11 ޑިސެމްބަރ

December 11, 2017
ސުލްހައިގެ ވާހަކަތަކަށް ސީރިޔާގެ ވަފްދު ޖެނީވާ އަށް

ޖެނީވާ (ރޮއިޓާސް) - ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އދ. މަޖިލީހުން މެދުވެރިއެއްގެ ދައުރު އަދާކުރާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ސީރިޔާ ސަރުކާރުގެ ވަފްދު ޖެނީވާ އަށް ހިނގައްޖެ އެވެ.

17 ނޮވެމްބަރ

November 17, 2017 2
އިސްތިއުފާ ދެއްވަން މުގާބޭ ދެކޮޅު ހައްދަވަނީ

ހަރާރޭ (ނޮވެމްބަރު 17) - ޒިމްބާބުވޭގައި ދިގު މުއްދަތަކަށް ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި ރޮބަޓް މުގާބޭ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.

15 ނޮވެމްބަރ

November 15, 2017 9
މުގާބޭ ސަރުކާރާ ދެކޮޅަށް ސިފައިން ނުކުމެއްޖެ

ހަރާރޭ (ނޮވެމްބަރު 15) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރުގެ "މުޖްރިމުންނާ" ދެކޮޅަށް ސިފައިން ނުކުމެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2017 3
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި

ޔަންގޮން (ނޮވެމްބަރު 14) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެއްވެސް ޖަރީމާއެއް ނުހިންގާ ކަމަށް މިއަންމާ ސިފައިން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2017 18
ނޮވެމްބަރު 3ގެ އެންމެ ކުޑަ ރަހީނުގެ ދުލުން އެ ދުވަސް

ހަތިޔާރު އަޅައިގެން ތިބި ބަޔަކު ކުއްލިއަކަށް ތިމާގެ ކުރިމައްޗަށް ޖެހިގަނެ ތިމާ ރަހީނު ކުރުމަކީ ކިހާވަރެއްގެ ބިރުވެރި ކަމެއްކަން، އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ އިހްސާސް ވެސް ނުކުރެވޭނެ އެވެ. ތިމާގެ ކުރިމަތީގައި ބޮޑުބޭބެގެ ގަޔަށް ވަޒަން އަރައި ޒަޚަމްވެގެން، މަރަށް ތެޅިތެޅި އޮންނަ މަންޒަރު ބަލަން، ހިތެއް ހުރި އިންސާނަކަށް...

24 އޮކްޓޯބަރ

October 24, 2017 4
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ

ވޮޝިންޓަން (އޮކްޓޯބަރު 24) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާ ދިނުމުގައި ހަރަކާތްތެރިވާ މިއަންމާ ސިފައިންގެ ޔުނިޓްތަކާއި އޮފިސަރުންނަށް ފޯރުކޮށްދޭ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާ އިން ނިންމައިފި އެވެ.

13 އޮކްޓޯބަރ

October 13, 2017 7
"ރޮހިންޖާ މީހުންނަކީ މިއަންމާގެ ރައްޔިތުންނެއް ނޫން"

ޔަންގޫން (އޮކްޓޯބަރު 12) - ރޮހިންޖާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުން ނޫން ކަމަށާއި އެއީ އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު އެ ގައުމަށް ގެނައި ބައެއް ކަމަށް މިއަންމާ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އައުންގް ހުލައިން ވިދާޅުވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2017 1
ކޮރެއާ މަތިން އެމެރިކާގެ ބޮންއަޅާ ބޯޓުތަކެއް ދަތުރުކޮށްފި

ސޯލް (އޮކްޓޯބަރު 11) - ސައުތު ކޮރެއާއާ އެކު ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި އެމެރިކާގެ ބޮން އަޅާ ބޯޓުތަކުން ކޮރެއާ ޕެނިންސުލާ މަތިން އުދުހިއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2017 2
މިއަންމާ ސިފައިންނަށް އަދަބު ދޭން ގޮވާލައިފި

ޖަންގޮން (ސެޕްޓެމްބަރު 19) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ދޭ ރަހުމްކުޑަ އަނިޔާތަކާ ގުޅިގެން މިއަންމާ ސިފައިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2017 16
ދިވެހި ސިފައިންގެ ތަމްރީނެއް މިއަންމާއާ އެކު ނެތް

ދިވެހި ސިފައިންނާއި މިއަންމާގެ ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ރާވާފައި ނެތް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

21 އޯގަސްޓް

August 21, 2017
އެމެރިކާ-ސައުތު ކޮރެއާގެ ތަމްރީނުތަކަށް އިންޒާރު ދީފި

ޕިއޮންޔޮން (އޮގަސްޓް 21) - އެމެރިކާ އާއި ސައުތު ކޮރެއާ ސިފައިން ގުޅިގެން މިއަދު ފެށި ވަރުގަދަ އަސްކަރީ ތަމްރީނުތަކާ ގުޅިގެން ނޯތު ކޮރެއާ އިން އިންޒާރު ދީފި އެވެ.

