15 ޖެނުއަރީ

January 15, 2020
މާޒިޔާ އިން ސާބިއާގެ ޑިފެންޑަރެއް ގެނެސްފި

ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޑިފެންޑަރެއް ކަމަށްވާ ޕީޓާ ޕްލެނިޗް މާޒިޔާ އަށް ސޮއިކޮށްފި އެވެ.

14 ޖެނުއަރީ

January 14, 2020 4
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އަތުން 7-0 އިން ހޯދި ބޮޑު މޮޅަކާ އެކު ލީގުގެ އެއް ވަނައިގައި މާޒިޔާ އިން މަގާމް ވަރުގަދަކޮށް އިތުބާރު ބޮޑުކޮށްފި އެވެ.

January 14, 2020 2
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގެ ފަހު ބުރުގައި ކޮންމެ...

09 ޖެނުއަރީ

January 09, 2020 4
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުޅޭނީ ފުރަތަމަ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމުގެ މެދުގައި ކަމަށް ގަވާއިދުގައި ބުނި ނަމަވެސް އެންމެ ހަ ޓީމު ބައިވެރިކޮށްގެން ތިން ވަނަ ބުރު ކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

06 ޖެނުއަރީ

January 06, 2020 4
ޓީސީ ދޫކޮށް ސާމިރު ވެސް މާޒިޔާ އަށް

ޓީސީ ސްޕޯޓްސް ކްލަބްގައި ފަަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އައި މުހައްމަދު ސާމިރު މާޒިޔާ އަށް ސޮއިކޮށްފި އެވެ.

05 ޖެނުއަރީ

January 05, 2020 3
ގައުމީ ޓީމުގެ މިޑްފީލްޑަރު އައިސަމް މާޒިޔާ އަށް

މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ފުރުސަތު ހޯދި ހުނަރުވެރި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް މާޒިޔާ އަށް ސޮއިކޮށްފި އެވެ.

04 ޖެނުއަރީ

January 04, 2020 6
މާޒިޔާގެ މަގާމާ މެދު ސެކުލޮސްކީ އަށް ބޮޑު ހިތްޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި މި ވަގުތު މާޒިޔާ 11 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، އެ މަގާމާ މެދު ދުނިޔޭގެ ކޮންމެ ޓީމެއް ވެސް ހިތްހަމަޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2020
ބޮޑު ލީޑަކާ އެކު މާޒިޔާ ދެ ވަނަ ބުރު ނިންމާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 3-2 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު މާޒިޔާ އިން ދެ ވަނަ ބުރުގެ މެޗުތައް ނިންމާލައިފި އެވެ.

28 ޑިސެމްބަރ

December 28, 2019
ސީޒަންގެ މުހިއްމު ހިސާބުގައި އިއްބެ ތަފާތު ދައްކާނެ

ކުރިއަށް މި އޮތީ ސީޒަނުގެ އެންމެ މުހިއްމު މެޗުތައް ކަމަށާއި އެހިސާބަށް، މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފިޓްކޮށް ހުރެ ރަނގަޅު ފޯމަކަށް އެޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2019 2
މާޒިޔާ އަށް އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް

އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ އިން 14 ޕޮއިންޓުގެ ލީޑެއް މިރޭ ނަގައިފި އެވެ.

26 ޑިސެމްބަރ

December 26, 2019 1
މާޒިޔާ ވަރުގަދަ އެކަމަކު ޓީސީ އަށް ފުރުސަތު އެބައޮތް

މާޒިޔާ އަކީ ލީގުގައި އެންމެ ވަރުގަދަކޮށް އޮތް ޓީމުކަން އެނގޭ ކަމަށާއި އެކަމަކު އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނައިރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަށް ވެސް ނަތީޖާ ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2019 1
އަފްގާނިސްތާން ގައުމީ ޓީމު ޑިފެންޑަރެއް މާޒިޔާ އަށް

ރަޝިއާގެ ފުރަތަަމަ ޑިވިޝަނުގައި ކުރިން ވާދަކުރި އަންޒީ މަކަޗްކާލާ އިން ކެރިއަރު ފަށައި، ރަޝިއާގެ ޕްރިމިއާ ލީގުގައި ވެސް ކުޅެފައިވާ އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދު ރާއްޖޭގެ މާޒިޔާ އަށް ސޮއިކޮށްފި އެވެ.

