26 ޖޫން

June 26, 2019 7
ބިލް ގޭޓްސް އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކޮބާ؟

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭނީ ލައްކަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ ތެރޭގައި ގޯސްތަކެއް ހެދި، އެ ކަންކަމުން ފިލާވަޅުތައް ވެސް ލިބިފައި ހުންނާނެ އެވެ. މައިކްރޮސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލް ގޭޓްސް ވަނީ ވެސް ވިދާޅުވަނީ މިހާރު އޭނާ ހުންނެވި ހިސާބަށް...

27 މެއި

May 27, 2019
މައިކްރޮސޮފްޓުން ވާވޭ ލެޕްޓޮޕް ވިއްކުން ހުއްޓާލައިފި

އެމެރިކާ އިން ޗައިނާގެ ވާވޭއާ ޖައްސާލައި، ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ފިޔަވަޅެއް އަޅައިފި އެވެ. މި ފަހަރު މައިކްރޮސޮފްޓުންނެވެ.

20 މެއި

May 20, 2019
ޖާސޫސްކުރުމުގެ މަގްސަދެއް ނެތް: ގޫގުލް

ގޫގުލް އެކައުންޓެއް ބޭނުންކުރާ ނަމަ، އެ މީހަކު އޮންލައިންކޮށް ކުރާހާ ކަމެއް ގޫގުލް ދެނެގަނެ އެވެ. މިއީ އެކަމަކު ޖާސޫސްކުރުމެއް ނޫނެވެ. މިއީ ޖާސޫސީ އަމަލެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. އެ މީހުންގެ މަގުސަދަކީ، ބޭނުންކުރާ މީހުންނަށް އިންޓަނެޓް ފަސޭހަކޮށްދިނުމެވެ. ދިގު މަގު، ކުރުކޮށްދިނުމެވެ. އެއްޗެއް ހޯދަން މުޅި އިންޓަނެޓް...

09 މެއި

May 09, 2019
ވަޓްސްއެޕް ވިންޑޯސް ފޯނާ ދުރަށް

ސުންގަޑިއެއް ދިނުމަށް ފަހު، ވިންޑޯސް ފޯނާ ވަކިވާން ވަޓްސްއެޕުން ނިންމައިފި އެވެ.

18 އެޕްރީލް

April 18, 2019
މައިކްރޮސޮފްޓް މިހާރު ދުވަނީ ވާދަވެރިންގެ ފަހަތުން

މައިކްރޮސޮފްޓަށް މިއިން ޒަމާނަކު ވެސް އާ ކަމެއް ކުރެވިފައެއް ނެތެވެ. ސާފަސް މަރުކާގެ ނޯޓްބުކްތަކަށް ފަހު، ހާޑްވެއާ އަކީ ވެސް އެ މީހުންނަށް އޮޅުކުރަން އެނގުނެ އެއްޗެއް ނޫނެވެ. މައިކްރޮސޮފްޓަށް މިހާރު ކުރެވޭހާ ވެސް ކަމަކީ ކޮޕީކުރެވޭތޯ ބެލުމެވެ. ވާދަވެރިންގެ ފަހަތުން ހިނގުމެވެ.

09 އެޕްރީލް

April 09, 2019 3
"ސޭފްލީ ރިމޫވް ޔޫއެސްބީ ޑްރައިވް" ބޭނުންކެނޑެނީ

ޔޫއެސްބީ ޕެންޑްރައިވް، ތަމްބް ޑްރައިވް އަދި ތަންޑާބޯލްޓް ޑްރައިވްތައް ކޮމްޕިއުޓަރުން ނައްޓުވާލުމުގެ ކުރިން، "ސިސްޓަމް ޓްރޭ" އަށް ގޮސް "ސޭފްލީ ރިމޫވް ޔޫއެސްބީ ޑްރައިވް" އަށް ފިތާލަން ޖެހެ އެވެ. މިއީ މުސްކުޅި ގަދީމީ ވިސްނުމެއް ކަމަށް ގަބޫލުކުރެވިދާނެ އެވެ. ނަމަވެސް، ހަމަ ކުއްލިއަކަށް ޔޫއެސްބީ ޑްރައިވް ދަމައިގަތުމުން، އޭގައި ހުންނަ...

04 އެޕްރީލް

April 04, 2019 2
އިންޓަނެޓް ނޫން ހުރިހާ ތަނަކަށް "ޑާކް މޯޑް"

މައިކްރޮސޮފްޓް ވިންޑޯޒް އަށް "ޑާކް މޯޑް" އަތުވެއްޖެ އެވެ. އެޕަލް "މެކްއޯއެސް" އަށް ވެސް ޑާކް މޯޑެއް އަތުވެއްޖެ އެވެ. ސްމާޓްފޯނުތަކުގައި އާންމުކޮށް ބޭނުންކުރާ ހުރިހާ އެޕްލިކޭޝަނެއްގައި ޑާކް މޯޑް ހިމަނައިފި އެވެ. ހުދު ކަރުދާހުގައި ކަޅު ދެލިން ލިޔެފައި ހުރި ނަމަ އެ ދިމާއަކަށް ޑާކް މޯޑް އަންނަނީ އެވެ. މިއީ އަޅެ ފަހެ ކޮން ޑާކް މޯޑެއް...

