31 އޯގަސްޓް

August 31, 2018 35
ތަދުނުވާ ގޮތަށް އޭޑީކޭގައި ވިއްސަން ފަށައިފި

ތަދު ނުވާ ގޮތަށް ވިއްސުން ނުވަތަ ޕެއިންލެސް ލޭބާގެ ހިދުމަތް އޭޑީކޭގައި ރަސްމީކޮށް ދޭން ފަށައިފި އެވެ.

06 އޯގަސްޓް

August 06, 2018 2
ހޭ ނުނައްތާ ސިޒޭރިއަން ހެދުމުން ދައުވާކޮށްފި

ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި، ހޭ ނުނައްތާ ސިޒޭރިއަން ހެދި މައްސަލައެއްގައި އެ ހޮސްޕިޓަލާ ދެކޮޅަށް ދައުވާކޮށްފި އެވެ.

August 06, 2018 1
ދެ ރަހިމުން މީހަކަށް އެއްފަހަރާ ދެ ކުދިން ލިބިއްޖެ

ދެ ރަހިމު އިން، އިނގިރޭސި ވިލާތު މީހަކަށް އެ ދެ ރަހިމުން އެއްފަހަރާ ދެ ކުދިން ލިބިއްޖެ އެވެ.

14 ޖުލައި

July 14, 2018 7
އާއިލާ ރޭވުން: ފޯރުކޮށްނުދެވޭ ހައްގެއް

ރާއްޖޭގައި މާބަނޑު މީހުން މަރުވާ ގިނަ ހާދިސާތަކެއްގައި އެ މީހުންގެ ފުރާނަ ސަލާމަތްކުރެވެން އޮވެ އެވެ؛ އަދި ބަލިވެއިނުމުން ރައްކާތެރިކޮށްދޭ ވަސީލަތެއް ބޭނުންކުރި ނަމަ، އެފަދަ ގިނަ ބަޔަކަށް މަރުން ސަލާމަތްވުމުގެ ފުރުސަތު ލިބުނީހެވެ.

08 މެއި

May 08, 2018 1
ބަލިވެއިނުމަށް ފަސޭހަކޮށްދޭ ކާނާ ހުރޭތަ؟

ބައެއް ބާވަތުގެ ކާނާ އަކީ ބަލިވެއިނުމަށް ހުރަސްއަޅާ އެއްޗެހި ކަމަށް ބައެއް ދިރާސާތަކުގައި ބުނެ އެވެ. ޖަންކް ފުޑް މަދުކޮށް މޭވާ އާއި ތަރުކާރީ ކެއުމުން، ބަލިވެއިނުން އަވަސްކޮށްދޭ ކަމަށް ބުނާ ދިރާސާއެއް ދާދި ފަހުން އާންމުކޮށްފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، ބަލިވެއިނުން އަވަސްކުރުވާ ކާނާ ހުރޭހެއްޔެވެ؟

25 ފެބުރުއަރީ

February 25, 2018 1
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ

ފަލަކޮށް ތިބޭ އަންހެނުންނަށް ލިބޭ ދަރިން، އާންމުކޮށް އުމުރުން ތިން އަހަރު ފުރޭއިރު އާދަޔާޚިލާފަށް ފަލަވުމަކީ ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވަނީ އެމީހުންގެ ގޮހޮރުގައި ހުންނަ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށް ފަހުގެ ހޯދުމަކުން ވަނީ ހާމަވެފަ އެވެ.

14 ޖެނުއަރީ

January 14, 2018
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ

އުފަންވި އިރު 400 ގްރާމް ވެސް ހަމަނުވާ ކުއްޖަކަށް ހޮސްޕިޓަލުގައި ހަ މަސް ދުވަސް ވަދެން ފަރުވާ ދީގެން ސަލާމަތްކުރެވިއްޖެ އެވެ. މިއީ ދުވަސް ނުފުރާ އުފަންވި ކުދިންގެ ތެރެއިން އޭޝިއާގައި މިހާތަނަށް ސަލާމަތްކުރެވުނު އެންމެ ކުޑަ ކުއްޖާ އެވެ.

09 ޖެނުއަރީ

January 09, 2018
މާބަނޑު އިރު ޕެރެސެޓެމޯލް ކެއުމާ މެދު ވިސްނަންޖެހޭ

ޕެރަސެޓަމޯލް އަކީ މާބަނޑު ދުވަސްވަރު ވެސް ބޭނުންކުރުން ރައްކާތެރި އެއްޗެއްގެ ގޮތުގައި ބެލެވިފައި ވިޔަސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން އިންޒާރު ދީފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ކެއުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހެ އެވެ. ސަބަބެއް ކަމަށް ބުނަނީ ބަނޑުގައި އޮތީ އަންހެންކުއްޖެއް ނަމަ އެ ކުއްޖާ...

