25 ޑިސެމްބަރ

December 25, 2017
ވިންޑޯޒް ސްޓޯރުން ގޫގުލް ކްރޯމް ބޭރުކޮށްލައިފި

މައިކްރޮސޮފްޓް ވިންޑޯޒް ސްޓޯރުން ގޫގުލް ކްރޯމް ބޭރުކޮށްލައިފި އެވެ.

24 ޑިސެމްބަރ

December 24, 2017 1
ބިލް ގޭޓްސް އަށް އަކްޝޭގެ "ޓޮއިލެޓް" ވަރަށް ރީތި

އަކްޝޭ ކުމާރާއި ބޫމީ ޕަޑްނޭކަރްގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަކީ 2017 ގައި ފެނުނު އެންމެ ރަނގަޅު އެއް ކަމެއްގެ ގޮތުގައި މައިކްރޮސޮފްޓްގެ އެންމެ އިސް ވެރިޔާ ބިލް ގޭޓްސް ސިފަކުރައްވައިފި އެވެ.

19 ޑިސެމްބަރ

December 19, 2017
ވިންޑޯޒް 10 ގައި ބަލިކަށި އެޕްލިކޭޝަނެއް

މައިކްރޮސޮފްޓް ވިންޑޯޒް އޮޕަރޭޓިން ސިސްޓަމާ އެކު ޒާތްޒާތުގެ ސޮފްޓްވެއާ ބަންޑެލިކޮށްފައި ހުރެ އެވެ. މިއީ ސެކިޔުރިޓީ މާހިރުން ވަރަށް ރުޅިއަރާ ކަމެކެވެ. ޑިވެލޮޕަރުން ވެސް ރުހޭ ކަމެއް ނޫނެވެ.

17 ޑިސެމްބަރ

December 17, 2017 40
ބިލް ގޭޓްސް ރާއްޖެ ވަޑައިގެންފި

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

24 އޮކްޓޯބަރ

October 24, 2017
ވިންޑޯޒް 10 އަޕްޑޭޓްގައި މައްސަލަތަކެއް

ވިންޑޯޒް 10 ގައި މައްސަލައެއް އުޅޭ ވާހަކަ ލިޔަން ދެރަވެ އެވެ. ނަމަވެސް ބޭނުންކުރާ މީހުން ސަމާލުވުމަށް ބުނެދެމެވެ. ވިންޑޯޒް 10 ފޯލް ކްރިއޭޓާސް އަޕްޑޭޓް ގައި މައްސަލަތަކެއް އެބަ އުޅެ އެވެ.

05 އޮކްޓޯބަރ

October 05, 2017
މައިކްރޮސޮފްޓް އެޖް އައިފޯނަށާއި އެންޑްރޮއިޑަށް

މޮބައިލް ބްރައުޒާ މާކެޓަށް މައިކްރޮސޮފްޓް ވަންނަނީ އެވެ. ދެކެވޭ ވާހަކަތަކުގައި ބަރުދަނެއް ހުރި ނަމަ، ލަސްތަކެއް ނުވެ، އައިފޯނުގައި މައިކްރޮސޮފްޓް އެޖް ހިންގަން ފަށާނެ އެވެ. ބުނެވޭ ގޮތުގައި، އެންޑްރޮއިޑް ފޯނުތަށް އެޖް އޮތީ ތައްޔާރުކޮށް ނިމިފަ އެވެ.

28 ސެޕްޓެމްބަރ

September 28, 2017 7
ބިލް ގޭޓްސް ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެއް

ވިންޑޯޒް ފޯނުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ބިލް ގޭޓްސް ވެސް ވިންޑޯޒް ފޯނު ދޫކޮށްލައްވައިފި އެވެ. އޭނާ މިހާރު ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ.

28 ޖުލައި

July 28, 2017
އެމްއެސް ޕެއިންޓް ދެމިއޮންނާނެ

މައިކްރޮސޮފްޓް ޕެއިންޓް ހުއްޓާލަން އުޅޭ ވާހަކަ އިވުމުން ގިނަ ބަޔަކު ސިހުނެވެ. އެއީ ހަގީގަތުގައި އެ ޕްރޮގްރާމް ހުއްޓާލަން ނޭދޭތީ ހިތަށް ލިބުނު މޮޅިކަމެއްގެ ސަބަބުން ހަށިގަނޑަށް އެރި ލޮޅުމެކެވެ.