25 މާޗް

March 25, 2019
ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ

މިއީ ކިޔަވާ ކުދިންނަށް ބޭނުންތެރި ފީޗާއަކަށް ވާނެ އެވެ. ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ އެވެ. މައިކްރޮސޮފްޓުން ބުނީ މިކަން ކުރަނީ ގިނަ ބަޔަކު އެދިފައި ވާތީ ކަމަށެވެ.

12 މާޗް

March 12, 2019
ވިންޑޯޒް 10، 800 މިލިއަން ޑިވައިސްގައި

މައިކްރޮސޮފްޓް ވިންޑޯޒް 10 އާންމުންނަށް ދޫކޮށްލީ 2015 ގަ އެވެ. ވިންޑޯޒް 10 އަކީ މައިކްރޮސޮފްޓުން ވަރަށް ފޮނި އުންމީދުކުރި އޮޕަރޭޓިން ސިސްޓަމެކެވެ. މައިކްރޮސޮފްޓުން ބުނި ގޮތުގައި، 2018 ނިމުމުގެ ކުރިން، އެއް ބިލިއަން ޑިވައިސްގައި ވިންޑޯޒް 10 ބޭނުންކުރެވޭނެ އެވެ. އެއީ އެ މީހުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ބުންޏެވެ.

07 މާޗް

March 07, 2019
މައިކްރޮސޮފްޓް ބޭންޑް ހުއްޓާލަނީ

މައިކްރޮސޮފްޓް "ހެލްތު ޑޭޝްބޯޑް" އެޕްލިކޭޝަންތައް ބެލެހެއްޓުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މާނަ އަކީ "މައިކްރޮސޮފްޓް ބޭންޑް" އަށް އެ ކުންފުނިން ދެމުން ދިޔަ ސަޕޯޓް ވެސް ނިމުމަކަށް އައީ އެވެ. މައިކްރޮސޮފްޓް ބޭންޑަކީ އެ ކުންފުނިން ޑިޒައިންކޮށް އުފެއްދި ސްމާޓް ބޭންޑަށް ކިޔާ ނަމެކެވެ. އެއީ ސްމާޓް ގަޑިއެއް އަދި "ފިޓްނަސް...

03 މާޗް

March 03, 2019 2
ފޮޓޯގައި ހުންނަ ޑާޓާ އެކްސެލް އަށް ނެގޭ ގޮތް ހަދަނީ

މައިކްރޮސޮފްޓް އެކްސެލް އަށް ވުރެ ވަކިން މަޝްހޫރު "ސްޕްރެޑްޝީޓް" އެޕްލިކޭޝަނެއް ނެތް ކަމަށް ބުނަން ކެރެ އެވެ. އެކްސެލްގެ ކުޅަދާނަކަމަށް ނިމުމެއް ނެތެވެ.

13 ފެބުރުއަރީ

February 13, 2019
ގޫގުލް ޗިޕް ޑިޒައިންކުރަނާނެ މީހުން ހޯދަނީ

ގޫގުލް އަށް މައިކްރޮޗިޕް އިންޖިނޭރުން އެބަ ހޯދަ އެވެ. ބޭނުމަކީ ގޫގުލްގެ ޑިވައިސްތަކަށް ބޭނުންވާ ޗިޕްތައް އަމިއްލަ އަށް ޑިޒައިންކުރުމެވެ. ގޫގުލްގައި މިހާރު ވެސް މައިކްރޮޗިޕް އިންޖިނޭރުން މަސައްކަތްކުރެ އެވެ. އެއީ މި ސިނާއަތުގައި ފުންނާބު އުސް ފަންނީ މާހިރުންނެވެ. ބުނެވޭ ގޮތުގައި، އެއީ ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި...

