25 ޖޫން

June 25, 2019 17
ނިލަންދޫ ކޮޅަށް މާޒިޔާ އިން 13 ލަނޑު ޖަހައިފި!

މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހި ފަސް ގޯލާއި ކެޕްޓަން އަސަދުﷲ އަބްދުﷲ ހެދި ހެޓްރިކާ އެކު މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފ. ނިލަންދޫ އަތުން...

June 25, 2019
މާޒިޔާ އެއްވެސް މެޗެއް ފަސޭހަނުކުރާނެ: ކޯޗު

އޭނާގެ ކޯޗިން ފިލޯސަފީގައި އެންމެ މުހިއްމީ ދަނޑުމަތީގައި އެ ދުވަހެއްގައި ކުރާ މަސައްކަތްކަމަށާއި ކޮންމެ ޓީމަކާ ކުޅެން ޖެހުނު ނަމަވެސް މާޒިޔާ އިން ފަސޭހަ ނުކުރާނެ ކަމަށް އެ ޓީމުގެ...

19 ޖޫން

June 19, 2019 6
ގްރީން ބަލިކޮށް މާޒިޔާ އަށް ވަރުގަދަ ފެށުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ މި ފަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާ އިން ފެށުން...

June 19, 2019 12
ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މާޒިޔާ ވަރުގަދަ މެޗަކަށް

މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރީތައް ފެށި ދެ ޓީމަކީ ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ އެވެ. ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި ދެ ޓީމުގައި...

06 ޖޫން

June 06, 2019 3
ޓީމު ވަރުގަދަ، އަސަދުﷲ ބޮޑު އިތުބާރެއްގައި

މިދިޔަ ސީޒަން ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުން މި ސީޒަނާ މާޒިޔާ އިން ކުރިމަތިލީ ހާއްސަ އަމާޒެއްގަ އެވެ. ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރިއަށް ވުރެ ވަރުގަދަކުރި އެވެ. މި ސީޒަނަށް އެންމެ ދުރާލާ ތައްޔާރުވެ، އެންމެ ފުރަތަމަ ޕްރެކްޓިސް ވެސް ފެށީ މާޒިޔާ އިންނެވެ. ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ނަޒަރުގައި މިއީ...

03 ޖޫން

June 03, 2019
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން 4-3 އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދައި މެޗަކުން ބަލިނުވެ މާޒިޔާ އިން ފުރަތަމަ ފަހަރަށް ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

30 މެއި

May 30, 2019 7
މާޒިޔާގެ ޓްރެއިނިން ކޭމްޕް ސައުދީ އަރަބިއާގައި

އެފްއޭއެމުން ދިން ފުރުސަތެއްގައި މާޒިޔާ އިން 12 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި މިއަދު ސައުދި އަރަބިއާ އަށް ފުރައިފި އެވެ.

28 މެއި

May 28, 2019
ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ އަށް

ވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސްގެ މައްޗަށް 2-0 އިން ކުރިހޯދައި ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި މާޒިޔާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

26 މެއި

May 26, 2019 1
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް

ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް 1-1 އިން އެއްވަރުވުމުން، ލީގު ބުރުގެ އެއް ވަނައިގައި އޮތް މާޒިޔާ ފައިނަލުގެ ޖާގަ ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

23 މެއި

May 23, 2019 3
އަފްގާނިސްތާން ގައުމީ ޓީމުގެ ކީޕަރު މާޒިޔާ އަށް

ޑެންމާކުގެ އެކި ޑިވިޝަނުތަކުގައި ކުޅެފައިވާ އަފްގާނިސްތާން ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ ކުރިއަށް އޮތް ސީޒަނުގައި މާޒިޔާ އަށް ކުޅެން ސޮއިކޮށްފި އެވެ.

