12 މާޗް

March 12, 2019 66
ރުކުމާގެ ނަން އަނބުރާ ނަގަން ނަޝީދު އެދިވަޑައިގެންފި

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ ނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

04 މާޗް

March 04, 2019 20
ޕްރައިމަރީން ބަލިވި 4 މީހަކު އިންތިޚާބުގައި ވާދަކުރޭ

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ހަތަރު މީހަކު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

28 ފެބުރުއަރީ

February 28, 2019 26
ޕްރައިމަރީން ބަލިވެގެން ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެ

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުން އެ ޕާޓީގެ ނަމުގައި އިންތިހާބުތަކުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފި އެވެ.

26 ފެބުރުއަރީ

February 26, 2019 47
ކޮންމެ ފިޔަވަޅެއް އެޅިޔަސް ހެޔޮ، ވާދަކުރާނަން: ޖާބިރު

ޕާޓީން ކޮންމެ ފިޔަވަޅެއް އެޅިޔަސް ވަރިހަމަ ކަމަށް ވިދާޅުވެ، ކުރިން ވެސް ނިންމަވާފައިވާ ގޮތަށް ކާށިދޫ ދާއިރާ އަށް ވާދަކުރައްވާނެ ކަމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ...

February 26, 2019 41
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުން އަމިއްލަ ގޮތުން ވާދަކުރާނަމަ،...

25 ފެބުރުއަރީ

February 25, 2019 68
ބަލިވި މީހުން ނުނިކުންނާނެ ކަމަށް އުންމީދުކުރަން:ނަޝީދު

މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކުރި ނަމަވެސް އިންތިޚާބަށް އެ މީހުން ކުރިމަތި ނުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

February 25, 2019 14
ޕްރައިމަރީން ބަލިވި މީހުން ވާދަކުރަން މިއަދު ހުޅުވާލަނީ

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު...

February 25, 2019 58
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ: ސުޕްރީމް ކޯޓު

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ...

17 ފެބުރުއަރީ

February 17, 2019 5
"ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މާއްދާ ރަނގަޅު"

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ރަނގަޅު ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2019 7
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ އަމުރަކަށް އެދެފި

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ މާއްދާއަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

12 ފެބުރުއަރީ

February 12, 2019 9
ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މައްސަލަ ފަށަނީ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

11 ފެބުރުއަރީ

February 11, 2019 30
ޕްރައިމަރީން ބަލިވިޔަސް، ވާދަކުރެވޭ ގޮތް ހަދަން ކޯޓަށް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

30 ޖެނުއަރީ

January 30, 2019 40
ޖާބިރު އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވަނީ

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.

21 ޖެނުއަރީ

January 21, 2019 14
ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގައި ބޮޑެތި ތުހުމަތު

އެމްޑީޕީގެ ޕްރައިމަރީގައި ފަރެސްމާތޮޑާ ދާއިރާގައި ފައިސާ ބެހުމާއި އެހެން ބައެއް ތުހުމަތުތައް ކެންޑިޑޭޓުންގެ ފަރާތުން ތަކުރާރުކޮށް ކުރަމުން އަންނާތީ ޕްރައިމަރީ އަލުން ބޭއްވުމާ...

January 21, 2019 26
ޕްރައިމަރީ ގެއްލުނަސް އިންތިޚާބުގައި ވާދަކުރެވޭނެ:ލަތީފް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ބަލިވާ ކެންޑިޑޭޓުން ކަންބޮޑުވާކަށް ނުޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލިހަށް މިހާރު ބަލައިގަނެ ކޮމިޓީ މަރުހަލާގައި އޮތް އިސްލާހު ފާސްވުމާ އެކު،...

20 ޖެނުއަރީ

January 20, 2019 12
ނިޒާރު ހުށަހެޅި މައްސަލަ ނުބަލަން އެމްޑީޕީން ނިންމައިފި

އެމްޑީޕީގެ ފަރާތުން ހިދަތޫ ދެކުނު ދާއިރާގެ ގޮނޑިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުމުގައި މަކަރު ހަދާފައިވާ...

January 20, 2019 52
ޕްރައިމަރީގައި އެމްޑީޕީ ހަމައިން ނެއްޓިފައި؟

ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިންގިއަސް އިންތިޚާބުތަކުގައި އެ ހަމައިން ބޭރުވާ ކަމުގެ ޝަކުވާ ބޮޑެވެ؛ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެ ޕާޓީން ހުކުރުދުވަހު...

18 ޖެނުއަރީ

January 18, 2019 9
އަނަސް ފިޔަވައި އެހެން ބޭފުޅުންނަށް ބޮޑު ކާމިޔާބެއް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.

16 ޖެނުއަރީ

January 16, 2019 4
ޕްރައިމަރީ އިންސާފުވެރިވާނެ ކަމުގެ ޔަގީންކަން ދީފި

ރައްޔިތުންގެ މަޖިލިހަށް ވާދަކުރުމަށް ޕާޓީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވަން، އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ އިންތިހާބު އިންސާފުވެރިވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން މިއަދު ދީފި އެވެ.

10 ޖެނުއަރީ

January 10, 2019 29
އަދިވެސް މި ހިނގަނީ 2008ގެ ވައުދުތައް: ނަޝީދު

ރާއްޖޭގައި އަދިވެސް ހިނގަމުން މި އަންނަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވީ ވައުުދުތައް ކަމަށާއި ރާއްޖެ ބަދަލުވީ އެ ވައުދުތަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

06 ޖެނުއަރީ

January 06, 2019 9
ނުފޫޒެއް ނެތް، ޕްރައިމަރީ އިންސާފުވެރިވާނެ: އެމްޑީޕީ

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓް ދޭނެ މީހުން ހޮވަން ބާއްވާ ޕްރައިމަރީގައި ވޯޓް އޮޅުވައިލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2019 30
މަޖިލިސް އިންތިޚާބުގައި 60 ޕަސެންޓް ލިބޭނެ: ނަޝީދު

އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް 60 ޕަސެންޓް ވޯޓު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

30 ޑިސެމްބަރ

December 30, 2018 20
މާފަށް އެދުމުން މުސްތަފާއަށް ޕްރައިމަރީން ޖާގަ ދީފި

މީގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ޕާޓީ ބަދަލުކުރި މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަތުމުން، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު މުސްތަފާއަށް ދީފި...

20 ޑިސެމްބަރ

December 20, 2018 7
އެމްޑީޕީ ޕްރައިމަރީގައި 280 މީހަކު ވާދަކުރާނެ

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެ ޕާޓީގެ ޕްރައިމަރީ އަށް 280 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.