25 ސެޕްޓެމްބަރ

September 25, 2017 2
އެންމެ ދިގު ސާޅީގައި ކުރި ކައިވެނި ބޮޑު މައްސަލައަކަށް

އެންމެ ދިގު ސާޅީގައި ކައިވެނި ކުރުމުގެ ދުނިޔޭގެ ރެކޯޑް ހަދަން މަސައްކަތްކުރި ސްރީ ލަންކާގެ ދެމަފިރިއަކު، ސާޅީގެ ފަސްބައި އުފުލަން ކުޑަކުދިންތަކެއް ބޭނުންކުރި މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

05 ސެޕްޓެމްބަރ

September 05, 2017
ދެމަފިރިންގެ ހަރަދުތައް ވަކިން ބެލެހެއްޓުން ރަނގަޅު

ބެންކްގައި ޖޮއިންޓް އެކައުންޓްތައް ހުރުމަކީ އެކަކު އަނެކަކަށް ކުރާ އިތުބާރު ބޮޑުވެފައި ފައިސާގެ ތަނަވަސްކަން ހުރި މިންވަރު ވެސް ހާމަވެފައި އޮންނަ ސަބަބަކަށް ވިޔަސް ދިރާސާއެއްގައި ބުނަނީ މިއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

22 އޯގަސްޓް

August 22, 2017 6
ފުރަތަމަ ހަ މަހު ކުރި ކައިވެންޏާއި ވަރި މަދުވެއްޖެ

މިއަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގައި ކުރި ކައިވެންޏާއި ވަރި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މަދުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2017 58
ލ. އަތޮޅުން މައިދައިތަމެން މިތިބަ އަންނަނީ ބަލައި!

ލ. އަތޮޅުގެ މީހަކާ ކައިވެނި ކުރާ ނަމަ، އެހާ އާދައިގެ ގޮތަކަށް އެ އަތޮޅު މީހުން މިކަން ނަގާނެ ކަމަށް ހީނުކުރާށެވެ. ލ. އަތޮޅު ރަށެއްގެ ފިރިހެނަކު، ރަށުން ބޭރު އަންހެނަކާ ކައިވެނިކުރާނަމަ، އަންހެން ކުއްޖާ ބަލައި ދާނީ ވެސް އެ ރަށެއްގެ މީހުންނެވެ. ދޯނި ފަހަރުގައި ބޮޑުބެރު ޖަހަމުން، ނަށަމުން އަންހެން މީހާގެ ގެއާ ހަމައަށް "މައިދައިތަ"މެން...

10 ޖުލައި

July 10, 2017 1
ދުވަހަކުވެސް ކައިވެނި ކުރާކަށް ނޫޅެން: އަކްޝޭ ކަންނާ

ކުރީގެ މަޝްހޫރު އެކްޓަރު ވިނޯދް ކަންނާގެ ދޮށީ ފިރިހެން ދަރިފުޅު އަކްޝޭ ކަންނާ އަކީ ކައިވެންޏެއް ކުރަން ބޭނުންވާ މީހެއް ނޫނެވެ.

08 ޖުލައި

July 08, 2017 8
16 އަހަރުގެ ކުއްޖަކު 70 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފި

ޖަކާޓާ (ޖުލައި 8) - އިންޑޮނީޝިއާގެ 16 އަހަރުގެ ކުޑަ ކުއްޖަކު 70 އަހަރުން މަތީގެ އަންހެނަކާ ކައިވެނިކޮށްފި އެވެ.

05 ޖުލައި

July 05, 2017 2
3 އަހަރުގައި ވީ ވައުދު 20 އަހަރު ފަހުން ފުއްދައިފި

އުމުރުން އެންމެ ތިން އަހަރުގައި ޕްރީ ސްކޫލުން ދިމާވެގެން ހިތް ދެވުނު އަންހެންކުއްޖާއާ، ބޮޑުވެގެން ކައިވެނިކުރަން އެ ވަގުތު ވެސް އޭނާ ނިންމި އެވެ. އަދި އޭގެ 20 އަހަރު ފަހުން އޭނާ ވަނީ މި ހުވަފެން ހަގީގަތަކަށް ހަދައި ކުޑައިރުގެ ލޯބިވެރިޔާއާ ކައިވެނި ކޮށްފަ އެވެ.

25 މެއި

May 25, 2017
ކައިވެންޏަށް މަޖްބޫރު ކުރުވި ކުއްޖާ އެނބުރި އިންޑިއާ އަށް

ނިއު ދިއްލީ (މެއި 25) - އޮޅުވާލުމެއްގެ ތެރޭން ޕާކިސްތާން މީހަކާ ކައިވެނި ކުރުވި އިންޑިއާގެ ޒުވާން އަންހެން ކުއްޖާ އެންމެ ފަހުން ނިއު ދިއްލީ އަށް ގެންގޮސްފި އެވެ.