16 ޑިސެމްބަރ

December 16, 2019 5
މާޒިޔާ އަށް އެއް ވަަނައިގައި ބޮޑު ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފަހަތުން އަރައި 6-1 އިން ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

December 16, 2019 1
ލީގު މެދުކަނޑާލާތީ ގެއްލުން ވަރަށް ބޮޑު: ސެކުލޮސްކީ

މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށައިގެން އެހާ ގާތްގާތުގައި ބޮޑެތި ބްރޭކްތަކެއް ނެގުމުގެ ގެއްލުން ކުޅުންތެރިންނަށް ވަރަށް ބޮޑުކަމަށް ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާގެ ކޯޗު...

12 ޑިސެމްބަރ

December 12, 2019 2
މާޒިޔާ-ގްރީން މެޗުން ހޯމަ ދުވަހު ލީގު ފަށަނީ

ބޮޑު މެދުކެނޑުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި ކްލަބް ގްރީންސްޓްރީޓްސްގެ މެޗުން އަންނަ ހޯމަ ދުވަހު ފަށާނެ އެވެ.

10 ޑިސެމްބަރ

December 10, 2019 2
އޭއެފްސީ ކަޕް: މާޒިޔާ އާއި އަބަހާނީގެ ކުރިމަތިލުމެއް

އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް މާޒިޔާ އިން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ ވާދަކުރަން ޖެހިއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2019 3
މާޒިޔާ އެކެޑަމީގެ ކާމިޔާބީތަށް ކުލަގަދަކޮށް ފާހަގަކޮށްފި

މި އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކެޑަމީން ވާދަކުރި މުބާރާތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް ރޭ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2019 2
12 އަހަރުން ދަށުގެ ޔޫތު ލީގު ތަށި މާޒިޔާ އަށް

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިރާގު 12 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދައިފި އެވެ.

26 އޮކްޓޯބަރ

October 26, 2019 4
މާޒިޔާ އަށް ބޮޑު ލީޑެއް، ލީގު ބޮޑު ބްރޭކަކަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ހޯދި މޮޅާ އެކު، ލީގު ބޮޑު ބްރޭކަކަށް ދާއިރު މާޒިޔާ އިން އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.

October 26, 2019 2
"މާޒިޔާ ބަލިކުރަން ކޮންމެ ޓީމެއް ވެސް ބޭނުންވާނެ"

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ބަލިކުރަން ލީގުގައި ވާދަކުރާ ކޮންމެ ޓީމެއް ވެސް ބޭނުންވާނެ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރުޔާން ސެކުލޮސްކީ ބުނެފި...

21 އޮކްޓޯބަރ

October 21, 2019
މާޒިޔާ އިން އެއް ވަނައިގައި ލީޑު ދަމަަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އަތުން 5-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި މާޒިޔާ އިން ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

October 21, 2019
"ގިނަ ގޯލު ޖެހުމަށް ވުރެ މުހިއްމީ ޕޮއިންޓް ހޯދުން"

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކޮންމެ މެޗެއްގައި ގިނަ ގޯލުތަކެއް ޖެހުމަށް ވުރެ އޭނާ އަށް މުހިއްމީ ތިން ޕޮއިންޓް ލިބޭ ވަރަށް ހުރިހާ ކުޅުންތެރިން މަސައްކަތްކުރުން ކަމަށް މާޒިޔާގެ...

17 އޮކްޓޯބަރ

October 17, 2019 8
އީގަލްސް އިން މާޒިޔާ ބަލިކޮށްފި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ 1-0 އިން ބަލިކޮށް މި ސީޒަނުގައި އެ ޓީމު ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2019
އީގަލްސް އިން އަބަދުވެސް ޕްރެޝަރުކުރޭ: ސެކުލޮސްކީ

އީގަލްސް އަކީ އަބަދުވެސް މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ޕްރެޝަރުކުރާ ޓީމެއް ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.