22 އޯގަސްޓް

August 22, 2016 5
ޗެކުތައް އެއް ދުވަސް ތެރޭ ޖަމާކުރެވޭ ގޮތް ހަދަނީ

ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ޗެކުތައް އެއް ސައިޒަކަށް އަދި އެއް ފޯމެޓަކަށް ބަދަލުކޮށް، އޮޓޮމެޓިކް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް އެއް ދުވަސް ތެރޭގައި ފައިސާ ޖަމާކޮށްދޭން ފަށާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.

17 އޯގަސްޓް

August 17, 2016 4
ސީބީއެމްގެ ވިޔަފާރި ފެށުން ސެޕްޓެމްބަރު 26އަށް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ވިޔަފާރި ފެށުމުގެ ހުއްދައިގެ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްދީފި އެވެ.

16 އޯގަސްޓް

August 16, 2016 27
ޑޮލަރު ހޯދަން އަނެއްކާ ވެސް ކިޔޫ ދަމާލައިފި

ގިނަ އަދަދެއްގެ ބަޔަކު ހައްޖަށް ފުރާތީ ޑޮލަރުގެ ޑިމާންޑް ވަރަށް ބޮޑުވެ، ބޭންކުތަކުގެ ބޭރުގައި ބޮޑު ކިޔޫ ދަމާލައިފި އެވެ.

14 އޯގަސްޓް

August 14, 2016 5
ބޮޑު ޗުއްޓީގައި އެންމެ ގިނަ ބަޔަކު ދިޔައީ ބޭހަށް

މިދިޔަ ޑިސެމްބަރު މަހު ސްކޫލް ބަންދާ ދިމާކޮށް ދިވެހިން އެންމެ ގިނައިން ބޭރަށް ދަތުރުކުރީ ބޭސްފަރުވާ ހޯދަން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

07 އޯގަސްޓް

August 07, 2016 19
50 މިލިއަން ރުފިޔާގެ ކްރެޑިޓް ގެރެންޓީ ސްކީމެއް

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބޭ ސްކީމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކޮށްފި އެވެ.

06 އޯގަސްޓް

August 06, 2016 25
ބޭނުންކުރެވޭ ރިޒާވް 11 ޕަސެންޓް ދަށަށް

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ވިއްކުން އިތުރުވުމުން މިދިޔަ ޖޫން މަހު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 11 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

01 އޯގަސްޓް

August 01, 2016
ކުރީގެ ނޫޓުތައް ބޭނުންކުރުން ހުއްޓާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުން ގެންދިޔަ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާގެ ނޫޓު ފިޔަވައި އެހެން ނޫޓުތައް ބޭނުންކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

28 ޖުލައި

July 28, 2016 1
އެމްއެމްއޭ އާއި ބޭންކުތައް އާދީއްތަ ދުވަހު ހުޅުވާނެ

އަންނަ އާދީއްތަ ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމާފައި ވިޔަސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް އެ ދުވަހު ހުޅުވާނެ ކަމަށް ބުނެފި އެވެ.

23 ޖުލައި

July 23, 2016 2
ބޭންކުތަކުން ނޫޓުތަކަށް ޑިސެމްބަރުގެ ނިޔަލަށް ބަދަލު ދެނީ

މިމަހުގެ ނިޔަލަށް ބޭނުންކުރަން ނިންމާފައިވާ ކަރުދާސް ނޫޓުތަކަށް އަންނަ ޑިސެމްބަރުގެ ނިޔަލަށް ބޭންކުތަކުން ބަދަލުދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

21 ޖުލައި

July 21, 2016 17
ދެ ރުފިޔާގެ ނޫޓު ވެސް އަންނަ މަހު އުވޭނެ

ދިވެހި ރުފިޔާގެ ކުރީގެ ނޫޓްތަކެކޭ އެއްގޮތަށް ދެ ރުފިޔާގެ ކަރުދާސް ނޫޓު ވެސް އަންނަ މަހުން ފެށިގެން ވިޔަފާރިތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު...

July 21, 2016 6
ނޫޓުތައް ބަދަލުކޮށްދޭން އެމްއެމްއޭ އިން އަތޮޅުތަކަށް

ކުރީގެ ކަރުދާސް ނޫޓު ސީރީޒްގެ ތެރެއިން 5ރ. ފިޔަވައި އެެހެން ނޫޓުތައް ރަންދިހަފަހެއްގެ ނޫޓުތަކަށް ބަދަލު ކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައެއް...

04 ޖުލައި

July 04, 2016 12
ރިޒާވް 10 ޕަސެންޓް ދަށަށް ހިނގައްޖެ

ބޭރު ފައިސާގެ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ޔޫއެސް ޑޮލަރުގެ ރިޒާވް މިދިޔަ މެއި މަހާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

23 ޖޫން

June 23, 2016 15
ރާއްޖެ ދޫކޮށް ފިލުމުގެ ވިސްނުމެއް ނެތް: ގަވަރުނަރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ މައްސަލައިގައި...