26 ޖެނުއަރީ

January 26, 2019 2
މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި

މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި އެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މިކަން ކޮށްފިކަން، ޗައިނާ ސަރުކާރުގެ މުއާސަލާތީ ކުންފުނި، "ޗައިނާ ޔުނިކޮމް" އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

22 ޖެނުއަރީ

January 22, 2019 1
ވިންޑޯޒް ފޯނު އުފެއްދުން ހުއްޓާލަނީ

މައިކްރޮސޮފްޓުން ދުވަސްތަކެއް ވަންދެން ދެއަތަށްކިރުމަށް ފަހު، ވިންޑޯޒް ފޯނުތައް ހުއްޓާލަން ނިންމައިފި އެވެ. ވިންޑޯޒް ފޯނެއް ބޭނުންކުރާ ނަމަ، އަވަހަށް ދޫކޮށްލައި، އެންޑްރޮއިޑް ނުވަތަ އެޕަލް އައިފޯނެއް ހޯދަން އެދޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

20 ޖެނުއަރީ

January 20, 2019
ކޯޓާނާ ދެކެ ވާދަވެރިން ޖެހިލުމެއްނުވޭ

އެމެޒޯން އެލެކްސާ އަދި ގޫގުލް އެސިސްޓެންޓަށް ވުރެ ކުޅަދާނަ ޑިޖިޓަލް "ވާޗުއަލް އެސިސްޓެންޓް"އެއް ނެތެވެ. އެޕަލް އަށް ސިރީ ހޯދައިދިން ކާމިޔާބު ވެސް ވަނީ ވާދަވެރިންނާ ޖެހި، ފަނޑުވެ ގޮސްފަ އެވެ. މައިކްރޮސޮފްޓް އުޅެނީ އަދި ވަކިން ފަހަތުގަ އެވެ.

08 ޖެނުއަރީ

January 08, 2019
ވިންޑޯޒް 7 އަށް ވުރެ ވިންޑޯޒް 10 ކުރިއަރައިފި

ވިންޑޯޒް 10 އާންމު މާކެޓަށް 2015 ގައި ނެރުމަށް ފަހު، މައިކްރޮސޮފްޓުން އަމާޒެއް ކަނޑައެޅި އެވެ. އެއީ 2018 ނިމުމުގެ ކުރިން އެއް ބިލިއަން ޑިވައިސްގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް ހެދުމެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ވެސް، އެ ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ.

02 ޖެނުއަރީ

January 02, 2019
2018ގެ އެންމެ އަގުހުރި ކުންފުންޏަކީ މައިކްރޮސޮފްޓް

އެމެރިކާގައި، އާންމުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، އެންމެ އަގުހުރި ކުންފުޏަކަށް، އެންމެ ފުރަތަމާ ވާނެ ކަމަށް ބެލެވުނީ އެމެޒޯން އެވެ. މިއީ ޓެކްނޮލޮޖީ މަސްރަހު ދިރާސާކުރާ މީހުން އެމެޒޯންއާ މެދު ހީކުރި ގޮތެވެ. ނަމަވެސް، އެމެޒޯން އަށް ވުރެ ކުރިން އެ މަގާމު އެޕަލް ހޯދަފާނެ ކަމަށް ވެސް ގިނަ ބަޔަކަށް ބެލެވުނެވެ. މަސްރަހު...

09 ޑިސެމްބަރ

December 09, 2018 1
އެޖް ބްރައުޒާ އާކުރާތީ މޮޒިއްލާ ދެރަވެއްޖެ

އިންޓަނެޓް ބްރައުޒާ މާކެޓްގައި ކުރިން ކުރި ވެރިކަން އަނބުރާ ހޯދަން މައިކްރޮސޮފްޓުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން، މައިކްރޮސޮފްޓްގެ ނަމުގައި މިހާރު ހުރި ބްރައުޒާތައް އެއްފަރާތްކޮށް، މުޅިން އާ ކޯޑް އިންޖީނަކަށް ބަރޯސާކުރާ ބްރައުޒާއެއް އުފައްދަން އެ މީހުން މަސައްކަތް ފަށައިފި އެވެ.

03 ޑިސެމްބަރ

December 03, 2018
އޮފީސް އެޕްލިކޭޝަންތަކަށް އާ އައިކަންތަކެއް

މައިކްރޮސޮފްޓް ވިންޑޯޒް އަށް ވުރެ ވެސް، މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރާ މީހުން ގިނަ އެވެ. ވިންޑޯޒް ކޮމްޕިއުޓަރުތަކުގައި އަދި އެޕަލް މެކްތަކުގައި ވެސް، އޮފީސް އެޕްލިކޭޝަންތައް ބޭނުންކުރެ އެވެ. އައިފޯން، އައިޕެޑް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި ވެސް އޮމާންކަމާ އެކު އޮފީސް ހިނގަ އެވެ. އޮފީސް އެޕްލިކޭޝަންތައް...

02 ޑިސެމްބަރ

December 02, 2018 4
އެޕަލް ވެއްޓިއްޖެ، މައިކްރޮސޮފްޓް އެކަކަށް އަރައިފި

ހިއްސާގެ ބާޒާރުގައި ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް މައިކްރޮސޮފްޓްވެ، އެޕަލް އެ މަގާމުން ވެއްޓިއްޖެ އެވެ. މިއީ 15 އަހަރުގެ ތެރޭގައި މައިކްރޮސޮފްޓަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.