22 އޯގަސްޓް

August 22, 2019 1
"އިންދިރާސް" އަލުން ހަދަން ނިންމައިފި

މީގެ އަށް އަހަރު ކުރިން ރަވީ ފާރޫގް ޑައިރެކްޓްކޮށް ގެނެސްދޭން އުޅުނު ފިލްމު "އިންދިރާސް" ގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

04 މާޗް

March 04, 2019 20
ޕްރައިމަރީން ބަލިވި 4 މީހަކު އިންތިޚާބުގައި ވާދަކުރޭ

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ހަތަރު މީހަކު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2019 32
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހަޅައިފި

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

19 ޖެނުއަރީ

January 19, 2019 24
މެމްބަރުންގެ ތެރެއިން ނާކާމިޔާބުވީ 5 ބޭފުޅަކަށް

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީގައި، މިހާރު މަޖިލިހުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ނުލިބި، ފުރުސަތު ގެއްލުނީ ފަސް ބޭފުޅަކަށެވެ.

21 ނޮވެމްބަރ

November 21, 2018 21
މަޖިލިސް އިންތިހާބަށް ގޮނޑިތައް ބަހާނެގޮތް އަދި ނުނިމޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކަށް ދާއިރާތައް ނުވަތަ ގޮނޑިތައް ބަހާނެ ގޮތަކާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2018 40
މުހައްމާ އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

31 އޮކްޓޯބަރ

October 31, 2018 14
ތާރީޚީ ދުވަހެއް! 12 މެމްބަރުން އެކުގައި މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދޭތާ ދޮޅު އަހަރެއްހާ ފަހުން، މަޖިލީހަށް ވެންނެވުމުގެ ފުރުސަތު، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް މިއަދު ފުރުސަތު ދީފި އެވެ. މިއީ، މަޖިލީހުގެ ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހެކެވެ.

30 އޮކްޓޯބަރ

October 30, 2018 15
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް...

October 30, 2018 8
ޝަހުދީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

29 އޮކްޓޯބަރ

October 29, 2018 3
ބާކީ ތިބި 4 މެމްބަރުންގެ މައްސަލައިގެ ހުކުމް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މެމްބަރު ކަމުގެ ގޮނޑިއާ މެދު މިހާތަނަށް ގޮތެއް ނުނިމި ތިބި ހަތަރު މެމްބަރުންގެ މައްސަލަތަކުގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

26 އޮކްޓޯބަރ

October 26, 2018 2
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މެންބަރުންގެ ތެރެއިން މިހާތަނަށް ސުޕްރީމް ކޯޓުން މައްސަލަ ނުނިމި ތިއްބެވި އަށް މެމްބަރުންގެ ބަޔާންތަކުގައި ވަކީލުން އިއްޔެ ސޮއިކުރައްވައިފި އެވެ.

25 އޮކްޓޯބަރ

October 25, 2018 6
ޝަހުދީ އާއި މުހައްމާގެ މައްސަލަ ވެސް ހުކުމާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

23 އޮކްޓޯބަރ

October 23, 2018 8
ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ...

29 މާޗް

March 29, 2018 11
އިންތިހާބު މިނިވަންވާނީ އަމުރު ތަންފީޒުކޮށްގެން:މުހައްމާ

އިދިކޮޅު ސިޔާސީ ލީޑަރުން، މިނިވަންކުރުމަށް ދައުލަތުގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ބާއްވާ ރިޔާސީ އިންތިހާބެއް މިނިވަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ވިދާޅުވެއްޖެ އެވެ.

15 މާޗް

March 15, 2018
މުހައްމާ އަނެއްކާ ވެސް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އިން މިރޭ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

14 މާޗް

March 14, 2018 6
މުހައްމާގެ މައްޗަށް ފަސް ތުހުމަތެއް

ރިޝްވަތުގެ ތުހުމަތު ކޮށްފައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މައްޗަށް ފަސް ކުށެއްގެ ތުހުމަތު ކޮށް، ފުލުހުން އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފި އެވެ.

13 މާޗް

March 13, 2018 3
މުހައްމާ ފުލުސް އޮފީހަށް ހާޒިރު ކުރުން ފަސްކޮށްފި

ރިޝްވަތުގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުސް އޮފީހަށް ހާޒިރުކުރުން މާދަމާ އަށް ފަސްކޮށްފި އެވެ.

11 މާޗް

March 11, 2018 10
ފޯނު އަތުލުމަށް ފަހު މެންބަރު މުހައްމާ ދޫކޮށްލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

March 11, 2018 11
އެސްއޯއީގެ ދަށުން މުހައްމާ ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރުކޮށްފި އެވެ.

04 މާޗް

March 04, 2018 47
ރައީސް ޔާމީން ދޫކޮށް، އިދިކޮޅާ ނުގުޅޭނަން: މުބީން

ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތަކާ ދޭތެރޭގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ވަރަށް އަވަހަށް އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

24 ފެބުރުއަރީ

February 24, 2018 7
އެންމެ ކާމިޔާބު ޕްރޮޑިއުސަރުންނަކީ ކޮބާ؟

ފިލްމުތަކުގެ ވާހަކަ އާންމުކޮށް ދައްކާ އިރު، އެންމެ ގިނައިން އަދި އެންމެ ބޮޑަށް ދެކެވޭނީ އެ ފިލްމެއްގެ ތަރިންނާއި ޑައިރެކްޓަރުންގެ ވާހަކަ އެވެ. ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާ ގިނަ މީހުންގެ ވާހަކަ ދެކެވޭނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެކަމަކު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަނީ އަދި ޑައިރެކްޓަރާއި ތަރިންނަށް...

15 ފެބުރުއަރީ

February 15, 2018 12
މަހްލޫފާއި މުހަންމާ ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ދެންމެ ދޫކޮށްލައިފި އެވެ.