05 ޑިސެމްބަރ

December 05, 2016 2
އިޒްރޭލުން ދަަނީ ސުލްހަ އަށް ހުރަސް އަޅަމުން: އެމެރިކާ

ވޮޝިންޓަން (ޑިސެމްބަރު 5) - ފަލަސްތީނާ އެކު ސުލްހަ ގާއިމް ކުރުމަށް އިޒްރޭލުގެ ކަނާތު ފިޔައިގެ އޮފިޝަލުން ހުރަސް އަޅަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2016 6
ހަލަބުގެ ދެބައިކުޅަ އެއްބައި ސަރުކާރުގެ ބާރުގެ ދަށަށް

ދިމިޝްގު (ޑިސެމްބަރު 4) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތިން އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގައިވާ ސަރަހައްދުތަކުގެ ދެބައިކުޅަ އެއްބައި ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2016 5
އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދޭން ޖެހޭ: ވަލީދު

ރިޔާޒް (ޑިސެމްބަރު 1) - ސައުދީ އަރަބިއާގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތުމަކީ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމެއް ކަމަށާއި އެހެންވެ އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް ސައުދީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް އެދިވަޑައިގެންފި އެވެ.

30 ނޮވެމްބަރ

November 30, 2016 4
ސީރިއާ ސިފައިންނަށް ހަމަލާ ދެވުނީ އޮޅުމަކުން: އެމެރިކާ

ވޮޝިންޓަން (ނޮވެމްބަރު 30) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ސީރިއާގެ އިރުމަތީގައި ހަނގުރާމަ ކުރަމުން ދިޔަ އެ ގައުމުގެ ސިފައިންތަކަކަށް ހަމަލާދީ މަރާލެވުނީ އޮޅުމަކުން ކަމަށް އެމެރިކާ އިން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

29 ނޮވެމްބަރ

November 29, 2016
ހަލަބުގެ ތިންބައިކުޅަ އެއްބައި ސަރުކާރު ސިފައިން ދަށަށް

ދިމިޝްގު (ނޮވެމްބަރު 29) - ވަރުގަދަ ވައިގެ ހަމަލާތަކާ އެކު، ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އޭރިއާގެ ތިންބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއް ސަރުކާރު ސިފައިން ހިފައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

28 ނޮވެމްބަރ

November 28, 2016
އައިއެސްއާ ގުޅުން ބޮޑު ބަޔަކަށް އިޒްރޭލުން ބޮންއަޅައިފި

ތެލް އަވީވް (ނޮވެމްބަރު 28) - ސީރިއާގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ޖަމާއަތަކަށް އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ބޮން އަޅާފައިވާ ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.

27 ނޮވެމްބަރ

November 27, 2016
ހަލަބުގެ އެންމެ ބޮޑު އަވަށް ސީރިއާ ސިފައިން ހިފައިފި

ދިމިޝްގު (ނޮވެމްބަރު 27) - ސީރިއާގެ އިރުމަތީގެ ހަލަބު ސިޓީގެ އެންމެ ބޮޑު އަވަށް، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން ސީރިއާ ސިފައިން ހިފައިފި އެވެ.

24 ނޮވެމްބަރ

November 24, 2016 18
އިޒްރޭލުގައި ރޯވި އަލިފާން ނިއްވަން ގައުމުތަކުގެ އެހީއަށް

ތެލް އަވީވް (ނޮވެމްބަރު 24) - އިޒްރޭލުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ގްރީސް އާއި ކްރޮއޭޝިއާ، ސައިޕްރަސް އަދި ތުރުކީގެ އެހީއަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެދިވަޑައިގެންފި އެވެ.

23 ނޮވެމްބަރ

November 23, 2016 3
ފަލަސްތީނާއި އިޒްރޭލް ސުލްހަވާން ޓްރަމްޕް ބޭނުންވޭ

ނިއު ޔޯކް (ނޮވެމްބަރު 23) - މެދުއިރުމައްޗަށް ސުލްހަ ހޯދުމަށް އެމެރިކާ އިން މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކުރުމަކީ ވަރަށް ބޮޑަށް ލޯބިކުރާ ކަމެއް ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2016 2
ހަލަބުގެ ހަމަލާތައް ހުއްޓާލުމަށް ސީރިއާ އިން ދެކޮޅު

ދިމިޝްގު (ނޮވެމްބަރު 21) - ހަލަބު ސިޓީ އަށް މިހާރު ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް އދ. އިން ތައްޔާރު ކުރި ހުށަހެޅުމަށް ސީރިއާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

19 ނޮވެމްބަރ

November 19, 2016 3
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް

ދިމިޝްގު (ނޮވެމްބަރު 19) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ވައިގެ ހަމަލާތައް ދީ އެ ތަންތަނުން ދޭ ޚިދުމަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2016 4
އިޒްރޭލުގެ ޓީމަށް އައިއެސް އިން ހަމަލާ ދޭން އުޅެފި

