04 މާޗް

March 04, 2017 5
މިހާރު ސްޓައިލް: ފިރިހެނުންގެ ތިން ހެއާ ސްޓައިލެއް

ފިރިހެނުންގެ އިސްތަށިގަނޑު ސްޓައިލްކުރެވޭނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. ކުރު، ދިގު ނުވަތަ ބުޅި އިސްތަށިގަނޑަކަށް ވިޔަސް، އެމީހެއްގެ މޫނުގެ ބައްޓަމާއި އިސްތަށިގަނޑުގެ ޓެކްސްޗާއާ ގުޅޭ ސްޓައިލެއް ހިޔާރު ކުރުން ބުއްދިވެރި އެވެ.

11 ފެބުރުއަރީ

February 11, 2017 10
އަވަހަށް އަޅާލެވޭނެ ބުރުގާގެ ސްޓައިލްތަކެއް

މިހާރު ސްޓައިލްގެ މިފަހަރުގެ ވީޑިއޯއިން ފެނިގެންދާނީ ހުނަރުވެރި ބުރުގާ ސްޓައިލިސްޓް އަމިނަތު އިބްރާހިމް (ކުޑީ)ގެ ތަފާތު ދެ ސްޓައިލެކެެވެ. މިއީ ޝިފޯން ފޮތީގެ ބުރުގާ ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ސްޓައިލްތަކެކެވެ.

04 ފެބުރުއަރީ

February 04, 2017 4
މިއަހަރު މަގުބޫލު ވާނެ ޓްރެންޑްތައް

މި އަހަރު މަގުބޫލު ވާނެ ޓްރެންޑްތަކާ މެދު ގިނަ ބަޔަކު ދަނީ އަދިވެސް ބަހުސް ކުރަމުންނެވެ. ޗޯކާޒް އާއި އޮފް ޝޯލްޑާ ޓޮޕަކީ މިދިޔަ އަހަރު އެންމެ މަގުބޫލުވި ވައްތަރުތަކެވެ. ނަމަވެސް، މިއަހަރު ތަފާތު އަދި ލަތީފީ ސްޓައިލްތަކަށް ހެދުމާއި އެކްސެސެރީޒް ލުމަށް ޑިޒައިނަރުން އަދި ސްޓައިލިސްޓުން ނަސޭހަތްތެރިވެ އެވެ.

21 ޖެނުއަރީ

January 21, 2017 2
ލަންކާގެ ބިއުޓިޝަނެއް، ރާއްޖޭގައި 25 އަހަރު

ސްރީ ލަންކާ އަށް އުފަން ސުސިލަ ދައްމިއަންތި ވިޖެތިލެކަ ނުވަތަ ދައްމި އަކީ ރާއްޖޭގެ ބިއުޓީ ދާއިރާގައި ފަރިތަ މޫނެކެވެ.

07 ޖެނުއަރީ

January 07, 2017 7
އައިނު އަޅާ މީހުންނަށް ހާއްސަ ބުރުގާ ސްޓައިލެއް

ނިވާކަން ބޮޑުކޮށް އަދި ޒީނަތްތެރިކޮށް ބުރުގާ ސްޓައިލްކުރުމާއި އައިނު އަޅާ މީހުން ބުރުގާއާ ގުޅޭ ވައްޓަފާޅިއަކަށް ސްޓައިލްކުރަން ދޭ ސަމާލުކަން ބޮޑެވެ.

26 ނޮވެމްބަރ

November 26, 2016
ކުޑަކުދިންގެ ބޯގަތާލެވޭނެ ތިން ސްޓައިލެއް

ސްކޫލަށް ދާއިރު ނުވަތަ ކޮންސެޓަކަށް ދާއިރު ކުޑަކުދިންގެ ބޯ ގަތާލެވިދާނެ ތަފާތު ތިން ސްޓައިލެއް މި ފަހަރުގެ "މިހާރު ސްޓައިލް" އިން ފެންނާނެ އެވެ. ކުޑަކުޑަ އަފްލާކް އިބްރާހިމް އަމީމް މޮޑެލްކޮށް، ހެއާ ސްޓައިލިސްޓް ޔައުލާ މާޒިން ސްޓައިލްކޮށްދޭ މި ގޮތްތައް ރީތިވެފައި ކުޑަކުދިންނާ ގުޅެ އެވެ.

19 ނޮވެމްބަރ

November 19, 2016 2
ސެލްފީ ވެސް މޭކަޕުން ރީތިކޮށްލާނެ

ސެލްފީއެއް ނެގުމަކީ ވެސް މިހާރު ކުޑަ ކަމެއް ނޫނެވެ. އެކަން އޮތީ ރީއްޗަށް، މޮޅަށް ކުރުމުގެ އުކުޅުތައް ދަސްކުރަންޖެހޭ ކަމަށް ގަބޫލުކުރަންޖެހޭ ހިސާބުގަ އެވެ. މޫނަށް އަލި އެޅޭ ގޮތް، ސެލްފީ ނަގާ ތަން ވެސް މުހިންމެވެ. އެމީހެއްގެ މޫނުގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަކަށް ސެލްފީ ނަގަން މަސައްކަތް ކުރަންޖެހެ އެވެ.