08 ޖެނުއަރީ

January 08, 2018
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ

ސައިންސްވެރިންގެ ހޯދުމެއްގައި ބުނާ ގޮތުން މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު ނުވަ ބިސް ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅުގެ އައިކިއު ލެވެލް މަތިވެ އެވެ. މި ހޯދުން ބުނާ ގޮތުން ބިހުގައި ކޯލީން ހުރެ އެވެ. މިއީ ތުއްތު ކުއްޖާގެ ހަނދާން ގަދަކޮށްދީ މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން...

13 ޑިސެމްބަރ

December 13, 2017
އާތުރައިޓިސް ހުންނަ މާބަނޑު މީހުން ސަމާލުވާން ޖެހޭ

ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ އަންހެނުންނަށް ލިބޭ ދަރިންނަށް ކުޑައިރު އާއި ފުރާވަރުގައި ބައެއް ކަހަލަ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2017 1
"ދެ ފަހަރަށް" އުފަންވި ކުއްޖާގެ ހާލު ރަނގަޅު

ބޭބީ ލީންލީ ހޯޕްގެ ވާހަކަ މެޑިކަލް ފޮތްތަކުގައި ލިޔެވިގެންދާނެ އެވެ. ސަބަބަކީ ހޯޕް އަކީ މެޑިކަލް ދާއިރާއިން ދުނިޔެ ކުރިއަރާފައިވާ މިންވަރު ހާމަވެގެންދާ ކުއްޖަކަށް ވާތީ އެވެ. އޭނާ...

December 12, 2017
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ

ކުޑަކުދިންނަށް ނޭވާހިއްލުމުގެ މައްސަލަތައް ޖެހުމުން ދިފާއުވާނީ މާބަނޑު ދުވަސްވަރާއި ޅަފަތުގައި ފޮނި އެއްޗެހި ދޭ މިންވަރު މަދުކޮށްލައިގެން ކަމަށް ސައިންސްވެރިން ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2017 1
"މާމެއިޑް" ކުއްޖާ ހަތަރު ގަޑިިއިރު ތެރޭ މަރުވެއްޖެ

އުފެދުމުގައި ހުރި ބޮޑު އައިބުކަމެއްގެ ސަބަބުން "މާމެއިޑް" އެއް ގޮތަށް އޮތް ކުއްޖަކު އިންޑިއާގައި އުފަންވެ، ކުއްޖާގެ ޖިންސު ވަކި ނުވެ އުޅެނިކޮށް މަރުވެއްޖެ އެވެ. ކުއްޖާގެ ޖިންސު ވަކިނުވީ ދެފަޔާއި އުނަގަނޑު ގުޅި އެއްވެފައި ހުރުމުންނެވެ.

04 ޑިސެމްބަރ

December 04, 2017
އެމެރިކާގައި ރަހިމު ބަދަލުކުރި ފުރަތަމަ މީހާ ވިހައިފި

އެމެރިކާގައި ރަހިމު ޓްރާންސްޕްލާންޓް ހެދި ފުރަތަމަ މީހާ ވިހައިފި އެވެ. މީގެ ކުރިން ސްވިޑްންގައި މިފަދަ ޓްރާންސްޕްލާންޓެއް ހެދި މީހަކު ވިހާފައި ވިޔަސް މިއީ އެމެރިކާގައި އަލަށް ވީ ކަމެކެވެ.

03 ޑިސެމްބަރ

December 03, 2017 2
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި

އުތުރު އިންޑިއާގެ ނާގްޕޫރުގައި އުޅޭ 52 އަހަރުގެ އަންހެނަކު މީގެ 15 ވަރަކަށް އަހަރު ކުރިން ބަލިވެ އިނުމުން އެބޯޝަން ހެދީ އާއިލާގެ ޕްރެޝަރާ ހެދި އެވެ. އޭރު އެބޯޝަން ހަދައިގެން ދަރިފުޅު ވެއްޓުނު ކަމަށް ހީކޮށްގެން ހުރި ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ.

