04 ޖުލައި

July 04, 2016 5
ޒަމީރުގެ ޖަލު ހުކުމް އިސްތިއުނާފްކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮންް ގޮއްވާލުމުން، ލޯންޗްގައި ހުރި މުހިންމު ހެކިތަކެއް ހުއްދަ ނެތި ގެންދިޔަ މައްސަލާގައި ޖަލު ހުކުމް އައިސްފައިވާ ސިފައިންގެ ދެ މީހުންގެ ތެރެއިން މޫސާ ޒަމީރު އެ މައްސަލަ ހައި ކޯޓުގައި އިއްޔެ އިސްތިއުނާފްކޮށްފި އެވެ.

02 ޖުލައި

July 02, 2016 4
"ހާދަރު" ގެ ކްރޫ ލަންކާ އަށް

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރަން ހަމަޖެހިފައިވާ "ހާދަރު" ގެ މަންޒަރުތަކެއް ނަގަން ފިލްމުގެ ކްރޫ ރޭ އަވަށްޓެރި ސްރީ ލަންކާ އަށް ފުރައިފި އެވެ.

28 ޖޫން

June 28, 2016 8
"ހާދަރު" ގެ ޓިކެޓް ޖުލައި އެކެއްގައި ވިއްކަން ފަށާނެ

އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ އެމްއެންޑީއެފްގެ ފިލްމް "ހާދަރު" ގެ ޓިކެޓް އަންނަ މަހުގެ އެކެއްގައި ވިއްކަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

27 ޖޫން

June 27, 2016 43
އިންޑިއާ އިން ދިން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ؟!

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި އަނބުރާ ފޮނުވާލަން ސަރުކާރުން ވިސްނަމުން ދާކަން ހާމަވެއްޖެ އެވެ.

25 ޖޫން

June 25, 2016 3
ލޯންޗަކާއި ދޯންޏެއް ޖެހި ގިނަ ބަޔަކަށް އަނިޔާވެއްޖެ

ވިލިމާލެ އާއި ފޭދޫ ފިނޮޅާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި 15 މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.

21 ޖޫން

June 21, 2016 12
ޑްރޯންއާ ގުޅޭ ގޮތުން ނިންމި ނިންމުން ރަނގަޅު: ޝާފީ

ރަސްފަންނު ސަރަހައްދު ފިޔަވައި މާލޭގެ އެހެން ހިސާބެއްގައި ޑްރޯން ބޭނުންކުރާ ނަމަ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހުމަކީ ސަލާމަތީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށް ފޮޓޯ ކައުންސިލްގެ ރައީސް އަދި ފޮޓޯގްރާފަރު މުހައްމަދު ޝާފީ މިއަދު ބުނެފ އެވެ.

20 ޖޫން

June 20, 2016 8
ބޮމުގެ ހެކި ނައްތައިލި ޒަމީރާއި ތިހާމް މިނިވަން ވާނެ

ރިއާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ހެކި ނައްތައިލިކަން ސާބިތުވެ ޖަލަށް ލާން ހުކުމް ކުރި ސިފައިންގެ ދެ މީހުން ހުކުމް ތަންފީޒު ކުރަން ނުޖެހި ސަލާމަތް ވާނެކަން...

June 20, 2016 3
ބަންޑާރަކޮށީގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ބަންޑާރަކޮށީގައި އަޅާ އާ އިމާރާތުގެ ބިންގާ ރަސްމީކޮށް ރޭ އަޅައިފި އެވެ.

19 ޖޫން

June 19, 2016 15
ފަޔާޒަށް ދެ އަހަރު، ތިހާމާއި ޒަމީރަށް ހަތަރު މަސް

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހެކި ނައްތާލިކަން ސާބިތުވެ، ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

18 ޖޫން

June 18, 2016 13
ފަޔާޒާއި ސިފައިންގެ ދެ މީހުންނަށް މާދަމާ ހުކުމް ކުރަނީ

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

16 ޖޫން

June 16, 2016 11
"ބޮން ހެދި މީހާ ދޫކޮށެއް ނުލާ، ފިޔަވަޅު އަޅާނެ"

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ބޭނުން ކުރި ބޮން ހެދި ސިފައިންގެ މީހާ ދޫކޮށްލާފައި ހުރި ކަމަށް ކުރާ ތުހުމަތު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.