07 ނޮވެމްބަރ

November 07, 2016 3
ބުރުގާގެ އެކި ސްޓައިލްތައް ފޮޓޯއިން

ދިވެހި އަންހެނުން މިހާރު އަޅާ ބުރުގާ ސްޓައިލްގެ ކުރިން އެކި ދުވަސްވަރު އެކި ވައްތަރުގެ ބުރުގާ ފެނިފައިވެ އެވެ. އެކި ސްޓައިލަށް، އެކި ކުލައިގެ ފޮތިން ބުރުގާ އެޅި އެވެ. މިއީ ވެސް ހުނަރުވެރިކަމާ ގުޅިފައިވާ ކަމެއްކަން އެނގިގެން ދިޔަ އެވެ.

05 ނޮވެމްބަރ

November 05, 2016 5
ދިވެހިން ބުރުގާ އެޅި އެކި ސްޓައިލްތައް

މިހާރު ސްޓައިލްގެ މި އެޕިސޯޑުގައި ފެންނާނީ ބުރުގާ އެޅުމުގެ ސްޓައިލް ރާއްޖޭގައި އެކި ދުވަސްވަރު ބަދަލުވަމުން އައި ގޮތެވެ.

29 އޮކްޓޯބަރ

October 29, 2016
ގްލިޓާ ސްމޯކީ އައި މޭކަޕް

މިފަހަރުގެ "މިހާރު ސްޓައިލް" ގައި އެ ވަނީ ގްލިޓާ ސްމޯކީ އައި މޭކަޕްކުރާނެ ގޮތެވެ. ވީޑިއޯގައި އެ ވަނީ މޭކަޕް އާޓިސްޓް އައިޝަތު ދީމާ އޭނާގެ ސްޓޫޑިއޯގައި މޮޑެލް މައިޝާ ޝަރީފްގެ މޭކަޕް ކުރަނިކޮށެވެ.

22 އޮކްޓޯބަރ

October 22, 2016 4
ތަފާތު ގޮތަކަށް ސްޓައިލް ކޮށްލަމާ!

އަތްދަބަސް އަދި ބޫޓުގެ ކުލަ އެއް ގޮތް ވާކަށް ނުޖެހެ އެވެ. އޮފީހަށް ދާއިރު ގަދަ ކުލައެއްގެ ލިޕްސްޓިކެއް ޖައްސަން ވާނެ ހެއްޔެވެ؟ އެކި ވައްތަރުގެ ގަދަ ކުލައިން ހެދުމާއި އެކްސެސަރީޒް ގުޅުވާލައިގެން ލީމާ ހުތުރު ވާނެ އެވެ. މިއީ އިހުގެ ސްޓައިލް ގަވައިދުތަކެކެވެ.

08 އޮކްޓޯބަރ

October 08, 2016 2
މޭކަޕާ ބެހޭގޮތުން އަންހެނުން ބުނަނީ ކީކޭ؟

މޭކަޕް ކުރުމުން އެމީހެއްގެ އަސްލު ސިފަ ގެއްލެއޭ ބުނެ އެވެ. އެއީ މޭކަޕް ކުރާ ގޮތަކުން އެމީހެއްގެ ސިފަ އިތުރަށް ރީތިވާތީ އެވެ. ތުންފަތުގައި ގަދަ ކުލައެއް ޖެއްސުމުން މަލާމާތްކޮށް އެކުލައެއް ޖެއްސީ ކީއްވެތޯ ސުވާލުކޮށް ފާޑު ކިޔަ އެވެ.

01 އޮކްޓޯބަރ

October 01, 2016 1
ރަސްމީ ސްޓައިލަކަށް އަޅާލެވޭނެ ބުރުގާ

އެކި ގޮތްތައް ބުރުގާ އެޅުން ފަހަކަށްއައިސް ގިނަވެއްޖެ އެވެ. ދޫކޮށް ނުވަތަ އުސްކޮށް ބުރުގާ ސްޓައިލް ކޮށްލެވިދާނެ އެވެ. އަދި ޕްލެއިން ފޮތީގެ ނުވަތަ ވިދާ، ޕްރިންޓު ކޮށްފައި ހުންނަ ބުރުގާއަކުން އެމީހަކަށް ކަމުދާ ސްޓައިލަކަށް ވެސް އަޅާލެވިދާނެ އެވެ.

