23 މާޗް

March 23, 2018 2
ސައުދީ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އެއްބަސް

ވޮޝިންޓަން (މާޗް 23) - ސައުދީ އަރަބިއާ އަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފި އެވެ.

15 މާޗް

March 15, 2018 1
3.7 ބިލިއަން ޑޮލަރު އަސްކަރީ ހެލިކޮޕްޓަރު ގަތަރުން ގަންނަނީ

ދޯހާ (މާޗް 15) - އަސްކަރީ ހެލިކޮޕްޓަރުތަކެއް ގަތުމަށް 3.7 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ގަތަރުން އިއުލާންކޮށްފި އެވެ.

05 މާޗް

March 05, 2018 2
ޗައިނާ އިން 175 ބިލިއަން ޑޮލަރުގެ އަސްކަރީ ބަޖެޓެއް

ބެއިޖިން (މާޗް 5) - ކުރިއަށް އޮތް އަހަރަށް 1.11 ޓްރިލިއަން ޔުއާން (175 ބިލިއަން ޑޮލަރު) ގެ އަސްކަރީ ބަޖެޓެއްް ޗައިނާ އިން އިއުލާންކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2018 1
ސައުދީން ފުރަތަމަ ފަހަރަށް ސިފައިންގެ ތެރެއަށް އަންހެނުން

ރިޔާޒް (ފެބްރުއަރީ 27) - ސައުދީ އަރަބިއާ އިން ސިފައިންގެ ތެރެއަށް އަންހެނުން ވައްދަން ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.

February 27, 2018
ސައުދީގެ އަސްކަރިއްޔާއަށް ބަދަލުތަކެއް ގެނެސް، ކޮމާންޑަރުން ވަކިކޮށްފި

ރިޔާޒް (ފެބްރުއަރީ 27) - ސައުދީ އަރަބިއާގެ އަސްކަރިއްޔާ އަށް ރޭ ދަންވަރު ކުއްލި ބަދަލުތަކެއް ގެނެސް، ޗީފް އޮފް ސްޓާފް ހިމެނޭ ގޮތަށް ކޮމާންޑަރުންނަށް ބަދަލުތަކެއް ގެނެސްފި އެވެ.

11 ފެބުރުއަރީ

February 11, 2018
މުޅި މިސްރުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

ގާހިރާ (ފެބްރުއަރީ 11) - "މުޖްރިމުންނާއި ޓެރަރިސްޓުން"ނާ ދެކޮޅަށް ކަމަށް ބުނެ މުޅި މިސްރުގައި ސަލާމަތީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އަސްކަރީ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2018 1
މުޅި އެމެރިކާ އަށް އަހަރެމެންގެ ހަތިޔާރު ފޯރާނެ: ކިމް

އެމެރިކާގެ ހުރިހާ ސަރަހައްދުތަކެއް ވެސް އޮތީ އުތުރު ކޮރެއާގެ ހަތިޔާރުތައް ފޯރާ ފަށުގައި ކަމަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

30 ޑިސެމްބަރ

December 30, 2017 4
އީރާނުގެ ރޫހާނީ ލީޑަރާ ދެކޮޅު މުޒާހަރާތައް ފުޅާވަނީ

އީރާންގެ ތަފާތު ސަހަރުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ކުރަން ފަށައިފި އެވެ.

27 ޑިސެމްބަރ

December 27, 2017 3
ރަޝިޔާ ސިފައިން ދާއިމީ ގޮތެއްގައި ސީރިޔާގައި ތިބެނީ

ރަޝިޔާ ސިފައިން ދާއިމީ ގޮތެއްގައި ސީރިޔާގައި ބޭތިއްބުމަށް ނިންމައި ރަޝިޔާ އިން އިއްޔެ އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

December 27, 2017
މިސްރު ސިފައިންނަށް ހަމަލާދިން ބަޔަކު ދަންޖައްސައިފި

މިސްރު ސިފައިންނަށް ހަމަލާ ދިން 15 މީހެއްގެ މައްޗަށް އަސްކަރީ ކޯޓުގައި ޝަރީއަތް ކުރުމަށް ފަހު އިއްޔެ ދަންޖައްސައި މަރައިފި އެވެ.

26 ޑިސެމްބަރ

December 26, 2017 2
ސައޫދީ ހަމަލާތަކުގައި ޔަމަންގެ 71 މީހަކު މަރާލައިފި

ސައޫދީ އަރަބިއްޔާ އާއި އެ ގައުމާ ގުޅިފައިވާ ލަޝްކަރުގެ މަތިންދާބޯޓުތަކުން ދިން ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ޔަމަންގެ އާންމުންގެ 71 މީހަކު މަރުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2017 2
ހޫތީންގެ ބާރު ޔަމަނުން ނެތި ދަނީ

ޔަމަނަށް އަަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންގެ ބާރު އެ ގައުމުން މަޑުމަޑުން ނެތެމުންދާ ކަމަށް ޔަމަން ސަރުކާރުން ބުނަން ފަށައިފި އެވެ.

December 25, 2017
އައިއެސް ބަލިވިކަން އަދިވެސް ޔަގީނެއް ނޫން

އިރާގާއި ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަމަށް ބުނެ އެ ދެ ގައުމުން ވެސް ދަނީ އުފާ...

24 ޑިސެމްބަރ

December 24, 2017
ސީރިޔާގެ ސަރަހައްދީ ރޮނގު ކައިރި އަށް އިރާގު ސިފައިން

ސީރިޔާ އާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިރާގުގެ ޝީއީންގެ ޕެރަމިލިޓަރީ ސިފައިންގެ ލަޝްކަރެއް އެ ސަރަހައްދަށް ފޮނުވައިފި އެވެ.

December 24, 2017 5
ކަޝްމީރު ބޯޑަރު ކައިރީ އިންޑިއާގެ 3 ސިފައިން މަރާލައި

ޕާކިސްތާނާއި އިންޑިއާއާ ދެމެދު އަރައިރުން އުފެދިފައިވާ ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީގައި ހިނގި ކުރިމަތިލުންތަކެއްގައި އިންޑިއާ ސިފައިންގެ ތިން މީހަކު މަރުވެއްޖެ އެވެ.

December 24, 2017 7
އެމެރިކާ އިން ގަތަރަށް 36 ފައިޓަ ޖެޓް ވިއްކަނީ

އެމެރިކާ އިން ގަތަރަށް ވިއްކުމަށް ހަމަޖެހިފައިވާ 72 ހަނގުރާމަމަތީ މަތިންދާބޯޓުގެ ތެރެއިން 36 މަތިންދާބޯޓު އުފައްދައިދިނުމަށް އެމެރިކާގެ ބޮއިން ކުންފުންޏާ ހަވާލުކޮށްފި އެވެ.

21 ޑިސެމްބަރ

December 21, 2017 1
އުތުރު ކޮރެއާގެ ސިފައިންގެ މީހަކު އަނެއްކާ ދެކުނަށް

އުތުރު ކޮރެއާގެ ސިފައިންގެ މީހަކު އަނެއްކާ ވެސް، ދެ ގައުމުގެ ދެމެދުގައިވާ ހަމަލާ ބަދަލުކުރުން މަނާ ސަރަހައްދު (ޑީމިލިޓަރައިޒްޑް ޒޯން) ހުރަސްކޮށް ދެކުނު ކޮރެއާ އަށް ވަދެއްޖެ އެވެ.

December 21, 2017
އިންސާނީ އެހީތަކަށް ޔަމަންގެ ބަނދަރު ހުޅުވައިދީފި

ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށްޓަކައި، ރަތްކަނޑުގައި އޮންނަ ޔަމަންގެ ހުދައިދާ ބަނދަރު ސައޫދީ އަރަބިއްޔާ އިން އެއް މަސްދުވަހަށް ހުޅުވައިދީފި އެވެ.