14 ޖޫން

June 14, 2016
ފަޔާޒާއި ސިފައިންގެ ދެ މީހުންގެ އަޑުއެހުންތައް ނިމިއްޖެ

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

12 ޖޫން

June 12, 2016 1
ޕާޕާ، ތިހާމް އަދި ޒަމީރުގެ ޝަރީއަތުގެ ފަހު އަޑުއެހުން އަންގާރަ ދުވަހު

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި މައްސަލައާ ގުޅިގެން، ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ފަހު އަޑުއެހުން އަންނަ އަންގާރަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

09 ޖޫން

June 09, 2016 14
ރަސްފަންނުގައި ނޫނީ ޑްރޯން ދުއްވުން މަނާކޮށްފި

ރަސްފަންނު ސަރަހައްދު ފިޔަވައި މާލޭގެ އެހެން އެއްވެސް ސަރަހައްދެއްގައި ޑްރޯން ބޭނުންކުރުން މަނާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓްކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

07 ޖޫން

June 07, 2016 7
ފަޔާޒްގެ ޝަރީއަތް އެމްއެންޑީއެފުން އެދިގެން ސިއްރުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި، އޭރު މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ހުރި، ކާނަލް (މިހާރު ކެޕްޓަން) އަހުމަދު ފަޔާޒް (ޕާޕާ)ގެ މައްޗަށް ކުރާ ދަައުވާގެ މިއަދުގެ އަޑުއެހުން އެމްއެންޑީއެފް އިން އެދިގެން ސިއްރުކޮށްފި އެވެ.

05 ޖޫން

June 05, 2016 2
ކޮރެއާއިން ރާއްޖެއަށް އަސްކަރީ އުޅަނދެއް ހަދިޔާކޮށްފި

ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދު މިއަދު ރާއްޖެ ގެނެސްފި އެވެ.

27 މެއި

May 27, 2016 4
އަސްކަރިއްޔާ ހަރުދަނާކުރަން ޕާކިސްތާނުން 10 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރަން ޕާކިސްތާނުން ދޭން ހަމަޖައްސާފައިވާ 10 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީގައި އަންނަ ޖުލައި މަހު ސޮއިކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

25 މެއި

May 25, 2016 14
ގްރީން ޒޯންގެ ބިރުވެރިކަން އިންތިހާ އަށް ބޮޑު

ރާއްޖޭގައި ގްރީން ޒޯންތަކަކީ ކޮބައިކަން ސާފުކޮށް ބުނަން އެނގޭނެ ބަޔަކު ތިބޭނެހެން ހިއެއް ނުވެ އެވެ. ބައެއް ކަހަލަ ހާލަތްތަކުގައި ގްރީން ޒޯނަށް ބަދަލުވާ ސަރަހައްދުތައް ގިނަކަމުން، އެކަން ސާފުކޮށް ދެނެގަންނަން ހަމަ ދަތިވަނީ އެވެ. ފުލުހެއްގެ ކައިރިން އެއް ފަހަރަކު، ގްރީން ޒޯނަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ، ޖުމްހޫރީ މައިދާން...

24 މެއި

May 24, 2016
ޕާޕާގެ ޝަރީއަތަށް ޗީފާއި ވައިސް ޗީފް ހާޒިިރު ނުކުރާނެ

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) ގެ މައްޗަށް ކުރާ ދައުވާގައި ފަޔާޒްގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީީފްގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

16 މެއި

May 16, 2016
"ހާދަރު" އަށް އިންތިޒާރު ކުރެވެނީ ކީއްވެ؟

މި އަހަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާ ކުރާ އެއް ފިލްމަކީ ޔަގީނުން ވެސް އެމްއެންޑީއެފްގެ ފިލްމް "ހާދަރު" އެވެ. އެއީ ސަބަބުތަކެއް ވެސް ހުރެގެންނެވެ.