19 އޯގަސްޓް

August 19, 2017 5
ސިފައިން ތައްޔާރަށް ތިބުމަށް ރައީސް މަދޫރޯ އަންގަވައިފި

ކަރާކަސް (އޮގަސްޓް 19) - ވެނެޒުއެލާ ސިފައިން "ކޮނޑާ ކޮނޑު ޖައްސާ" ތައްޔާރީ ހާލަތުގައި ތިބުމަށް އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަންގަވައިފި އެވެ.

12 އޯގަސްޓް

August 12, 2017 10
ގުއާމް ދިފާއު ކުރަން އެމެރިކާ ސިފައިން އޮތީ ތައްޔާރަށް

ވޮޝިންޓަން (އޮގަސްޓް 12) - ޕެސިފިކުގައިވާ އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމަށް ނޯތު ކޮރެއާ އިން ހަމަލާ ދީފި ނަމަ އެ ތަން ދިފާއު ކުރަން އެމެރިކާ ސިފައިން އޮތީ ތައްޔާރަށް ކަމަށް...

August 12, 2017 5
ވެނެޒުއެލާ އަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނެތް ކަމެއް ނޫން

ވޮޝިންޓަން (އޮގަސްޓް 12) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ބޯހަރުވެ ރައްޔިތުން ދައްކާ ވާހަކަ އަޑު ނާއްސަވާތީ އެ ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނެތް ކަމަށް ނޫން ކަމަށް...

07 އޯގަސްޓް

August 07, 2017 1
ވެނެޒުއެލާގައި ބަޣާވާތް ކުރަން އުޅުނު ސިފައިން ހޯދަނީ

ކަރާކަސް (އޮގަސްޓް 7) - އަސްކަރީ މަރުކަޒަކަށް ހަމަލާ ދިނުމަށް ފަހު ހަތިޔާރާ އެކު ފިލި 10 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2017 4
ވެނެޒުއެލާގެ ޕްރޮސެކިއުޓާ އޮފީސް ސިފައިން ހިސޯރުކޮށްފި

ކަރާކަސް (އޮގަސްޓް 5) - ވެނެޒުއެލާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީސް ސިފައިން ހިސޯރުކޮށްފި އެވެ.

11 ޖުލައި

July 11, 2017 1
އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 16 މަރު

މިސިސިއްޕީ (ޖުލައި 11) - އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ދެކުނުގެ ސްޓޭޓް މިސިސިއްޕީ އަށް ވެއްޓި 16 މީހުން މަރުވެއްޖެ އެވެ.

27 ޖޫން

June 27, 2017 8
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ

އިރާގުގެ މޫސަލްގައި މިހާރު ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މަދު ހަނގުރާމަވެރިންކޮޅު ބަލިކޮށް، އެ ސަހަރު މުޅިން މިނިވަން ކުރެވޭނެ ކަމަށް އިރާގުގެ އަސްކަރިއްޔާ އިން...

June 27, 2017 2
ދެން ކެމިކަލް ހަމަލާއެއް ދީފިއްޔާ ނަތީޖާ ގޯސްވާނެ

މީގެ ފަހުން ސީރިޔާ ސަރުކާރުން އެ ގައުމުގެ އެއްވެސް ބަޔަކާ ދެކޮޅަށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދީފި ނަމަ، ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ އެމެރިކާ އިން، ސީރިޔާގެ ރައީސް...

26 ޖޫން

June 26, 2017 5
އިދިކޮޅު ހަނގުރާމަވެރިން ރައްގާ ހިފައިފި

އެމެރިކާގެ އަސްކަރީ މަދަދާ އެކު، ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތްތަކުން، އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ބަލިކޮށް، ރައްގާ ސަހަރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފި އެވެ.

June 26, 2017 3
ސީރިޔާ ހަނގުރާމަ ގޯލާންގެ އުސް ބިންތަކަށް ފެތުރެނީ

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ، އިޒްރޭލާ އިންވެގެން އޮންނަ ގޯލާންގެ އުސް ބިންތަކަށް ފެތުރެން ފަށައި ހަނގުރާމަ ވަރުގަދަ ވަމުން އެބަދެ އެވެ.

June 26, 2017 2
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި

މޫސަލް އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ފައްސައިލުމަށް އިރާގު ސިފައިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އައިއެސް އިން ވަރުގަދަ ރައްދު ހަމަލާތަކެއް ދިން...

25 ޖޫން

June 25, 2017 2
ސީރިޔާ އިން ހަނގުރާމައިގެ ކުށްވެރިންނަށް މައާފް ދީފި

މިއަދު ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގައި ފާހަގަ ކުރަމުން އަންނަ އުފާވެރި ފިތުރު އީދުގެ މުނާސަބަތުގައި، ސީރިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ހަނގުރާމައިގެ ކުށްވެރިންތަކަކަށް މައާފް ދީ މިނިވަން ކޮށްފި އެވެ.

24 ޖޫން

June 24, 2017 4
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގައި، ވެއަތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އާންމުންގެ 472 މީހަކު މަރުވެފައިވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.