20 ޑިސެމްބަރ

December 20, 2017 4
ހޫތީން ސައޫދީ އަށް ހަމަލާ ދެނީ އީރާނުގައި އުފައްދާ މިސައިލުން

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އިއްޔެ ފޮނުވައިލި މިސައިލްގައި ވެސް ހުރީ، އީރާނުގައި އުފައްދާ އެފަދަ ހަތިޔާރުގައި ހުންނަ ފަދަ ފާހަގަތަކެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2017 3
އިނގިރޭސި ސިފައިން ވަނީ ޖެނީވާ މުއާހަދާއާ ޚިލާފުވެފަ

އިރާގުގެ ރައީސް ސައްދާމް ހުސައިން ވެރިކަމުން ދުރު ކުރުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން ކުރި ހަނގުރާމައިގައި އިރާގު ހިފުމަށް ފަހު، އިނގިރޭސި ވިލާތުގެ ސިފައިން ވަނީ...

December 17, 2017
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފަނުފުލުން

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން، ސީރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ޖެނީވާގައި އެންމެ ފަހުން ފެށި ސުލްހައިގެ ވާހަކަތައް ވެސް ދެ...

14 ޑިސެމްބަރ

December 14, 2017
ތަމްރީނުތަކުގައި ބައިވެރިވުމަށް ސިފައިން އިންޑިއާއަށް

އިންޑިއާ ސިފައިންނާއެކު އެ ގައުމުގައި ބާއްވާ ތަމްރީނުތަކެއްގައި ބައިވެރިވުމަށް ދިވެހި ސިފައިންގެ ފައުޖެއް މިއަދު އެގައުމަށް ފުރައިފި އެވެ.

December 14, 2017 6
ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއް މާދަމާ ފެށުމަށް ހަމަޖައްސައިފި އެވެ.

December 14, 2017 12
އީރާނުން ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރު ވިއްކާ

މެދުއިރުމަތީގެ ޓެރަރިސްޓް ޖަމާއަތްތަކާ އެކު އީރާނުން ހަތިޔާރުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ...

13 ޑިސެމްބަރ

December 13, 2017
ޔަމަނުގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން ސައޫދީ އަށް

ރަޝިޔާ އިން ޔަމަންއާ އެކު ގާއިމުކޮށްފައި އޮތް ޑިޕްލޮމެޓިކް ގުޅުން މެދުކަނޑާލައި ޔަމަންގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުން އެ ގައުމުން އިއްޔެ ބާލައިފި އެވެ.

December 13, 2017
ރަޝިޔާ ސިފައިންގެ އެއް ބަޔަކު ސީރިޔާ އިން ފައިބައިފި

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރަށް މަދަދު ދިނުމަށް ރަޝިޔާ އިން ފޮނުވާފައިވާ ސިފައިންގެ ތެރެއިން އެނބުރި ގައުމަށް ދާ ފުރަތަމަ ފައުޖުގެ ސިފައިން މިއަދު ސީރިޔާ...

11 ޑިސެމްބަރ

December 11, 2017
ސުލްހައިގެ ވާހަކަތަކަށް ސީރިޔާގެ ވަފްދު ޖެނީވާ އަށް

ޖެނީވާ (ރޮއިޓާސް) - ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދ. މަޖިލީހުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ސީރިޔާ ސަރުކާރުގެ ވަފްދު ޖެނީވާ އަށް ހިނގައްޖެ އެވެ.

17 ނޮވެމްބަރ

November 17, 2017 2
އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ

ހަރާރޭ (ނޮވެމްބަރު 17) - ޒިމްބާބުވޭގައި ދިގު މުއްދަތަކަށް ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.

15 ނޮވެމްބަރ

November 15, 2017 9
މުގާބޭ ސަރުކާރާ ދެކޮޅަށް ސިފައިން ނުކުމެއްޖެ

ހަރާރޭ (ނޮވެމްބަރު 15) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ނުކުމެއްޖެ އެވެ.