28 އޮކްޓޯބަރ

October 28, 2019 4
ޕީޖީ ބިޝާމަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީ އަށް!

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިން ކަމުގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

02 ޖޫން

June 02, 2019 19
ކުރީގެ މެމްބަރު އަސްމާގެ ފިރިކަލުން އަވަހާރަވެއްޖެ

މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދުގެ ފިރިކަލުން އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ގެ ބައްޕާފުޅު ހުސައިން ޝަރީފު އިންޑިއާގައި މިއަދު އަވަހާރަވެއްޖެ އެވެ.

13 ޑިސެމްބަރ

December 13, 2018 161
ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންނަ ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

29 ނޮވެމްބަރ

November 29, 2018 23
ޕީޕީއެމްގެ ޓިކެޓު ދޭނެ ބޭފުޅުން ކަނޑައަޅަން ކޮމިޓީއެއް

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ކޮމިޓީއެއް ނަގައިފި އެވެ.

09 ނޮވެމްބަރ

November 09, 2018 69
"އާސިމަށް ޖިންސީފުރައްސާރައިގެ ތުހުމަތު، އިސްތިއުފާދީ"

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވުނީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމަށްކަން، ރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހާމަކުރައްވައި، މިނިސްޓަރު އާސިމްގެ އިސްތިއުފާ އަށް މިރޭ ގޮވާލައްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2018 19
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް މުންދު

ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލަކަށް، ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އިންތިޚާބު ކޮށްފި އެވެ.

27 ޖޫން

June 27, 2018 4
ރަޝިއާ އަށް ކަނޑައަޅާ ސަފީރަކަށް މުންދު އައްޔަންކުރަނީ

ރާއްޖެ އިން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

20 މާޗް

March 20, 2018 13
ސަރުކާރު ވައްޓާލަން ބޭރުގެ އަތެއް ނުވޭ: މުންދު

ސަރުކާރު ވައްޓާލަން އަމުރެއް ނެރެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ރިޝްވަތުދިނުމުގައި ބޭރުގެ އެއްވެސް ގައުމެއް އަދި އެހެން އެޖެންސީއެއްގެ ބައިވެރިވުމެއް ވެސް ނެތް ކަމަށް ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.

08 މާޗް

March 08, 2018 14
ކެންޑީގައި އުޅޭ ދިވެހިންނަށް ވެސް ބިރުވެރިކަން އެބައޮތް

މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ ސްރީ ލަންކާގެ މެދުތެރޭގެ ކެންޑީ ނުރައްކަލެއްގެ ތެރޭގައިވާއިރު އެ ތަނުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވެސް ބިރުވެރިކަން އެބައޮތް ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2018 43
"މުޒާހަރާއިން އެނގުނީ އެމްޑީޕީއަށް ތާއީދު ނެތްކަން"

ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ސްރީ ލަންކާގައި މިއަދު ކުރި މުޒާހަރާއިން، އެމްޑީޕީއަށް ތާއީދު ނެތްކަން ހާމަވެއްޖެ ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

25 ފެބުރުއަރީ

February 25, 2018 38
ރާއްޖޭގެ ހާލަތު ބަލަން އައުމަށް ދައުވަތު ދެން: މުންދު

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައަށް ފޯރުކޮށް ދެނީ އަސްލެއް ނެތް ދޮގު މައުލޫމާތު ކަމަށާއި ރާއްޖޭގެ ހާލަތު ބަލަން އައުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދެއްވާ ކަމަށް ރާއްޖޭން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ...

31 ޖެނުއަރީ

January 31, 2018 7
ހީލަތުގެ ތުހުމަތުގަ ލަންކާގައި ދިވެއްސެއް ހައްޔަރުކޮށްފި

ކްރެޑިޓް ކާޑުގެ ހީލަތުގެ މައްސަލައަކާ ގުޅިގެން ލަންކާގައި އިއްޔެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2018 23
ސްޓާ ސިނަމާ ތަޅާލައި 15 ބުރީގެ އިމާރާތެއް

ޓެކްނޮލޮޖީގެ ފަސޭހަތައް އާންމުވުމުގެ ކުރިން މާލޭގެ ރަައްޔިތުންގެ މުނިފޫހިފިލުވުމުގެ ވަރަށް ބޮޑު ވަސީލަތަކަށް ވި ސްޓާ ސިނަމާ ތަޅާލައި އެތަނުގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

07 ޖެނުއަރީ

January 07, 2018 27
ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް ޔާމީން: މުންދު

ރާއްޖޭގެ ސިޔާދަތުގެ ބަތަލަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ގައުމާ މެދު ވިސްނާ ވިސްނުން ބަދަލުކުރެއްވި ލީޑަރަކީ އެމަނިކުފާނު ކަމަށް ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެ އެވެ.

13 ޑިސެމްބަރ

December 13, 2017 1
ކޮލަމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތަށް ރާއްޖެ

ކޮލޮމްބޯ ޕްލޭން ކައުންސިލްގެ ރިޔާސަތާ ރާއްޖެއިން އަނެއްކާވެސް ހަވާލުވެއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2017
ލަންކާގެ ކޮލެޖަކުން ދިވެހިންނަށް ޚާއްސަ އިނާޔަތްތަކެއް

ސްރީ ލަންކާގެ ސްޕެކްޓްރަމް ކޮލެޖުން ދިވެހި ދަރިވަރުންނަށް އަގު ހެޔޮކޮށް ކިޔެވޭނެ މަގު ފަހިކޮށް ދިނުމަށް އެ ކޮލެޖާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

01 ޑިސެމްބަރ

December 01, 2017 3
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ

ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އާ ގުޅިގެން، އެ ގައުމުގައި ދިވެހިން ދިރިއުޅޭ 11 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2017 55
ޕީޕީއެމްގެ "ނަވަށް" އިދިކޮޅު މީހުން އަރުވަން ޖެހޭ

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް، އިިދިކޮޅު ފިކުރުގެ މީހުން ވެސް ޕީޕީއެމްގެ "ނަވަށް" ގެނައުމަށް މަސައްކަތް ކޮށްދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ގޮވާލައްވައިފި އެވެ.

25 ނޮވެމްބަރ

November 25, 2017 2
އެމްއީސީސީގެ އެންމެ މޮޅު ދަރިވަރަކަށް ފައުޒާ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ ކޮށްގެން ދިވެހި ސަރުކާރުން އެ ގައުމުގައި ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ގެ މި އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ފާތިމަތު ފައުޒާ ފަހީމް ހޮވައި އިއްޔެ އިނާމު ދީފި އެވެ.

01 ނޮވެމްބަރ

November 01, 2017 70
އިންތިހާބު ބާއްވާނެ ގޮތެއް އީޔޫ އަށް ނޭނގޭނެ: މުންދު

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް މިނިވަންކަމާ އެކު ކަމަށާއި އިންތިޚާބު ބާއްވަން ޖެހޭނީ ވަކި ގޮތަކަށް ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބޭރުގެ އެހެން ބަޔަކަށް ވެސް ދިވެހި ސަރުކާރަށް ކިޔައެއް ނުދެވޭނެ ކަމަށް، ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު...