23 ފެބުރުއަރީ

February 23, 2019 6
"އިންޑިއާ އިން ހަމަލާ ދީފި ނަމަ ރައްދު ވަރުގަދަވާނެ"

އިސްލާމްއާބާދު (ފެބްރުއަރީ 23) - އިންޑިއާ އިން ހަމަލާއެއް ދީފި ނަމަ ރައްދު ދިނުމަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށާ އަދި އެ ދޭ ރައްދު ހަމަލާ ވަރަށް ވަރުގަދަވާނެ ކަމަށް ޕާކިސްތާން ސިފައިން ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2019 2
ރަޝިޔާ ސިފައިން ސްމާޓްފޯނު ބޭނުން ކުރުން މަނާކޮށްފި

މޮސްކޯ (ފެބްރުއަރީ 21) - ޑިއުޓީގައި ތިބޭ އިރު ރަޝިޔާ ސިފައިން ސްމާޓްފޯން ބޭނުން ކުރުން މަނާކުރުމަށް ރަޝިޔާގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

10 ފެބުރުއަރީ

February 10, 2019 117
ރާއްޖެ ހިފިދާނެ؛ ނާހަމަ ތެދެއް؟

ނާ ހަމަ ތެދެއް ހެއްޔެވެ؟ އިންޑިއާ އަކީ ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ ހިފައި އަޅުވެތިކުރެވޭހާ ބާރުގަދަ އަސްކަރިއްޔާއެއް އޮތް ގައުމެއް ހެއްޔެވެ؟ އިންޑިއާ އިން ރާއްޖޭގައި ރާޑަރުތަކެއް ވެސް ބަހައްޓަނީ އެ މީހުންގެ ބޭނުމަކު ވެސް ނޫން ހެއްޔެވެ؟ އެ މީހުންގެ އަމިއްލަ ސެޓެލައިޓުން ރާއްޖޭގެ ސަރަހައްދުން ކޮންމެ ތަނެއް ވަގުތުން އެހަރަ...

31 ޖެނުއަރީ

January 31, 2019 2
ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ސިފައިންނާ ބައްދަލުކޮށްފި

ކަރާކަސް (ޖެނުއަރީ 31) - ވެނެޒުއެލާގެ ސިފައިންނާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ވިދާޅުވެއްޖެ އެވެ.

28 ޖެނުއަރީ

January 28, 2019 2
ބޭރުގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ

ކާބުލް (ޖެނުއަރީ 28) - އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ހުރިހާ ސިފައިން ވެސް އެ ގައުމުން ފައިބާނެ ކަމަށް ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2019 4
ގޭބޮންގެ ސިފައިން ބަޣާވާތް ކޮށްފި

ލިބްރެވިލް (ޖެނުއަރީ 7) - ހުޅަނގު އެފްރިކާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް ކަމަށްވާ ގޭބޮން އަށް ސިފައިން މިއަދު ބަޣާވާތެއް ގެނެސްފި އެވެ.

01 ޑިސެމްބަރ

December 01, 2018 4
އަސްކަރީ ހެލިކޮޕްޓަރުގެ ވީޑިއޯ ނެގި ދަރިވަރު ހައްޔަރުކޮށްފި

ގާހިރާ (ޑިސެމްބަރު 1) - މިސްރުގެ އަސްކަރީ ހެލިކޮޕްޓަރެއް އަރާ ގޮތަށް ވީޑިއޯ ނެގި އިނގިރޭސި ވިލާތުގެ 19 އަހަރުގެ ދަރިވަރަކު އިސްކަންދަރިއްޔާ އިން ހައްޔަރުކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2018 76
ޗައިނާއާއެކު ކުރިއަށް ދެވޭނީ އަސްކަރީ މަރުކަޒެއް ދީގެން

ރާއްޖޭން ޗައިނާއާ އެކު އަސްކަރީ ގުޅުން ދެމެހެއްޓެން އޮތީ ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދީގެން ކަމަށާއި އެފަދަ ހުއްދައެއް އެއްވެސް ގައުމަކަށް ދިނުމުގެ...

November 29, 2018
ލަންކާ ސިފައިންގެ ވެރިޔާ އެންމެ ފަހުން ހައްޔަރުކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 29) - ލަންކާގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރު 11 ކުޑަ ކުއްޖަކު މަރާލުމުގައި ތުހުމަތު ކުރެވޭ މީހާ އަށް ހިމާޔަތް ދިން ކަމަށް ބެލެވޭ ސިފައިންގެ ވެރިޔާ އެޑްމިރަލް...

26 ނޮވެމްބަރ

November 26, 2018 32
ބޭރުގެ އަސްކަރީ ބަނދަރަކަށް ޖާގައެއް ނުދޭނަން: ޝާހިދު

ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ބަނދަރެއް ހަދަން މިހާރުގެ ސަރުކާރުން އެއްވެސް ގައުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 182
ހެލިކޮޕްޓަރު: އިންޑިއާގެ ބިރުވެރި "ހަދިޔާ"

ބޮޑު ކަމެއް ޖެހޭ ކޮންމެ ވަގުތަކު އިންޑިއާ އިން ރާއްޖެއަށް އެހީ ވިޔަސް، އިންޑިއާއާ މެދު ދިވެހިން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އެއީ ހަގީގަތެކެވެ. އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ގެންދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންގާފައިވާ އެންގުން ބަދަލުކޮށް، އާ ސަރުކާރުގެ ޑިފެންސް...

13 ނޮވެމްބަރ

November 13, 2018 14
ރާއްޖެ-އިންޑިއާގެ އަސްކަރިއްޔާއާދެމެދު މައްސަލައެއް ނެތް

ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު މައްސަލަތަކެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2018 76
އިންޑިއާގެ އަސްކަރީ ބޭނުމަކަށް ރާއްޖެ ނުދެވޭނެ: ދީދީ

އިންޑިއާގެ މަސްލަހަތާ، އައްޑުއާ ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ އެ ގައުމަށް އައްޑޫން ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދަކުން ވެސް އަސްކަރީ ހަރަކާތެއް ހިންގުމަށް ޖާގަ ދިނުން ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް)...

18 ސެޕްޓެމްބަރ

September 18, 2018
ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ސީރިއާގައި ގެއްލިއްޖެ

މޮސްކޯ (ސެޕްޓެމްބަރު 18) - ސީރިއާގެ މަތިން 14 މީހުންނާ އެކު ދަތުރުކުރި ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ރާޑަރުން ގެއްލިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

09 ސެޕްޓެމްބަރ

September 09, 2018
ނޯތު ކޮރެއާގެ ޕެރޭޑުގައި ބެލިސްޓިކް މިސައިލެއް ނެތް

ޕިއޮންޔަން (ސެޕްޓެމްބަރު 9) - ނޯތު ކޮރެއާގެ 70 ވަނަ އަހަރީ ދުވަހު ބޭއްވި އަސްކަރީ ޕެރޭޑުގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ދައްކާލާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

30 އޯގަސްޓް

August 30, 2018 2
ލަންކާ ސިފައިންގެ ވެރިޔާ ހައްޔަރު ކުރަން އަމުރު ނެރެފި

ކޮލަމްބޯ (އޮގަސްޓް 30) - އެގާރަ ކުއްޖަކު ވަގަށް ނެގި މައްސަލާގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސްރީ ލަންކާ ސިފައިންގެ ވެރިޔާ ހައްޔަރު ކުރަން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.

27 އޯގަސްޓް

August 27, 2018 3
މިއަންމާ ސިފައިންގެ ވެރިޔާ ފޭސްބުކުން ބޭރުކޮށްލައިފި

ވޮޝިންޓަން (އޮގަސްޓް 27) - މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ހިމެނޭ ގޮތަށް އެ ގައުމުގެ ސިފައިންގެ އިސްވެރިންތަކެއްގެ ފޭސްބުކް އެކައުންޓް ބަންދުކުރަން...

August 27, 2018 2
މިއަންމާގެ އަސްކަރީ ވެރިންނަށް ދައުވާކުރަން ޖެހޭ: އދ.

ޔުނައިޓެޑް ނޭޝަންސް (އޮގަސްޓް 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމާ ގުޅިގެން މިއަންމާ ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މީހުން މެރުމާއި ހަނގުރާމައިގެ...

25 ޖުލައި

July 25, 2018 7
މިނިވަން ދުވަހުގެ ހަރަކާތްތައް މިރޭ ފަށަނީ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތައް، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން މިރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ބައްދަލުވުމާ...

July 25, 2018 5
ހެލިކޮޕްޓަރު ބާއްވާ މުއްދަތު އިތުރެއް ނުކުރޭ: ސަރުކާރު

ރާއްޖޭގައި ބޭނުންކުރުމަށް އިންޑިޔާ އިން ގެނެސްފައި އޮތް ދެ ހެލިކޮޕްޓަރު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ބާއްވަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ...

24 ޖުލައި

July 24, 2018 6
ޕާކިސްތާނުން ލޭންޑިންގް ކްރާފްޓެއް ހަދިޔާ ކުރަނީ

އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގެ ގޮތުން ޕާކިސްތާނުން ރާއްޖެ އަށް ލޭންޑިންގް ކްރާފްޓް މެކަނައިޒްޑް (އެލްސީއެމް) އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ވިދާޅުވެއްޖެ އެވެ.

17 ޖުލައި

July 17, 2018 2
މިސްރު ސިފައިންނަށް ދައުވާ ނުކުރެވޭ ގޮތް ހަދައިފި

ގާހިރާ (ޖުލައި 17) - މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމުގައި ބައިވެރިވެ އެތައް ޖަރީމާއެއް ހިންގާފައިވާ ސިފައިންގެ އޮފިސަރުންގެ މައްޗަށް ދައުވާ ނުކުރެވޭ ގާނޫނެއް އެ ގައުމުގެ ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.

27 ޖޫން

June 27, 2018 3
ރޮހިންޖާ މީހުންނަށް އަނިޔާ ދިން ޖެނެރަލް ވަކިކޮށްފި

ނޭޕީޑޯ (ޖޫން 27) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާ ދިން މިއަންމާ ސިފައިންގެ އިސް ޖެނެރަލް މަގާމުން ވަކިކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.