23 ޖުލައި

July 23, 2017 4
މައިކްރޯސޮފްޓުގެ ފައިދާ 5.3 ބިލިޔަން ޑޮލަރަށް

މައިކްރޮސޮފްޓުގެ ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 5.3 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެ އެވެ.

13 ޖުލައި

July 13, 2017
ވިންޑޯޒް ފޯނުތަކަށް ސަޕޯޓް ހުއްޓާލައިފި

ސްމާޓްފޯން މާކެޓުން ތަންކޮޅެއް ނަމަވެސް ލިބޭތޯ، މައިކްރޮސޮފްޓުން ކުރި މަސައްކަތް ހުއްޓާލައިފި އެވެ. އެޕަލް އަދި ގޫގުލްއާ އެއް ސަފެއްގައި ވާދަކުރަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި ހުއްޓާލަން ޖެހުމުން، ދަރަޖަ ދަށް ކުންފުންޏެއް ގޮތުގައި ބެލެވުމަކީ އެކަށީގެންވާ ކަމެކެވެ.

04 ޖުލައި

July 04, 2017 5
މައިކްރޮސޮފްޓްގެ "އޮފީސް 365" ރާއްޖެއަށް

ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮފީސް މަސައްކަތްތައް ފަސޭހައިން ކުރެވޭ ގޮތަށް އެމެރިކާގެ މައިކްރޮސޮފްޓް އިން ތައްޔާރުކޮށްފައިވާ "އޮފީސް 365" ދިރާގާ ގުޅިގެން ރާއްޖޭގައި މިއަދު ތައާރަފްކޮށްފި އެވެ.

19 ޖޫން

June 19, 2017 4
މައިކްރޮސޮފްޓް ސާފަސް ލެޕްޓޮޕް ރޫޅައެއް ނުލެވޭނެ

މައިކްރޮސޮފްޓް ސާފަސް ލެޕްޓޮޕަކީ މަރާމާތުކުރެވޭ އާލާތެއް ނޫން ކަމަށް "އައިފިކްސްއިޓް"އިން ބުނެފި އެވެ.

15 ޖޫން

June 15, 2017 1
މައިކްރޮސޮފްޓް ވީއާރް ދޫކޮށް މިކްސްޑް ރިޔަލިޓީ އަށް

މައިކްރޮސޮފްޓްގެ އެހީއާ އެކު ކޮމްޕިއުޓަރު ކުންފުނިތަކުން ތައްޔާރުކުރި މިކްސްޑް ރިއަލިޓީ ހެޑްސެޓްތައް ދާދި އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ.

17 މެއި

May 17, 2017 3
ވިންޑޯޒް އެކްސްޕީގައި ޕެޗްއަޅައިފި

ވިންޑޯޒް އެކްސްޕީ އަށް ޚިދުމަތްދިނުން މައިކްރޮސޮފްޓުން ވަނީ އަހަރުތަކެއް ކުރިން ހުއްޓާލާފަ އެވެ. ބޭނުމަކީ އާ އޮޕަރޭޓިން ސިސްޓަމްތަކުގެ ވިޔަފާރި ރަނގަޅުކޮށް، ބޭނުންކުރާ މީހުންނަށް ވެސް އާ ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

15 މެއި

May 15, 2017 3
ސައިބާ ހަމަލާ އަކީ ހޭލަން ދިން އިންޒާރެއް: މައިކްރޯސޮފްޓް

ވޮޝިންޓަން (މެއި 15) - ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގެ 200،000 ކޮމްޕިއުޓާ ނެޓްވޯކަށް އަމާޒުކޮށް ހުކުރު ދުވަހު ދިން ސައިބާ ހަމަލާ އަކީ ހޭލަން ދިން ވަރުގަދަ އިންޒާރެއް ކަމަށް މައިކްރޯސޮފްޓުން ބުނެފި އެވެ.