24 ސެޕްޓެމްބަރ

September 24, 2016
މިހާރު ސްޓައިލް: ބްރޯންޒް ގްލޯވިން މޭކަޕް

މިއަހަރުގެ ސްޕްރިން ސަމަ ފެޝަން ވީކް ދުނިޔޭގެ ބޮޑު ފެޝަން ކެޕިޓަލްތަކުގައި ދަނީ ކުރިއަށެވެ. މިހާތަނަށް ފެނިގެންދިޔަ ޝޯ ތަކުން އެންމެ ފާހަގަވި މޭކަޕް ޓްރެންޑަކީ އެކި ވައްތަރުގެ އައި މޭކަޕެވެ.

10 ސެޕްޓެމްބަރ

September 10, 2016
އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެއް

ޝަމްސީޒް ބްރައިޑަލް ހިޖާބްސްގެ ބުރުގާ ސްޓައިލިސްޓް ނިއުމާ އަހްމަދު "މިހާރު ސްޓައިލް" ގެ މި އެޕިސޯޑަށް ހުށަހަޅައިދެނީ އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެކެވެ. މި ބުރުގާ އަޅާނެ ގޮތް، މޮޑެލް ކޮށްފައިވަނީ ޔައުލާ މާޒިން އެވެ.

27 އޯގަސްޓް

August 27, 2016 6
ޕިން ނުޖަހާ އަޅާލެވޭ ދިވެހި ބުރުގާ

ބުރުގާ އަޅަނީ އެކި ސްޓައިލްތަކަށް، އެކި ޒާތުގެ ފޮއްޗާއި ދަތި ބޭނުންކޮށްގެންނެވެ. ގޮތް ބޮޑު ނުވަތަ އެކި ތަންތަނުން ދަތި ޖަހަން ޖެހޭ ވައްތަރުގެ ސްޓައިލަކަށް ބުރުގާ އަޅަންވެއްޖެ ނަމަ ވަގުތު އޮންނަނީ ކުޑަވެފަ އެވެ. ބުރަކޮށް އުޅޭ އަންހެނުންނަށް މިއީ ވެސް ގެއްލިގެންދާ މުހިންމު ވަގުތެވެ. މީގެ އިތުރުން، ބުރުގާގައި ހުންނަ ދަތިން ތުއްތު...

21 އޯގަސްޓް

August 21, 2016
"ބްލޫ އައި" މޭކަޕް ކުރާނެ ގޮތް

ފެޝަން އާއި މޭކަޕްގެ ދުނިޔޭގައި ފަހަކަށްއައިސް އެންމެ މަގުބޫލު ޓްރެންޑްތަކުގެ ތެރޭގައި 80 އާއި 90ގެ އަހަރުތަކުގެ ހެދުމާއި މޭކަޕް ސްޓައިލްތައް ހިމެނެ އެވެ. އަދި މިއަހަރު ނިޔު ޔޯކް، ޕެރިސް އަދި މިލާންގައި ބޭއްވި އެކި ރަންވޭ ޝޯތަކުން އާއްމުކޮށް ފެނުނު މޭކަޕް ސްޓައިލަކީ ވެސް ނޫ ކުލައިގެ އައި މޭކަޕެވެ. މިއީ 80ގެ އަހަރުތަކުގެ ތެރޭގައި...

20 އޯގަސްޓް

August 20, 2016
ނޫކުލައިގެ މޭކަޕެއް، ފަހުގެ ޓްރެންޑެއް

ލޮލުގެ މި މޭކަޕް ކުރުމަށް އެންމެ ފުރަތަމަ ޖައްސާނީ ހަމުގެ ކުލަޔާ ގުޅޭ، ވީހާވެސް ނިއުޓްރަލް ކުލައެކެވެ. ބުމަ ނިމޭ ހިސާބަށް ނުވަތަ ބުމައިގެ ފްރޭމް ތެރޭގައި އައިލައިނާ އާއި އައިޝެޑޯ ގެންގުޅެން މި މޭކަޕް ކުރާއިރު ސަމާލުވާށެވެ.

13 އޯގަސްޓް

August 13, 2016 2
ފިރިހެނުންގެ އެންމެ ކަމުދާ ސްޓައިލަކީ ކޮބާ؟

މިއީ ފިރިހެންކުދިން ލައި އެކި ވައްތަރުގެ ސްޓައިލާ ބެހޭ ގޮތުން ދެ ޖިންސުންގެ ޒުވާނުންގެ ހިޔާލެވެ.

02 އޯގަސްޓް

August 02, 2016
މިހާރު ސްޓައިލް: ހާއްސަ މުނާސަބަތަކަށް

މިފަހަރުގެ ސްޓައިލް ވީޑިއޯގައި އެ ވަނީ ކައިވެނި ޕާޓީ ފަދަ ހާއްސަ މުނާސަބަތަކަށް ހިތްގައިމު މޭކަޕް އަދި ހެއާ ސްޓައިލެކެވެ.