15 ޖޫން

June 15, 2017 17
12 ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާ އިން ގަތަރަށް

ވޮޝިންޓަން (ޖޫން 15) - އެފް-15 ގެ ހަނގުރާމަ މަތީ މަތިންދާ ބޯޓު ވިއްކުމުގެ 12 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެމެރިކާ އާއި ގަތަރުން ގާއިމްކޮށްފި އެވެ.

25 މެއި

May 25, 2017 1
ފިލިޕީންސްގައި ސިފައިންގެ ބާރު ހިންގަން ޖެހިދާނެ: ޑުޓާޓެ

މެނިލާ (މެއި 25) - ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯގައި އިއުލާން ކުރި ސިފައިންގެ ގާނޫނު މުޅި ގައުމުގައި ވެސް ހިންގަން ޖެހިދާނެ ކަމަށް އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

24 މެއި

May 24, 2017 2
މުސްލިމުންނަށް އަނިޔާ ނުކުރާ ކަމަށް ސިފައިން ބުނެފި

ޔަންގޫން (މެއި 24) - މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ކަމުގެ ސާފު ހެކި ހުރި ނަމަވެސް މިއަންމާ ސިފައިން އެކަން ދޮގުކޮށްފި އެވެ.

04 މެއި

May 04, 2017 2
ސޯމާލިއާ ސިފައިންނަށް އޮޅިގެން ވަޒީރަކު މަރާލައިފި

މޮގަދިޝޫ (މެއި 4) - ސޯމާލިއާ ސިފައިންނަށް އޮޅިގެން ދެވުނު ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ ޒުވާން މިނިސްޓަރު މަރާލައިފި އެވެ.

26 އެޕްރީލް

April 26, 2017 1
އާ މަނަވަރަކާ އެކު ޗައިނާގެ އަސްކަރީ ބާރުގަދަކުރަނީ

ބެއިޖިން (އެޕްރީލް 26) - ޗައިނާގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެ ގައުމުން މަތިންދާ ބޯޓު އުފުލާ އާ މަނަވަރެއް މިއަދު ނެރެފި އެވެ.

24 އެޕްރީލް

April 24, 2017 34
ޓެރަރިޒަމް ހިންގަނީ ސިޔާސީ ކަންކަމާ ގުޅުވައިގެން

ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ގިނައިން ހިންގާފައި ވަނީ ސިޔާސީ ކަންކަމާ ގުޅިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2017
ގައިދީންގެ ގަޔަށް ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ

ގާހިރާ (އެޕްރީލް 22) - މިސްރުގެ އުތުރުގެ ސައިނާއީ ސަރަހައްދުގެ ޖަލެއްގައި ގައިދީންތަކެއްގެ ގަޔަށް ސިފައިން ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

20 އެޕްރީލް

April 20, 2017 5
ކާނާ ކަމުނުދާ ކަމަށް ބުނި ސިފައިންގެ މީހާގެ ވަޒީފާ ގެއްލިއްޖެ

ނިއު ދިއްލީ (އެޕްރީލް 20) - ކާން ލިބެނީ ވަރަށް ފެންވަރު ދަށް ކާނާ ކަމަށް ބުނެ ވީޑިއޯއެއް އާއްމު ކުރި އިންޑިއާ ސިފައިންގެ މީހާ ވަޒީފާ އިން ވަކިކޮށްފި އެވެ.

02 އެޕްރީލް

April 02, 2017
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ

އިރާގާއި ސީރިޔާ އަށް ފޮނުވާ އެމެރިކާ ސިފައިންގެ މައުލޫމާތު އާންމު ކުރުން އެމެރިކާ ސަރުކާރުން ހުއްޓާލައިފި އެވެ.

30 މާޗް

March 30, 2017 1
އެމެރިކާ އިން އިރާގަށް އިތުރު ސިފައިން ފޮނުވަނީ

އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ދެ ގައުމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

March 30, 2017
ސީރިޔާގައި ތުރުކީ ސިފައިންގެ މަސައްކަތް ނިންމާލައިފި

މީގެ އަށް މަސް ކުރިން ތުރުކީ ސިފައިން އިރާގުގައި ފެށި އަސްކަރީ ހަރަކާތްތައް ކާމިޔާބު ކަމާ އެކު އިއްޔެ ނިންމާލައިފި އެވެ.

29 މާޗް

March 29, 2017 4
އިންޑިއާ އާއި ދިވެހި ސިފައިންގެ ބޭންޑް ހަރަކާތްތަކެއް

އިންޑިއާގެ ތިން މަނަވަރުގެ ސިފައިންނާއި ދިވެހި ސިފައިންގެ ބޭންޑް ހަރަަކާތްތަކެއް މާދަމާ ޖުމްހޫރީ މައިދާންގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

28 މާޗް

March 28, 2017 2
ޔަމަން ހަނގުރާމަ އަށް އެމެރިކާގެ އެހީ އިތުރުކޮށްފި

ވޮޝިންޓަން - ޔަމަންގައި އުފެދިގެން އުޅޭ ދާޚިލީ ހަނގުރާމައިގައި، އިދިކޮޅު ޝީއީ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީން އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރަށް އެމެރިކާ އިން ދޭ...