25 ނޮވެމްބަރ

November 25, 2017 2
އޯޓިޒަމްއާ ދަރިން ލިބޭ ދުރުމިނާ ގުޅުމެއް ހުރެދާނެތަ؟

އޯޓިސްޓިކް ކުއްޖަކު ލިބެން މެދުވެރިވަނީ ކީއްވެގެންކަން ޔަގީންކަމާ އެކު ބުނެދެވޭ ވަރުގެ ހޯދުމެއް ނެތެވެ. މިއީ އެކަމާ ބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ތެރެއިން އެއް ދިރާސާއެއްގައި ލަފާކުރާ ކަމެއްގެ ވާހަކަ އެވެ.

07 ނޮވެމްބަރ

November 07, 2017
އާދަޔާޚިލާފު ގޮތަކަށް ފުރާނަ ސަލާމަތްވި ނިބޫ ދެބެއިން

ނިބޫ ދެބެއިން ނުވަތަ އައިޑެންޓިކަލް ޓުވިންސްގެ ފުރާނަ ވަރަށް އާދަޔާޚިލާފު ގޮތަކަށް ސަލާމަތް ވެއްޖެ އެވެ. މި ދެބެއިން މަންމަގެ ބަނޑުތެރޭގައި ތިބީ އެއް ކުއްޖަކު އަނެއްކުއްޖާގެ ގައިގައި ބައްދާލައިގެންނެވެ. މި ނޫން ގޮތަކަށް މި ދެބެއިން ކިރިޔާ ބަދަލު ވިޔަސް އެ ކުދިންގެ ފުރާނަ ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ.

26 އޮކްޓޯބަރ

October 26, 2017 1
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟

ބަނޑުގައި އޮންނަ ދަރިފުޅު ނަގަން ސިޒޭރިއަން ހަދަން މާ ކުޑަކޮށް ފަޅާލިޔަސް ނުވަތަ މާބޮޑަށް ފަޅާލިޔަސް ބޮޑަށް ތަދުވާ ކަމަށާއި ފަޅާލަން ޖެހޭ އެންމެ ރަނގަޅު މިނަކީ 12 އާއި 17 ސެންޓިމީޓަރު (4.5-6.5 އިންޗި) ވަރު ކަމަށް ސައިންސްވެރިން ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2017
މާބަނޑުއިރު ނިދި މަދުވާ ނަމަ ހަކުރު ބަލީގެ ބިރު

މާބަނޑު ދުވަސްވަރު ރަނގަޅަށް ނުނިދާ ނަމަ، މާބަނޑު މީހުންނަށް އާއްމު ގޮތެއްގައި ޖެހޭ ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ދައްކާފަ އެވެ.

October 23, 2017
18 ފަހަރު ބައިގެން ދިޔަ މީހަކަށް ދަރިއެއް ލިބިއްޖެ

އަށާރަ ފަހަރު ބަލިވެ އިނދެ ބައިގެން ދިޔަ މީހަކަށް ދަރިއަކު ލިބިއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2017
ދަރިފުޅުގެ ފައިން ޖެހި މަންމަގެ ރަހިމު ފެޅިދާނެތަ؟

ޗައިނާގައި، އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ޖެހި ޖެހުމުން މަންމަގެ ރަހިމު ފަޅައިގެން ގޮސް ކުއްޖާގެ ފައި ރަހިމުން ބޭރަށް ނިކުމެ ފުރާނައަށް ނުރައްކާވި ކަމަށް މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި ރިޕޯޓްކުރި އެވެ.

18 އޮކްޓޯބަރ

October 18, 2017 1
ދަރިއަކު ހޯދާ ނަމަ ބައްޕަ ވެސް ކެއުމަށް ބަލަންޖެހޭ

ބައްޕަގެ ކެއުން ބަހައްޓާ ގޮތުން ދަރިފުޅުގެ ސިއްހަތަށް ވަރަށް ބޮޑެތި އަސަރުތައް ކުރާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މި ހޯދުން ބުނާ ގޮތުން ދަރިއަކު ހޯދަން ގަސްތުކުރާ ނަމަ، ކުއްޖާ ގަރުބަގަތުމުގެ ކުރިން، ބައްޕަ ވެސް ކާނާއަށް ފަރުވާތެރިވާން ޖެހޭނެ އެވެ. ސަބަބަކީ އެކަމުގެ ސީދާ އަސަރު ދަރިފުޅަށް ކުރާތީ އެވެ.

28 ސެޕްޓެމްބަރ

September 28, 2017
މައިމީހާ ބަދަން ކެއުމުން ދަރިފުޅު އެލާޖީއާ ދުރުވޭ

އަލަތު މައިން ގާތުން ދޭ ދުވަސްވަރު ބަދަން ކެއުމުން ދަރިން އެލާޖީން ދުރުކޮށްދޭ ކަމަށް ސައިންސްވެރިން ބުނެފި އެވެ.