19 މެއި

May 19, 2019 3
އޭދަފުށި ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ފަހަތުން އަރައި އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް 3-2 އިން ބަލިކޮށް މާޒިޔާ ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

18 މެއި

May 18, 2019 5
ސްކޮޑް ވަރުގަދަ، ދެން އޮތީ ނަތީޖާ ނެރުން: ސެކުލޮސްކީ

މާޒިޔާގައި އޮތް ސްކޮޑާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެކަމަކު ފުޓްބޯޅައިގައި އޭނާގެ ތަޖުރިބާ އަށް ބަލާއިރު އެންމެ މުހިއްމުކަމަކީ އެ ޓީމެއްގެ ފެންވަރު ދަނޑުމަތީގައި ސާބިތުކޮށްދިނުން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

02 މެއި

May 02, 2019 6
މާޒިޔާ އާއި ޓީސީ ރާއްޖޭން ބޭރުގައި ކޭމްޕްކުރަނީ

މި އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދިވެހި ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލެއްގެ ގޮތުން، އާ ސީޒަނަށް ތައްޔާރުވުމަށް ރާއްޖޭން ބޭރުން ދެ ހަފުތާގެ ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދޭން އެފްއޭއެމުން ނިންމައިފި އެވެ.

24 އެޕްރީލް

April 24, 2019 4
މާޒިޔާގެ ޕްރީ ސީޒަން ތަމްރީންތައް މަހިބަދޫގައި

އަންނަ ޖޫން މަހު ފަށާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން އދ. މަހިބަދޫގައި ކޭމްޕްކޮށްފި އެވެ.

21 އެޕްރީލް

April 21, 2019 1
އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނަން: ސެކުލޮސްކީ

މާޒިޔާ އިން ކުރިއަށް އޮތް ސީޒަނާ ކުރިމަތިލާނީ ވަރުގަދަ އަޒުމަކާ އެކު ކަމަށާއި ކާމިޔާބީ ހޯދަން ބޭނުންވާ އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނެފި އެވެ.

20 އެޕްރީލް

April 20, 2019 8
މާޒިޔާ އިން އަނެއްކާ ވެސް ސެކުލޮސްކީ ގެނެސްފި

ކުރިއަށް އޮތް ސީޒަނުގައި މާޒިޔާގެ ކޯޗަކަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ހަމަޖައްސައިފި އެވެ.

21 މާޗް

March 21, 2019 18
ފޭދޫ އިއްބެ މާޒިޔާ އަށް ސޮއިކޮށްފި

ޓީސީ ސްޕޯޓްސް ކްލަބްގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފި އެވެ.

20 މާޗް

March 20, 2019 4
ކެޕްޓަން އަސަދުﷲ ވެސް މާޒިޔާގައި މަޑުކޮށްފި

ފާއިތުވި އަހަރުތަކުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން އާ...

March 20, 2019 2
ކަލަންޑަރަށް ހިޔާލު ލިބިއްޖެ، މިމަހު ފައިނަލްވާނެ

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު ހެދުމާ ގުޅޭ ގޮތުން ކްލަބްތަކާ އަލުން މަޝްވަރާކޮށްފައިވާ ކަމަށާއި ލިބުނު ހިޔާލުތަކާ އެކު، މި މަހުގެ ނިޔަލަށް ކަލަންޑަރު ހަދައި...

18 މާޗް

March 18, 2019 3
އެންޑީ އާއި ސަމުއްޓެ މާޒިޔާގައި މަޑުކޮށްފި

މާޒިޔާގެ ދެ ޑިފެންޑަރުން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި އަމްދާން އަލީ (އެންޑީ) އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

12 މާޗް

March 12, 2019 3
ޓީސީ ދޫކޮށް ބެންޖޯ މާޒިޔާ އަށް

މިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި އަބްދުﷲ ހަނީފް (ބެންޖޯ) ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

08 މާޗް

March 08, 2019 6
ނިއު ދޫކޮށް ލިލީ މާޒިޔާ އަށް ބަދަލުވެއްޖެ

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.

07 މާޗް

March 07, 2019
އިރޭ މާޒިޔާއާ އެކު ކޮންޓްރެކްޓް އާ ކޮށްފި

މާޒިޔާ އަށް ކުޅޭ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.