March 28, 2017 2
ދެތިން ހަފުތާގައި އައިއެސް ބަލިކޮށްލެވޭނެ: އައްބާދީ

އިރާގުގެ އެކި ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ބަލިކޮށްލެވޭނެ ކަމަށް އިރާގުގެ...

27 މާޗް

March 27, 2017 1
200 މީހުން މަރުވި ހާދިސާ ތަހުގީގު ކުރަން ނިންމައިފި

އިރާގުގައި ހަނގުރާމަ ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން ދިން ހަމަލާއެއްގައި އާންމުންގެ 200 އެއްހާ މީހުން މަރުވި...

March 27, 2017 2
ހޫތީން ވަނީ ޔަމަންގައި ގަތުލުއާންމު ހިންގާފައި: ރިޕޯޓް

ޖިއްދާ - ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާ އިދިކޮޅު ހޫތީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވަނީ ޔަމަންގެ އެކި...

22 މާޗް

March 22, 2017
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު މިހާރު ވެސް ދަނީ ގަދަ ވަމުން ކަމަށް އެ ގައުމުގައި ތިބި ބިދޭސީ ނޫސްވެރިން ބުނެފި އެވެ.

March 22, 2017
މޫސަލް ހިފުން އުނދަގޫ ކަމަކަށް ވެފައި

އިރާގަށް އަތް ގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބާރު އެންމެ ބޮޑަށް ފެތުރިފައިވާ މޫސަލް އަލުން ހިފުމަށް އިރާގު ސަރުކާރުގެ ސިފައިން ހަނގުރާމަ...

March 22, 2017 59
ވޯޓުނުލާ ގޮތަށް ހަދަން ސިފައިން ތާއީދުކުރޭ: މިނިސްޓަރު

އިިންތިޚާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހުކުރަން ސިފައިން ތާއީދުކުރާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

21 މާޗް

March 21, 2017
ކުރުދީންނަށް އަސްކަރީ މަރުކަޒެއް ނުހަދަން: ރަޝިޔާ

ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނަށް ރަޝިޔާ އިން އަސްކަރީ މަރުކަޒެއް ގާއިމުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރުދީ ހަނގުރާމަވެރިން ބުނާ ބުނުންތައް ރަޝިޔާ އިން ދޮގުކޮށްފި އެވެ.

March 21, 2017
ބަޣުދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މަރު

އިރާގުގެ ވެރިރަށް ބަޣުދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފި އެވެ.

March 21, 2017
ރަޝިޔާ އަށް ލީބިޔާ މައްސަލަ ހައްލު ކުރެވޭނެތަ؟

ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި މީގެ އަހަރުތަކެއް ކުރިން ރަޝިޔާ ގެންގުޅުނު ސިޔާސަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އިރާގަށް...

08 މާޗް

March 08, 2017
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދެނީ

ކާބުލް (މާޗް 8) - އަފްޣާނިސްތާނުގެ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދޭން ފަށައިފި އެވެ.

07 މާޗް

March 07, 2017 1
މޫސަލްގެ ސަރުކާރުގެ މައި އޮފީސް އިރާގު ސިފައިން ހިފައިފި

ބަޣުދާދު (މާޗް 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފަން އިރާގު ސިފައިން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ ސަރުކާރު އޮފީސްތައް ހިމެނޭ މައި އިމާރާތް މިއަދު ހިފައިފި އެވެ.

02 މާޗް

March 02, 2017
އެމެރިކާ އަށް ރަހުމެއް ނެތް ރައްދެއް ދޭނަން: ނޯތު ކޮރެއާ

ޕިއޮންޔަން (މާޗް 2) - އެމެރިކާ އާއި ސައުތު ކޮރެއާ އިން ފެށި އަސްކަރީ ތަމްރީނުތަކުގައި ނޯތު ކޮރެއާގެ ސަރަހައްދަށް ވަދެއްޖެ ނަމަ ރަހުމެއް ނެތް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެ ދެ ގައުމަށް ނޯތު ކޮރެއާ އިން އިންޒާރު ދީފި އެވެ.

23 ފެބުރުއަރީ

February 23, 2017 4
ތުރުކީގެ އަންހެން ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

އަންކަރާ (ފެބްރުއަރީ 23) - ތުރުކީގެ އަންހެން ސިފައިން ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން ސަރުކާރުން ހުއްދަ ކޮށްފި އެވެ.