June 23, 2016 23
ގަވަރުނަރު "ފިއްލަވަން" އުޅުއްވާ ކަމުގެ ތުހުމަތުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޒީމާ އާދަމް "ފިއްލެވުމު"ގެ ކަންކަން ހަމަޖައްސަވަން އޭނާގެ ފިރިކަލުން އަދި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އުޅުއްވާ ކަމަށް...

13 ޖޫން

June 13, 2016 6
ބޭރުން 339 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ

ބޭރުގެ ކުންފުނިތަކުން މިއަހަރު ރާއްޖޭގައި 339.2 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) އިންވެސްޓްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) އިން ބުނެފި އެވެ.

12 ޖޫން

June 12, 2016 8
ބިދޭސީން 363 މިލިއަން ޑޮލަރު ބޭރުކޮށްފި

މިދިޔަ އަހަރުގެ ނިޔަލަށް ބިދޭސީންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ރާއްޖެއިން ބޭރުކޮށްފި އެވެ.

07 ޖޫން

June 07, 2016 5
ބަންދު ސަލީމް އިސްކޮށް، ސޮލަރެލްގެ ފުރަތަމަ ފިޔަވަޅު

ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތައް ހިންގެވުމުގައި ދާދި ފަހަކާ ޖެހެންދެން ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބަންދު އިބްރާހިމް ސަލީމް (ބަންދު ސަލީމް) އަކީ މާލީ އަދި ވިޔަފާރީގެ ތަޖުރިބާކާރެކެވެ. ހަމައެހެންމެ އޭނާ އަލަށް ފެއްޓެވި ވިޔަފާރީގައި ބައިވެރިންނަކީ ވެސް މާލީ އަދި ވިޔަފާރީގެ ދާއިރާގެ ވަރަށް ގިނަ ތަޖުރިބާ...

02 ޖޫން

June 02, 2016
އުރީދު އަށް މޮބައިލް ޕޭމަންޓްގެ ލައިސަންސް ދީފި

ރާއްޖޭގައި މޮބައިލް ޕޭމަންޓްގެ ހިދުމަތް ދިނުމަށް އުރީދޫ އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޮބައިލް ޕޭމަންޓް ސާވިސް ލައިސަންސް މިއަދު ދީފި އެވެ.

June 02, 2016 2
އިތުރު ކުންފުންޏަކަށް އިންޝުއަރެންސްގެ ލައިސަންސް ދީފި

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ލައިސަންސް ދީފި އެވެ.

01 ޖޫން

June 01, 2016 3
ކުރީގެ ނޫޓުތައް ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ

ކުރީގެ ނޫޓުތައް ބޭނުންކުރެވޭ މުއްދަތަށް އިތުރު ބަދަލެއް ނުގެންނަ ކަމަށާއި އަންނަ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

June 01, 2016 2
އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ދަށަށް ދާނެ

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާ އިން ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކުރިން އަންދާޒާ ކުރި މިންވަރަށް އެ ދާއިރާ ކުރިއަރާނެ ކަމަށް ލަފާނުކުރެވޭތީ، އިގްތިސާދީ ދުވެލި...

June 01, 2016
ޔޫޒަބްލް ރިޒާވް ފަސް ޕަސެންޓް ދަށަށް ހިނގައްޖެ

ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާ ނުވަތަ ޔޫޒަބްލް ރިޒާވް މިދިޔަ މާޗް މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ...

23 މެއި

May 23, 2016
ޑޮލަރުގެ ކަޅު ބާޒާރުގެ ނެޓްްވޯކު ވަރުގަދަ ވަނީ!

ރައީސް އަބްދުﷲ ޔާމީން 2013ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތްޕުޅު ހިމެނެ އެވެ. އެ މަސައްކަތްޕުޅު އެމަނިކުފާނު ކާމިޔާބު ކުރެއްވި އެވެ. ޔާމީން ވެރިކަމަށް ވަޑައިގަތްއިރު ރާއްޖެ އޮތީ، ޑޮލަރުގެ ކަޅު ބާޒާރެއްގެ ހާއްޔެއްގެ ތެރޭގައި ކަން އެއީ...

16 މެއި

May 16, 2016
ލަންކާގެ ކޮމާޝަލް ބޭންކާއި ޓްރީ ޓޮޕް ގުޅިގެން ހަދާ ބޭންކަށް ހުއްދަ ދީފި

ސްރީ ލަންކާގެ އެންމެ ބޮޑު އަމިއްލަ ބޭންކުން ރާއްޖޭގައި ބޭންކެއް ހިންގުމުގެ ހުއްދަ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެދުނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ ހިއްސާ އޮވެގެން އުފައްދާ ފުރަތަމަ...