ޕްރިސްޓީނާ (ނޮވެމްބަރު 18) - އިޒްރޭލުގެ ފުޓުބޯޅަ ޓީމު މިދިޔަ ހަފުތާގައި އަލްބޭނިއާ އަށް ކުރި ދަތުރުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ކޮސޯވޯ ފުލުހުން ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2016
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި

ދިމިޝްގު (ނޮވެމްބަރު 17) - ސީރިއާ ސަރުކާރު ސިފައިންނާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2016 1
އިޒްރޭލުގެ ފިޔަވަޅުތައް ހުއްޓަން ފަލަސްތީނުން އދ އަށް

ގުދުސް (ނޮވެމްބަރު 15) - ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އދ. އަށް އެ މައްސަލަތައް ގެންދާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

14 ނޮވެމްބަރ

November 14, 2016 9
ބަންގީގެ އަޑު މަޑު ކުރަން ނަތަންޔާހޫ ތާއީދުކުރައްވައިފި

ގުދުސް (ނޮވެމްބަރު 14) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ބިލަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދު ކުރައްވައިފި އެވެ.

November 14, 2016
"ޕްރޮޖެކްޓް ރަންވޭ" މެދުއިރުމައްޗަށް

އެމެރިކާގެ ފެޝަން ޑިޒައިން ސީރީޒް، ޕްރޮޖެކްޓް ރަންވޭ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ރިއަލިޓީ ޓީވީ ކޮމްޕެޓިޝަނެކެވެ. ސުޕަ މޮޑެލް ހައިޑީ ކްލުމް ހުށަހަޅައިދޭ މި ސީރީޒް ގިނަ ބައެއްގެ...

11 ނޮވެމްބަރ

November 11, 2016 1
އަރަބި ސްޕްރިންގައި 600 ބިލިއަން ޑޮލަރުގެ ގެއްލުން

ޔުނައިޓެޑް ނޭޝަންސް (ނޮވެމްބަރު 11) - އަރަބި ގައުމުތަކަށް 2011 ވަނަ އަހަރު ގެންނަ އުޅުނު އިންގިލާބު ނުވަތަ އަރަބި ސްޕްރިންގައި އެ ސަރަހައްދުގެ އިގްތިސާދަށް 600 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2016
ސައުދީ އެމްބަސީ ރޯކޮށްލި މީހުން ޖަލަށްލައިފި

ތެހެރާން (ނޮވެމްބަރު 6) - ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ހަމަލާދީ އެ ތަނުގައި އަލިފާން ޖެހި މީހުން ޖަލަށްލުމަށް އީރާނުން ހުކުމްކޮށްފި އެވެ.

02 ނޮވެމްބަރ

November 02, 2016 1
މޫސަލްގައި ހަ ލައްކަ ކުޑަ ކުދިން ތާށިވެފައި

ބަޣުދާދު (ނޮވެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޫސަލް ހިފުމަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި އެ ސިޓީގައި ތާށިވެފައި ތިބި އާއްމުންގެ ތެރޭގައި ހަ...

November 02, 2016
އިރާގުގެ ބޯޑަރަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފި

އަންކާރާ (ނޮވެމްބަރު 2) - އިރާގުގެ ސަރަހައްދީ ރޮނގާ ކައިރިއަށް ތުރުކީން ޓޭންކާއި އެނޫން ވެސް ބަރު ހަތިޔާރު ޖަމާކޮށްފައިވާ ކަމަށް އަސްކަރީ ފަރާތްތަކުން ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2016 5
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ

ބަޣުދާދު (ނޮވެމްބަރު 1) - އިރާގުގެ ޚާއްސަ ސިފައިން މޫސަލްގެ އިރުން އެ ސިޓީ އަށް ފުރަތަމަ ފަހަރަށް ވަދެފައިވާ ކަމަށް ބީބީސީން މިއަދު ބުނެފި އެވެ.

November 01, 2016 1
ސީސީއަށް ކުރެއްވި "މަލާމާތާ" އެކު މަގާމުން ވަކިވެއްޖެ

ރިޔާޒް (ނޮވެމްބަރު 1) - ދުނިޔޭގެ އެންމެ ބޮޑު އެއް އިސްލާމީ ޖަމާއަތް ކަމަށްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް އިޔާދު މަދާނީ މިސްރުގެ...

November 01, 2016 4
އައިއެސްއަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ

ބަޣުދާދު (ނޮވެމްބަރު 1) - މޫސަލްއާ އިރާގު ސިފައިން ކައިރިވަމުންދާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

31 އޮކްޓޯބަރ

October 31, 2016 1
ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވުން ނާކާމިޔާބުކޮށްލައިފި

ޖިއްދާ (އޮކްޓޯބަރު 31) - ހުޅަނގުގެ ޖިއްދާގައި މި މަހު ކުޅެން އޮތް ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވަން އުޅުނު ހާދިސާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.