12 ޖޫން

June 12, 2019 39
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ހުކުމްތަކުން، ކޯޓުތައް މެދުވެރިވެ އޭނާ މިނިވަން ވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތް ކަމަށާއި ބޭސްފަރުވާ އަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެ ކަމުގެ ކަށަވަރު ކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

June 12, 2019 50
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26...

June 12, 2019 32
އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން...

06 ޖޫން

June 06, 2019 16
ދެ މީހުން ދޫވުމުގައި ގޯހެއް އުޅޭ ނަމަ ރަނގަޅުކުރާނަން

މަސްތުވާތަކެއްޗާ އެކު ހުޅުމާލެ އިން ހައްޔަރު ކުރި ދެ މީހަކު ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި މައްސަލައިގައި ފުލުހުންނަށް ގޯހެއް ހެދިފައިވާ ނަމަ އެކަން އިސްލާހު ކުރައްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

05 ޖޫން

June 05, 2019 23
އައިއެސްއަށް ތާއީދުކޮށް ގްރެފިޓީ ކުރެހި މަައްސަލައެއް

ހަނގުރާމަވެރި އައިއެސް ޖަމާއަތަށް ތާއީދުކޮށް، އައްޑޫ ހިތަދޫގައި ގްރެފިޓީ ކުރެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

29 މެއި

May 29, 2019 17
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް މާދަމާ

މީގެ އެއް އަހަރު ކުރިން މޭ 29 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތެއް މިހާރު މެދުވެރިވެފައިވާ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

19 މެއި

May 19, 2019 28
ފުލުހުންގެ ޔުނީފޯމްގައި ސާވިސް ނަންބަރު ޖަހަނީ

އާންމުންނަށް ފެންނާނެ ގޮތަށް ފުލުހުންގެ ސާވިސް ނަންބަރު އެ މީހުންގެ ޔުނީފޯމުގައި ހަރުކުރަން ފަށައިފި އެވެ.

04 މެއި

May 04, 2019 16
ގައުމީ ސަލާމަތާ ގުޅޭ ގޮތުން، އިސްވެރިން މަޝްވަރާކޮށްފި

ގައުމީ ސަލާމަތަށް ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން މިއަދު މަޝްވަރާކޮށްފި އެވެ.

30 އެޕްރީލް

April 30, 2019 24
ޑްރަގްގެ ބޮޑު އޮޕަރޭޝަނަކީ ބޮޑު ކާމިޔާބީއެއް: ހަމީދު

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަކީ ދިވެހި ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ދެން އޮތީ އޭގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

21 އެޕްރީލް

April 21, 2019 40
ޓެރަރިޒަމަށް އެބަ ހިތްވަރުދޭ، ފިޔަވަޅު އަޅާނަން:ޕޮލިސް

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ދިވެހިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް...

April 21, 2019 11
ހަމަލަތަކާ ގުޅިގެން ފުލުހުންނާއި ސިފައިން މަޝްވަރާކޮށްފި

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތަކެއް ދީ އެތައް ބަޔަކު މަރުވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އިސް ވެރިން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

08 އެޕްރީލް

April 08, 2019 12
ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް ފަހުރުވެރިވަން: ހަމީދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފުލުހުންގެ ފަރާތުން ފެނުނު ޕްރޮފެޝަނަލިޒަމާ މެދު ފަހުރުވެރިވެވަވޑައިގަންނަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2019 6
އޮންލައިންކޮށް ޕޮލިސްރިކޯޑަށް އެދޭ ޕޯޓަލް ލޯންޗުކޮށްފި

އޮންލައިންކޮށް ޕޮލިސް ރިކޯޑަށް އެދޭ "ޕޮލިސް ސެޓްފިކެޓް ޕޯޓަލް" މިއަދު ތައާރަފުކޮށްފި އެވެ.

28 މާޗް

March 28, 2019 5
ކެމްޕެއިންގައި ގެއްލުންދޭނަމަ ފިޔަވަޅު އަޅާނަން: ހަމީދު

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަތަކަށާއި ބެނާ ފަދަ އެއްޗިއްސަށް ގެއްލުންދީގެން ހުށަހަޅާ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި އެކަންތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

26 މާޗް

March 26, 2019 26
އާ ޕޮލިސް ކޮމިޝަނަރަށް ހޯމް މިނިސްޓަރުގެ ތައުރީފް

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް މުހައްމަދު ހަމީދު އައްޔަންކުރެއްވުމަކީ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރަން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ހޯމް...

March 26, 2019 56
ޕޮލިސް ކޮމިޝަނަރަކަށް ހަމީދު އައްޔަން ކުރައްވައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ހަމީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

19 މާޗް

March 19, 2019 4
ރައީސް، ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުލުހުންގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

18 މާޗް

March 18, 2019 3
"ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނަކީ ގައުމީ ޕްލޭނެއް"

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ހަދާފައި ވަނީ އެތައް ބައެއްގެ ބައިވެރިވުން އޮވެގެން ކަމަށާއި އެހެންވެ އެއީ ގައުމީ ޕްލޭނެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

05 މާޗް

March 05, 2019 27
ފުލުހުންނާއި ރައްޔިތުން އޮތީ މައިވަންތަ ގުޅުން:އިމްރާން

ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮތީ މައިމީހާ އާއި ދަރިއާ ދެމެދު އޮތް ގުޅުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

March 05, 2019 16
ޕޮލިސް ރިފޯމް ކުރުމުގެ މަހާސިންތާ ފަށައިފި

ފުލުހުންގެ މުއައްސަސާ ރިފޯމްކޮށް އެ މުއައްސަސާއަށް ބަދަލުތައް ގެނައުމުގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

25 ފެބުރުއަރީ

February 25, 2019 28
ސިމާދު މަރުވީ ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ

ސ. ހިތަދޫ ހިޔާލީގޭ ހުސައިން ސިމާދު މަރުވީ، ކަރަންޓު ދަންތުރައިގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

February 25, 2019 17
ޕީޖީ އާއި އެކްޓިން ސީޕީ ކޮމިޓީއަށް ހާޒިރެއް ނުކުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި އާއިޝަތު ބިޝާމް އަދި...

February 25, 2019 1
އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުން ފުލުހުންނަށް

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ފުލުހުންނާ ހަވާލުކޮށްފި އެވެ.

20 ފެބުރުއަރީ

February 20, 2019 27
ހާލަތާ ނުބައްދަލު ބާރުުގެެ ބޭނުން ކުރޭތޯ ބަލާނެ

ހާލަތާބާރުގެ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރޭތޯ ބަލަމުން ގެންދާނެ ކަމަށް ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2019 41
އައްޑޫ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހަދަމުން އަންނަ ދިވެހި ފުލުހުންގެ ޓްރޭނިން ސެންޓަރަށް އިންޑިއާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2019 18
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

08 ޖެނުއަރީ

January 08, 2019 23
ޒަހަމްވެފައި ތިބޭ މީހުން ޓެކްސީއަށް އަރުވަން ފަސްޖެހޭ

ޒަހަމްވެފައި ތިބޭ މީހުން ޓެކްސީތަކަށް އަރުވަން މަދުން ނަމަވެސް ފަސްޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.