13 އޯގަސްޓް

August 13, 2019 16
ޓީމުގައި ނެތީ ކީއްވެތޯ ކޯޗު ގާތު ނާހަން: ބަކާ

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް އަންނަ މަހު ކުޅެން ނެގި ސްކޮޑުގައި ނުހިމެނި ސަބަބު އޮޅުންފިލުވަން ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގަޓާ ވާހަކަ ނުދައްކާކަމަށް ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

05 ޖޫން

June 05, 2019 3
ބަކާ ދިއްދޫގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އޭނާގެ ނަމުގައި ހއ. ދިއްދޫގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި އެވެ.

08 މެއި

May 08, 2019 5
އީގަލްސް ދޫކޮށް ބަކާ ގްރީންސްޓްރީޓްސް އަށް

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކްލަބް އީގަލްސް ދޫކޮށް އަންނަ ސީޒަނުގައި ކްލަބް ގްރީންސްޓްރީޓްސް އަށް ކުޅެން ސޮއިކޮށްފި އެވެ.

16 އޯގަސްޓް

August 16, 2018 9
ސާފް ސުޒުކީ ކަޕާ މެދު ބަކާ އުއްމީދުގައި

މި ފަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

30 މާޗް

March 30, 2018 11
ބަކާގެ މުހިއްމުކަން އޭނާ ސާބިތުކޮށްދީފި

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ބޫޓާން އަތުން 7-0 އިން ރާއްޖެ މޮޅުވި މެޗުގައި، ދެ އަހަރަށް ފަހު ގައުމީ ޓީމަށް އެނބުރި އައި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ދެއްކި ކުޅުމާ އެކު ގައުމީ ޓީމުގެ ޖާގައެއް އޭނާ އަށް ހައްގުކަން މިވަނީ ސާބިތުކޮށްދީފަ އެވެ. ޒުވާން ޓީމެއް ބިނާކުރަން އެފްއޭއެމުން ކުރަމުން...

26 މާޗް

March 26, 2018 8
ބޫޓާން މެޗުގެ ސްކޮޑުގައި ބަކާ އާއި ދާދު ހިމަނައިފި

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ނުކުންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އިތުރުކުރިއިރު އަލީ އަޝްފާގް (ދަގަނޑޭ) ޕްރެކްޓިހާ ގުޅިއްޖެ އެވެ.

13 ޖެނުއަރީ

January 13, 2018 3
ބަކާ އީގަލްސް އަށް

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އަންނަ ސީޒަނުގައި އޭނާގެ ކުރީގެ ޓީމު، ކްލަބް އީގަލްސް އަށް ކުޅެން ސޮއިކޮށްފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 9
ރިޒުހާނާއި ސާއިފް ޓީމަށް، ބަކާ އަށް ފުރުސަތެއް ނެތް

ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު 10 ވަނަ ދުވަހު މާލޭގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި މުހައްމަދު ސާއިފަށް ފުރުސަތު ދިންއިރު، މާޒިޔާ އަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މި ފަހަރު ވެސް ބާކީވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2017 25
ކުޅެން ފުރުސަތެއް ނެތް، ބަކާ ކުޅިބަލަން!

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު އިންޑޮނީޝިއާ އިން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖެހި ފަހުން އޭޝިއާގެ މެދު ފަންތީގެ ގައުމެއް ރާއްޖެ އަތުން އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އޮމާނުން 5-0 އިންނެވެ. ރާއްޖޭން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުއިރު މިވަރަށް ލަނޑު ވަންނާނީ މެދުތެރޭގެ ދައުރު ވެސް އެންމެ...

25 ޖުލައި

July 25, 2017 5
ވިކްޓަރީ ދޫކޮށް ބަކާ ވެސް މާޒިޔާ އަށް

ވިކްޓަރީ ދޫކޮށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެސް މާލޭ ލީގު ޗެމްޕިއަން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

12 ޖެނުއަރީ

January 12, 2017 10
ރެކޯޑް އަގަކަށް ބަކާ އާއި އީސަ ވިކްޓަރީ އަށް

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ތާރީހުގައި އެ ކްލަބަށް އެންމެ އަގުބޮޑުކޮށް ސޮއިކުރި ދެ ކުޅުންތެރިންގެ ގޮތުގައި ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) އާއި މާޒިޔާގެ އިސްމާއިލް އީސާ އެ ކްލަބާ ގުޅިއްޖެ އެވެ.

27 އޯގަސްޓް

August 27, 2016 8
ބަކާ އާއި ނައްޓޭ ނުހިމަނައި ސްކޮޑް އިއުލާންކޮށްފި

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ނުހިމަނައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށް މިއަދު ސްކޮޑް އިއުލާންކޮށްފި އެވެ.