16 މެއި

May 16, 2017 49
އަލަތު ކައިވެނި މަދުވެ، ދޮށީ އުމުރުގެ ވަރި ގިނަވަނީ

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު ވަރި އެންމެ ގިނަ ގައުމުގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. އެކަމަކު ވަރި އާއި ކައިވެންޏާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާބަށް ބެލުމުން އަދި މިއަށް ވުރެ ބޮޑު މަންޒަރެއް ފެނެ އެވެ. ކާމިޔާބު ކައިވެނި މަދުވަމުން އަންނަކަށް ފާހަގެވަ އެވެ. ޖުމުލަކޮށް ބަލާއިރު ކައިވެނި މަދުވެ، ދޮށީ އުމުރު...

04 މެއި

May 04, 2017 3
މިޝޭލްގެ ކުރިން އޮބާމާ އެހެން ކައިވެންޏެއް ކުރަންް އުޅުއްވި

ވޮޝިންޓަން (މެއި 4) - އަނބިކަނބަލުން މިޝޭލްއާ ބައްދަލުވުމުގެ ކުރިން އެހެން އަންހެނަކާ ކައިވެނި ކުރައްވަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އުޅުއްވި ކަމަށް އެމަނިކުފާނުގެ އާ ބަޔޮގްރަފީއެއްގައި ބުނެފި އެވެ.

03 މެއި

May 03, 2017 1
އެފްބީއައިގެ ތަރުޖަމާނު އައިއެސްގެ މީހަކާ ކައިވެނިކޮށްފި

ވޮޝިންޓަން (މެއި 3) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިއަކަށް ޖާސޫސް ކުރުމަށް އެފްބީއައި އިން ގެނައި ތަރުޖަމާނަކު އެންމެ ފަހުން އޮޅުވާލައިގެން ސީރިއާ އަށް ގޮސް އޭނާއާ ކައިވެނިކޮށްފި އެވެ.

01 މެއި

May 01, 2017 10
ފިރިމީހާ އަނިޔާވެރިވާ ނަަމަ ހަމަލާ ދޭން "މުގުރު" ދީފި

މަދިޔަ ޕްރަދޭޝް (މެއި 1) - ފިރިމީހާ އަނިޔާވެރި ވެއްޖެ ނަމަ ރައްދު ހަމަލާ ދިނުމަށް ބެޓް ނުވަތަ މުގުރުތަކެއް އިންޑިއާގައި އަލަށް ކައިވެނި ކުރި އަންހެނުންތަކަކަށް ހަވާލުކޮށްފި އެވެ.

27 އެޕްރީލް

April 27, 2017
ކައިވެންޏަށް 69 އަހަރު، ދެމަފިރިން މަރުވީ އެކުއެކީގައި

އިލްނޯއީ (އެޕްރީލް 27) - އެމެރިކާގެ އިލްނޯއީ ސްޓޭޓުގައި 69 އަހަރު ވަންދެން ކައިވެނިކޮށްގެން އެކުގައި އުޅުނު ދެމަފިރިން އެކުއެކީގައި މަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

24 އެޕްރީލް

April 24, 2017 3
ކާއެއްޗެއްގެ މައްސަލާގައި އަރާރުންވެ ކައިވެނި ކެންސަލް

ކައިވެނިކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ކައިވެނި ކެންސަލް ކުރުމަށް އިންޑިއާގައި އާންމުކޮށް ދިމާވާ އެއް ކަމަކީ އަންހެންމީހާގެ އާއިލާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭ މުދަލާއި ފައިސާގެ މައްސަލަތަކާއި ނަސްލީ އަދި ދީނީ މައްސަލަތަކެވެ. ނަމަވެސް އުއްތަރު ޕްރަދޭޝްގައި އިންތިޒާމް ކުރަމުންދިޔަ ކައިވެންޏެއް އެންމެ ފަހު...

04 އެޕްރީލް

April 04, 2017
އެކުގައި 71 އަހަރު، މަރުވީ އެއްވަގުތެއްގައި

އިނގިރޭސި ވިލާތުގެ ދެމަފިރިއަކު ކައިވެންޏަށް 71 އަހަރު ފަހުން އެއް ވަގުތެއްގައި މަރުވެއްޖެ އެވެ. މި ދެމަފިރިންގެ ތެރެއިން ކުރިން މަރުވީ ފިރިމީހާ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އަނބިމީހާ ވެސް މަރުވީ ކަމަށް އެ މީހުންގެ ދަރިންގެ ދަރިޔަކު މީޑިއާގައި ބުނެފައިވެ އެވެ.

27 ފެބުރުއަރީ

February 27, 2017 4
އެކުގައި 27 އަހަރު: ފިރިމީހާއާ ވަކިކޮށް ފޮނުވާލައިފި

ލަންޑަން (ފެބްރުއަރީ 27) - އިނގިރޭސި ރައްޔިތަކާ ކައިވެނިކޮށްގެން 27 އަހަރު ވަންދެން އެ ގައުމުގައި އުޅުނު ނަމަވެސް ސިންގަޕޫރުގެ އަންހެން މީހާ އެންމެ ފަހުން ޑިޕޯޓްކޮށްލައިފި އެވެ.