13 މެއި

May 13, 2017
އެޖް ބްރައުޒާ ބަލައިގެން ބޭނުންކުރޭ، ބަގެއް އެބަ އުޅޭ

މައިކްރޮސޮފްޓް ވޯޑް ގައި ވެސް މި ކަހަލަ މައްސަލައެއް އުޅެ އެވެ. ތާނަ ލިޔުމެއް "ޕީޑީއެފް" އަށް ބަދަލުކުރުމުން އަކުރުތައް ބުރައިގެން ދިއުމެވެ. ބައެއް ފަހަރު ބައެއް އަކުރުގައި ފިލި ވެސް ނުހުރެ އެވެ. މި ފަހަރު މި އޮތީ އެކަލަ އެހެން މައްސަލައެއް ދިމާވި އެހެން މީހެއްގެ ވާހަކަ އެވެ. ތަފާތަކީ އޭނާ ބޭނުންކުރި ސޮފްޓްވެއާ އެޕްލިކޭޝަނެވެ.

04 މެއި

May 04, 2017 1
ޑުބާއީ އަށް ހާއްސަ ފޮންޓެއް މައިކްރޮސޮފްޓުން ހަދައިފި

މައިކްރޮސޮފްޓާއި ޑުބާއީ ސަރުކާރު ގުޅިގެން "ޑުބާއީ" ކިޔާ ފޮންޓެއް ހަދައިފި އެވެ. މިދިޔަ އަންގާރަ ދުވަހު ލޯންޗުކުރި މި ފޮންޓް ޑުބާއީގެ ރަސްމީ ހުރިހާ އިދާރާތަކުން ބޭނުންކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ.

02 މެއި

May 02, 2017
މައިކްރޮސޮފްޓް ވިންޑޯޒް ފޯން ހުއްޓާލަނީ

މައިކްރޮސޮފްޓުން ރަސްމީކޮށް އަދިވެސް މި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ވިންޑޯޒް ފޯން ދެން ކުރިއަށް ނުގެންދާނެ ކަމަށް ހެކިދޭ ކިތަންމެ އަލާމާތެއް ކުންފުނި ތެރެއިން ދަނީ ފެންނަމުންނެވެ. ދިރާސާކުރާ މީހުން ދައްކާ ހެކިތަކުގެ ތެރޭގައި، މައިކްރޮސޮފްޓް އިންވެސްޓްމަންޓް ލިސްޓަގްއި ވިންޑޯޒް ފޯން ނެތުން ހިމެނެ އެވެ.

12 އެޕްރީލް

April 12, 2017 3
ވިންޑޯޒް ވިސްޓާ ހުއްޓާލައިފި

ވިންޑޯޒް ވިސްޓާއަށް ސަޕޯޓް ދިނުން އިއްޔެ މައިކްރޮސޮފްޓުން ހުއްޓާލައިފި އެވެ. ވިންޑޯޒް ވިސްޓާގެ އެންމެ ކުރިން ނެރުނު މޮޑިއުލްތަކަށް ސަޕޯޓްދިނުން އޭޕްރީލް 10، 2012 ގައި ހުއްޓާލާފައި ވި ނަމަވެސް، ބައެއް "ސާވިސް ޕެކް"ތަކަށް ޚިދުމަތްދޭ އެންމެ ފަހު ދުވަކީ އޭޕްރީލް 11 ކަމަށް މައިކްރޮސޮފްޓުން ކަނޑައަޅައި މީގެ ފަސް އަހަރު ކުރިން ވަނީ...

01 އެޕްރީލް

April 01, 2017 5
ގެލެކްސީ އެސް8: އެންމެ ހާއްސަ ކަމަކީ ކޮބާ؟

ސެމްސަންގަށް ކުރިމަތިވަމުން ދަނީ ބޮޑެތި އިމްތިހާންތަކެކެވެ؛ ގެލަކްސީ ނޯޓް 7 ގޮވައި، ލިބުނު ގެއްލުންތަކުގެ ސަބަބުން، މުޅި ކުންފުނި އަނދައި އާރޯކަން ގެއްލުނެވެ. އަނެއްކޮޅުން، ކުންފުނީގެ ވާރުތަވެރިޔާ އެ ހުރީ ޖަލު ބަންދުގަ އެވެ؛ ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކަކާ އެކުގަ އެވެ. މުޅި ދުނިޔެ ވަނީ ސިއްސައިގެން ގޮސްފަ އެވެ....